23 ޖޫން 2022 - 13:01
ރަޝިޔާ އިން ޔޫކްރޭނާ މެދު، މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އަމަލުކުރީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޖޫން 22، 1941 ގައި ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ރަޝިޔާއާ މެދު އަމަލުކުރި ގޮތަށް ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ ދުވަހަކީ ޖަރުމަނުގެ ނާޒީ ސިފައިން ރަޝިޔާ އަށް އަރައިގަތް ދުވަހެވެ. ދެ ވަނަ ބޮޑު ހަނގުރާމަ ނިމި ދިއުމަށް ފަހު، ރަޝިޔާ އިން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ދެ ވަނަ ބޮޑު ހަނގުރާމައިގައި މަރުވި ރަޝިޔާ ސިފައިންގެ ހަނދާން އައުކުރާ އަދި އެ ހަނގުރާމައިގައި ލިބުނު ގެއްލުންތަކަށް ހިތާމަ ފާޅުކުރާ ދުވަހެއްގެ ގޮތުގަ އެވެ.
This day in 1941, Nazi Germany invades the Soviet Union with the largest invasion force in the history of warfare, called operation Barbarossa. Approx. 3 million personnel invaded the USSR along a 2,900-kilometer (1,800 mi) front. #WW2 pic.twitter.com/xk6VjxESmk
— WWII Pictures (@WWIIpix) June 22, 2022
އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި އިއްޔެ ވަނީ، ރައީސް ލަޑިމިއާ ޕުޓިން ބައިވެރިވެވަޑައިގެން، ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
"މިއަދު، ޖޫން 22 އަކީ، ހިތާމަކުރުމާއި ހަނގުރާމައިގައި މަރުވި މީހުންގެ ހަނދާން އާކުރާ ދުވަސް. އެ ހަނގުރާމައަކީ، ދުވަހަކު ވެސް ތަކުރާރުވެގެން ނުވާނެ، އަދި ތާއަބަދަށް ވެސް 20 ވަނަ ގަރުނުގެ ތާރީޚުގެ ތެރޭގައި އޮންނަންޖެހޭނެ ހަނގުރާމައެއް. ނަމަވެސް އެކަން އަނެއްކާ ވެސް ތަކުރާރު ވެއްޖެ،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"ރަޝިޔާ އިން ފެބްރުއަރީ 24 ވަނަ ދުވަހު އެ އަމަލުކުރީ، ޖޫން 22 ގައި ނާޒީން އަމަލުކުރި ގޮތަށޭ ނުބުނެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް. އަހަރެން ބުނެލަން ބޭނުންވަނީ ހަމަ އެންމެ ވާހަކައެއް. އެ ފަހަރު، އަދުއްވުން ރަޝިޔާ އަށް އަރައިގަތް ދުވަހުގެ ހެނދުނުން ފެށިގެން، އަދުއްވުން ބަލިކޮށްލުމާ ހަމައަށް 1418 ދުވަސް ހޭދަވި. އަހަރެމެން، އަހަރެމެންގެ ބިން މިނިވަންކޮށް، ވަރަށް އަވަހަށް ނަސްރު ހޯދަންޖެހޭނެ. މާ ބޮޑަށް އަވަހަށް އެކަން ކުރަންޖެހޭނެ."
އޭނާ ވިދާޅުވީ ރަޝިޔާގެ އުދުވާނުން ޔޫކްރޭން ދިފާއުކޮށް މިނިވަންކަން އަލުން އިއާދަކުރުމަކީ ޔޫކްރޭންގެ ގައުމީ އަމާޒެއް ކަމަށެވެ. އަދި އެއަމާޒު ހާސިލުކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، އެކަމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނުން ޔޫކްރޭން ދިފާއުކޮށް ގައުމުގެ މިނިވަންކަން އިއާދަކުރުމަށް މަސައްކަތް ކުރުމަކީ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ކޮންމެ ރައްޔިތަކު ވެސް ކުރަންޖެހޭނެ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީބާ
25 June 2022
އެކަމު އަދިވެސް ކަލެއަށް އިސްރާޢިލް ހަމަ ބަރާބަރެންނު
ޒަޚްރްޗުކް
23 June 2022
މިނިވަންކަން ނަގާލައިގެން އުޅޭނީ ކޮމެޑީފިލްމް ސްޓާރ ޒެލެންސްކީ އެވެ. މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހޭ ކަންތައްކުރުމަކީ ތިޔަ މޮޔަ ވެރިޔާގެ ޒިންމާއެކެވެ. އެމެރިކާ އާއި އެކިޔާ ނޭޓޯ އަކަށް ހެއްލިގެން ޤައުމު ހަލާކުގެތެރެއަށް ވައްޓާލި މޮޔަވެރިއަކު މިނޫނީ ނެތެވެ. ނޭޓޯއަކަށް ރަޝިޔާއާ ކުރިމަތިލާކަށް ނުކެރޭނެއެވެ. ދެންވެސް ޤައުމު އިތުރަށް ސުންނާފަތިނުވަނީސް ރަޝިޔާއާއެކު ސުލްހަވާށެވެ.
ށަވިޔަނި
23 June 2022
މިދުވަސްވަރުގެ ހިޓްލަރަކީ ޒެނެސްކީ.
ލޯމާފާނު
23 June 2022
ކަލޭ ކޮސްގޮވާނެކަމެއް ނެތް.
ގެދާނޯމޮސް
23 June 2022
ކަލޭ ކުޅޭކަހަލައިގެ ފިލްމުގަ މަރާ މީހުންގެ ގޮތުގަ ރައްޔިތުން މަރަނީއެވެ.