"އިންޑިއާ އައުޓް" މުޒާހަރާއެއްގައި އިދިކޮޅުގެ އިސް ބޭފުޅުންތަކެއް ބައިވެރިވަނީ: އިންޑިއާ އައުޓް ހުއްޓުވާ ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ޕީޕީއެމްގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން -- ފޮޓޯ/މިހާރު
28 ޖޫން 2022 - 22:59
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލްކުރަން އިދިކޮޅު ޕީޕީއެމުން ހުށަހެޅި މައްސަލާގެ ޝަރީއަތަށް އެ ޕާޓީން ހާޒިރުނުވުމުން އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
އިދިކޮޅު ޕީޕީއެމުން އިސްވެ އޮވެ ހިންގާ އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން މިދިޔަ އޭޕްރީލް މަހު ރައީސް ނެރުއްވި ގަރާރަކީ ގާނޫނު އަސާސީއާ ޚިލާފް ބާތިލް ގަރާރެއް ކަމަށް ކަނޑައަޅަން ޕީޕީއެމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އެ މައްސަލާގެ ޝަރީއަތަށް ޕީޕީއެމްގެ ވަކީލުން ހާޒިރު ނުވުމުންނެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން، ޕީޕީއެމްގެ ވަކީލުންނަށް ކޯޓަށް ހާޒިރުވުމުގެ ފޮނުވުމުން ކޯޓަށް ހާޒިރު ނުވުމުގެ އިތުރުން ކޯޓަށް ހާޒިރުނުވި ސަބަބެއް ވެސް އަންގާފައެއް ނުވެ އެވެ.
މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމަކީ ދައުވާ ބޭރުކޮށްލެވޭ ސަބަބެކެވެ.
އިންޑިއާ އައުޓް ހަރަކާތުގައި މާލޭގެ ގޭގޭގައި ހަރުކުރި ބެނާތައް ވެސް ފުލުހުން އަތުލި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ވެސް ކޯޓު އަމުރެއްގެ ދަށުން ނެގި އެވެ. އެކަމަކު ހައިކޯޓުން ފަހުން ނިންމީ އެ އަމުރު ނެރުނީ ގޯސްކޮށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަރާސީމު
29 June 2022
ދެންފަހެ، ކޯޓަށް ދިޔުމުންވެސް ބޭލޭނީ އަމިއްލަ ސޯޓުކަން ޔަގީންވުމާއެކު ޝަރީއަތަށް ހާޒިރުނުވާން ނިންމީއެވެ. ޕީޕީއެމް މިލްކުވެރިކަމާވެސް ބަޔަކު އުޅެލާނަމަ އެވެސް އެބައިމީހުންނަށް ނުލިބޭނެކަން އެބައިމީހުންވެސް ގަބޫލުކުރެއެވެ. އެހެނީ ޕީއެންސީ އޭ ކިޔުނު ޖަމާއަތަކީވެސް ހަމަ އެބައިމީހުންގެ ކާރުޚާނާއެއްކަމަށް އެބައިމީހުން އަމަލުންނާއި ބަސްމަގުން ދައްކާތީއެވެ.
ބޮކި
29 June 2022
މިހާރު ހުންނާނީ ރާކަނިމަސްކެވިފަ
ބޮޑުމީހާ
29 June 2022
ޕީޕީއެމްއިންވެސް ނުވާވަރުގެ ކަންތައްތަކާ ނޫޅުން ރަގަޅީ. މަގުމައްޗަށް އެތައްހާސް ރައްޔިތުންނެއް ނެރެވޭ. ކޯޓަށް އެންމެ މީހަކު ނުފޮނުވޭ
ޢަރުތަ
29 June 2022
އެހެންވީމަ ދެން މީގެ ފަހުން 'އިންޑިއާއައުޓް' ގެ އެއްވެސް ހަރަކާތެއްގަ ބައިވެރި ނުވާން ނިންމާފިން ވަރަށް ސަލާމް، ތިއުޅެނީ އިންޑިއާ އައުޓް ނުވެގެނެއް ނޫން، ކޮންމެވެސް އެހެން މަޤްސަދެއް ހާސިލުނުވެގެން ތިއުޅެނީ.
އިއްސެ
29 June 2022
އިންޑިޔާ އައުޓްހަރަކާތަކީ ވަކިމަގުސަދެއްހާސިލް ކުރުމަށްޖައްސައިގެންއުޅޭގޭމެއްއިންޑިޔާއައުޓްނުވެގެނެންނޫން
ރަދީފްއޮފިޝަލް
28 June 2022
އަދިވެސް ތަނެއް އޮތިއްޔާ ބޯކޮއްޕާލާތި.