ހުޅުމާލޭގައި އީދު ހުޅުޖަހަން ތައްޔާރުވަނީ.
05 ޖޫން 2025 - 12:48
މި އަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަން ތައްޔާރުވާން ފަށައިފި އެވެ.
އެޗްޑީސީން ބުނީ މިރޭ 8:30 ގައި ބޮޑު އީދުގެ ކުޅިވަރުތައް ފަށާނީ އީދު މަޅި ރޯކުރުމުން ކަމަށެެވެ. އެ ތައްޔާރީތައް އެ ކުންފުނީގެ އެކްސް އެކައުންޓުގައި ވަނީ އާންމު ކޮށްފަ އެވެ.
ހުޅުމާލޭގެ ގެސްޓް ހައުސްތައް ހުންނަ ދިމާލުން ބޭރުން މޫދުގައ އީދު މަޅި ރޯކުރަން ފަންގަނޑުތައް އަތުރާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.
އެޗްޑީސީން ބުނީ މި އަހަރު ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ހުޅުމާލޭ ރުއްގަނޑު އެކެއްގައި މިރޭ އޮންނާނީ އީދު ވެދުމާ ދިއުމާއި އީދު މަޅި ރޯކުރުމުގެ އިތުރުން ބޮޑުބެރުގެ ޝޯއެކެވެ.
މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި އީދު ހުޅު ޖެހުމަށް އެޗްޑީސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން#EidUfaa2025 pic.twitter.com/qRqktcLS2q
— Housing Development Corporation (@hdcmaldives) June 5, 2025
އެޗްޑީސީން ބުނިގޮތުގައި އީދުގެ ފުރަތަމަ ތިން ދުވަހުގައި ވެސް ފޯރިގަދަ ހަރަކާތްތަކެއް ސެންޓްރަލް ޕާކާއި ހިޔާ ޕާކު ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދާނެ އެވެ.
- ބުރާސްފަތި ދުވަސް: ވެދުމާ ދިޔުން، އީދު މަޅި، ބޮޑުބެރު (ރުއްގަނޑު 1 ގައި 8:30 އަދި ހުޅުމާލެ 2 ގެ ޗެނަލް ބީޗުގައި 9:00 ގައި)
- ހުކުރު ދުވަސް: އުލްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް (އީދު ނަމާދަށް ފަހު، ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި)
- ހުކުރު ދުވަސް: ވޯޓާ ސްޕޯޓްސް އިވެންޓު (ހަވީރު 4 އިން 5:30 އަށް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި)
- ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކާއި ހިޔާ ޕާކު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ.
ކޮންމެ ދުވަހެއްގެ ވެސް ހަވީރު ބާއްވާ އެ ހަރަކާތްތަކުގައި ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވުމަށް އެޗްޑީސީން އެދިފައިވެ އެވެ. މި އީދަކީ އެންމެން އެއްތަނަކުން ދިމާވެ، އެއްބައިވަންތަކަމާ އެކު ފާހަގަކުރާ އީދަކަށް ވުމަށް އުއްމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް ހުޅުމާލޭގައި އީދު ކުޅިވަރުތައް ބާއްވަ އެވެ. އެކަމަކު އީދު މަޅި ރޯކުރުމަކީ މި ފަހަރު މުޅިން އަލަށް ކުރާ ކަމެކެވެ.
ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން މި ފަހަރުގެ އަޟްހާ އީދުގެ އުފާ މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ. ހަރަކާތްތައް ބާއްވަނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ 2 ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. ގަޑިއަކީ އެ އިން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެންނެވެ.
