މީގެ ކުރިން ލިބުނު ޗުއްޓީއެއްގައި ބަޔަކު ފުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 ޖޫން 2025 - 12:20
ގައުމީ ފެންވަރުގައި މި އަހަރު ބޮޑު އީދު ފާހަގަކުރާ ތިން ރަށަށް ވެސް އީދަށް ޑިމާންޑު ބޮޑު ކަމަށް އެ ރަށްތަކުން ބުނެފި އެވެ.
މިއަހަރުގެ ބޮޑު އީދު، ގައުމީ ފެންވަރުގައި ފާހަގަކުރަނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމުގަ އެވެ.
ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށުގައި އީދުގެ އުފާ ފާހަގަކުރަން ފަށާނީ ހައްޖު ދުވަހުގެ ރޭގަނޑު ޖަހާ އީދު ހުޅުންނެވެ.
އީދު ދުވަހުގެ ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ފަހު ރަށު ރައްޔިތުންނަށް ކައުންސިލުން ބާއްވާ ސައެއް ވެސް އޮންނާނެ އެވެ.
އިންފާޒު ވިދާޅުވި ގޮތުގައި އީދުގެ ފުރަތަމަ ދެ ދުވަހު އޮންނާނީ ކެލައަށް ހާއްސަ، މަލިކު ދަނޑި ޖެހުމާއި ކޯޑިއާ ދިއުމާއި ބޮޑު މަސް ދުއްވުމާއި ސްޓޭޖް ޝޯއެކެވެ. އަދި ދެވަނަ ދުވަހު އޮންނާނީ ދެލިމާލި ނެރުމާއި އަންހެނުންގެ ކުރު ފަލި ޖެހުމާއި ސްޓޭޖް ޝޯއެކެވެ.
އިންފާޒު ވިދާޅުވީ ތިން ވަނަ ދުވަހު ކުރިއަށް ދާނީ މަންޑި ކުޅުމާއި ކެނޯ ރޭސްގެ އިތުރުން ލަނގިރި ޖެހުން ކަމަށެވެ. އެ ރަށަށް ގެންދަން ހަމަޖައްސާފައި ވަނީ ރާއްޖޭގައި ލަނގިރި ޖެހުމަށް އެންމެ މަޝްހޫރު މ. މުލީ ލަނގިރި ޓީމެވެ. އެ ރޭ ވެސް އެ ރަށުގައި ސްޓޭޖް ޝޯއެއް ބާއްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީދުގެ އެންމެ ފަހު ދުވަހު އޮންނާނީ އެކި ކަހަލަ މުބާރާތްތަކެވެ. އަދި ހަވީރު ގަޑީގައި އޮންނާނީ ސަގާފީ ކުޅިވަރުތަކާ އެކު އާއިލީ ހަވީރެކެވެ. އީދުގެ އެންމެ ފަހު ރޭ އޮންނަ ސްޓޭޖު ޝޯގައި ހުށަހަޅާނީ ހަނިމާދޫ ގްރޫޕަކާއި ކެލާ ބޮޑުބެރު ގްރޫޕުގެ އިތުރުން ގޮމަ ގްރޫޕުގެ ހަރަކާތްތަކެވެ.
އީދުގެ ފޯރީގައި ބައިވެރިވާން މިހާރު ވެސް ގިނަ ބަޔަކު ވަނީ އެ ރަށަށް ދާން ފަށައިފަ އެވެ.
"މިހާރު ވެސް ވަރަށް ގިނަ ބަޔަކު އަންނަމުން ދަނީ. މި ރަށުގެ ގެސްޓްހައުސްތައް ވެސް އޮތީ ފުރިފައި،" އޭނާ ވިދާޅުވި އެވެ.
ކެލާގައި 49 ގެސްޓްހައުސް ހިންގާއިރު އެ ހުރިހާ ތަނެއް އޮތީ ފުރިފަ އެވެ. އަދި އަލަށް ހަދަމުން އަންނަ ގެސްޓްހައުސެއް އެއްކޮށް ފިނިޝިން ނުނިމެނީސް އެތަނުން ވެސް 10 ކޮޓަރި ބުކްކޮށްފައިވާ ކަމަށް އިންފާޒް ވިދާޅުވި އެވެ.
"އެހެންވީމަ މި ބަލަނީ 500 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ގައުމީ ފެންވަރުގައި ދެން އީދު ފާހަގަކުރަނީ ގުރައިދޫގަ އެވެ.
