ހިޔާ ފްލެޓް ކައިރީގައި ފިތުރު އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ކުޑަކުދިންތަކެއް ފެންކުޅި ކުޅެނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
27 ޖޫން 2022 - 21:23
މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރޭވިޔަސް މި ދުވަސްވަރު ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާތީ އީދު ޝޯއާއި ހަވާ އެރުވުން ނުބާއްވަން އެޗްޑީސީން ނިންމައިފި އެވެ
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ހުޅުމާލޭގައި ފާހަގަކުރުމަށް ރާވާފައިވިޔަސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަނެއްކާވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ
އެޗްޑީސީން ބުނީ އީދު ޝޯ އާއި ހަވާ އެރުވުމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ފާހަގަކުރާ ހަރަކާތްތަކަކަށް ވާތީ މި ފަހަރުގެ އީދު ކުޅިވަރުގެ ތެރޭގައި ހިމެނޭ އެ ދެ ހަރަކާތް ނޯންނާނެ ކަމަށެވެ.
އެކަމަކު އީދު ފާހަގަކުރުމަށް ބައެއް ހަރަކާތްތައް ހުޅުމާލޭގައި ވެސް އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްބަރޭ
12 July 2022
މާލޭގަ ފާހަގަ ނުކޮށް ކޮންމެހެން ރަށްރަށުގެ ރައްޔަތުން ލައްވާ ނާޗަރަންގީ ކުޅުވާނެކަމެއްނެތް
ކިޔު
28 June 2022
އީދެއް ވިއްޔާ ކޮންމެވެސް ބަހަނާއެއް ނެރި އީދު ފާހަގަކުރުން ވ ފަޑުވެގެންދަނީ. ގައުމީ މުނާސަބަތުތަކައި ފާހާނާތަށިދުވަސް ފަދަ ދުވަސްތައް ވ ފޯރިގަދަކޮށް ފާހަގަކުރާތަން ފެނޭ.
އެނޮން
28 June 2022
ލާރިކޮޅު ހުސްވީމަ މޮޅު އެއްޗެއް ކިޔަނީ
ބޯ ހިމެނޭ
28 June 2022
އާ ފިލްމްތައް ނެރެ ހަވާ އަރުވައިފި ލަދުން ބޯ ހަލާކު
ބަޖެޓް
28 June 2022
ހަވާ އެރުވުމާ އީދުޝޯއަށް ކަނޑައެޅި ބަޖެޓައްވީގޮތް ބުނެދޭން ކެރޭނެބާ
އަހުމިއްޓެ
28 June 2022
ނޫނޭ، އަރުވަންވާނެ. ރިލީސް ވި ފިލްމުތަކުގެ ޕްރީމިއަރ ފާހަގަކުރަން ނަމަވެސް ހަވާ އަރުވަންވާޅެ.
ށަވިޔަނި
28 June 2022
ރަނގަޅު ނިންމުމެއް.
ހާލަތު
27 June 2022
ހޫމް އީދެއް ހިޖުރީ އާ އަހަރެއް ނުކުރާނެ މިވެރިން ކޮންމެވެސް އެއްޗެކޭ ކިޔާނެ.. ތިޔަ ކޮވިޑް އޮއްވާދޯ ނިއު އިޔަރ ފާހަގަކުރަން ބޯކޮށް ހަވާ އަރުވާފަ ޝޯ ބޭއްވީ.. މިހާރަކު ހެލްތު އިމަރޖެންސީއެއް ނެތް.. އަބަދުވެސް ކޮންމެވެސް ބައްޔެއް އުޅޭނެދޯ؟ ކޮވިޑާ އަރިދަފުސް ރޯގާއާ މި ހަމަ އެކަށްޗެއް މިހާރު.. ދެން މޮޅު އެއްޗެޖޭ ވީދެނީ ކަމެއއ ނުވީމަ