ޚަބަރު / ސުޕްރީމް ކޯޓް

ކުންފުނިތައް ހިމާޔަތްކުރަން ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީ ހިއްސާދާރުންނަށް އޮންނާނެ: ސުޕްރީމް ކޯޓް

ކުންފުނިތަކަށް ގެއްލުންވާ ގޮތަށް މެޖޯރިޓީ ހިއްސާދާރުން ނިންމާ ނިންމުންތައް ބެލޭނެ ނިޒާމެއް ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނަކު ނޯވޭ. ސުޕްރީމް ކޯޓުން މިއަދު އެގޮތަށް ނިންމީ ބޭރު ގައުމުތަކުގެ ނިންމުންތަކަށް ބެލުމަށްފަހު

ސުޕްރީމް ކޯޓު: ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން އަމަލުކުރާ ގޮތާ މެދު ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީ ހިއްސާދާރުންނަށް އޮންނާނެ ކަމަށް ވަނީ ނިންމާފައި -- ފޮޓޯ/މިހާރު

23 ޖޫން 2022 - 22:57

10 comments

ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނިތަކުގެ އަޣުލަބިއްޔަތު ހިއްސާދާރުން އަމަލުކުރާ ހާލަތްތަކުގައި ކުންފުނީގެ ހިމާޔަތުގައި ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީ ހިއްސާދާރުންނަށް އޮންނާނެ ކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ކުންފުންޏާބެހޭ ގާނޫނުގައި އޮންނަ ގޮތުން ކޯޓަށް ދެވޭނީ ކުންފުނީގެ ވަކި ހިއްސާދަރަކަށް ގެއްލުންވާ ގޮތަށް ކުންފުނީގެ ކަންކަން ހިންގާ ކަމަށް ބުނާ މައްސަލަތަކުގަ އެވެ. އެކަމަކު މެޖޯރިޓީ ހިއްސާދާރުން ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ކަމަށް ބުނާ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތެއް އެ ގާނޫނަކު ނޯވެ އެވެ.

ބްލޫ ލެގޫން އިންވެސްޓްމަންޓަށް ގެއްލުންވާ ގޮތަށް އެ ކުންފުނީގެ މެޖޯރިޓީ ޑިރެކްޓަރުން އަމަލުކުރި ކަމަށް ބުނެ އެ ކުންފުނީގެ އެއް ޑިރެކްޓަރަކު ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނިން ހިންގާ އއ. މަޑޫގަލި ރިސޯޓްގެ ހެޑް ލީސް ރަހުނު ކުރުމަށްފަހު 3.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އެ ކުންފުނީގެ ބޯޑުން ނިންމުމުންނެވެ.

އެ ކުންފުނީގައި ތިން ޑިރެކްޓަރުންގެ ތިބޭއިރު، އެގޮތަށް ނިންމީ އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ބައިވެރިވި ބައްދަލުވުމެއްގަ އެވެ. ތިން ވަނަ ޑިރެކްޓަރުގެ ފަރާތުން ބުނާގޮތުން އެގޮތަށް ނިންމީ ޖަލްސާގެ ނޯޓިސް ނުދީ އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށެވެ.

"ކުންފުނީގެ ހައްގުގައި ދައުވާ ކުރުމުގެ ހައްގު މައިނޯރިޓީއަށް ދޭންޖެހޭ"

އެ މައްސަލާގައި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައިވަނީ ކުންފުނީގެ ހިއްސާދާރުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ކުންފުނީގެ މަސްލަހަތުގައި އަދި އަމިއްލަ މަސްލަހަތު އިސްކުރުމެއް ނެތި ކަމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންނަށް އަމަލުކުރާ ކަމަށް ބުނެ މައިނޯރިޓީ ހިއްސާދާރުން ޝަކުވާކުރާ ނަމަ އެކަމަށް ކޮންމެވެސް ހައްލެއް އޮންނަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ގާނޫނެއްގައި ހައްގެއް ހިމާޔަތް ކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވާއިރު، ކުންފުނީގެ ހައްގުތައް ވެސް ހިމާޔަތް ކުރެވެންޖެހެ އެވެ."

