ޚަބަރު / ޓާޓާ ގްރޫޕް

ޓާޓާ އިން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ހުޅުވާލައިފި

ޓާޓާއަށް ދިން ނާދީ ބިމުގައި ފްލެޓު އެޅުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ އޯޑިއޯން ސިނަމާގެ ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓްތައް ގަތުމަށް ހުޅުވާލައިފި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަސައްކަތް ފެށި އެ ފްލެޓްތައް ގަތުމަށް ހުޅުވާލިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

"ލަގްޒަވަން- އޯޑިއޯން" ގެ ނަމުގައި ހަދާ އެ ފްލެޓް ގަންނަ ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން 100،000ރ. ދައްކަން ޖެހެ އެވެ. ފްލެޓްގެ ބާކީ ފައިސާ ދައްކަން ޖެހެނީ އެ ތަނުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް ބަހާލައިގެންނެވެ.

ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ބޮޑު މިނަކީ 415.17 އަކަފޫޓެވެ. އެ ފްލެޓްތަކުގެ އަގަކީ 2.3 މިލިއަން ރުފިޔާ އެވެެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ތެރޭގައި 1048.09 އަކަފޫޓާއި 982 އަކަފޫޓުގެ ތަންތަން ހިމެނެ އެވެ. އެ ތަންތަނުގެ އަގު އުޅެނީ 4-5 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ދެން އެ އިމާރާތުގައި ހިމެނެނީ ތިން ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ގޮތަށް ހަދާ އެޕާޓްމަންޓްތަކެކެވެ. އެއީ 1141.85 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގެ އަގު އުޅެނީ 5.6 މިލިއަން ރުފިޔާގަ އެވެ.

ޓާޓާގެ އިމާރާތުގެ ފްލޯ ޕްލޭން.

އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރަނީ މާޗު 2025 އަށެވެ. މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާއިރު ލިފްޓް ހަރުކޮށް، ފަރުނީޗަރު ވެސް ހުންނާނެ އެވެ. އަދި އިމާރާތުގެ ތިރީގައި ފިހާރަތައް ހަދައި ފަސޭހައިން ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ އިމާރާތުގެ ޓެރަސްގައި ޕޫލާއި ޗޭންޖިން ރޫމް އަދި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ އެވެ. އަދި ޖިމަކާއި ޔޯގާ ސެންޓަރެއް ވެސް ހިމެނެ އެވެ. އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި އެކި ވިޔަފާރިތައް ހުޅުވާ ގޮތަށް ހަމަޖައްސާފައިވާއިރު މީހުން އުޅޭނީ ބާކީ ނުވަ ފްލޯގަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާ އެކު 555 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހެދި އެއްބަސްވުން ބާތިލުކުރުމުން 200 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން ވަނީ އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހަޅައިފަ އެވެ.

އެކަމަކު އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސަރުކާރުން ގަބޫލުކުރާނީ އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް މައްސަލަ ހައްލުކުރީ އެވެ. އެ ކުންފުންޏަށް ކުރިން ދިން ތަންތަން އަލުން ދިނުމަށް އެއްބަސްވި އެވެ. އެ އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތްކުރުމުން އޭގެ ބަދަލުގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓް އިމާރާތްކޮށް ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ބިމެވެ. އަދި ރިސޯޓެއް ހަދަން ޅ. ޅޮއްސިލަފުށި ވެސް އެ ކުންފުންޏަށް ދިނެވެ.

74 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިރުޅިޔަ

05 July 2022

ތިޔަ ފުލެޓެތްތަކުގެ ކަންކަމާއި ބެހޭ ގޮތުން އިތުރަށް ސާފުކޮށްލަންޖެހޭ ކަންކަން ހުރީތީ، ތިޔަ ޕްރޮޖެކްޓް ހިންގާ އޮފީހަކީ ކޮބައިތޯއާއި ގުޅޭނެ ނަންބަރަކީ ކޮބައިކަން ބޭނުމޭ ބުނެލަން ބޭނުން. ދެން އެނގޭ ފަރާތަކުން ހިއްސާކޮށްދީބަލަ! ނިކަން ކެރެންޏާ. މަ ބޭނުމޭ ނިކަން އަވަހަށް ޚާލާސްކޮށްލަން.

The name is already taken The name is available. Register?

ޚިޔާލު3

05 July 2022

މިވަރުން ރައްޔިތަކަށް އޮތީ ކޮންފައިދާއެއްތޯ ބޭރުބަޔަކަށް ދަވްލަތުގެ މުދާ ނުއަގުގައި ދޭން އެއްބަސްވުންހެދީ ކިހާބޮޑު މޮޔައެއްބާއެވެ.

The name is already taken The name is available. Register?

ފިނރުޓޭ

04 July 2022

ބަލާލަން ބޭނުން ކިތަށް ވައްތަރުގެ ކިތަށް އެޕާޓުމަންޓު ތިޔަ ކޮންޑޯ ތަކުން ވިއްކަނީ! އޭރުން އަންދާޒާކޮށްލަން އެނގޭނެ ކިހާ ފައިދާއެއް ލާފަ ކަން ތި އެޕާޓުމަންޓުތައް ވިއްކަން ތި އުޅެނީ!

The name is already taken The name is available. Register?

