ގާޒީ ޒުބައިރު: އޭނާ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައި
04 ޖުލައި 2022 - 16:46
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ސިވިލް ކޯޓުގައި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަން ނިންމެވީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަށަވަރުކޮށް ދިނެވެ.
އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން ދާއިރާއަކުން ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.
ގާޒީ ޒުބައިރު އިސްތިއުފާ ދެއްވިއިރު، އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިހާރު ހުސްވެފައި އޮތް ދެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޑްރަގް ކޯޓުގަ އެވެ. އޭގެކުރިން އޭނާ ހުންނެވީ މެޖިސްޓްރޭޓަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެަލީނާ
04 July 2022
ތިޔަ ގާޒީ ޒުބޭރު ސަރީއަތެއްގައި ބުނި އިހުލާސްތެރި ކަމަކީ ތިމަންނަ ބަލާއެއްޗެއް ނޫނޭ.، ތިމަންނަޔަށް އޮންނާނީ ގާނޫނޭ .. ދީނެއް އެހެންއެއްޗެއް ނޯންނާނެއޭ.، ހެއްކޭ ގާނޫނޭ އެއްޗަކީ ... ދޮގުވެސް ހެދޭނެއޭ.
އެމްސް
05 July 2022
ތިޔަ ވާހަކަ ހަމަ ތިޔަހެން ބުނާ ގާޒީ އެއް މިވަގުތުވެސް ސިވިލް ކޯރޓްގަ އެބައުޅޭ! ހީވާގޮތުން ތި 2 މީހުންވެސް ކިޔަވާފަވަނީ 1 ފޮތަކުން!
ވަހީދު
05 July 2022
ޒުބައިރު ދަންނަ އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ތިވާހަކައެއް. އަމުދުން މުރުތައްދު ވެދާނެ ފަދަ ބަހެއް ޒުބައިރު ނުބުނާނެ.
ދަރޭ
04 July 2022
ޒުބައިރު ތި ދައްކާ ވާހަކަ ހަމައެއް ނުޖެހޭ. އިއްޔެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައި މިއަދު ތިބުނަނީ އެހެން ދާއިރާ އެއްގައި މަސައްކަތް ކުރަންށޭ ބޭނުން ވަނީ. ބޮޑަށް ބެލެވެނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ނުހޮވޭނެ ކަން އެނގި އެކަމާ މާބޮށް މާޔޫސްވެ މި ދާއިރާ މަތިން ވެސް ފޫހި ވީހެން.
ނައިކް222
04 July 2022
ބަލަ ހައިކޯޓުން ނުދޭނެކަނަ އޭނާއަށް އެނގޭ.. އެއީ ހިސާނުމެންގެ ޕަޕެޓެއް ނޫންވީމަ.. އޭތި ރިޖެކްޓް ެފަ އޮތީ..
ޑަރޭ
04 July 2022
ކަލެއަށް އެކަނި އަދި ތިކަން އެނގުނީ! ކަލޭ ހަމަ މޮޅީ!
އެމްސް
05 July 2022
މާޔޫސް އެއް ނޫން ކަން ނޭގޭ ބޮޑަށް އެވަނީ، އެކަމަށް ހޮވަން އުޅެނީ ތަޖުރިބާގެ ގޮތުންވެސް އަދި ދާއިރާގެ ވީ ދުވަހަށް ބެއްޔަސް ވަރަށް ވަރަށް ޖޫނިއަރ ފަރާތެއް!
މުހައްމަދު
04 July 2022
ވަރަށް ތެދުވެރި އިޚްލާސްތެރި ކެރޭ ޤާޟީއެއް. ގެއްލިގެން އެދަނީ ދާއިރާގެ އަގުހުރި ޖަވާހިރެއް. ކާމިޔާބަށް އެދެން.
ވާދުވީ
04 July 2022
މުޅި ޖުޑިޝަރީ އިން ވެސް ނުދެކޭ ފަދަ ރަނގަޅު ތެދުވެރި މީހެއް. ޝަރީއަތަކީ ރިއްފަތު ބުނާހާ ގޮތަކަށް ނިންމަން ޖެހޭ އެއްޗެއް ނޫން. ޢިންޝާﷲ ދެރަގޮތެއް ނުވާނެ
ހެހެ ހަސަނު
04 July 2022
ކޮންތާކު ސުލޫކީ މައްސަލަ ބަލާތީ ހެދި ޑީލެއް
ނިއުކް
04 July 2022
ސުލޫކީ ބާނެ ރިފުއަތާ ހިސާނު ބުނާހާ ކަމެއް ނުކުރަންޏާ.. ޖަމްޢިއްޔާ އެއްގެ މެންބަރެކޯ ކިޔާފަ ލާފަ އޮތް މައްސަލައެއް.. އެ ޖަމުއްޔާ ވުޖޫދުގަވެސް ނެތް
ޖޭއެސް
04 July 2022
މި ދާއިރާގަ ކިޔަވައިގެން ތިބި ހަރުދަނާ މީހުން ދިޔައީމަ ކިހިނެއް ބާ ކަންކަން ހަރުދަނާކޮށް ކުރާނީ؟ ދާއިރާ ފެއިލް ވަމުން ދާ ކަމުގެ ކުލަވަރު މި ފެންނަނީ
އެމްސް
04 July 2022
ތާއަބަދު އެއްތައްގަނޑަކަށް ފެތިގެން ތިބެތިބެ ޝަރުޢީ ދާއިރާ ހަރުވެފަ އޮތްލެއް ބޮޑުކަމުގެ ވާހަކަ ނުދައްކާ ދިވެއްސަކު މަދު ވާނެ!
