ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް: އޭނާއާ ބެހޭ ގޮތުން ފަތުރާ ވާހަކަތައް ވަނީ ދޮގު ކުރައްވާފައި .---ފޮޓޯ: މިހާރު
26 ޖޫން 2022 - 10:55
ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައިވަނީ ހަގީގަތެއް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަލީމް އެހެން ވިދާޅުވީ، މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން އޭނާ ފެންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ސަލީމް ވިދާޅުވީ، އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެންބަރަކަށް ވާއިރު، އޭނާ އަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާން ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ،" ސަލީމްގެ ސިޓީގައި ވެ އެވެ.
ރާއްޖެ ޓީވީގެ އެއް ޑިރެކްޓަރު ސަލީމް ވިދާޅުވީ، އޭނާއާ މެދު ތުހުމަތު ކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ތަހުގީގު ކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް މައުލޫމާތު އާންމުކޮށް ހިއްސާކުރަން ވެސް ސަލީމް އެދިވަޑައިގަތެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ވަނީ އާންމު ވެފަ އެވެ. އޭނާ އެ ރޭ ފުލުސް އޮފީހަށް ގެންގޮސް ވަނީ ސުވާލު ވެސް ކޮށްފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއަން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އެ ވީޑިއޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮރެންސިކް
28 June 2022
ފެންނަކަމަށް ބުނަނީ އެކެކެވެ، އަނެކާގެ ފެންނަކަމަށްބުނަނީ ހަށިގަނޑުގެ ކުޑަތަންކޮޅެއް. ދެން އޮތީ ފެންނަ ތަންކޮޅު ދިމާވޭތޯ ބެލުން ނޫންތޯ؟
ސޭކުބެ
27 June 2022
މިސްކިތު ހުޅުޖެހިމީހާވެސް އެހި މަށޭކިޔާހެއްޔޭ! ސައްލޭ އަމިއްލައަށް ތިކަމުގެތެރެއަށް ބޭނިގަތުމަކީ ޝައްކު ކުރާމީހުންނަށް ލިބިގެންދިޔަ ފުރުސަތެއް!
އަލީ ރިޔާޒު.ހޯރަފުށި
27 June 2022
ބަލަ ސިފާވެސް ފުރަތަމަ ބުނި ތިހެން.
ޒީކްސް
27 June 2022
ސިފާ ވީޑިއޯ ފޮޓޯ އެބަހު.. ސަލީމުގެ ނެތް.. ކިހިނެއް ހަމަހަމަ ކުރަނީ؟؟ ކަލޭ ދުށިންތަ؟؟ ހުރިނަމަ ދައްކާ އަވަހަށް..
ސަލީމްބައި
26 June 2022
ޢަޑެއް ކިޔާފިއްޔާ ރެނދެން ލުން ވަރަށް ފުރުސަތުބޮޑު. ޢެހެންނޫނަސް އަބަދުވެސް ސަލީމް އާއި ކިޔައިގެން އަބަދުވެސް ތިވާހަކަ ދެކެވޭ.
ޑޮކްޓަރ ނނނ
26 June 2022
އިންސާނުންނަކީ އިހުސާސްތަކާ އެކު މާތްﷲ ލެއްވެވި ބައެއް. އެހެންނަމަވެސް އޭގެން ކޮންމެ ހިޔާލަކާ އިހުސާސެއްގައި އަހަރުމެން ޖެހިގެން އުޅެން ވެއްޖިއްޔާ ޖަނަވާރުންނާ އަހަރުމެންނާ ތަފާތެއް ނެތް. އުފެދުމުގައި، ބައެއް ފިރިހެނުންގެ އަންހެން ހޯމޯންސް ގިނަވެފައި އަންހެނުންގެ ފިރިހެން ހޯމޯންސް ގިނަވެދާނެ. އެކަމަކު އެއަކީ ތިމާގެ އަމިއްލަ ނަފްސުގެ ކޮންޓުރޯލް ދޫކޮއްލާ ފާހިޝު އަމަލުތައް ކުރަން އޮތް ހުއްޖަތެއް ނޫން. އަދި އެފަދަ އަމަލުތައް ކޮއްގެން ވެސް ނުވާނެ!!!
ނައިކީ
27 June 2022
އިންސާނުންގެ ބުއްދިއާ ފިކުރާ ހިއްސުތައް ދެއްވާފަ ދޫ ރައްކާތެރި ކުރަން އަންގަވާފަ އިވޭހާ ވާހަކައެއް ދެތު ދޮގު ނުބަލާ ފަތުރަމުން ނުދިއުމަށް އަންގަވާފަ އޮންނަނީ ކަމެއް ވެގެން.. ސަލީމުގެ ފޮޓޯ އެއް ނޫނީ ވީޑިއޯއެއް ނެތް އަދި އެ ފެނުނު މީހަކުވެސް ނެތް އެކަމު ވެސް މޮޅެތި ކޮމެންޓްކޮށް ނުބައިމީސްކޮށް އަބުރު ކަތިލަނީ..
