ކުޅިވަރު / ޗެލްސީ

ލުކާކޫ އެނބުރި އިންޓަ މިލާނަށް ފުރަން ތައްޔާރުވަނީ: ރިޕޯޓް

ރޮމެލޫ ލުކާކޫ ޗެލްސީ އަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

20 ޖޫން 2022 - 10:11

1 comments

ލަންޑަން (ޖޫން 20) - ރެކޯޑް ޓްރާޏްސްފާ ފީއަކަށް އިޓަލީގެ އިންޓަ މިލާނުން ޗެލްސީ އަށް ގެންދިޔަ ފޯވާޑް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ، 29، އެންމެ ސީޒަނަކަށް ފަހު ލޯނު އުސޫލުން އެނބުރި އިންޓަ އަށް ދާން ތައްޔާރު ވެފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ޗެލްސީގެ ރެކޯޑް ޓްރާންސްފާ އަގަކަށް؛ 97.5 މިލިއަން ޕައުންޑަށް ލުކާކޫ 10 އަހަރު ފަހުން އެނބުރި ޗެލްސީ އަށް ގޮސް ފުރަތަމަ ސީޒަން ނިންމާލީ 15 ގޯލާ އެކު ކުލަބަށް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ނަމަވެސް ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީވެ އޭނާ ގިނަ ވަގުތު ހޭދަކުރީ ބެންޗުގަ އެވެ.

ލުކާކޫ ވެސް އެނބުރި އިންޓަ އަށް ދާން ބޭނުންވާކަން ހާމަ ކޮށްފައި ވާއިރު ދެ ކުލަބު މެދުގައި މަޝްވަރާތައް ވެސް ކުރިއަށް ދެއެވެ. އިންޓާ މިލާނުން ލޯން ފީ އަށް ހަ މިލިއަން ޕައުންޑް ފުރަތަމަ ހުށަހެޅި ނަމަވެސް މިހާރު އެ އަގު 8.5 މިލިއަން ޕައުންޑަށް މައްޗަށް ޖައްސާލާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

އިންޓަ މިލާނުގެ ޑަމްފްރީސް (ކ) އަދި ސްކްރިމިއާ (ވ).-- ލުކާކޫގެ ޑީލްގައި މިއިން ކުޅުންތެރިއެއް ޗެލްސީ އަށް ގެނައުމުގެ ފުރުސަތު ބޮޑު.

އިންޓަ މިލާނަށް ލުކާކޫ ދޫކޮށްލާ އިރު ޗެލްސީ އަށް އިންޓަގެ ސެންޓަ ބެކް މިލާން ސްކްރިނިއާ، 27، ނުވަތަ ކަނާތު ވިންގް ބެކް ޑެންޒެލް ޑަމްފްރީސް، 26، ލޯނު އުސޫލުން ހޯދަން މަސައްކަތް ކުރަމުން ދާކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ. ސްކްރިނިއާ އާއި ޑަމްފްރީސް އަށް އިންޓަ މިލާނުން 110 މިލިއަން ޔޫރޯ ބޭނުން ވިޔަސް، ފޯވާޑް ލައުޓާރޯ މާޓިނޭޒް އަށް ބޮޑު ހުށަހެޅުމެއް ލިބިއްޖެ ނަމަ ހާލަތު ބަދަލު ވާނެ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޑިފެންޑަރު ސްކްރިނިއާ އަކީ ޕީއެސްޖީން ވެސް ފާރަލަމުންދާ ކުޅުންތެރިއެކެވެ. ޕީއެސްޖީން ސްކްރިނިއާ އަށް ހުށަހެޅި 50 މިލިއަނުގެ ބިޑު ބޭރުކޮށްލައި، އިންޓަ ތިބީ އޭނާ އަށް 70 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ލިބޭނެކަމުގެ އުންމީދުގަ އެވެ. އަދި މިސީޒަނުގައި އިންޓައާ ގުޅުނު ޑަމްފްރީސް އަށް އިންޓަ އިން 40 މިލިއަން ޔޫރޯ ބޭނުންވާކަމަށް ރިޕޯޓް ކުރެ އެވެ.