ކޯޑި ކެޑުމަށްފަހު ބ. ކެންދޫ އަންހެނުން ރަށުތެރޭގައި ކޯޑި ކުޅެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ރަށު ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވި ގޮތުގައި ގުރައިދޫގެ 360 އެނދު މިހާރު ވަނީ ފުލްވެފަ އެވެ.
އޭނާ ވިދާޅުވީ މާލެއާ ކައިރީގައި އެ ރަށް އޮންނާތީ ގިނަ ބަޔަކު، އެ ދުވަހު ރަށަށް ގޮސްފައި އަންނަން ވެސް ދާނެ ކަމަށެވެ. އަދި ރޭގަނޑު ޝޯއާ ދިމާކޮށް ކައިރި ރިސޯޓުތަކުގައި އުޅޭ ސްޓާފުން ވެސް ރަށަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެއާ ކައިރީވީމަ ބައެއް މީހުން ހަމަ އެ ދުވަހު އައިސްފައި ދާން ވެސް އަންނާނެ. ރިސޯޓުތަކުން ވެސް ސްޓާފުން އަންނާނެ އީދު ކުޅިވަރު ބަލަން... ގެސްޓްހައުސްތައް ވެސް ފުލްވެފައި އޮތީމަ އަޅުގަނޑަށް ބެލެވެނީ 1000އެއްހާ މީހުން އަރާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
ގުރައިދޫގައި ވެސް ހަތަރު ދުވަހަށް ކުޅިވަރުތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި ހުކުރު ދުވަހު ފެންކުޅި އާއި ހަބޭސް ބޮޑުބެރު ގްރޫޕުގެ ސަގާފީ ކުޅިވަރާއި ހަވާ އެރުވުން އެބަ އޮތެވެ. ހޮނިހިރު ދުވަހު އީދު ކުޅިވަރު މުބާރާތާއި އީދު ޝޯ އެބަ އޮތެވެ. އަދި އާދިއްތަ ދުވަހު އީދު ޖާފަތާއި މާލި ޕެރޭޑާއި އީދު ޝޯ އޮންނާނެ އެވެ.
އީދުގެ އެންމެ ފަހު ދުވަހު އެ ރަށުގައި އޮތީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާއްސަ ހަވީރަކާއި މަސްރޭހާއި ބާބަކިއު އެކެވެ.
މާލޭގައި ފާހަގަކުރި އީދެއްގައި މާލިތައް މަޖީދީމަގުން ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ލ. ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ވިދާޅުވި ގޮތުގައި އެ ރަށުގައި ވެސް އީދުގެ ތައްޔާރީތައް ކުރިއަށް އެބަދެ އެވެ.
ޒަކީ ވިދާޅުވި ގޮތުގައި ބައިބަލާ އާއި މަންޑި ކުޅުމާއި ސްޓޭޖު ޝޯގެ އިތުރުން ސަގާފީ އެކި ކުޅިވަރުތައް ގަމުގައި އެބަ އޮތެވެ.
ޒަކީ ވިދާޅުވީ ގަމަށް ދަތުރުކުރާ ފްލައިޓު ވެސް ފުލްވެފައިވާ ކަމަށާއި އެ ރަށުގެ ހުރިހާ ގެސްޓްހައުސްތަކެއް ވެސް ފުލްވެފައިވާ ކަމަށެވެ. އޭނާ ލަފާ ކުރެއްވި ގޮތުގައި، ރަށުން ބޭރުން 2،000 އެއްހާ މީހުން އީދުގެ ހަރަކާތްތައް ބަލަން ދާނެ އެވެ.
އީދާ ދިމާކޮށް ދަތުރުކުރާ މީހުންނަށް މި ތިން ރަށުގައި ވެސް އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކައުންސިލުތަކުން ބުންޏެވެެ.
އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުން އަންނައިރު ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ތިން ރަށުގެ އިތުރުން ގެސްޓްހައުސްގެ ވިޔަފާރިކުރާ އެހެން ރަށްރަށް ވެސް އުޅެނީ ވަރަށް ބާރުބޮޑުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
03 June 2025
މަލިކު ގުރޫޕެއް ނުގެންދަންޏާ ތިއިން އެއްވެސް ރަށަކަށް ދާކަށް އަހަރެމެންގެ ތާއީދެއްނެތް.
