މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި އީދު ހަވީރުގައި އެމްޓީސީސީ ސްޓޯލްގެ ބޮޑުމަސް ހިފުމުގެ ސަގާފީ ހަރަކާތް ކުރިއަށް ގެންދަނީ--- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ޖޫން 2025 - 17:33
ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށް އޮތް އަޟްހާ އީދުގެ އުފާ މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ "އީދު ހަވީރު 1446" ގެ ނަމުގައި މާލެ ސަރަހައްދުގައި މި ފަހަރުގެ ބޮޑު އީދު ފާހަގަކުރާނީ ގައުމީ ފެންވަރުގައި ކަމަށެވެ.
ސިފައިން ބުނީ، އީދު ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެ ހަރަކާތްތައް އޮންނާނެ ކަމަށެވެ. ހަރަކާތްތައް ބާއްވަނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. ގަޑިއަކީ އެ އިން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެންނެވެ.
"ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެންނެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެ އުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަން ގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައި ވެ އެވެ،" އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް ސިފައިން ބުންޏެވެ.
މާލެ ސަރަހައްދުގައި ބާއްވާ އީދު ހަވީރުގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަުތު ފަހިކޮށްދޭނެ ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ ބޭންޑުގެ ހަރަކާތްތަކާއި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ފެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ދެން ހިމެނެނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ. އެ ތިން ރަށަށް މިހާރު ވެސް ގިނަ ބަޔަކު ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހހބބހހހ
06 June 2025
ޤައުމީ ފެންވަރޭ ކިޔާފަ ނެތް މާ ބޮޑުކަމެއް
މުއީޒޫ
05 June 2025
ކުޑަކުދިންގެ ހަވީރެއް އެކަނި ބާއްވާފައި މިބުނަނީ ޤައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރަނީއޭ. ލޮލް
ާވާންޗު
05 June 2025
ގައުމީ ފެންވަރު. ކޮން ގައުމީ ފެންވަރެއްތަ؟ އީދަކީ އީދު. އަދި ކިޔާނެ ރައީސުގެ އިރުޝާދުގެ ދަށުން ލޮލް
އީދުއައީ
05 June 2025
ގައުމީ ފެންވަރުގައި އީދު؟ މީގެ ކުރީގައި މިރާއްޖޭގެ ހުރިހާ މުސްލިމުން ފާހަނގަކުރާ އީދުތަކަކީ ގައުމީ ފެންވަރުގެ ކަމެއް ނޫންތަ. އަނެއްކާ އީދު ފާހަނގަކުރުން ސަލާމަތީ ބާރުތަކުގެ ޒިންމާއަކަށް ހަމަޖެހުނީ ކޮންއިރަކުބާ. މީގެކުރިންވެސް އެމީހުން ބައިވެރިވާނެ. ސަލާމަތީ ބާރުތަކުން ކަންކަންކޮށް އުޅެނީ ދިފާއީ ކަންކަމުގައި ނުވަތަ ދިފާއީބާރުތަކުން ހިންގާ ގައުމުތަކުގައި.
މުލޭ
05 June 2025
ގައުމީކަންކަމުގައި އަބަދު ވެސް ސިފައިން އުޅޭނެ. ގައުމީ ފެންވަރުގައި ފާހަގަކުރަނީއޭ ބުނީމަ ނޭނގުނުދޯ. އެއީ ދައުލަތުން ބައިވެރިވެގެން ދައުލަތުން ހިންގާ ހަރަކާތެއްގެ ގިތުގައި ޢީދު ފާހަގަކުރުން. ކުރިން މިކަންކުރަނީ ރަަށްރަށުގެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތްތަކުން. ބައެއްފަހަރު ކައުންސިލްތަކުން ބައިވެރިވެގެން ރަށު ފެންވަރުގައި. މިފަހަރު މިއޮތީ ދައުލަތުގެ މުއައްސަސާތައް ބައިވެރިވެގެން ފާހަގަކުރާގޮތަށް. އެއީ ގައުމީ ފެންވަރުގައި. ހާދަ ކަމެއްނެތޭދޯ.
ކުޅޭ
06 June 2025
މިއީ އަހަރެމެން އެންމެން މީގެކުރިންވެސް އުޅުނު ގައުމެއް. މިތަނުގައި ކަންކަން ހިނގާގޮތް އެންމެންނަށްވެސް އެނގޭނެ. މިއީ އިންޑިއާ ކަނޑުގައި އަލަށް އުފެދުނު ގައުމެއް ނޫން. މިގައުމުގައި މުސްލިމުން އުޅޭތާވެސް ނުވަގަރުނު ވެއްޖެ. މިއީކީ އެފްރިކާގެ ގުރާތަކެއް ނޫން. ބަޔަކު ކީހާއެއްޗެއް ކިޔައި ބަޔަކު ބުނިހާ އެއްޗެއް ގަބޫލުކުރާކަށް.
ގައުމީ މި އެކުވެރިކަން
04 June 2025
ގައުމީ ފެނަވަރުގައި ކަލޭމެން އީދޫ ދުވަހާއި ގައުމީ ދުވަސް އަދި މިނިވަން ދުވަސް ފާހަގަ ކުރަމުން ދާއިރު ދުވަހުގެ ހަވީރު ގަޑީގައި މުޅިން ފެންނަނީ ހޮލީވޫޑް ކާޓޫނު އަދި ފިލްމް ކެރެކްޓަރުތައް. ދިވެހިވަންތަ އަދި އިސްލާމީ ވަންތަ އެއްވެސް ކަމެއް ނުފެނޭ.
ހަވަރު
04 June 2025
މިގޭގައިވެސް ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރާނެ
މަ ބުނީ
04 June 2025
ޤަޢުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ފުނޑި ބަނގުރޫޓު ވެފައިވާއިރު ސަރުކާރުގެ ކުންފުނިތަކުން އިތުރަށް ހިޔާނާތް ފުޅާކޮށްލާނެ ފުރުސަތެއްދޯ ! ހީރޯ މެން ވަރަށް އުފާވާނެ !
ކިމް
04 June 2025
ކުޑަކުދިންނަށް އަޅެ ވަކިން ވަގުތުކޮޅެއް ދީބަލަ. ކުދިން ނުލާ ދާ މީހުންނަށް ނުވަދެވޭ ގޮތަށް. ކުރީ އީދުގަވެސް ކުޑަކުދިންގެ ސްޓޯލްއަކާވެސް ގާތްނުވެވޭ ބޭރުމީހުން ހުސް
ރަސްގެފާނު ސަލްމާން އަދި ރަސްގެފާނު ނަތަންޔާހޫ ލެވެލްގަ!
04 June 2025
ދީންހުއްދަ ކުރާ މިނުގަ ދެއްތޮ؟
ގައުމީ ފެންވަރޯ !
04 June 2025
އެއީ ބޮކި ފަތި ދިއްލާ ހަވާ އެރުވުން ދެއްތޮ؟