ޚަބަރު / ބޯހިޔާވަހިކަން

މާލޭގެ ރަށްވެހިން ކަމަށް ބަލާ މިންގަނޑު އުވައިލަން ކޯޓަށް!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގެއް: މާލޭ މީހުންނަށް ގޯތި ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅުން--. ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭ ސަރަހައްދުން ދޭން ނިންމާފައިވާ ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އުވައިލުވުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

ގޯތި ދޫކުރާ އުސޫލުގައިވާ ގޮތުން، މާލޭގެ މީހުން ކަމަށް ބަލާނީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓަރީވެފައި ނެތް މީހުންނަށެވެ.

އެ އުސޫލުގެ ސަބަބުން މާލޭގެ ބައެއް މީހުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ދަނީ ގާނޫނީ ވަކީލު ޝިހާދު އިބްރާހިމެވެ.

އޭނާ މިއަދު ވިދާޅުވީ، މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކީ މާލޭގެ މީހެއް ކަމަށާއި ވަކި ކަމެއްގައި މާލޭ ރައްޔިތުކަން ވަކި ގޮތަކަށް މާނަކޮށް، ހައްގުތައް ހަނި ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އަންނަ އާދިއްތަ ދުވަހު މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ޝިހާދު ވިދާޅުވި އެވެ.

"ދުސްތޫރީ މައްސަލައެއް ވީމާ އަޅުގަނޑުމެން ތައްޔާރުވާން ވެސް ވަގުތު ނަގާނެ. މިހާރު އުސޫލު އޮތްގޮތުން ހަމައެކަނި ދަފްތަރު މީހުންނަކަށް ނޫން މި ހައްގު ނުލިބެނީ،" އޭނާ ވިދާޅުވި އެވެ.

ޝިހާދު ވިދާޅުވި ގޮތުގައި، ބައްޕަގެ ރަށަށް ކުއްޖާ ރަޖިސްޓަރީ ކުރަން ޖެހޭ ގޮތަށް ކުރިން އޮންނަނީ މާލޭގެ މީހުންނާ އިނދެގެން ލިބިފައިވާ ކުދިން ވެސް ރަޖިސްޓަރީ ކުރަނީ ބައްޕަ ނިސްބަތްވާ ރަށަކަށް ވާ ނަމަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ވެސް އޭރު ރަޖިސްޓަރީކުރި މީހުން އެބަތިބި ކަމަށާއި މިހާރު އުސޫލު އޮތް ގޮތުން އެ މީހުންނަށް ވެސް ފުރުސަތު ގެއްލޭ ކަމަށް ވިދާޅުވި އެވެ.

"މާލޭ އަންހެނުން އެހެން ރަށެއްގެ ފިރިހެނަކާ އިނދެގެން ލިބިފައި ތިބި ކުދިން އެބަތިބި. އޭރު ބައްޕަގެ ރަށަށް ރަޖިސްޓަރީ ވާން ޖެހޭތީ އެ ކުދިން ބައްޕަގެ ރަށަށް ރަޖިސްޓަރީ ވިޔަސް ފަހުން މާލެ އަށް ރަޖިސްޓަރީވެފައި ތިބި މީހުން ވެސް އެބަތިބި. އެކަމަކު މިހާރު އެހެން އޮތީމާ [އުސޫލު] އެ މީހުންނަށް ފުރުސަތެއް ނުލިބޭ ގޯއްޗަށް ކުރިމަތިލާން،" ޝިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުމަކީ މާލޭގެ މީހުންނާ ޖައްސާލައި އަމިއްލަ ފައިދާ އަށް ކަމެއް ކުރުން ނޫން ކަމަށެވެ.

"އަޅުގަނޑަކީ މާކުރިން ހުޅުމާލެ އިން ބިމެއް ގަނެގެން އުޅޭ މީހެއް. އެހެންވީމާ އަޅުގަނޑުގެ ފައިދާއަކަށް ނޫން މި އުޅެނީ. އެހެން ބައެއްގެ ހައްގުތައް ގެއްލޭތީ އެ ގޮތް ގޯސް ކަމަށް އަޅުގަނޑަށް ފެންނާތީ މި މައްސަލަ ހުށަހަޅަނީ. މާލޭ މީހުންނަށް ގޯތި ލިބޭތީ މައްސަލައަކަށް ހަދާކަށް ނޫޅެން،" ފާޑުކިޔުންތަކާ ގުޅިގެން ޝިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2011 ގައި މާލޭގެ މީހުންނަށް ބިން ވިއްކިއިރު އެ އުސޫލު ނެތް ކަމަށެވެ.

މާލެއިން 40 އަހަރު ފަހުން ގޯތި ދޫކުރަން ނިންމާވަނިކޮށް، އެ މައްސަލަ ކޯޓަށް ހުށަހަޅަން އުޅޭތީ ވެސް މައްސަލަ ހޫނުވި އެވެ.