ރާއްޖޭގެ ރަށްތަކުގައި ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރާތީ ގިނަ ބަޔަކު އަބަދުވެސް ރަށްތަކަށް ދަތުރުކުރެ އެވެ. އެހެންވެ، މި ފަހަރު ވެސް ބޮޑު އީދާ ދިމާކޮށް ލިބުނު ޗުއްޓީއާ އެކު ގިނަ ބަޔަކު ވަނީ އެކި ރަށްތަކަށް ފުރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީ.ޕީ.އޭ އިޒް ސްލީޕިން
06 June 2025
ހުޅުމާމޭ ފަރަށް އެޗް.ޑީ.ސީން ކޮށްފަހުރި ގެއްލުން އީ.ޕީ.އޭ އިން ބަލާ ފިޔަވަޅުއަޅަންޖެހޭނެ. ފަރަށް ބޯޓެއްއެރީމަ ވަރަށްއަވަހަށް އީ.ޕީ.އޭއިން ތެޅިގަންނާނެ. އީދޭ ކިޔާފައި އެޗް.ޑީ.ސީން ހުޅުމާމޭ ފަރަށް ކޮށްފަހުރި ގެއްލުން ރަނގަޅަށްބަލައި ވަގުތުން ފިޔަވަޅު އަޅަންގޮވާލަން. އީ.ޕީ.އޭ އަވަހަށް ހޭލާ. މިއީދުގައި އެއިރުން ލާރިކޮޅެއް ހަދާލެވޭނީ. އަވަސްކުރޭ މުއާލަތް ނުކެނޑެނީސް
މުޑަހަންޖާ
05 June 2025
ރީއްޗެއްނު، ރަށު ކަންމަތީ ބޯޅަ ކުލަބުތައްވެސް ހިންގަންޖެހެނީ ބައިތުލްމާލުން. މިހާރު ރަށުގަ އީދުމަޅި ޖަހާދޭންވެސް މިޖެހެނީ ދައުލަތުގެ ކުންފުންޏަކުން.
ޢީދު
05 June 2025
އީދުމަޅިއަކީ އަލަށްކުރާކަމެއް ނޫން، ކޮވިޑުގެ ކުރިންވެސް އީދު މަޅި ރޯކުރިބހުޅުމާލޭގަ.. އީދު ވީމާ ހަވާވެސް ނާރުވާދޯ؟؟ ނިއު އިޔަރ ފަދަ ޢައިރު މުސްލިމުންގެ ޢީދެއްނަމަ ފޯރި ހުރީސް ހަވަޔާ ބަވަޔާ އަރުވާނެ
ހައްޖަ.
05 June 2025
އިސްލާން ދީން އައީ.އެމްޑީޕީ ސަރުކާރެއްނަމަ ޝޭހުން ތައް ނިކުންނާނެ ލާދީނީ ގޮވަމުން.މިހާރު ހައްޕް
ލަތީފާ
05 June 2025
މިއީ ބުދު ދީނުގެ ސަގާފަތް. ދިވެހިން އިސްލާމް ވުމަށް ފަހުވެސް އެދީންތަކުގެ އުޅުންތަކާއި އަޅިކަމުގެ ކަންކަން ކޮށް އުޅުނު
ފިދަނަ.
05 June 2025
ދިވެހިންނޭ ނުކިޔާ. މާލޭ މީހުންނޭ ކިޔާބަލަ.
ގަބުއްޅާ
05 June 2025
ބުދު ދީނިގަ އީދު މަޅި ރޯކުރޭތަ އީދެއް ފާހަގަ ކުރަން؟؟ އަލަށް މި އަޑުއެހީ.. ގޫގުލްކޮށްގެންވެސް ނުފެނުނު.. ތިޔައީ މިއުޅޭ ތޯލިބާން ވިސްނުމުގެ ގަބުޅި ސޭކުން ދައްކާވާހަކައެއް..