އެ ހުކުމުގައިވާ ގޮތުން، ކުންފުންޏާ ދެކޮޅަށް ކުރާ ކަންކަމުގައި ކުންފުނީގެ ފަރާތުން ދައުވާ ކުރުމަކީ އާންމު އުސޫލު ކަމަށް ވިޔަސް، އަޣުލަބިއްޔަތު ހިއްސާދާރުން ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި މި އުސޫލުން އިސްތިސްނާވާނެ އެވެ.

"ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވާއިރު، ކުންފުނީގެ އަޣުލަބިއްޔަތު އޮންނަ ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް ހިންގާ އަމަލުތައް ބަލައި، ފިޔަވަޅު އަޅައި، ފަރުވާއެއް ހޯދުމަށްޓަކައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުންފުނީގެ މައިނޯރިޓީ އޮތް ފަރާތަށް އޮވެގެން މެނުވީ ކުންފުނީގެ މެޖޯރިޓީ އޮންނަ ފަރާތްތަކުން ކުންފުނީގެ ނާޖާއިޒް ފައިދާ ނެގުން ނުހުއްޓުވޭނެ..." ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

އެ ހާލަތުގައި ކުންފުނީގެ މަސްލަހަތު ހިމާޔަތް ކުރަން ކުންފުނީގެ ފަރާތުން މައިނޯރިޓީ ހިއްސާދާރަށް ދައުވާ ކުރެވިދާނެ ކަމަށް އިނގިރޭސިވިލާތުގެ ގާނޫނުތަކާއި ބޭރުގެ ބައެއް ނިންމުންތަކާ ހަވާލާދީ އެ ހުކުމުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ގާނޫނުގައި ނެތަސް، އެ ފުރުސަތު ދޭންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

"ގާނޫނެއްގައި ހައްގެއް ހިމާޔަތް ކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވާއިރު، ކުންފުނީގެ ހައްގުތައް ވެސް ހިމާޔަތް ކުރެވެންޖެހެ އެވެ." ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީގެ އަޣުލަބިއްޔަތުން އިއްވެވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައި މުހިންމު ނުކުތާތައް

- ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާދާރުން އަމަލުކުރާ ގޮތާ މެދު މައިނޯރިޓީއަށް ދައުވާ ކުރެވިދާނެ

- ހިއްސާދާރުން އަމަލުކުރަން ޖެހޭނީ ކުންފުނީގެ ފައިދާއަށް، އަމިއްލަ ފައިދާއަކަށް ނޫން

- ގާނޫނުގައި ފުރުސަތު ނެތުމަކީ ކުންފުނީގެ ހައްގު ގެއްލެންޖެހޭ ސަބަބެއް ނޫން

- ކުންފުނިތަކުގައި ހައްގުގައި މައިނޯރިޓީއަށް ދައުވާ ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅި

- ކުންފުނިތަކުގެ ހިއްސާދާރުން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކެއް ކަނޑައެޅި

އެކަމަކު އެފަދަ ދައުވާއެއް ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ދުރާލާ ކޯޓުގެ ހުއްދަ ލިބިގެންނެވެ. އަދި އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުތަކުން ރިއާޔަތް ކުރެވިދާނެ ކަންތައްތަކެއް އެ ހުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ.

އެގޮތުން މައިނޯރިޓީ ހިއްސާދާރުން ދައުވާ ކުރަނީ ހަގީގަތުގައި ވެސް ކުންފުނީގެ މަސްލަހަތަށް ތޯ އާއި މެޖޯރިޓީ ހިއްސާދާރުން ކުންފުނީގެ ނަމުގައި އެފަދަ ދައުވާއެއް ކުރުން ހުއްޓުވާނެތޯ އާއި މައްސަލަ ކުރިއަށް ގެންދެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ހުރިތޯ ބެލިދާނެ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުން އަމަލުތައް ބަހައްޓަންވީ ގޮތް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން، ލިބިފައިވާ ބާރުގެ އިމުގެ ތެރެއިން ކުންފުނީގެ ކާމިޔާބީއަށް މަސައްކަތް ކުރުމާއި ވަކި ފަރާތަކަށް ބުރަނުވެ، ނިންމުންތައް ނިންމުމުގެ އިތުރުން މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިވެރި ނުވުމާއި ތިން ވަނަ ފަރާތަކުން ދޭ މަންފާތައް ބަލައިނުގަތުން ފަދަ އުސޫލުތައް ހިއްސާދާރުން ހިފަހައްޓަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ބްލޫ ލެގޫންގެ މައްސަލާގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ ތިން ވަނަ ޑައިރެކްޓަރާ ދެކޮޅަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ މެޖޯރިޓީ ޑައިރެކްޓަރުން އަމަލުކުރި ގޮތް އެ ދެ ކޯޓުން ބަލާފައިނުވާ ކަމަށެވެ.