މާލޭގެ ބައެއް މީހުން ބުނެފައި ވަނީ ރަށްރަށުން ގޯތި ދޫކުރާއިރު މާލޭގެ މީހުންނަށް އެ ތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންވެ، އެ މީހުން ދެކޭގޮތުގައި މާލޭގައި އިމާރާތްކުރާ ފްލެޓާއި ބިންތަކުން ރަށްރަށުގެ މީހުންނަށް ބައި އަޅާކަށް ނުޖެހެ އެވެ.

ސަރުކާރުން މިހާރު ހުޅުވާލާފައިވާ 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެމްބަރު 26 ގެ ނިޔަލަށެވެ.

108 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 3%
icon angry icon angry 41%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުބޭ

29 June 2022

މާލޭގެ ރަށްވެހިންނަކީ މާލޭގަ ގޭގޭގަ ރަޖިސްޓްރީގަ ތިބި މީހުން ދަފުތަރަކީ އޮންނަން ޖެހޭ އެއްޗެއްނުން

The name is already taken The name is available. Register?

ރަށްރަށް

29 June 2022

ރަށްރަށުން ގޯއްޗަށް ހުޅުވާލާއިރު ހަމައެކަނި ރަށުމީހުންނަށް ކުރިމަތިލެވެއޭ ބުނުން އެއީ ކުށެއް. އެކަން އޮތީ އެގޮތަކަށް ނޫން. އެހެން ރަށެެއްގައި ގޯއްޗެއް އޮންނަ މީހުން މިހާރުވެސް ގިނަވާނީ މާލޭ މީހުންގެ. އިހު ދައުރުތަކުގައި ރަށްރަށުން (ޚާއްޞަކޮށް ލގަން ފަދަ) ގޯއްޗަށް ހުޅުވާލާލުމުން މާލޭ ބޭފުޅުން ކުރިމަތިލައިގެން ބޮޑެތި ގޯތިތަށް ލިބި އެބަ ގެންގުޅޭ. އިހުގައި ރަށްރަށް ވެސް މިފަދަ ބޭފުޅުންގެ ނަމުގައި އޮންނަނީ. މިކަންކަން ބައްލަވާ. އެނގޭނެ.

The name is already taken The name is available. Register?

އެހެންމީހުންނޭނުކިޔާ

28 June 2022

ގޯތިގަނެވެންދެން ޔޫ މެން ތިބީ ރަށު އެޑުރެހުގަ.

The name is already taken The name is available. Register?

ކުރަފި

28 June 2022

އެއްގޮތަކަށްވެސް ގަބޫލުކޮށްގެންނުވާނެ މިމީހުން މިކަން ނިންމާނީ މިހާރު އިއުލާންކޮށްފަ އޮތްގޮތަށޭ. މީގަ ދެންވާނެގޮތަކީ ޕޮއިންޓުދިންގޮތް ގޯހޭކިޔާފަ ރަށުތެރޭ ގޭސް އަނބުރާނީ، އެޖަގަޑާއެއްގަ ހުޅުމާލޭގަހުރިއްޔާ ހުރިތަނެއްވެސް ބަހާ ނިންމާލާނެ، ދެން ގޯތިލިބުނުމީހުންގެ ޖަމުއްޔާ ހަދައިގެން އާވިއަރުވައިގަތީމަ ގެދޮރުއަޅާނެ ފައިސާ ސަރުކާރުން ހަމަޖައްސަން އެޖެހުނީ. ހަޒާނާ ދޮވެގެންނޫނީ މިކަމެއް ނުނިމޭނެ ބަލަންތިބޭތި.

The name is already taken The name is available. Register?

ދޮންކޮއްކޯ

28 June 2022

މާލެއިން ބިންލިބެންޖެހެނީ ހަމައެކަނި މާލޭގެ ރައްޔިތުންނަކަށް ނޫނެވެ. ރާއްޖޭގެ ކޮންމެރައްޔިތަކަށްވެސް މާލެއިން ބިންލިބެންޖެހޭނެއެވެ. އައްޑޫއިން މާލޭގެ އަދި ރާއްޖޭގެ އެހެންރަށްރަށުގެ ރައްޔިތުންނަަށް ގޯތި ދީފައި ހުރިއިރު، ރަށްރަށުގެ ރައްޔިތުންނަށްވެސް މާލެއިން ގޯތި ދޭންޖެހެއެވެ. މިވާހަކަ މިދައްކަނީ އަހަރެން މާލެއިން ގޯއްޗެއް ހޯދާކަށްނޫނެވެ. ބޭނުމެއްވެސްނޫނެވެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

28 June 2022

ކޯޓައް ދިޔައަސް އެއްވެސް ކަމެއް ނުވާނެ! ސަބަބު! ތިޔަ އުސޫލު މާލޭ މީހުންނަށް ނޯވޭ! މިސާލަކަށް މާފުށިވެސް އެއޮތީ ހިއްކާފަ! އެތަން މާލެއަށް ވުރެން އަގުބޮޑުވާނެ! އެކަމަކު އެރަށުމީހުންނަށް އެކަނި ލިބެނީ! އެހެންވީމާ ހަމަޓަސް ލާފަ އެއުސޫލު މިހާރު ބަދަލެއް ނުކުރެވޭނެ! އަހަރުމެން ވެސް ލޯޔަރުން ވައްދާނަން!

