ޖަރުމަން ވިލާތުގެ ބެވޭރިއާގައި ޖޫން 26-28، 2022ގައި ބާއްވާ ޖީ7ގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ، (ވ-ކ) ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް އަދި އެމެރިކާގެ ރައީށް ޖޯ ބައިޑެން، މަހާސިންތާ ބާއްވާ އެލްމާއު ކާސަލްގެ ގޯތި ތެރޭގައި ހިންގަވަނީ. --އޭއެފްޕީ
27 ޖޫން 2022 - 13:54
ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާގެ ތަރައްގީ އަށް އެހީވެދިނުމުގެ ގޮތުން، ޖީ7ގެ ގައުމުތަކުގެ ސަރުކާރުތަކުންނާއި ޕްރައިވެޓް ސެކްޓާގެ ތެރެއިން، 600 ބިލިއަން ޑޮލަރުގެ އެހީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް، ޖީ7ގެ ގައުމުތަކުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.
ޖަރުމަން ވިލާތުގެ ބެވޭރިއާގައި އިއްޔެ ފެށި، ޖީ7ގެ މަހާސިންތާގައި ގައުމުތަކުގެ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް، ޗައިނާ އިން އެ ގައުމުތަކަށް ދެމުންދާ އެހީތައް ހުއްޓުވުމުގެ ގޮތުންނެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ޗައިނާ އިން ފޯރުކޮށްދޭ އެހީތަކުގެ އަގު އެތައް ޓްރިލިއަން ޑޮލަރަކަށް މިހާރު ވެސް އަރަ އެވެ.
މަހާސިންތާ ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވީ، އާލަމީ ފެންވަރުގައި އަންނަ ކުއްލި ލޮޅުންތަކާ ކުރިމަތިލުމަށް އެކަށޭނަ މިންވަރަށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ އޮތީ ތަރައްގީ ނުވެ އެވެ. އެހެންކަމުން، ދުނިޔޭގެ ފެންވަރުގައި ފެތުރިގެންދާ ވަބާތަކުން އެ ގައުމުތަކަށް ލިބޭ ގެއްލުން ބޮޑުވެ، އެކަމުން އަރައިގަތުމަށް ވެސް ދިގު މުއްދަތެއް ހޭދަވާ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ޖަރުމަން ވިލާތުގެ ބެވޭރިއާގައި ޖޫން 26-28، 2022ގައި ބާއްވާ ޖީ7ގެ މަހާސިންތާ ފެށުމުގެ ޖަލްސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ. --އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި އިންސާނިއްޔަތުގެ ކަމުގެ ދާއިރާ އިން އުފެދޭ ކަންބޮޑުވުމެއް ނޫނެވެ. އޭގެ އިތުރުން އެއީ އިގްތިސާދީ ދާއިރާއިންނާއި ސަލާމަތީ ދާއިރާ އިން ވެސް އުފެދޭ ކަންބޮޑުވުމެކެވެ.
އެ ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރުގެ ހިލޭ އެހީ، އެމެރިކާ އިން ހަމަޖައްސާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ. މި އެހީ ދިނުމަށް އެމެރިކާ ވިސްނަނީ، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކަށާއި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށެވެ.
މި އެހީގެ ސަބަބުން، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށާއި ސިއްހީ މައްސަލަތައް ހައްލުކުރުމަށް އެފަދަ ގައުމުތަކަށް ފަސޭހަވެގެންދާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި އެހީއެއް ނޫން ކަމަށާއި، މިއީ ކުރިމަގަށްޓަކައި ކުރާ އިންވެސްޓެއް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އެހެންކަމުން، މި އިންވެސްޓްމަންޓްގެ ފައިދާ އެންމެނަށް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާޔަތުލް ސްވަދީބް
28 June 2022
ކޮބާ ފިނޭންސް މިނިސްޓަރު؟ ލޯނު ދޭވާހަކަ އެބުނަނީ. އަވަހަށް ދުއްވާގަނޭ ލޯނު ކޮޅަކާ އެހީކޮޅެއް ހޯދަން ނާށިގަނޑު ހިފާގެން ސަލާންޖަހަން.
ތިކަން ވަރައް އުދަނގޫވާނެ
28 June 2022
ޗައިނާއާ ތިކަމުގަ ވާދަކުރަން ވަރައް އުނދަގޫވާނެ. އެއީ ކޮންމެ ބަޔަކުވެސް އެހީދޭއިރު އެންމެ ފުރަތަމަ ޝަރުތަކައް އޮންނަނީ އެއެހީއިން ކުރާ މަސައްކަތްތައް ކުރަންޖެހޭނީ އެގައުމެއްގެ ކުންފުންޏަކުންކަމައްވުން. ޗައިނާއަކީ މަސައްކަތްތެރިންގެ އަގު ކުޑަގައުމެއް އެހެންވެ މަދުފައިސާއިން ގިނަ ކަންތައް ކުރެވޭނެ. މިސާލަކައް ޖަޕާނުގެ އެހީން ހެދި މާލޭ ކަނޑުތޮށި ޗައިނާގެ އެހީގަ ހެދިތަނެއްނަމަ ބައިކުޅަބައިގަ އަގުހުންނާނީ.
