ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ހަރަދު ކުޑަ ކުރަން ސަރުކާރު އޮފީސްތަކަށް އަންގައިފި -- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖޫން 2022 - 21:01
ސަރުކާރު އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ސަރުކާރު އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާ ކަމަށެވެ.
އޭގެ ސަބަބުން އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވަމުން ދާ ކަމަށާއި ހަރަދުތައް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ އޭގެ ބުރަ އުފުލަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެ އެވެ.
"...މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް ހަރަދުތައް އިގްތިސާދު ކުރުމަށް މިވަގުތު ވަނީ ޖެހިފައި،" ސާކިއުލާގައި ބުނެފައި ވެ އެވެ.
ހަރަދު ކުޑަ ކުރުމުގެ ގޮތުން ބަޖެޓުން ހަރަދު ކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުއައްޒަފުންނަށް މި އަހަރު އެއްވެސް އާ އެލަވަންސެއް ދޭން ނުފެށުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ. އަދި އެ މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
- އޮފީސް ހިންގަން ކޮންމެހެން ބޭނުންވާ ހިދުމަތެއް ނޫނީ މިވަގުތު ނުހޯދުން.
- އާ ސްކޮލާޝިޕްތައް ނުފެށުމާއި ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެން ޓްރެއިނިން އެއް ކުރިޔަށް ނުގެންދިޔުން.
- އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ނުވަތަ ހިދުމަތެއް މެދު ނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުން.
- ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދެއް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުން.
- އެ ހުރިހާ ކަމެއްގެ ތެރެއިން ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5000ރ. އަށް ވުރެ އިތުރަށް ހަރަދުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުން.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާ އިން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކޮށް
21 June 2022
ސިޔާސީ ގޮތުން އަމިއްލައަށް ޗޮއިސް އަކަށް ހެދި ހުރި މީހާ ހޮވުމުގެ ބޭނުމުގަ މަގާމްތަކަށް މީހުން ލެއްވުމެއް ނުހުއްޓޭ މިނިސްޓަރީތައް ހުޅުވައިގެން އިތުރުގަޑި ނެގުން ނުހުއްޓޭ ދެނޯ
ޝުކުރިއްޔާ ސަރުކާރު
21 June 2022
ރަޝިއާ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާ އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް އިތުރުވަމުން ދާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސޯލިހުސަރުކާރުން މިއަދު އެޅި ފުރަތަމަ ފިޔަވަޅު މިއޮތީ: 1.ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރު ބާއްވަން ސަރުކާރުން ނިންމާ، ތައްޔާރީތައް ފަށައިފި! 2.ޕެންޝަން އޮފީހުގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިނާޒް އައްޔަންކުރައްވައިފި!
ޝުކުރު
21 June 2022
ތި ފެންނަނީ އިބުޜަޙީމް ފުޅު ކަންކުރާ ގޮތް
ްުއުސްމާނުބެ
20 June 2022
ކޮއެފުޅާ ކިޔޭ ނިކިޔޭ ، ވާނުވާ ރަގަޅައް އެގިލައްވާތޯ. - ރިޒާވް ވާވަރައް އެބަހުރި ކަމައް - ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރަން ބުނުން - 26 ފާހަގަ ކުރަން ފުޅަދު ބުރު ބޭވުން... މިވާނުވައެއް ނޭންގެ ....................
ސޯލިހުގެ ހަރަދު ކުޑަކުރުން ގަނޑު
20 June 2022
ހަމަ ދެންމެ.. މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އައްޔަންކުރައްވައިފި އެވެ..
ކުދުބެއްޔާ
20 June 2022
ދައުލަތުގެ ޚަރަދު ކުޑަމުރުމުގެ ގޮތުން ސަރ ޕުރޮމޯޝަން ދިނުން ހުއްޓާލުމުން ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ސާފުވެއްޖެއެވެ.
ދަތްނެތްކުއްޖާ
20 June 2022
ކޮބާ ވަޒީރޫ ! ކަމެއްވާން އުލޭހެން ހީވެއްޖެދޮތަ! މަމެން އޭރުވެސް މިހާރުވެސް އަދި ދެންވެސް ބުނަން އޮތީ ރާއްޖެވަނީ ލަންކާ އަށް ވީގޮތް ވެފައޭ. ތަމެން އެހަރަ ކަންކަން ރައްޔިތުންނަށް ސިއްރުކޮއްގެންނޭ ތި ތިބެނީ. މިހާރު ސަލާމަތް ނުވާނޭކަން ޔަޤީން ވީމާ ޙަރަދު ތައް ކުޑަކުރަން ތި ގޮވަނީ. ވަޒީރޫ ! މި ޤައުމު މިހާރު މިއޮތީ އިނަދަޖެހި ނިމިފައޭ ބުނާކަށް މަމެން ނެތީމު. ތަމެން ރެޑީވެ ޤައުމު ދޫކޮއްދާން ތި ތިބީ ތައްުޔާރު ވެގެން. ދެން ރާކަނިމަސް ކައިގެން ތިބެމާ ބަހީ
ބާގިރު
20 June 2022
ތިހެން މިއަދު ބުނަފަ މާދަމާ ކަންނޭގެ ފައްޔާޒާ ދެމީހުން އަނެއްކާ ކޮންމެސް އެއްޗެކޭ ކިޔައިގެން ލޯނެއް ނަގާ ވާހަކަ ދައްކާނީ
ކުލަބޮކި ސަރުކާރު
20 June 2022
އަމީރު - ސަރުކާރު އޮފީސްތަކުން އެއްވެސް އިވެންޓެއް ހިންގުން މަނާ.... އިމްރާނު - މިއުޅެނީ ޖުލައި 26 ފުލޯޓު ބުރު ބާއްވާލަން އިގިއްޖޭ!!....
ކަލޭނޭ މިވާ ވެރިކަމެކޭ
20 June 2022
މަ ބުނީ ތި ސިޓީގެ ކޮޕީއެއް އެއުޅޭ އިމްރާނަށް ވައިބަ ކޮއްލަންވީނު އަމީރޫ؟ އޭނާ އެބަ އުޅޭ ބަޖެޓު ގިނަވެގެން ހަދާނެ ނަހަދާނެއެއް ނޭގިގެން ޖުލައި 26 ކުލަ ގަދަކޮށް ފާހަގަކޮއްލަން. މިކިއަނީ މިލިއަނުން ބިލިއަނުން ހަރަދުކުރާ އިވެންޓެއްގެ ވާހަކަ ކަލޭނޭ
ބޯގަމާރު
20 June 2022
ދެން ތިހެން ކިޔާފައި ސިޓީ ފޮނުވާފައި ހިންނަވަރު އިބުރާހިމާ އެއްކޮށް މިރޭވެސް ތިބޭނެ ކޮންމެސް އޮފީހެއް ސްކޫލެއްގެ ކުޑަ ޖަލްސާއެއްގައި ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ގޮސް.
ތަމެން އިސްތިއުފާ
20 June 2022
ސާބަހޭ އަމީރު. ސިޔާސީ މަގާމުތަކުން ހަމަ އެންމެ ލޯ ލާރިއެއްވެސް ކުޑަ ނުކުރާތި އިގޭ. އަބަދުވެސް އެންމެ އާދައިގެ މުވައްޒަފުން ފަހާ ދުވަން ތަމެން ވާނީ. ކޮން ކަހަލަ ނާތަހުޒީބު ވިސްނުމެއްތަ ތީ އަޅެ؟؟؟ ނަންވާނީ ޔާމީނު!!!