01 ޖުލައި 2022 - 20:28
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިންވަނަ ބޯޓު "އެމްވީ އެމްއެސްއެސް ގްރެފީން" ރާއްޖެ ގެނެސްފި އެވެ.
ޖަރުމަނުގެ "ކެންޑްލާ" ކުންފުނިން ގަތް އާ ކޮންޓެއިނާ ބޯޓު އެމްއެސްއެސްއާ ހަވާލުކުރުމާއި އެއަށް ފައިސާ ދެއްކުން އެސްޓީއޯގައި މިއަދު ވަނީ ބާއްވައިފަ އެވެ. އެސްޓީއޯގެ ފަރާތުން ފައިސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. މިއީ ބޯޓެއް ގަތުމުގެ މުއާމަލާތެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯގެ އެމްޑީ އަމްރު އަދި ކެންޑްލާ ކުންފުނީގެ އެމްޑީ ޖޯނަސް ކެލާ މިއަދު ސޭލް އެންޑް ޕާޗެސް އެގްރީމެންޓުގައި ސޮއި ކުރައްވަނީ: ދުރުގައި އަލަށް ގަތް ބޯޓު ---ފޮޓޯ: ނިޝާން އަލީ | މިހާރު
މިހާރުވެސް ދަތުރު ކުރަމުން އަންނަ އެމްއެސްއެސް ގެލީނާގެ ސިސްޓަ ވެސެލް ނުވަތަ އެއާ އެއްސައިޒުގެ އާ ބޯޓުން 420 ލޯޑް ކޮންޓެއިނާ އުފުލޭނެ އެވެ. އަދި ހުސްކޮށް ނަމަ 680 ކޮންޓެއިނާ އުފުލެ އެވެ. އޭގެތެރޭގައި ފިނިކުރި ތަކެއްޗަށް ހާއްސަ 60 ރީފާ ކޮންޓެއިނަރު ހިމެނެ އެެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ އަލަށް ގެނައި އެމްއެސްއެސް ގްރެފީންގެ ދަތުރުތައް އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށާއި އެ ބޯޓު ދަތުރު ކުރާނީ ސިންގަޕޯ، މެލޭޝިއާ އަދި މާލެ ރޫޓުން ކަމަށެވެ.
"މިއަދު މި ނިމުނީ ސޭލް އެންޑް ޕާޗެއްސް އެގްރީމެންޓް. ދެން އޮތީ ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުން. ރާއްޖޭގެ ދިދައިގެ ދަށަށް ބޯޓު ރަޖިސްޓްރީ ކުރެވޭ ހިސާބުން އަދި ބޯޓުގެ ނަން ރަސްމީކޮށް ބަދަލުކުރެވޭނީ އެމްވީ އެމްއެސްއެސް ގްރަފީން އަށް،" ކެޕްޓަން ސައީދު ވިދާޅުވި އެވެ.
އެމްއެސްއެސްގެ އެމްޑީ ކެޕްޓަން ސައީދު މީޑިއާތަކާ ވާހަކަދައްކަވަނީ ---ފޯޓޯ: ނިޝާން އަލީ | މިހާރު
އެ ބޯޓުގައި އެމްއެސްއެސް ޖަހާފައި އޮން ނަމަވެސް، ބޯޓަށް އެސްޓީއޯއިން ކިޔަން ނިންމާފައިވާ ނަން "އެމްވީ އެމްއެސްއެސް ގްރަފީން" މިވަގުތު ފެންނާކަށް ނުހުރެ އެވެ.
އަމްރު ވިދާޅުވީ ކުރިމަގުގައި އެމްއެސްއެސްގެ ހިދުމަތް ފުޅާކުރެވި ރާއްޖޭގެ އިގްްތިސޯދުގެ ތިން ވަނަ އިންޑަސްޓްރީ ނުވަތަ އެއަށް ވުރެ ވެސް ކުރިއަށް ޝިޕިން އިންޑަސްޓްރީ ގެންދިއުމުގެ ޕްލޭނަކާއި އުންމީދެއް އެބައޮތް ކަމަށެވެ.