ރަދީފު ބިން ރަފައިދާ
26 June 2022
ބަލަ ސައްލޭ ކަންކަމުގެތެރެއަށް މަތިންބައިން ޖެހެނުގަނެބަލަ. މީހަކު ނުކިޔައޭ އެއީ ކަލެއެކޭ. ދެން އަމިއްލައަށް ތިހެންކިޔަންފެށީމާ މަށަށްވެސް މިހާރު ޝައްކުވާންފަށައިފި.
ހަބީބީ
26 June 2022
މިގައުމުގައި އެބަހުރި އިސްލާމް ދީނާ ދިވެހިގައުމު ހިމާޔަތްކުރަން މާތްﷲ ގަންދީ ހުވާކޮއްގެން ހުރި ވެރިއަކު. އޭނަ ކޮބައިތޯ ބަލާލަބަލަ ކޮންމެސް މީހަކު. ދެން މިގައުމުގައި އެބަހުރި އިސްލާމިކް މިނިސްޓްރީއެއް. ލިވާތު ފަދަ ނުބައި ފާހިޝު އަމަލުތަކާ މެދު އާއްމުން ހޭލުންތެރިކުރަން އިސްލާމިކް މިނިސްޓްރީއަކުން މާބޮޑު ކަމެއް ނުކުރޭ. ދެން އެހެރީ ދައުލަތުގެ ޓީވީ. އެޔަކުން ނާދޭ މިހެން ހުންނަ ކަންކަމާ ގުޅޭ މާގިނަ ޕްރޮގްރާމުތަކެއް. ގައުމު ދަނީ ހަމަ ފާސިގުވަމުން.
އެމްސް
26 June 2022
އަދި އެބަތިބި ދީނީ ޓެގް އަޅައިގެން ތިބެ ސިޔާސީ ގޭމް ކުޅޭ ބަޔަކުވެސް!
ގަނޭސް
26 June 2022
ވާހަކަ ހަގީގަތެއްނެތަސް ކަކަމަކި ހަގީގަތެއް
ޒީންކާ
27 June 2022
ކޮބާ ހެކި ފޮޓޯ އެއް ވީޑިއޯ އެއް؟؟ ނޫނީ ކަލެއާ އެކު ތަ އެކަމެއް ކުރީ؟؟
އުދުހޭ
26 June 2022
ހަގީގަތެއް އޮތްތޯ ނެތްތޯ އެނގޭނީ އެހެން ވެރިޔަކު މިގައުމުގަ ހުރި ދުވަހަކުން ތަހުގީގުކޮށްގެން. މިހާރު މިގައުމުގައި ކަންކަން ހުރިގޮތަކީ... ދުވަހަކުވެސް ކުށެއް ކޮށްގެން ފުލުސްއޮފީހަށް ހާޒިރުކޮށްފަ ނެތް ބައެއްމީހުން ހައްޔަރުކުރަން އަންނީ ބޮންގޮއްވާ މީހަކު ހައްޔަރުކުރަން އަންނަކަހަލަ ފައުޖެއް. އަނެއް ކޮޅުގެ މީހާއަށް ޖެހެނީ އެމީހާ އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ކޮފީއެއް ބޯލައިގެން ދާން.
ތަހުޤީޤު
27 June 2022
ސަލީމުގެ މައްސަލަ ތަހުޤީޤު ކުރެވޭނީ ވެސް އެއްޗެއް އޮތް ނަމަތާ.. ފޮޓޯ ގަނޑެއް ވީޑިއޯއެއް ވެސް ނެތި ބަޔަކު ޖެއްސުމަށް އެރުވި އަޑަކަށް ކޮން ތަހުޤީޤެއް ކުރެވޭނީ..
ސަދޫމްޖަސްޓިސް
26 June 2022
ލިވާތަކީ އެއީ ސަކަރާތަކަށް ހަދާފަ ދައްކާ ޒާތު ވާހަކައެއް ނޫން، މުޅި ގައުމަށް އާންމުވެގެންވާ ބޮޑު ބިރުވެރި އާޒާބަކާ ބޮޑު ކޯފާއެއް އައިސްދާނެ ފަދަ ބިރުވެރިކަން ބޮޑު ފާފައެއް އެއްޖިއްސުން ގުޅުން ހިންގުމަކީ. މިވަރު ކަމެއް ރާއްޖޭގައި އާއްމުވެފައިވާ އިރު، ގައުމުގެ ވެރިމީހާ އަނގައިން ބަހެއް ނުބުނެ ދައުލަތުގެ މާލިއްޔަތުން ތަންމިނަށް ހަރަދުކޮއްގެން ރުވާންޑާއަށް ކޮމަންވެލްތޭ ކިޔާފައި އަނބިގޮއްޔައާ މާރިއާ ބޮޑު ފައުޖެއް ފަހަތުލައިގެން ގޮސް އެއުޅެނީ.