މާޓިނޭޒް އިންޓަގައި މަޑުކުރަން ބޭނުންވާ ނަމަވެސް ކުލަބުގެ މާލީ ހާލަތާ އެކު އޭނާ އަށް ބޮޑު ހުށަހެޅުމެއް ލިބިއްޖެ ނަމަ އިންޓަ އިން އޭނާ ދޫކޮށްލާނެ އެވެ. ބެލެވޭ ގޮތުގައި ޗެލްސީގެ އަވަށްޓެރި ޓޮޓެންހަމް ހޮޓްސްޕާ އިން އަންނަނީ މާޓިނޭޒް ހޯދަން 90 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރު ވަމުންނެވެ. ޓޮޓެންހަމުން ވަނީ ހިލޭ ޓްރާންސްފާ ގައި އިންޓަ މިލާނުގެ މިޑްފީލްޑަރު އިވާން ޕެރިސިޗާއި، ސައުތެމްޓަންގެ ގޯލްކީޕަރު ފްރޭޒާ ފޮސްޓާ އަދި 25 މިލިއަން ޕައުންޑްގެ އަގަކަށް ބްރައިޓަން އަށް ކުޅޭ މާލީގެ މިޑްފީލްޑަރު ޔެވެސް ބިސޫމާގެ ސޮއި ހޯދައިފަ އެވެ.

ޗެލްސީގެ ސެންޓްރަލް ޑިފެންސަށް ފާރަލަމުން އަންނަ ބައެއް ކުޅުންތެރިން؛ ކަނާތުން ވާތަށް: ކިމްޕެމްބޭ، ގްވާޑިއޯލް، ކޫންޑޭ، އަކޭ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އަށް ޓީމުގެ ޑިފެންސަށް ކުޅުންތެރިން ހޯދަން މަޖުބޫރު ވެފައި ވާއިރު، އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ސެވިއްޔާ އަށް ކުޅޭ ޑިފެންޑަރު ޔޫލުސް ކޫންޑޭގެ ސޮއި ހޯދާށެވެ. ހަމަ އެއާ އެކު ޗެލްސީ އެކަޑަމީން ތަމްރީނުވެ، ޗެލްސީ އަށް ކުރިން ކުޅުނު ނަތަން އަކޭ އާއި ލައިޕްޒިގަށް ކުޅޭ ކްރޮއޭޝިއާގެ ޖޮސްކޯ ގްވާޑިއޯލް އަދި ޕީއެސްޖީ އަށް ކުޅޭ ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް ޗެލްސީން ފާރަ ލަމުން ގެންދެ އެވެ.

ޗެލްސީގެ ސެންޓަ ބެކް އެންޓޯނިއޯ ރުޑިގާ ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅިފައި ވާއިރު، އަންޑްރެސް ކްރިސްޓެންސެން ވަނީ ބާސެލޯނާއަށް ސޮއި ކޮށްފަ އެވެ. މީގެ އިތުރުން ދެ ފުލްބެކުން ކަމަށްވާ މާކޮސް އޮލޮންސޯ އާއި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަންނަ އަހަރު ކޮންޓްރެކްޓް ހަމަވާ އިރު، މި ޓްރާންސްފާ ބާޒާރުގައި ދެ ކުޅުންތެރިން ވެސް ބާސެލޯނާއާ ގުޅޭނެ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ޗެލްސީން އަންނަނީ އެ ޓީމުގެ ކުރިއަށް މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން ގެންނަން މަސައްކަތް ކުރަމުންނެވެ. ރޮބާޓް ލެވަންޑޯސްކީ އަދި އާރުބީ ލައިޕްޒިގަށް ކުޅޭ ފްރާންސްގެ ކްރިސްޓޮފާ އެންކޫންކޫ އަށް ވެސް ޗެލްސީ ޝައުގުވެރި ވެއެވެ. ނަމަވެސް ލެވަންޑޯސްކީ ވަނީ އޭނާ ދާޏް ބޭނުމީ ބާސެލޯނާ އަށް ކަން ހާމަކޮށްފަ އެވެ.

ހަމަ އެއާ އެކު ބާސެލޯނާގެ ވިންގާ އުސްމާން ޑެމްބެލޭ މި މަހަށް ފަހު ކޮންޓްރެކްޓް ހަމަވާއިރު ޗެލްސީން އޭނާއަށް ވެސް ޝަގުވެރި ވެއެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

20 June 2022

ޑެންޒެލް ޑަމްފްރީސް އެއީ ރަނގަޅު ކުޅުންތެރިއެެއް.މަރުހަބާ @ކޮންޓެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454