ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އާރަށް މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައި -- ފޮޓޯ/މިހާރު
28 ޖޫން 2022 - 11:25
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ މިއަދު ހެނދުނު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ، ޔާމީންގެ ވަކީލުންގެ އެހެން މައްސަލައެއް ހައި ކޯޓުގައި މިއަދު އޮތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެންމެ ފަހުން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ދައުވާ ލިބޭ ޔޫސުފް ނައީމްގެ ވަކީލެއްގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.
އާރަށް މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީހީ
28 June 2022
ތިޝަރީޢަތް މިވެރިކަމަކު ނުނިންމޭނެ. އެކަންސާފު. ލަފާކުރެވޭގޮތުގައި ތިޝަރީޢަތް ކުރެވޭނީ ރައީސް ޔާމީން އަލުން ވެރިކަމަށް އައިސްގެން. ދެންވާނެގޮތް އެނގޭނު.
ރަދީފްއޮފިޝަލް
28 June 2022
ޑީލް ހެދެންދެން ކެންސަލްވާނެ. ތީ އާކަމެއްނޫން އެންމެނަށްވެސް އެގޭކަމެއް.
ނުނިމުނު
28 June 2022
ދިގުދަންމަމުން ދިގުދަންމަމުންގޮސް ހަނދާންނެތޭހާ ދުވަސްކޮށްލުމުން ހުންނާނީ ކުށުން ބަރީއަވެފަ. އެކަމަކު މާދަން ނިކުމެ ގޮވާނެ ޝަރީއަތްތައް އަވަސްކޮށްދޭށޭ.
މުރާސިލް
28 June 2022
ރައީސް ޔާމީނުގެ މައްޗަށް ޚިޔާނާތުގެ ނަމުގައި ތިޔަކުރަމުންގެންދާ ދުއްތުރާ އާއި ޖެއްސުން ހުއްޓަލައްވާށެވެ. ތިޔަހެން ކޮންމެ ދުވަހަކު ޝަރީއަތޭ ކިޔަގެން އެމަނިކުފާނު ގަނޑަތަޅުވަމުން ތިޔަ ގެންދަނީ މިސަރުކާރަށް ނުކުރެވޭ ވަރަށް ތަރައްޤީގެ މަސައްކަތްތައްކޮށް މިޤައުމު އުމުރާނީ ގޮތުން ތަރައްޤީކުރައްވާފައި ވާތީ ހެއްޔެވެ؟ އެކަމާއި ހަސަދަ ވެރިވެގެން ނުތެޅޭށެވެ. މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެއެވެ.
ޓިނު
28 June 2022
ސާބަހޭ ؟ ނިކަމެއްޗެއްނަމަ ގިދާނެ ކޮށްލާވަރު
1234
28 June 2022
ދެން ބަލިވާނީ ޔާމީނު ނޫންބާ ؟
ހެހޭ
28 June 2022
ކެންސަލް. ކެންސަލް. ހުސް ކެންސަލް. 2023 ގެ ޖޫން ގެ ފަހުން ފުލުފުލުގަ ހުކުމް.