އެހެންވެ، ބްލޫ ލެގޫންގެ ހައްގުގައި ދައުވާ ކުރުމުގެ ފުރުސަތު ތިން ވަނަ ޑިރެކްޓަރަށް އޮންނާނެ ކަމަށް ހުކުމުގައި ކަނޑައެޅި އެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔު ތަފާތު

މިކަމުގައި ރައުޔު ތަފާތުވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔަކީ ކުންފުނި ހިންގާނެ ގޮތް ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ބާރަކަށް ވާއިރު، ކުންފުންޏަށް ލިބޭ ކޮންމެ ގެއްލުމަކީ މެޖޯރިޓީ ޑިރެކްޓަރުން އެ މީހުންގެ ޒިންމާއާ ޚިލާފްވުން ނޫން ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔުގައިވާ ގޮތުން، ކުންފުނިތަކާއި އެހެން ތިން ފަރާތްތަކުން މުއާމަލާތްތައް ހިންގަނީ ކުންފުނިން އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރާ ކަމަށް ދެކިގެން ކަމަށް ވާއިރު، އެ މުއާމަލާތްތަކަށް އަސަރުކުރާ ގޮތަށް ކޯޓުތަކުން ކަންކަން ނިންމުމަކީ މަސްލަހަތު ހުރި ގޮތެއް ނޫނެވެ. އަދި ބްލޫ ލެގޫންގެ މެޖޯރިޓީ ޑިރެކްޓަރުން އަމަލުކުރި ގޮތަށް ބަލާއިރު އެކަމުގައި އެއްވެސް ގޯހެއް ފެންނަން ނެތް ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ބްލޫ ލެގޫންގައި ތިބެނީ ތިން ޑައިރެކްޓަރުން ކަމަށް ވާއިރު، ތިން ވަނަ ޑައިރެކްޓަރު ބައިވެރިވިޔަސް، އެ ނިންމުންތަކަށް ބަދަލު ނާންނާނެ ކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ތިން ވަނަ ޑައިރެކްޓަރުގެ ފަރާތުން ކޯޓުގައި އެދިފައި އޮތީ އެ ކުންފުނީގެ ދަރަނިތައް ކޯޓުން ބެލުމަށްފަހު އަދި އެ ދަރަންޏަށް އޭނާ ޒިންމާވުމުން އެ ކުންފުނިން ހިންގާ މަޑޫގަލީގެ ހެޑް ލީސް އޭނާއަށް ދިނުމުގެ އަމުރަކަށެވެ.

އެހެން ނަމަވެސް މިކަމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމާއި އަނެއް ދެ ފަނޑިޔާރުންގެ ވެސް ރައުޔަކީ ކުންފުނި އުވާލާ ހާލަތުގައި ކުންފުނީގެ ދަރަނިތައް އަދާކުރުމަށްފަހު މެނުވީ ކުންފުނީގެ މުދަލެއް ހިއްސާދާރެއްގެ ނަމަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެރަލާ

24 June 2022

1206 ތިޔަބުނަންއުޅޭ އެއްޗެއް ތަންކޮޅެއް ތިލަކޮށް އެއް ކޮމެންޓްއިން ބުނެލަބަލަ. ހަތަރު ފަސް ކޮމެންޓް ގުޅުވައިގެން ކިއުމަކީ މާ ފަސޭހަކަމެއް ނޫން ދޯ. މީހުން ނުވެސް ކިޔާނެހެން ހީވަނީ.. ޝުކުރިއްޔާ.

The name is already taken The name is available. Register?

