ވަޒީރުންގެ މަޖިލީހުގައި އިއްޔެ ބައްދަލުވުން ކުރިއަށްގެންދަނީ.-- ފޮޓޯ: ރައީސް އޮފީސް
15 ޖޫން 2022 - 11:50
ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަކުރަން މޯލްޑިވްސް ހެލްތު ސާވިސަސް އުފައްދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކޮށް، ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކު ހެލްތު ސާވިސަސް އުފައްދަނީ ޕްރައިމަރީ ހެލްތުކެއާ ދިނުމަށާއި ރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގަން ކަމަށެވެ.
ސިއްހީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެ މީހުންގެ ހުނަރު އިތުރުކުރުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ވަކި އިދާރާއެއް އުފައްދަން ނިންމިއިރު، މި ސަރުކާރުން އަންނަނީ ފަސް ސަރަހައްދަކަށް ބަހާލައި ރާއްޖޭގެ ސިއްހީ ހިދުމަތް ހަރުދަނާކުރަމުންނެވެ.
އެގޮތުން، ހދ. ކުޅުދުއްފުށީ، ރ. އުނގޫފާރު، ގދ، ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
15 June 2022
މިއޮތީ ކަތީބުންގެ ޒަމާނާ ލައިގެންފަ. ކޮންމެ ކަމަކަށް ކޮމިޓީއެއް. ކޮމިޓީގެ މަސައްކަތްކުރަންވެސް ކޮމިޓީއެއް. އުފެއްދި ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކުރަންވެސް ކޮމިޓިއެއް.
އެމްސް
15 June 2022
ވަރު ހުރީ ޢިމާރާތަށް އެޅޭ ކޮންކްރީޓްގަ! ޑޮކްޓަރ/ސްކޭން އެޕޮއިންޓްމެންޓެއް ލިބެނީ މަސް ދުވަސް ފަހުން! އަހަރަކު ކިތައް ދިވެހި ޑޮކްޓަރުން ތަމްރީނުކުރަން އުޅެވޭތޯ؟ ޢާސަންދައިން ލަންކާ/އިންޑިއާއަށް އެކަނިވެސް ކިހާ މިލިޔަނެއް މަހަކު އެބަދޭތޯ؟ ދައުލަތުގެ ބޮޑުންނާއި މެމްބަރުން ސިންގަޕޫރު/ބެންކޮކް އަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން ހޭދަވާ އެއްޗެއްގެ ހިސާބު އެނގެނީ ކިތައް މީހުނަށްތޯ؟ ނަންބޯޑު އިތުރުވުމީ ކުރިއެރުމެއް ނޫން!
ސޯލިހު އައުޓް
15 June 2022
އިންތިހާބު ކައިރިވާ ވަރަކަށް މިކަހަލަ ތަންތަން އިތުރަށް އުފައްދާ މީހުންނަށް މަގާމުތައް ދޭނެ. މިއޮތީވާ ސަރުކާރެއް. ދައުލަތުގެ ބަޖެޓު ކަލޭނޭ ފޫދުއްވާލާންވާނެ މިފަހަރު ތިހެން ގޮސް
އުކުނިބުކުނި
15 June 2022
ތިޔަވަރަށް ޚަރަދުކުރާނެ ފައިސާ އެބަހުރިބާ...
ތުނިޔަ
15 June 2022
އަނެއްކާވެސް އަނެއްބަޔަކަށް މަގާމު ބަހަން ކުރާކަމެއްތީ!
ބުނިޔަ
15 June 2022
ބޭނުމީ ވޯޓު. ލާހިކެއްނޫން ދުނީ ދެނެއް!
ޙާލުގެ ދޫ
15 June 2022
ކަމަކީ ރަނގަޅު ކަމެއް މީހުން ރަނގަޅުވެގެން ތަންފީޒީ އިދާރާތައް ރަނގަޅުވެގެން ވާން އޮތީ
މަސޮރު
15 June 2022
ދައުލަތުގަ ލާރި އެބަހުރި ބަހާލަން ހަމަ ހިޔޮވަރަށް...