އެމްސް

04 July 2022

ސޯޝަލް ހައުސިންގ އިން ފްލެޓް ލިބުނު މީހުން ތެރޭ ޓާޓާ ފްލެޓް ގަނެވޭ ފެންވަރު/މާލޭގަ ގެދޮރު ހުރި މީހުންވެސް ހިމެނޭ!

The name is already taken The name is available. Register?

އަލީ ރަޝީދު

04 July 2022

ތިކަން ވެއްޖެއްނު ހުއްޓުވަން. އިމާރާތް ފަސްޓް ދެން ލާރީގެ ވާހަކަ އަންނަ ގޮތަކަށް ބަދަލުވާން ވެއްޖެއްނު. މިހާރު ދެން ފީ ރޯނެއް ދަމާލާފަވެސް މިލިއަން ރުފިޔާ ދޭށޭ ބުނަނީ ކޮންމެ ބަޔެއްވެސް. ބޯ ހަލާކު

The name is already taken The name is available. Register?

ާއުނިމާ

04 July 2022

ތިޔަ ފުލެޓްތަކަށް ވައިވެސް ނޭޅޭނެ

The name is already taken The name is available. Register?

ދެލިފުޅި

04 July 2022

މިވަގުތު އެޕާޓްމަންޓެއް ތިއަގުތަކުގަ ގަތުމަށްވުރެ ރަނގަޅީ އަދި މަޑުކޮށްލުން. މިހާރުހުރި ރޭޓުތަކަކީ ކުރިންހުރި ކުލިތަކަށްބަލާފަ ހަދާފަހުރި ރޭޓުތަކެއްކަމަށް ފެންނަނީ. މިހާރު އެވަރުގެތަނެއް ކުއްޔަށް ނެގިޔަސް އެއަގުގަ ބެންކުމެދުވެރިކޮށް ގަތުމަށްވުރެ ޚަރަދުކުޑަވާނެ. ކުރިއަތް އޮތްތަނުގަ ފްލެޓްތައް ގިނަވީމަ ކުލިތައް ކުޑަވާނެ. މިކަމުގަ އޮތީ ހުރިހާ އެންމެންވެގެން ދުރުރާސްތާ ވިސްނާފަ ބޮޑުއަގަށް ނޫނެކޭ ބުނުން. އޭރުން އަގުކުޑަކުރަން މަޖުބޫރުވާނެ. ވިސްނާލަމާ

The name is already taken The name is available. Register?

އެމްސް

04 July 2022

ތިޔަކަމުގަ ބޭންކްގެ ދުރުރާސްތާ ވިސްނުން މާމޮޅުވާނެ! މިޤައުމުގަ ރިސްކް ފްރީ ވިޔަފާރިއެއް ކުރާ ހަމަ އެކަނި ބަޔަކީ ބޭންކްތައް! ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރު! ރަޢިއްޔަތުންގެ ސަރުކާރެއް/ރަޢިއްޔަތުންގެ އިޙުސާސް ހުރި ސަރުކާރެއްވެސް އޮންނަން އުޅުނު އެކަމަކު ނުފޫޒު ގަދަ މަދުބަޔަކު އެފުރުސަތެއް ނުދިން!

The name is already taken The name is available. Register?

ދެލިފުޅި

04 July 2022

1ކޮޓަރި 415.17 އަކަފޫޓުގެ އަގު: އަކަފޫޓަކަށް 5,539.89 ރުފިޔާ 3ކޮޓަރި 982 އަކަފޫޓުގެ އަގު: އަކަފޫޓަކަށް 4,073.3 ރުފިޔާ 3 ކޮޓަރި 1048.09 އަކަފޫޓުގެ އަގު: އަކަފޫޓަކަށް 4,770.58 ރުފިޔާ 3+1 ކޮޓަރީގެ 1141.85 އަކަފޫޓުގެ އަގު: އަކަފޫޓަކަށް 4,904.32 ރުފިޔާ އެހެންވީމަ ގަންނަންލިބޭއަގު އެންމެ ބޮޑީ އެންމެ ކުދި އެޕާރޓްމަންޓްތައްކަމުގައި ބުނެވިދާނެ. 1 ކޮޓަރި ބެންކުމެދުވެރިކޮށް ގަންނަން މަހަކު 20,693.70 ރުފިޔާ 20އަހަރުވަންދެން ދައްކަންޖެހޭ (ޖުމްލަ 4,966,487.28)

The name is already taken The name is available. Register?

ޢަރުތަ

03 July 2022

ތިޔަ އިމާރާތުގަ އުޅޭ މީހުންގެ ވެހިކަލްތައް ތިޔަ އިމާރާތުގެ ކޮންމެވެސް ފްލޯއެއްގަ (ބޭސްމަންޓްގަނަމަވެސް) ހުރުން ވަރަށް މުހިންމު، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އިމާރާތް ހަދާ ފަރާތާ މަޝްވަރާކޮށް މިކަންތައް ފުރިހަމަ ވާނެ ގޮތަކަށް އިމާރާތްކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

ދޮންބެއަލީ

03 July 2022

މާލޭ ބިން ރަންވަޅަކަށް ހަދާ ގެދޮރުވެރިކަމަށް ދިވެހިން ވޯރާއިން ކައިރީ ސަލާން ޖަހަން ޖެއްސި ސރކ މީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454