ރާވެރިބެ
05 June 2025
އީދުމަޅި ރޯކުރަންވާނީ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަން އެޗްޑީސީ އަށް ހަދާން ކޮށްދެން
ނޮޓްއަޓަލިބާންސްޓޭޓް
05 June 2025
ކޮންމެ ކަމަކަށް ވެސް ހައްދެއް އަދި ހުދޫދެއް އޮންނާނެ، އީދު މަޅި ރޯކުރުމަށް ހުދޫދެއް ހާއްސަކޮށް ކަނޑައަޅަފައެއް ނެތް.. އެއީ ހަރާމްކަމެއްކަމަކަށް ވެސް ނެތް.. ޤުރުޢާންގަވެސް ސުންނަތުގަވެސް ޢިޖުމާއެއްވެސް އަދި ޤިޔާސެއްވެސް ކުރެވިފަ އޮތްކަމެއް ނޫން.. ތޯލިބާން ސޓޭޓަކަށް މިތަން ހެދުމުގެ ވިސްނުންދޫކޮށް ހިމޭނުންހުރޭ
ލަސް
05 June 2025
ދީނީކަމެއްގައި ކަމެއްގައި އެކަކަށްވުރެ ގިނަ މަސްދަރު ހުރުމަކީ ބުއްދީގެ ނަޒަރުން ބެލިޔަސް ހަމަޖެހޭކަމެއް ނޫން. ތިހާ ލިސްޓް ދިގުވީމާ ސައްހަކަން ވަނީ ގެއްލިފަ. ޓަލިބާން އެކޭ ތިޔެކޭ ކޮބާ ތަފާތަކީ
ޔެސް އިސްރޭލްސްޓޭޓް
05 June 2025
ކުނި ކަރުގޮހޮރު ވެސް ބޭނުން ހިފޭ ގަސްކާނާ އަށް. ތާލިބާން އޭކިޔާނެ ކަމެއްނެތް. ތިބުނާ ތަރައްގީވެފަ އޮތްގައުމު ތަކުންވެސް ތިކަންކަން މާނަކުރަނީ ޕޭގަން ރިޓުއަލްއޭ ކިޔައިގެން. މާސްޓަރ ކައިރިއަށްގޮސް ބުނޭ މިއަދުގެޓާސްކް ފުތިހަމަކޮށްފީމޭ. ދެން ބުނަނީ؟
ބަބްސް
05 June 2025
ހީވަނީ މިކަން ކޮއްއުޅުނީ ހަނދުފެނުމާއިއެކު އެއްރަށުން އަނެއް ރަށަށް އެކަން އަންގަން ކޮއްއުޅުނު ކަމެއް ހެން. މިހާރަކަށް އެއްވެސް ހޭޖެހޭ ކަމެއް ނޫން. ގިއްކިޔާފަ ދުންއަރާ ހޫންވުން ނޫން ކަމެއް ނުވާނެ.
ގެދާނޯމޮސް
05 June 2025
އާން! ހުރިހާ މޮޔައިން އެއަލިފާންގަނޑު ގޮތްފޮތަށް ސެލްފީ އާއި ފޮޓޯނެގީމާ އެވާނީ ޢީދުގެ އުފަލަކަށެވެ! އެކަމަކު ހިންދީން އަލިފާން ރޯކޮށް އެއަށް އަޅުކަން ކުރުމީ ބޮޑުވެގެން ވާ ޝިރުކަކަށް އެބަވެއެވެ!
ޒަމާން
05 June 2025
ގެދާނޯމޮސް ބުރާންޗާ އީދު ހުޅު ރަށް ރަށުގައި ޖަހައި އުޅެނީ އަޅުކަން ކުރާކަށެއްނޫން ތިގޮލާ ކަށްކަން އުދާފަވެސް ތި އިންނަނީ އަޅުކަމުގަދޯ
މޮޔައިންގެ ރާއްޖެ
05 June 2025
މިއީ މޮޔައިން ކުރާ ކަމެއް. އަރޓިފިޝަލް ރަށުގެ މީހުންވެސް އެމަޅީގައި އެންމެ ފަހުން ޖެހިއްޖެ.
ބޮލު ވަޡީރު
06 June 2025
ހުސް މޮޔަ ކަންތައް އެހެންވިއްޔާ! މޮޔަވެގެން ނޫންތަ އަމިއްލަ ރަށް ދޫކޮށް މިތަނަށް އަންނަނީ. މޮޔަވެގެން ނޫންތަ، ނަށާ މިއުޒިކް ކުޅެނީ. މޮޔަވެގެން ނޫންތަ، ބޭރުގެ ކާފަރު ފަރަންޖީން ގެނެސް އެމީހުންނަށް އޫރު މަހާއި، ރާ ބޯންދީގެން ފައިސާ ހޯދަނީ. ބަޔަކު އަލިފާން ހުޅުޖެހީމަ މޮޔަ ކަމަކަށް . ކަލޭމެން ފާޑުފާޑު ލާރި ހޯދާ ގޭމްތަށް ކުޅެގެން، އިންވެސްޓް ކޮށްގެން ފުނޑުނީމަ ނުވޭދޯ މޮޔަކަމަކަށް. އީދު ހުޅަަަަަކީ އެއީ ސަޤާފީ ގޮތުން ދިވެހިން ކޮށް އުޅުނު ކަމެއް.
އީދު ހުޅު.
05 June 2025
އީދު ހުޚު ޖެހޭނެ ދެންމެ އައި ކެރިގަނޑުގަ ތެމިފަ ހުރީ.ހެހެހެހެހެ