1206

25 June 2022

ބުނެވެން އޮތް އެންމެ ތިލަކޮށް ބުނެފައި އެ އޮތީ؟ ކުރީ ޒަމާނުގައި 180 ކެރެކްޓަރުން އެސް.އެމް.އެސް ލިޔާހެން، ކޮމެންޓު ލިޔަން މިޖެހެނީ. މިހާރުގެ މައްސަލައެއް އެއީ. އަހަރެން ކީއްކުރާނީ. މި ޒަމާނުގެ އުސޫލަކީ ކިތަންމެ ދިގު މެސެޖުވެސް ލިޔެވޭ. ޚަބަރު ލިޔާ މީހާވެސް ބޭނުމެއް ނުވާނެ އޭނާ ލިޔާ ޚަބަރަށް ވުރެ ދިގު ކޮމެންޓު ކިޔާ މީހުން ލިޔާކަށް. އޭނަޔަށް ވެސް ހުތުރު ދޯ؟ ކަން މިހެން އޮތަސް ވެސް، އަޒުމެއް އޮތިއްޔާ ގޮތެއް ހުހެއް ނުވާނެޔޭ ބުނެ އުޅެޔެއް ނުން. ސަލާމް.

The name is already taken The name is available. Register?

ޝަފީރު

24 June 2022

ގާނޫނެއްގައި ހައްގެއް ހިމާޔަތް ކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. @@@ ޑްރަގުގެ މައްސަލަތަކުގައިވެސް މިފަދަ ހުކުމެއް ނެރޭނަމަ ކިހާރަނގަޅު. ފުލުހުން ޑްރަގު ކޭސްތައް އަތުލީމާ ފުލުހުން އަމަލުކުރިގޮތް ގޯސްކޮށްފައި ދޫކޮށްލަނީ. މަނާއެއްޗެއް އެތެރެކުރި މައްސަލަ ނުބަލާ މައްސަލަ ދޫކޮށްލަނީ އެކަން ޤާނޫނަކުން ނުބެލޭނެކަމަށް ނިންމާފައި.

The name is already taken The name is available. Register?

1206

24 June 2022

ޖިނާއީ އަދުލާއި، މަދަނީ އަދުލު ގާއިމުކުރެވޭ މިންގަނޑުގެ ތަފާތު ނޭނގޭތީވެ ތިޔަ ވިސްނުން އަންނަނީ. ޖިނާއީ އަދުލު އަދި މަދަނީ އަދުލު ގާއިމް ކުރެވެނީ ވަރަށް ތަފާތު ދެ މިންގަނޑަކުން. އޭގެ އެންމެ އަސާސީ މިންގަނޑަކީ، ޖިނާއީ އަދުލު ގާއިމު ކުރެވެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ތުހުމަތު ވެވޭ ކުށް ސާބިތު ކުރެވިގެން. މިއާ ޚިލާފަށް މަދަނީ އަދުލުގައި ނިޔާ ކަނޑައެޅޭނި 'ބެލެންސް އޮފް ޕްރޮބަބިލިޓީޒް'ގެ މައްޗަށް. މާނައަކީ އެއީ ނިސްބީ މިންގަނޑެއް. ސާފުވެއްޖެ؟

The name is already taken The name is available. Register?

ޚޖޖހހޗހޚޖޖހހޗhc

24 June 2022

ދެން މައިނޯރިޓީ ކަމަކާ ހިތްހަމަ ނުޖެހޭއިރަށް ދައުވާ ކުރަންވީ. މިހުކުމުގެ ސަބަބުން ނުބައި ނަތީޖާއަކަށްވެސް ރަނގަޅު ނަތީޖާއަކަށްވެސް މަގުފަހިވެގެންދާނެ. ނުބައިނަތީޖާއަކީ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް އެއްބަސްނުވެވޭ ހާލަތުގަ ދައުވާތަކާ ދިމާލަށް މައިނޯރިޓީ ދާނެތީ. އޭގެސަބަބުން ކުންފުނިތަކަށް ބޮޑެތި ގެއްލުންވާނެ. ރަނގަޅު ނަތީޖާއަކީ ހުކުމުގަވެސް އިންގޮތަށް މެޖޯރިޓީ ހިއްސާދާރުން ހަދާ ގޯސްތައް ރަނގަޅުކުރަން މައިނޯރިޓީއަށް ފުރުސަތު ލިބޭތީ

The name is already taken The name is available. Register?

