ޚަބަރު / އިލެކްޝަންސް ކޮމިޝަން

ނޭނގި އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމަށް: އީސީ

ޕީޕީއެމް ލީޑާޝިޕްގެ ބޭފުޅުން އެ ޕާޓީގެ ހަރަކާތެއްގައި: އެންމެ ގިނައިން ވަގު ފޯމް ހުށަހެޅީ ޕީޕީއެމް އިން ކަމަށް ތަފާސް ހިސާބުތަކުން ދައްކާ -- ފޮޓޯ ފަޔާޒު މޫސާ | މިހާރު

އާންމުންނަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެންމެ ގިނަ މީހުން ޕާޓީ އަށް ވައްދާފައި ވަނީ ޕީޕީއެމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައި އޮތުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބު އީސީން ވަނީ އާންމުކޮށްފަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި ޕީޕީއެމްގައި ރަޖިސްޓްރީ އޮވެގެން 391 މީހަކު ވަނީ އީސީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ނަން އޮވެގެން 145 މީހަކު ވަނީ ޝަކުވާކޮށްފަ އެވެ.

ސައްހަ ނޫން ފޯމް ހުށަހަޅައިގެން އީސީ އަށް ޖުމުލަ 1،208 ޝަކުވާއެއް ވަނީ ހުށަހަޅައިފަ އެވެ. އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރާއި މި އަހަރު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ސައްހަ ނޫން ފޯމުތަކާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާ

◉ ޕީޕީއެމް - 391

◉ އެމްޑީޕީ - 213

◉ ޖުމްހޫރީ ޕާޓީ - 144

◉ އެމްޑީއޭ - 74

◉ އަދާލަތު ޕާޓީ - 66

◉ އެމްޓީޑީ - 63

◉ އެމްއެންޕީ - 57

◉ އެމްއާރްއެމް - 30

◉ ޑީއާރްޕީ - 13

◉ ޕީއެންސީ 12

އެކަމާ ގުޅިގެން ސުވާލު ކުރުމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް އަކީ ވަގު ފޯމްގެ މައްސަލާގައި އެންމެ ގަދައަށް ވަކާލާތުކޮށް އީސީއާ ވެސް ބައްދަލުކޮށްފައިވާ ހަމައެކަނި ޕާޓީ ކަމަށެވެ.

އީސީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަކީ އެންމެ ރަނގަޅު މައުލޫމާތު ލިބިގެން ނެރެފައިވާ އަދަދުތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހީނާ ވިދާޅުވި އެވެ.

އޮޅުވާލައިގެން ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކޮށްފައި ވަނީ ކިހާ ވަރަކަށްތޯ އެ ޕާޓީން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ބެލިއިރު 5،000 އަށް ވުރެ ގިނައިން އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި އެބަހުރި ހެއްކާއި ގަރީނާ ސާބިތުވާ ވަރަށް އޮޅުވާލައިގެން ވަގު ފޯމް ހުށަހަޅާފައިވާ ކަން. މި މައްސަލަތައް އަޅުގަނޑުމެން ހާމަ ކުރާނަން،" ހީނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ޕާޓިތަކަށް ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި ރަޖިސްޓާވެފައިވާ މެމްބަރުންގެ އަދަދަށް ބަލައިފަ އެވެ.

ޕާޓީތަކަށް މީހުން ނޭނގި ވަައްދާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް މިދިޔަ އޭޕްރިލް މަހުން ފެށިގެން ޕާޓީއާ ގުޅުނު ކަމުގެ މެސެޖު އެ މީހެއްގެ ފޯނަށް ފޮނުވަން ވެސް ވަނީ ފަށައިފަ އެވެ.

24 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު

10 June 2022

އެންމެގިނަ މީހުން ވެއްދީ ޕީޕީއެމަށް. ވަގަށް ވައްދާފައި ތިބި އެންމެގިނަމީހުން ތިބީ އެމްޑީޕީގަ. ފޯޑު ކީކޭކިޔަންބާ މިއުޅެނީ..

The name is already taken The name is available. Register?

ވަހީދު

09 June 2022

2018 ގައި ވޯޓު އަންދާލާފައި ދިޔައީ ސިލޯނަށް.

The name is already taken The name is available. Register?

ދިވެއްސެއް

09 June 2022

މިކަންހިނގާފަވަނީ ކޮންދައުރެއްގައި ކޮން ކޮމިޝަނަރެއްގެ އިރެއްގައިކަންވެސް ބަލަންއެބަޖެހޭ. މިހާރު އިން މަސައްކަތްކޮށްގެން މިޢަދަދުތަކަށް މީހުން ނަހަމައިން ވައްދާފައިވަނީ ކޮން ވެރިކަމެއްގައި ކޮން ކޮމިޝަނަރެއްގެ އިރުކަން ސާފުކޮށްދެއްވުމަށްއެދެން.

The name is already taken The name is available. Register?