The name is already taken The name is available. Register?

ގެސްޓުހައުސް

05 July 2022

މާފުށި ރައްޔިތަކަށް އެހެން ރަށަކު މީހަކުވިޔަސް ގޯއްޗަށް ކުރިމަތިލެވޭ.

The name is already taken The name is available. Register?

1206

28 June 2022

މިއީ ކަނޑައެޅިގެން ނިޒާމީ ތަފާތުކުރުން. މާޒީ ބުނެދޭ ހަގީގަތަކީ މި ފަދަ ނިޒާމީ ތަފާތު ކުރުން ދިވެހިން ބަލައި ނުގަންނާނެޔޭ. ތާރީޚު އިޔާދަވުން ސަރުކާރުން ނޭދޭ ނަމަ މި ކަން އަވަހަށް މުރާޖައާ ކުރުމަށް ގޮވާލަން. މިއީ ޔުނިޓަރީ ދައުލަތެއް. ޔުނިޓަރީ ދައުލަތެއްގެ އަސާސީ ސިފަޔަކީ ގައުމުގެ ހުރިހާ ކަމެއް އެންމެނަށް ހަމަހަމަޔަށް ނިސްބަތް ވުން. ވަކި ބަޔަކުގެ އަނެކުން މައްޗަށް އިސްނުވުން. ދައުލަތަށް، މި ފިލާވަޅު އަލުން ބަލުން ނަގައިދޭން ޖެހުން ވަރަށް ލަދުވެތި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 June 2022

ދައުލަތުން ހިންގާ ހައުސިންގ ޕްރޮޖެކްޓް ތަކުގައިވެސް މާލޭ ސަރުކާރު އަމަލު ކުރަނީ މިހެން. މިގޮތުން "ފެންނާންނެތް" ހިސާބުކިތާބެއްގެ މައްޗަށްބިނާކޮށް އަދި ސީދާ "ދައުލަތުގެބޯހިޔާވަހިކަން ޙައްޤުވާކަން ކަށަވަރުކުރުމެއް، އޭނާގެމުދަލާއި މިލްކިއްޔާތުދެނެގަތުމެއްނެތި" އޭނާއަކީ ބޯހިޔާ ވަހިކަމުގެޙައްޤުން މަޙްރޫމްވެފައިވާމީހެއްކަން ކަށަވަރުކުރުމަކާއިނުލާ "މާލޭމީހަކަށް ވީކަމަށްޓަކާ" އޭނާއަށް ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ފްލެޓް އެބަދޭ. މިއީ އިންސާފުތޯ؟!

The name is already taken The name is available. Register?

ފަސްފަހެތިން އަފީފް

29 June 2022

އަފީފުބޭ، ތިކަމުގާ އެބައޮތް ދެކޮޅުވެސް، ރާއްޖެތެރޭ މީހުނަށް ފްލެޓް ދިނީވެސް އެއްގޮޔަކަށްވެސް އެމީހުނަށް ޝަރުތު ހަމަވޭތޯ ބަލާފައެއްނޫން. ސޯސަލް ހައުސިންނަށް ދިން ގިނަ ފްލެޓްރައް ދީފަހުރީ ރަށުގަ ގޯއްޗެއް އޮންނަ މީހުނަށް.

The name is already taken The name is available. Register?

ވޗކކ

28 June 2022

މާލެ މާލެއަކަށްވީ ރަށްރަށުން މާލެއައިސް މިތަން ތަރައްގީކުރި މީހުންގެ ސަބަބުން. ދުނިޔޭގެ އެހެން ގައމުތަކުގަވެސް އެގައުމަށް ހިދުމަތްކުރާތާ ވަކި އަހަރެއްވީމަ އެގައުމެއްގެ ސިޓިޒެންޝިޕްލިބޭ. އެގައުމުގެ އެހެނިހެން ރައްޔިތުންނެކޭ ތަފާތެއް ނުކުރޭ. އެކަމަކު މިތާ ކަންތައްހުރި ގޮތަކީ މިއީ.

The name is already taken The name is available. Register?

ބިންބި

28 June 2022

ބިމާ ފުލެޓާ ހާސްބައި ތަފާތު. ޑަޗު ކުންފުނިންވެސް އެ ބުނަނީ 40 އަހަރަށޭ މިހާރު ހުރި ފުލެޓުތައް ދެމިހުންނާނީ. އެކަމު ބިން ވެއްޖެޔާ އެތަން އަލުން ބިނާކުރެވޭނެ. ހިޔާ ފުލެޓުތަކުގެ އުމުރު ހަމަވެ އަލުން ތަޅާލަންޖެހޭ ދުވަހު ހުންނާނެ ލައްކަ ފޯރި. އެތައް ބަޔެއް އުޅޭނެ ހަދާނެގޮތް ހުސްވެގެން. މިހިރަ ކަންކަމަށް ވިސްނާލުން ރަނގަޅު މިހާރާލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454