އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު އަދި މިފްކޯގެ ސީއީއޯ ފައުޒީ މިފްކޯގެ ރެކު ހުޅުއްވައިދެއްވަނީ. އަރިހުގައި އެސްޓީއޯ ޖެނެރަލް މެނޭޖަރު ޝިފާން ---ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖޫން 2022 - 20:45
މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބޭ ގޮތަށް އެތަނުގައި ރެކެއް ބަހައްޓައިފި އެވެ.
މި ރެކު ހުޅުވުމަށް ބޭއްވި ހަފުލާގައި، އަލަށް މިފްކޯ އިން ލޯންޗުކުރި "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅު ވެސް އެސްޓީއޯގައި ވަނީ ވިއްކަން ފަށައިފަ އެވެ. އެ މަސްދަޅަކީ ތެޔޮ މަދު، ބަދިގޭގައި ބޭނުން ކޮށްލަން ފަސޭހަ އަދި ސިއްހަތަށް ފައިދާ ހުރި ޕްރޮޑަކްޓެކެވެ.
މިފްކޯ އިން އަލަށް ތައާރަފްކުރި "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅުތަކެއް އެސްޓީއޯގައި ވިއްކަން ބަހައްޓާފައި. ---ފޮޓޯ: ނިޝާން އަލީ | މިހާރު
"މިފްކޯގެ ރެކެއް ހުޅުވަން އެސްޓީއޯ މި ހިޔާރު ކުރީ، މިތަނަކީ ވަރަށް ގިނަ މީހުން ވިޔަފާރި ކުރަން އަންނަ ތަނަކަށް ވާތީ. އުއްމީދަކީ މި ރެކުގެ ސަބަބުން ވިޔަފާރި ކުރިއަރައި ދިއުން،" މިފްކޯ ސޭލްސް އަދި މާކެޓިންގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާމް ވިދާޅުވި އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި އަށް ފަރާތަކުން މިހާރު ވެސް އެސްޓީއޯ އިން ޖާގަ ކުއްޔަށް ނަގައިގެން ވިޔަފާރިކުރެ އެވެ. ރެކެއް ކުއްޔަށް ނެގި ފުރަތަމަ ފަރާތަކީ މިފްކޯ އެވެ.
ބާކީ ހުރި ރެކުތައް ކުއްޔަށް ދޫކުރަން އިތުރު ވިޔަފާރިތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯގެ ސޭލްސް އަދި މާކެޓިންގެ ޖެނެރަލް މެނޭޖަރު އަހްމަދު ޒާމް އަދި ޕްރޮޑަކްޝަން ޑިޕާޓްމެންޓް މެނޭޖަރު ހުސައިން ޔޫސުފާއި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާނު މީޑިއާތަކާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން ވިޔަފާރިތަކަށް ޖާގަ ކުއްޔަށް ދޫކުރާ އެންމެ ބޮޑު ސަބަބަކީ، އެ އެއްޗެއްގެ އަސްލު އަގުގައި ވިއްކުން. ނޫންނަމަ ޖެހޭނީ އެ ވިޔާފާރިއަކުން ތަކެތި ގަނެ، އެއަށް ފައިދާއެއް ލައިގެން ވިއްކަން" ޝިފާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
17 June 2022
އެސްޓީއޯ އަކީ އެވްރެޖްކޮށް ތަކެތީގެ އަގު އެންމެ ބޮޑު ސުޕަރމާރކެޓް!
އެހެންތޯ
17 June 2022
ތި ބޭފުޅުން އެމީހުން އަތުން ހޯލްސޭލްކޮށް ގަނެގެން ރީޓެއިލް ކުރުމުން އަގު ކިހާވަރެއް ވާނެތޯ؟ އެ އެއްޗެއް އުފައްދާ ބަޔަކަށް ތިބޭފުޅުން ރެކު ދެނީ ހިލޭތޯ؟ އަޅުގަޑަށް ހީވަނީ، ބޮޑު ކުއްޔަކަށްހެން އެބޭފުޅުން ރެކު ނަގާނީ، އެހެންކަމަށް ވާނަމަ، އަގު ހެޔޮކޮށް ވިއްކޭނެ ގޮތެއް އަޅުގަޑަކަށް ނޭގޭ، ތިފަދަ ރަގަޅު ލޮކޭޝަނަކުން، ރަގަޅު ފެންވަރަކަށް ހަދާފަހުންނަ ތަންކޮޅެއްގެ އަގު ހުންނާނީ ކިހާ ވަރެއްގަ ބާއޭ ހިތަށްއަރާ، ކޮންތާކުންތޯ އަގުތައް އިގޭނީ؟