"މި ބޯޓާ އެކު މިހާރު ކުރިއަށް އެބަގެންދަން އަމިއްލަ ކޮންޓެއިނަރު ހޯދުމަށް، އެމްއެސްއެސް ގެ ލޯގޯ ޖަހައިގެން. އޭގެ ސަބަބުން މި ހިދުމަތް އިތުރަށް ފުޅާވާނެ. އަދި އިތުރު ވަޒީފާތަކެއް ވެސް އުފެދިގެންދާނެ," އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މީޑިއާތަކާ ވާހަކަދައްކަވަނީ ---ފޯޓޯ: ނިޝާން އަލީ | މިހާރު
އަމްރު ވިދާޅުވި ގޮތުގައި، މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެސްއެސް ހަލުވި ކަމާއެކު ފުޅާވަމުންދާއިރު އެ ދާއިރާގައި މީހުން ބިނާވެފައި ނެތުމެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ އެމްއެންޔޫއާ ގުޅިގެން އެ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދެމުންނެވެ.
އެމްއެސްއެސްގެ ތިން ބޯޓުގައި މަސައްކަތް ކުރަނީ ގާތްގަނޑަކަށް 12 ބިދޭސީންނެވެ. ކެޕްޓަނުންނާއި އޮފިސަރުންނާއި އިންޖިނޭރުންގެ ގޮތުގައި ދިވެހިން މަސައްކަތް ކުރި ނަމަވެސް، އިތުރަށް ބޯޓެއް ގަންނަ ނަމަ، އެއަށް ބޭނުންވާ އަދަދަކަށް ދިވެހިން ތަމްރީނުވެފައި މިހާރު ނެތްކަން ސައީދު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
03 July 2022
އަދި ރަނގަޅުވާނެ. 1970 ގެ އަހަރުތަކުގެ ދިވެހިންގެ ތަޖުރިބާ ޒުވާނުންނަށް އަދި އޮޅުން ފިލުވާނުދެވެނީކަމަށް ޤަބޫލުކުރެވެނީ. މިހާރުގެ ޒުވާނުންގެ ކާފައިން ބޯޓު ދަތުރުކުރުމުގެ ނަފާ ކިޔައިދީގެން މަސައްކަތަށް އަހުލުވެރި ކުރުވަންވީ. ފައިދާހުރި ކަމެއް.
ޙޙ2022
02 July 2022
ޑިދި ތިބުނި ހެޔޮކޮށް ރާއްޖޭ ހަމަކަން ހިނގާމަގު..ބޮއިހަލަކި
ދަރަނި ބޯ
02 July 2022
ތިޔަގައްނަ ބޯޓު ތަކަކީ ބާދަގަނޑަށް ކިރަންވެފަހުރި އެއްޗެހިތަކެއް ، އެމް އެސް އެސް ކުރޯމް މި ބޯޓަކީ ވެސް ބާވެ ހަސްފަށްނެތި ގިރިފައޮތް އެއްޗެއް ބޯޓާ ހަވާލުވާން ވެސް 3 ފަހަރަށް ޑުބާއީއަށް 22 މުވައްޒަފުންފޮނުވި ބޭކާރު އެތައްހަރަދެއްކުރި ، ގ. ޕާކުހައުސް ގެސްޓުހައުސްގެ ވެރިޔާ މަހުޖަނަކަށް ވެއްޖެ ސިޕިންގ ކުއްފުނި އުފެދުމާއެކު ..
ދީދީދީ
01 July 2022
އާމްމުކޮށް ރާއްޖޭގައި ކަންހިނގާގޮތަށް ބަލާއިރު ދެން އަޑުއިވޭނީ ބޯޓުގަތުމުގައި މަކަރާއި ހީލަތް ހެދިވާހަކަ. އެއްކޮޅު ދޮގުކުރާނެ، ދެން ދުވަސްކޮޅަކުން އިވޭނެ ބޯޓު މަރާމާތު ކުރަންޖެހުނުވާހަކަ، އާބޯޓެކޭކިޔާފައި ގެނެސްފައި އޮތީ ބާބޯޓެކޭ. ދެން ދުވަސްކޮޅަކުން އިވޭނެ މިބޯޓުފަހަރުން އަމުރުމެން ސަރުކާރުގެ މަތީފަޑީގައި ތިބިމީހުންގެ މުދާ ހިލޭގެންނަވާހަކަ، ދެން އިވޭނީ ގެއްލުންވާތީ ބޯޓުތަށް ވިއްކާލާވާހަކަ ކުންފުނި ބަނގުރޫޓުވާވާހަކަ.
ގިނިހިލަ
02 July 2022
ކަލޭ ތީ ކާހިނެއްތަ؟