1206

24 June 2022

3/3.1 ކުންފުނީގެ ހިއްސާދާރުންނާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު ކުންފުންޏަށް ލިބިދީފައި އޮންނަން ޖެހޭނެ. އަދި ކުންފުނީގެ ހައްގުގައި މި ކަންކުރުމުގެ އިޚްތިޔާރު މައްސަލައިގެ ބާވަތުން އެކަމާ ގުޅުން ހުރި މަސްލަހަތުދާރަކަށް ލިބިދީފައި އޮތުން ލާޒިމު.

The name is already taken The name is available. Register?

1206

24 June 2022

3/3 ކަމަށް ވިޔަސް، ވިޔަފާރީގެ ހުރިހާ ހާލަތެއްގައިމެ ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާއި ވަކި ގާއިމުވެފައިވާ ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމެ ހައްގު ލިބިދީފައިވާ މިންވަން ޤާނޫނީ ޝަޚްސެއް. މި ހަގީގަތް ނިޔާކުރާ މާނައަކީ، ހިންގާ ވަކި ވިޔަފާރީގެ މުޢާމަލާތަކީ ކުންފުނީ ދެމި އޮތުމަށްއެ ނިންމުމުގެ ސަބަބުން ނުވަތަ ކުންފުނީގެ މަސްލަހަތުދާރުންގެ (ހަމައެކަނި ހިއްސާދާރުންނެއް ނޫން) ހައްގަކަށްނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވިއްޖެ ނަމަ ބެލެވިއްޖެ

The name is already taken The name is available. Register?

1206

24 June 2022

2/3.. އެއީ އޭގެ ސަބަބުން އިއާދަ ނުކުރެވި ދާނެ ގެއްލުން ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުންނަށް ލިބި ދާނެ ކަމުގެ ބޮޑު ފުރުސަތެއް ނުވަތަ އެކަށީގެންވާ ކުޑަ ފުރުސުތެއް ނަމަ ވެސް އެ ކަމުގައި އޮވެދާނެތީ ލިބިދޭންޖެހޭ ހައްގެ. ނަމަ ވެސް، މި ހައްގު ލިބި ދިނުން އޭގެ ޒާތުގައި އެއީ ވިޔަފާރި މުއާމަލާތެއް ހިންގުން ވަކި ގޮތަކަށް ކަނޑައެޅުމުގައި ކޯޓުގެ ނިންމުމަކުން ނުފޫޒު ފޯރުވުން ކަމުގައި، ބުއްދި ގަބޫލުކުރާ ހަމަ އަކުން ނުބެލޭ. ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން

The name is already taken The name is available. Register?

1206

24 June 2022

3 ވަނަ ޑިރެކްޓަރު ބައިވެރިވެގެންވެސް އެ ފަދަ ނިންމުންތަކަށް ބަދަލު ނާންނާނެތީވެ އަސްލު ހަގީގަތުގައި މައިނޯރިޓީ ރައިޓްސް ޕްރޮޓެކްޓް ކުރެވެން ޖެހެނީ. ކޮންމެ ގެއްލުމަކަށް މެޖޯރިޓީ ޑިރެކްޓަރުން ޒިންމާ ވާން ނުޖެހުނަށް، ބަލަން ވާ ވަރަށް ނުބަލައި އެކަށީގެންވާ މިންވަރު ހޯމް ވޯކް ހެދުމެއް ނެތި، ނަގާ ބިޒްނަސް ޑެސީޝަން އަކީ، މެޖޯރިޓީ އިން ބާރުގެ ބޭނުން ނަހަމަ ގޮތުން ކުންފުނީގެ މަސްލަހަތަށް ގެއްލުންވާ ގޮތަށް ބޭނުން ކުރުން ކަމުގައި ބަލަންޖެހޭ. 1/3

The name is already taken The name is available. Register?

ކުދީނު

23 June 2022

އުއްތަމަގެ ރައުޔު ކަޑަ. އަޒްމީރާލްދާ އެބަހުރި މަސައްކަތް ކޮށްފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454