ސާދަސާދަ

09 June 2022

އަދިވެސް އީސީއާއި ދެންވެސް ތިބި ބަޔަކުވެގެން ޕީޕީއެމްއަށް ބެވޭތޯއާއި އަގުވައްޓާލެވޭތޯ ބަލާތި! ހަގީގަތަކީ، އެމްޑީޕީގެ ޗެއާޕާސަން އަމިއްލައަށް ބުނީ ތިމަންނަމެންގެ ޕާޓީގައި ސައްހަ ނޫން އެތައްހާސް މެންބަރުނެއް އެބަތިއްބޭ! ގައިމު ބަޔަކު ރަނގަޅަށް "ކުޅި ސަމާ" ޖެހީމާތާ އެވަރު ވާނީ! ޕީޕީއެމްއާ ދެކޮޅަށް ތިޔަ "ނަޒާހަތްތެރި" އީސީން ބުނެފައިވާ ޢަދަދު 500 އަށް ވެސް ނާރާ! އެހެން ނޫނަސް، ތިޔަ ޝަކުވާކުރި މީހުންގެ ތެރޭން ކިތަށް މީހުން ތިބޭނެ ބާ، ތިމާގެ ކޮއްކޮ، ދައްތަ، ބޭބެ، މަންމަ ބައްޕަގެ ވަޒީފާގެއްލިދާނެތީ މަތިއޮމާންކުރަން ޝަކުވާކޮށްފައި ވެސް ތިބި! އަނެއްކާ "ނަޒާހަތްތެރި" އީސީން ކިތައްފަހަރު ބުނިބާ ކުޑަމިނުން ފިންގަރޕްރިންޓް ޗެކް ކުރެވޭނެފަދަ ވެސް ނެތް ވާހަކަ! ވީމާ، އީސީން ވެސް ހެދީ ތެދުކަން ޔަގީންކުރާނީ ކިހިނެއްބާ؟

The name is already taken The name is available. Register?

ލުތުފީ

09 June 2022

ކޮންމެ ބަޔަކު ކުރިޔަސް މިފަދަ ކަންކަމަކީ ވަރަށް ވިޔާނުދާ ކަންކަން. މަގޭ ރަހުމަތްތެރިޔަކުވެސް އެބައިން އެމް.އާރް.އެމް ގަ. އޭނަވެސް މައްސަލަޖައްސައިގެން ފޯމް ހޯދަން އެދިގެން އުޅެނީ. އައިޑީކާޑް ކޮޕީ އެއް އަތުޖެހޭ އިރަށް އެވީ ކޮންމެވެސް ޕާޓީއަކަށް ވައްދަން.

The name is already taken The name is available. Register?

ރާގޮނޑިރާޖާ

09 June 2022

ރާއްޖެއަކީ ސިޔާސީ ޕާޓީއަށް ކުފޫ ހަމަނުވާ ގައުމެއްކަން އެންމެ ފަސޭހައިން އެނގެނީ ރިޔާސީ އިންތިޚާބާ މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިޚާބްތަކުގަ. އެއީ ވާދަވެރި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެހެންޕާޓީ ތަކުގެ މެންބަރުން ނުކުމެ ވޯޓުދޭތީ. މިއީ ނާތަހުޒީބު ގައުތަކުގެތެރޭންވެސް ދާދި މަދު ގައުމެއްގަ ހިނގާކަންކަން. އަނެއްބަޔަކު ޕާޓީގެ މެންބަރުންގެ ގޮތުގަ އެއްވެސް އިންތިޚާބެއްގަ ވޯޓު ނުދީވެސް އެބަތިބޭ. ދެން ކީއްކުރާހާ ސިޔާސީ ޕާޓީތަކެއް.

The name is already taken The name is available. Register?

މިތުރުކަލޮ

09 June 2022

ސާފް އެއްވެސް ބަޔަކު ނެތް ތާއޭ، މިގޮވެނީ ގުދޯ ގިދޯތާއޭ، ނިކަމެތި އަޅާވެސް ސޮއެއްނުކުރަމޭ، އޮތީ ޕާޓީ އެއްގެ ދަފުތަރުގަ ޖެހިފައޭ،

The name is already taken The name is available. Register?

ވަގުންނަށް ހީވާނީ.......

09 June 2022

ވަގުންނަށް ހީވާނީ އެހެން މީހުންނަކީ ވެސް ވަގުންނޭ!

The name is already taken The name is available. Register?

ށަވިޔަނި

09 June 2022

ނޭނގި!!!! އަޖައިބެއް. ތިވާނީ ޖިންނި ޝައިޠާނުން ތި ޕާޓީއަށް މާބޮޑަށް ލޯބިޖެހިގެން ކުރިކަމަކަށް.

The name is already taken The name is available. Register?

1234

09 June 2022

ތާހިރުވެއްޖެއްނު ، މިހާރުއެގޭނެ ވައްކަންކުރީ ކޮންބަޔެއްކަން ؟

The name is already taken The name is available. Register?

ޕުރީވިއަސް

09 June 2022

ކުރިންވެސް އެނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454