ކޮރަލް
03 June 2025
ދެތިން ދުވަހަށް އީދު ބަންދަށް ދާ ބައެއް މީހުން ވަގުތީ ޓެންޓް ބޭނުން ކުރަން ވީ އެވެ. ފާހާނާ ކޮށް ފެން ވަރާ ލެވޭނެ ގޮތެއް ހޯދާނީ އެވެ. ހަރަދު ކުޑަ ވާނެ އެވެ. ވ ބޮޑު ތަނުން ހަރަދު ކުޑަ ވާނެ އެވެ.
ުުުު12211
03 June 2025
އީދު ފާހަގަ ކުރާއިރު އަދި އެހެން ކަން ކަމުގައި ވެސް ކަޅު ކުލަ ބޭނުން ކުރުމާ ދުރައްދޭ!!!! ކަޅު ކުލައަކީ އަނދިރިކަން، ނާމާންކަން، ވިޗުން ވެސް ބޭނުން ކުރާނީ ކަޅު ކުލަ!!!! ކަޅު ބުނާ!!!!!ރޭވަަން!!! ހުދު ކުލަ އަދި އެހެނިހެން ރީތި އެކިކުލަތަކަކީ އުޖާލާ ކަމުގެ ކުލަ!!! ހިތްހަމަޖައްސުވާނެ ކުލަ!!! ރަށަށް އަމާންކަން ގެނުވާނެ ކުލަ!!!!! މިހާރަ ކަށް އައިސް މުޅި ގައުމުން ފެންނަނީ ކަޅު ކުލަ!!!! ގައުމު މިއޮތީ ނާމާންްވެފައި!!!! އެހެން ކުލަތަކަށް ބަދަލުކޮށްލާ!!!!
ޑޮކްޓަރާ
03 June 2025
ޑޮކްޓަރ ޝަހީމަށް. ވެދުން ސަލާމް. ޢަރަފާތަށް ދިއުމުގެ ކުރިން އިސްލާމީ ޙުދޫދުގެ ތެރޭގައި ޢީދު ފާހަގަ ކުރުމަކީ ކޮބައިކަން މަމެންނަށް އޮޅުންފިލުއްވައިދެއްވާ. އެއީ ތިބާގެ ޒިންމާއެއް. ﷲ އަށް ބިރުވެތިވެ ޒިންމާ އަދާކުރައްވާ. ޢީދުގައި މިހާރުވެސް އިސްލާމީ ޙުދޫދުން ބޭރުން ކުރެވެމުންދާ ކަންކަން ފާހަގަކޮށްދެއްވާ އެކަންކަން ނުކުރުމަށް އަމުރުކުރައްވާ.
ފަސްސަތޭކަ
03 June 2025
މީ 500 ގެ ވާހަކައެއް
ބާލީސް
03 June 2025
2000 މީހުން ގަމަށް އަރަންޏާ މަދުވެގެން 500 ކޮޓަރި ބޭނުންވާނެ. ވީމާ 2000 މީހުން އަރާނެ ކަމަކަށްް ނުބެލެވޭ. ކައުންސިލްތަކުން ދުވަހަކުވެސް ތެދުމަޢުލޫމާތެއް ނުދޭނެ. ގިނައިން ތިބީ އަސާސީ ތަޢުލީމުވެސް ނެތް މީހުން.
ދާތޭ
03 June 2025
ތެޔޯހަމަ ތެދެއް ކޮއްކެޔާ.
އީދު ދުވަަސް
03 June 2025
އީދޭ ކިޔައިގެން ފާޑުފާޑުގެ ކޮސްޓިއުމް އަޅައިގެން މާލި ކިޔައިގެން އުޅޭގޮތެއް ދޯ.
ރަދީފްއޮފިޝަލް / މާލި އަށް ނޯ
03 June 2025
އަސްލުވެސް ދޯ.މާލި ކިޔައިގެން ވަރަށް ހުތުރު ވައްތަރު ދޯ ޖައްސަނީ.އެއީ ހުއްޓާލަން ޖެހޭ ކަމެއް.
ބޮޑުއީދު
03 June 2025
ކަލެއާ ކޮންބެހޭކަމެއް.
ވައްތަރު
03 June 2025
މިހާރު ގޯސް ކުރިން ރަނގަޅު.
ބުސްތާން
03 June 2025
އެއީ ސަގާފީ ކަމެއް.