ކުޅިވަރު / ދުނިޔޭގެ ކުޅިވަރު

މުސާރަ ކުޑަކޮށް އަލުން އިންޓަ އަށް ބަދަލުވެ، ލުކާކޫ އުފަލުން

ލުކާކޫ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ލީގުގައި ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

30 ޖޫން 2022 - 09:54

މިލާން (ޖޫން 30) - އިންޓަ މިލާން ދޫކޮށް ރެކޯޑް ޓްރާންސްފާއެއްގައި ޗެލްސީ އަށް ބަދަލުވި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަހަރެއް ފަހުން އެނބުރި އިންޓަ މިލާނަށް ބަދަލުވެއްޖެ އެވެ.

އިންޓަ އިން ޗެލްސީއަށް 6.9 މިލިއަން ޕައުންޑުގެ ލޯން ފީއެއް ދައްކަން އެއްބަސްވެފަ އެވެ. އަދި ލުކާކޫއާއެކު އިންޓަ އިން ލީގު ކާމިޔާބު ކޮށްފި ނަމަ އިތުރު ބޯނަސްގެ ގޮތުގައި 3.5 މިލިއަން ޕައުންޑް ވެސް ޗެލްސީއަށް ދޭން ވަނީ އެއްބަސް ވެފަ އެވެ.

ލޯނު އުސޫލުން އަންނަ ސީޒަނުގެ ނިޔަލަށް ލުކާކޫ އިންޓަ އަށް ބަދަލުވީ އޭނާގެ މުސާރައިގެ 30 ޕަސެންޓު އުނިކުރުމަށް ފަހު އެވެ. ޗެލްސީން ލުކާކޫ އަށް އަހަރަކު 10 މިލިއަން ޕައުންޑް ދޭއިރު، އިންޓަ އިން ދޭނީ ހަތް މިލިއަން ޕައުންޑެވެ.

ލުކާކޫ އިންޓަ މިލާނަށް ލީގުގައި ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: ގެޓީ އިމޭޖަސް

"އަލުން އިންޓަ އަށް އާދެވުމުން އަހަރެން މި ހުރީ ވަރަށް އުފަލުން. [އެނބުރި އަންނަން ބޭނުންވީ] ސަޕޯޓަރުންނާއި ޓީމުގެ ކުޅުންތެރިންގެ ލޯބި ލިބޭތީވެ. ކޯޗާ އެކު ވެސް މަސައްކަތް ކުރަން ބޭނުންވޭ. އަހަރެން ކޯޗާ ކޮންޓެކްޓުގައި ހުރިން މިދިޔަ ސީޒަނުގައި ވެސް. އަހަރެން ބޭނުން ކޯޗު ޓީމާއެކު ކުރާ މަސައްކަތުގައި ހިއްސާވާން،" އުފަލުން ހުރި ލުކާކޫ ބުންޏެވެ.

"މިއީ އަމިއްލަ ގެއަށް އާދެވުން ފަދަ ކަމެއް. މިލާނުގައި އަހަރެންގެ އާއިލާ ހޭދަކުރީ އުފާވެރި ދުވަސްތަކެއް. ރައްޔިތުންނާއި ސަޕޯޓަރުން އަދި ޓީމު މެނޭޖުމެންޓަށް ވެސް ޝުކުރު އަދާކުރަން. އަހަރެން އިންގްލެންޑަށް ބަދަލުވި އިރު އަހަރެންގެ ގެ ވެސް ދުލެއް ނުކޮށްލަން. މިއިން ވެސް އެނގޭނެ އަހަރެން އެނބުރި އާދެވުމުން އުފާވާނެ ވަރު. ދެން ބޭނުމީ ވީހާ ވެސް އަވަހަކަށް ދަނޑުމަތިން ސަޕޯޓަރުންނާ ބައްދަލުކުރަން."

ނިމިދިޔަ ސީޒަނުގައި ލީގު ދެވަނައިގައި ނިންމައި އިންޓަ އަށް ލީގު ދިފާއު ނުކުރެވުމުން، ލުކާކޫ ހުރީ އަންނަ ސީޒަނުގައި އަލުން ލީގު ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ. އަދި އެނބުރި އިންޓަ އަށް ދާން ހޯދައިދިން ފުރުސަތަށް އެ ޓީމުގެ ރައީސް ސްޓީވެން ޒާންގް އަށް ވެސް ވަކިން ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"އިންޓަ އަށް ކުރިން ކުޅުން ވަރަށް ވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށް އުންމީދުކުރަން. އެނބުރި އާދެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތި އޮއްވައި، އެކަން ވެސް ވެއްޖެ، އެ ކަމަށް އަހަރެން ޝުކުރުވެރިވަން [ސްޓީވެން ޒާންގް އަށް]، އޭނާ އަހަރެންނަށް އިތުބާރު ކޮށްފައި ވަރަށް މަސައްކަތް ކޮށްދިން."

ލުކާކޫ މިދިޔަ އަހަރު ޗެލްސީއަށް ބަދަލުވީ ކްލަބުގެ ރެކޯޑް ފީއެއް ކަމަށްވާ 98 މިލިއަން ޕައުންޑަށެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން އޭނާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެނބުރި އިންޓަ އަށް ބަދަލުވާން ބޭނުންވާކަން ހާމަކުރުމުން މައްސަލަ ހޫނުވި އެވެ.

ނަމަވެސް މާފަށް އެދުމަށް ފަހު، އަލުން ޓީމާ ގުޅި، ސީޒަންގެ ފަހުކޮޅު ވަނީ ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. ޗެލްސީގައި މާ ރަނގަޅު ކުޅުމެއް އޭނާއަށް ނުދެއްކުމުގެ ސަބަބުން ޓީމުން ޖާގަ ހޯދުން ލުކާކޫ އަށް އޮތީ އުނދަގޫ ކަމަކަށް ވެފަ އެވެ. އެކަމަކު އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި 15 ގޯލު ޖަހައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454