ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކުރަނީ. އެއެއާޕޯޓުގެ ރަންވޭގެ 70 ޕަސެންޓް ވަނީ ނިންމާފައި-ފޮޓޯ:އެމްޓީސީސީ
11 ޖޫން 2022 - 12:13
ގދ. ފަރެސްމާތޮޑާގެ އެއާޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓު ނިންމާލައިފި އެވެ.
އެމްޓީސީސީއިން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް އަންނަ މަހު ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެކެވެ. އެމްޓީސީސީން ބުނި ގޮތުގައި އެއާޕޯޓުގެ ޖުމްލަ މަސައްކަތުގެ ގާތްގަނޑަކަށް 60 ޕަސެންޓު ނިމިފައިވާ އިރު އެއާޕޯޓު ބިލްޑިންގުގެ މަސައްކަތް ވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.
ވިއްސާރަ މޫސުން ކަމަށް ވާތީ، ރަންވޭގައި ތާރު އެޅުން ކޮންމެވެސް ވަރަކަށް ލަސްވި ނަމަ ވެސް އެތަނުގެ މަސައްކަތްތައް އަނެއްކާ ވެސް އަންނަނީ ކުރަމުންނެވެ.
އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ.
އެއާޕޯޓާ އެކު ފަރެސްމާތޮޑާގައި އަޅާ ބްރިޖްގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއް އަހަރާ އަށް މަސް ދުވަހެވެ.
ފަރެސްމާތޮޑާގެ އިތުރުން ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ރ. އަލިފުށީގެ އެއާޕޯޓުގެ މަސައްކަތް ފެށުމަށް އެ ރަށަށް އެމްޓީސީސީގެ އިކުއިޕްމަންޓްތައް ގެންގޮސްފައިވާ އިރު މުލީގެ އެއާޕޯޓަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފަޔަ ބިލްޑިންގާއި ޓާމިނަލް އެޅުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރު ބުރުހާނު
11 June 2022
ސިޔަސީ ވެރިންގެ ފޮނިކެނޑުމާއި ދައުލަތުގެ ޚަރަދު ބޮޑުކުރުމާއި ފައިސާ ނުލިބޭ މީހުންގެ ކުރުބުޑުގައި ދަވަހެދުމާއި ކޮންމެ ފަސް އަހަރަކުން ވެރިކަމަށް އަރަން އުޅޭމީހުން ނިކަމެތިންކައިރިއަށް އައިސް އާދޭސް ކުރުމުގެ ފަސޭކަމާއި ފައިސާވެރިންނަށް ހުރި އަރާމެއްކަމުގައި ނޫނީ ޑޮމެސްޓިކް އެއަރޕޯރޓުތައް ނުވާނެ. ތިޔަކަމަކުން އާދައިގެ ޢާންމު ފަރުދުންނަށް ލިބޭ އުފަލެއް ނެތް. ކިތައްތަނުންތޯ ނަފާއެއް ލިބެނީ.