ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގައި ވާހަކަދައްކަނީ: އޭނާއާ ގުޅޭ ގޮތުން ނޫހަކުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނާ މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައި -- ފައިލް ފޮޓޯ: މަޖިލިސް
30 ޖޫން 2022 - 15:09
ނޫހަކުން ލިޔުނު ހަބަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ސަލީމްއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން އޭނާ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކޯޓަށް އެ މައްސަލަ ހުށަހެޅީ "ދިޔަރެސް" ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށް ދައުވާކޮށްދިނުމަށެވެ.
މެމްބަރު ސަލީމްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ނޫހުގައި މި މަހު 25 ގައި ލިޔުނު ހަބަރެއްގައި އޭނާއާ ގުޅުވާއި، ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝައިއުކޮށްފައި ވާތީ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަަށެވެ.
އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ ސަލީމް ކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއް ވެސް ކޮށްލައިފައި ނުވާ ކަމަށެވެ.
އެއީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއްވެފައިވާ ވީޑިއޯއެއް ކަން ގިނަ ބަޔަކަށް އެނގޭއިރު، އެ ލިޔުން ލިޔެފައި ވަނީ، އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އެ ހަބަރު ޝާއިއުކޮށްފައި ވަނީ ސަލީމްއާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
އެ ނޫހުގައި ޝާއިއުކުރި ކަމަށް ބުނާ ލިޔުމާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި އަދި އެނޫން ވެސް ތަންތަނުގައި އެއީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އޭނާގެ ވަކީލުންގެ ޓީމުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ބަރަހަނާ މަންޒަރުތަކެއް ފެންނަ އެ ވީޑިއޯގެ މައްސަލައިގައި ސަލީމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައި ވަނީ ހަގީގަތެއް، އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސްބަސް
03 July 2022
ސައްލެއަށް ސްކޫލުގައި އުޅުނު އިރު "ތުވާލި" ސައްލެ ކިޔަނީ ކޮންމެވެސް ކަމެއްވީމާދޯ؟
ދެންވާނީނަބް
02 July 2022
ތިވެދާނެނުން ކޮންމެ މީހަކަށްވެސް، ދެން ކޯޓުން ބުނާނެ ނުފެންނަ މީހާއަކީ ތިބާ ނޫންކަން ސާބުތުކުރަން، ނުކުރެވޭނަމަ ހުކުމް ކުރާނީ. އެންމެ ވީޑިއޯއަކުން
ކަޅުސޮރު
02 July 2022
ފުރަތަމަ ސާބިތުކޮށްދީ ތިމާ ނޫންކަން ،އެއަށްފަހު ބަދަލުގެ ވާހަކަދައްކާނީ! ތީ ރާޓީވީގެ އެއްހިއްސާދާރު ފުރަތަމަ ތިމާގެ ހާލުބަލާލަބަލަ ދެން އެހެންމީހަކަސް ދައުވާކުރާވާހަކަ ދައްކާ'''
މުހައްމަދ
02 July 2022
ދޮގުހަދާ މީހާ އަށް ޖެހޭނީ އެކަން ސާބިތުކުރަން ނުވަތަ އޭނާ އެހަދަނީ ތެދުކަން ސާބިތު ކުރަން ސަބަބަކީ އެބަޔަކު އެލިޔުމެއް ލިޔަންޖެހޭނީ ސައްކުކަމެއް ނެތް މިންވަރަށް ހެކި ހުރެގެން. ހަމަ ތިބެފަ ދޮގު މައުލާތު ނުފެތުރޭނެ
ހިހޫ
01 July 2022
ވީޑިއޯއިން ނުފެންނަ ވާހަކަ ބުނީމަވެސް ހާދަ ރުޅިއެކޭ އެ އަންނަނީ.
ބރބރ
01 July 2022
ނޫސްވެރިކަމަކީ ކޮންފަދަ ޒިންމާއެއްއޮންނަ ކޮންފަދަކަމެއްކަންދަންނަ ނޫސްވެރިއަކު ތިކަހަލަކަމެއް ހަމަގައިމު ނުކުރާނެ. ބެލެވޭގޮތުގައި ހީނާވަލީދު ތިކަމުގެޒިންމާ އަޅުވާނީ ނޫހުގެ އެ ޑިޓަރުބޮލުގަ. ކިހިނެތް ވާނެބާ؟
ގެދާނޯމޮސް
30 June 2022
ތި އެމްޑީޕީ ގައި ނުހުންނާނެ ސަހަލި އެކަކުވެސް! ރޫހާނީ ލީޑަރު ބުނާނެ..! ކުރިޔަށް ބާރަށޭ..! ގޮސް ވަދެވެނީ ކޮންތާކަށް ކަމެއް އެނގޭ އެކަކުވެސް ނުހުންނާނެ : !
ޖޮނީޑެޕް
30 June 2022
ބަރާބަރު! ފާޑުފާޑުގެ ކުނި ޚަބަރު ފަތުރާ ތަންތަނަށް ދައުވާކޮށް ބަދަލު ހޯދުމަކީ އެންމެ ރަނގަޅުކަމެކެވެ.
އަހްމދު
30 June 2022
ސާބަހޭ ސަލީމު.. ތިކަން ލަސްވެސް ވެއްޖެ. ނޫސްވެރިކަމުގެ މިނިވަން ކަމޭ ކިޔާފަ ހިތއްއެރިހާ އެއްޗެއް ލިޔެ، މީހުންގެ އަބުރު ކަތިލުމުގެ ބަދަލު ލިބެން ޖެހޭނެ
އަގީރު
30 June 2022
މީހެއްގެ އަބުރާ އިއްޒަތުގެ އަގު މިއަށްވުރެވެސް ބޮޑުވާނެކަން ޔަގީން. ހީގެ މައްޗަށް ދޮގު ހަބަރު ފަތުރާ ފަރާތްތައް ޖަލަށްލައި 100 މިލިއަނުން ޖޫރިމަނާ ކުރަންވީ
މުހައްމަދ
02 July 2022
ލިޔާލިޔުމުގެ ތެދުކަން ސާބިތު ނުކޮށްދެވިއްޖެނަމަ ދެތިން އަހަރަށް ޖަލަށް ލެވޭގޮތަށް ބާއްވަންވީ އޭރުން ދޮގު މައުލޫމާތު ފަތެރުމާއި އަބުރު ކަތިލުމަށް ކުޑަ ހެޔޮ ބަދަލެއް އަތުވެދާނެ ތޯއްޗެއް
ދިއްދޫމީހާ
30 June 2022
އެހެންވީމާ ސައްލެގެ ރާ ޓީވީ އަބަދު އޮންނާނީ މީސްމީހުންނަ ބަދަލްދޭން ޖެހިފަތާ…