ސުމަކުން އެކެއް
05 July 2022
ކިޔަވައިގެން ތިބިމީހުން ފެއަށްދާ ވަރަކަށް އިތުރު މީހުން ތިޔަ ދާއިރާއިން ކިޔަވައިގެން ނުކުންނަކަން ނޭނގެނީތަ؟ ދެން ބުނޭ ތަޖުރިބާއޭ. ތަޖުރިބާއަކީ ދުނިޔެ ދައުރުވަމުންދާތީ ރެޔަކާދުވާލު އަޅާބުރަކުން ވާކަމެއް ނޫން. މިހާ ފީލްޑްގައި ހުރެ ތަޖުރިބާ ގުނޭނީ އޭނާގެ މަސައްކަތަށް. އޭގެ ފުރިހަމަކަމަށް. ކާމިޔާބީއަށް. އެހެން ނޫނަސް އަލަށް ނުކުންނަ ފަރާތަށް ވެސް ކަންކަން ހަވާލުކޮށް އެކަންކަން ފުރިހަމަކުރަން ފުރުސަތާއި ވަގުތު ދިނީމާ ނަންހިނގާ މީހަކަށް ވެދާނެ. ސަލާން
މުހައްމަދު.
04 July 2022
ސިޔާސީ މީހުންނަށް ނާސިރު ކަހަލަ މީހުން ވަރަށް ކަމުދާނެ.
ޝަބީން
04 July 2022
ތީ ރިއްފަތު ބުނާ ގޮތް ނުހަދާތީ ދުއްތުރާކޮށްފަ ހުންނަ މީހެއް
ގަނޑިޔާ!!!
04 July 2022
ﷲ އޭނާއަށް ޙަލާލު މަސައްކަތެއް މިންވަރު ކުރައްވާށި.. އާމީން
ސީޒަން ޖެކުހަން
04 July 2022
ގައުމަށް ޚިދުމަތްކުރާށޭކިޔާފާ ދެންވަންނާނީ ޕާޓީއަކަށް. ޕާޓީއަކަށްވަދެ ބޮޑުމުސާރަނެގީމާވިއްޔަ ގައުމަށް ޚިދުމަތްކުރެވުނުކަމަށްވަނީ.
ޒިއަކް
04 July 2022
ކަލޭ ތި ހީކުރާ ކަހަލަ ޗީޕު މީހެއް ނޫން ޤާޟީ ޒުބެއިރަކީ... އެއީ އެއްވަނަ.. މުޅި ސިވިލް ކޯޓު އައްފުނާ އެޅިޔަސް އެވަރުގެ އިލމުވެރި ހުނަރުވެރި ތެދުވެރި ޤާޞީއަކު ނުފެންނާނެ..
ވަހީދު
04 July 2022
އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިބި އެންމެންހެން އަދުލު އަދުލު އިންސާފުގެ ދާއިރާއިން ދުރަށް ދަނީބާ؟
މޯނު
04 July 2022
މަޖުބޫރު ކުރަނީ
އެމްސް
04 July 2022
ޔާމީން ނުކިޔަވާ ހުރީމަތޯ އޭނަގެ ވެރިކަމުގަ، ދައުލަތުން ބިލިޔަން ބިލިޔަނުން ފައިސާ މަދުވީ؟
ދުމައިން
05 July 2022
އެމްސް! މަދު ވެއްޖެތޯ؟؟ ބަލާލަބަލަ ދެލޯފޮހެފަ.ކައިފަވެސް ރިޒާވް ވީ އިތުރު. ދަރަނި މިހާރާބަލާފަ 43% ދަށް. ދެން ބަލާބަލަ ކޮށްފަ ހުރި ކަންކަން. އެއިން އެއްވެސް ލޯނެއް ޑީފޯލްޓް ނުވާނެކަން ކަށްވަރުކުރަން ޔޫޒަބްލް ރިޒާވްގެ އިތުރުން ސަވަރިން ފަންޑެއްހަދާ 700މިލިއަން ޑޮލަރާކައިރިއަދަދަކަށް އެއަށްފައިސާ ލާފަ ހުރި. ގުރީން ފަންޑުގަ އަތެއްނުލާ. މިހާރު ދަރަނި އިންތިހާޔަށްބޮޑުވެ، ރިޒާވްތަކާ، ފަންޑުތަށް ހުސްވީ. ކުރެވުނު ކަމެއް ނެތް. އެކަމަކު ނުކައި؟