އަފްޝީން
28 June 2022
ކީއްކުރަން ދޭ އެއްޗެއް. ދިނުން ލަސްވާނެ ޤައުމުތައް ހިންގަން ތިބި މީހުންގެ ޖީބުތަކަށް ތި އެހީ ވަދެ އެމީހުންނަށް ހުރިހާ މޮޅެއް
އަފްރާސިޔާބު
27 June 2022
ބައިޑަން. ތަރައްގީ ވަމުންއަންނަ ގައުމުތަކަށް 5އަހަރުތެރޭ ދޭން ތިބުނާ200 ބިލިއަންޑޮލަރަކީ ޗައިނާއިން ގައުމުތަކަށް ފޯރުކޮށްދޭ އެހީއަށްބަލާއިރު ހާދަކުޑައަދަދެކޭ. ބަލާބަލަޗައިނާއިން މިސްރުގައި އެހަދާ އާވެރިރަށް. އެތައްޓްރިލިއަން ޑޮލަރަކަށް އަރާއިރު ހާދައަވަހޭ އެކަންކޮށްލާގޮތް. ބަލާބަލަ ބަންގާޅަށާއި ޕާކިސްތާނުގައި އަޅާފައިވާ ބްރިޖްތަކާއި ހަދާފައިވާ ހައިވޭތައް ޗާލުކަމާއި އަވަސްކަން. ކަލޭމެން 1960 އިންފެށިގެން ކުއްޔަށްނަގައިގެން އުޅޭތަން ގޮނޑަކާވައްތަރީ
ގިރުވާނު
27 June 2022
އިނގިރޭސިވިލާތުން ރާއްޖެއަށް އެހީދިނުމުގެ ނަމުގަ ހަދާގޮތަކީ މިއުޅޭ ވާތުފިޔައިގެ ޖަމުއްޔާ ހަދައިގެންއުޅޭ ގުރޫޕުތަކަށް ދޮޅަހަކަށްރުފިޔާގެ އެހީއެއް ވައްޓާލަނީ. އިންދިރާގާނދީ ހޮސްޕިޓަލުގެ ބަދަލުގަ ހާމަޖަސްޓީ ޑިކްޓޭޓަރ އެލިޒަބަތު ހޮސްޕިޓަލެއް އަޅައިދިންތޯ، މަގެއްގަ ތާރުކޮޅެއް އަޅައިދިންތޯ، ގޭދޮށު މަސްފެކްޓަރީއެއް އެޅިތޯ، ކަންނެލިޖަގަހައެއް އެޅިތޯ، އޯލެވެލް އިމްތިހާނަށް އެކަނި ކިތައް މިލިއަންތޯ ރާއްޖެއިން އެމެންނަށް ދައްކަނީ.
ބީރުބޮލު ވަޒީރު.
27 June 2022
މިހާރު ޔޫކުރޭނަށް ދޭންބުނި 40 ބިލިއަން ޑޮލަރުގެ ހަތިޔާރު ދީ ނިމުނީ. ދެން އޮތީ ޗައިނާ އިނދަޖެއްސުން. އަމިއްލަ ގައުމުގެ ރައްޔިތުންނަށް ކާންދެނީ އެތައް ޓުރިލިއަން ޑޮލަރެއް ޗާޕުކޮށްގެން. އެކަމަކު ޗައިނާގެ ރައްޔިތުންނަށް ކާންދެނީ އެމެރިކާއަށް އެތައް ޓުރިލިއަން ޑޮލަރުގެ ލޯނު އެމެރިކާއަށް ދީފަ ބާކީ ހުންނަ ފައިސާއިން. މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ. ތިއައީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ދަރަނި ބޯ.
މޫސާފުޅު
27 June 2022
ކޮބާ ދިވެހިރާއްޖެ ފޯމްނަގާ އެޕްލައިކޮށްލަންވާނެނު މިފަހަރު ފަސޭހަވާންޖެހޭނެ ތި ހޯދަން ދުނިޔޭގެ ރައީސަކީ މިތާ ގޮލައެއްނު!
ށަވިޔަނި
27 June 2022
އެހީ ގެ ނަމުގައި ޗައިނާ އާ ޖައްސަނީނުން. ދެން ޗައިނާއާ ވާދައެއް ނުކުރެވޭނެ. އެންމެ ގިނަ ފައިސާހުރީ ޗައިނާގަ. އެހެން ގައުމުތަކާ ނުބެހި އަމިއްލަ ދަރަނި އަދާކުރެވޭތޯ ބަލާބަލަ. ތިއީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ދަރަނިވެރިޔާ.