އެއްގަމު އުޅަނދު ލައިސެންސްގެ ތިއަރީ ޓެސްޓާއި އެކަމާ ގުޅުންހުރި ތަމްރީނުތައް ހިންގުމަށް ޕޮލިޓެކްނިކްގެ ފަރާތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކުރައްވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
22 ޖޫން 2022 - 19:57
އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާނާއި އެކަމާ ގުޅުންހުރި ތަމްރީނުތަކެއް ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާ އެކު ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އެއްބަސްވެއްޖެ އެވެ.
ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
ލައިސަންސްގެ ތިއަރީއާ ގުޅޭ ކަންކަން މިހާތަނަށް ކުރަމުން ދިޔައީ ޓްރާންސްޕޯޓު މިނިސްޓްރީންނެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން އެ ޓެސްޓު ދެން ކުރިއަށްގެންދާނީ ޕޮލިޓެކްނިކުންނެވެ.
ތިއަރީގެ އިތުރުން ވެހިކަލް އިންސްޕެކްޝަން ސެޓްފިކެޓާއި ޑްރައިވިން އެގްޒާމިނާ އަދި ޑްރައިވިން އިންސްޓްރަކްޓަރާގެ ސެޓްފިކެޓް ތިނެއްގެ ކޯސް ވެސް ޕޮލިޓެކްނިކުން ހިންގާނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ތަފާތު ސްކިލްސްތަކެއް ހިމެނޭ މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ، ވަކި ފެންވަރެއްގެ ކޯސްތައް ހިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ޕޮލިޓެކްނިކުން ތަމްރީނުތައް ހިންގަން ފެށުމުން ރޯޑް ވާދިނަސް ހަދައިދޭ ގަރާޖުތަކުގައި ތިބޭނީ އެ އިންސްޓިޓިއުޓުން ދަސްކޮށްފައި ތިބި މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯމިރު
23 June 2022
ރޯޑް ޓްރެފިކް ބަލަހައްޓާމީހުންނާއި ތިއަރީ ޓެސްޓް ހެދުން ހަވާލުކޮއްފައި އެއާއި ގުޅުންހުރި އހެން ކަންކަން ޕޮލިޓެކްނިކުން ހަދާ ކޯސްނިއްމާ މީހުން ތިބޭ ތަންތަނުން ރޯޑްވާދިނަސް އިންސްޕެކްޝަން އަދި އެހެނިހެންކަންކަން ހަވާލުކުރިނަމަ މާރަގަޅުވީހެވެ.
ސީޒަން ޖެކުހަން
22 June 2022
މިނިސްޓަރުކަން ލިބުނުތާ ކުރީކޮޅުގާ މިކަަމަނާ މާރުކޭޓުދޮށަށްގޮސް ތެޅުނުގޮތުން މަހީކުރީ ވަރަށް ހިންގާލާނެކަމަށް. އެކަމަކު ހީ ވީ ބިލާހަކަށް.
ލޯމާފާނު
23 June 2022
''އަ ނިއު ބްރޫމް ސްވީޕްސް ކްލީން.'' މިފަދަ ޕްރޮވާބްތަކުން ތިޔަ މިނިސްޓަރުންގެ އަސްލު ހޯދަން ފަސޭހަވާނެ.