ޚަބަރު / އެކްސިޑެންޓް

ލޮލުގެ ފެނުން ގެއްލުނު އެކްސިޑެންޓެއް: ނުވަ ދުވަހަށް ޖަލަށް އަދި 144،000ރ. ގެ ޖޫރިމަނާ

އެކްސިޑެންޓެއް ހިނގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މީހެއްގެ ލޮލުން ފެނުން ގެއްލުނު އެކްސިޑެންޓްގައި އެކަކު ކުށްވެރިވެ، ޖޫރިމަނާ އާއި ޖަލު ހުކުމެއް ވަނީ އިއްވާފައި --- ފޮޓޯ/މިހާރު

އެކްސިޑެންޓެއްގައި މީހެއްގެ އެއް ލޮލުގެ ފެނުން ގެއްލުނު މައްސަލާގައި ކުށްވެރިވި މީހަކު 144،000ރ. އިން ޖޫރިމަނާކޮށް އަދި ނުވަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ ހަ އަހަރު ކުރިން، 2016 ވަނަ އަހަރު ބޮޑުތަކުރުފާނުމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގީ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސެއް ނެތެވެ.

އަނެއް ސައިކަލުގައި އިން މީހާގެ އެއް ލޮލުގެ ފެނުން އެ އެކްސިޑެންޓްގައި ދާއިމަށް ވަނީ ގެއްލިފަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ އޭނާ ކޮށްފައިވާ ފަރުވާ ކުޑަ އަމަލެއް ކަމަށެވެ. އަދި މަގުގެ މެދު ރޮނގު ހުރަސް ކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަނިޔާއެއް ދިނުމުގެ ކުށް އެ މައްސަލާގައި މައްޗަށް ސާބިތުވިއިރު އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމެވެ. އަދި އެކި ސަބަބުތަކާ ހެދި މައްސަލަ ލަސްވެފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ ދަށްކުރަން ހުކުމުގައި ނިންމާފައިވެ އެވެ. އެގޮތަށް ދަށްކުރުމުން އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރީ އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވާތީ އެވެ. ނުވަ މަސް ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމުން ޖެހެނީ 144،495ރ. އެވެ. އެ ފައިސާ 12 މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.

އަދަބުގައި ބާކީ އޮތް 18 ދުވަހުގެ ތެރެއިން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ނުވަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

11 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 4%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟމމމމ

09 July 2022

ލޮލޮގެ ފެނުން ވަނީ ގެއްލިފަތޯ ކަށަވަރު ކުރިބާ؟ އެދުވަހު އެތާގަ ނެތް ހެއްކެއް އުފައްދައިގެން ވެސް ދައުވާ ކުރެވިދާނެ، އަދި ތި އެކްސިޑެންޓް ގަ ލޮލައް ގެއްލުވެފަ ހުރީ ހަމައެކަނި އަނެކާ އަށްބާ؟ ދެންއޮތީ ގަސްތުގަ އަނިޔާ އެެއް ދޭން އުޅުނުކަމުގެ ވާހަކަ، ކިހާ ވަރަކަށް ބަލާފަ ބާ އެގޮތައް އަމަލު ކުރީ؟ އަންދާޤާނޫން،

The name is already taken The name is available. Register?

ކެޔޮޅުހހހހ

06 July 2022

ކޮބާ ލޮލުގެ ފެނުން ގެއްލުން މީހާއަށްވީ ބައި... މީރާ އަށް ކޮންގެއްލުމެއްވެގެން މީރާ އަށް ޖޫރިމަނާ ދޭން ޖެހެނީ...

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

05 July 2022

އުފެދޭ ސުވާލަކީ ތިޔަ ޖުރްމައިނާ 145000ރ އެ އަނިޔާ ލިބުނުމީހާއަށް ސަރުކާރުން ދޭނެތޯ؟

The name is already taken The name is available. Register?

66635

05 July 2022

މުރަނގަ ފަތް ބިނުމާ، އޮފީހުގަ ހުންނަ ކޮފީ ދަޅުން ކޮފީކޮޅެއް ގެޔައް ގެންދިއުން ފަދަ ގެއްލުން ބޮޑު ކަންކަމަށް އަދަބު ބޮޑުވާނީ. މީހުން މެރުމާއި މަސްތުވާތަކެއްޗާއި، ދައުލަތް ލޫޓުވުން ފަދަ ކަންކަމަކީ އާދައިގެ ކަންކަން. ހައްޔަރެެއް ނުކުރެވޭނެ ހެއްކެއް ނުހުންނާނެ ރާއްޖެއިން ފަރުވާކުރެވޭ ބައްޔެއް ނުޖެހޭނެ ހުކުމް ކުޑަވާނެ ބަދަލު ލިބޭނެ. އޯކޭ އެއްނު

The name is already taken The name is available. Register?

ކަތްދައްތަ

05 July 2022

ކްރިމިނަލް ކޯޓުން ބަލާފައިވަނީ ހަމައެކަނި ކުށުގެ ބައި. އެބަޔަށް އެއޮތީ އުޤޫބާތް ދީފަ. ދެން އޮތީ ލޮލުގެ ފެނުން ގެއްލިގެންދިިޔަ ބައި. އެއީ މަދަނީ ބައެއް. ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެސައިކަލު ދުއްވި މީހާ ގޮވައިގެން ހަމަ ދަޢުވާ ކޮށް ބަދަލު ހޯދަންވީ. ލޮލެއްގެ ފެނުން ގެއްލިއްޖެނަމަ، ގާތްގަޑަކަށް ފަސްލައްކަ ވަރު ލިބޭނެ. އެއީ ދިޔައެއްގެ ދެބައިކުޅަ އެއްބައި.

The name is already taken The name is available. Register?

1828

05 July 2022

މިއަށް ކިޔަނީ ސަދޫމް ޖަސްޓިސް. މިކަމުން ދައްކުވައިދެނީ އިންސާނުން ހަދާ ޤާނޫނު ކަމުނުދާކަން.

The name is already taken The name is available. Register?

ޖައިސާމް

05 July 2022

ދެން އެހެން ވިއްޔާ ކިހިނެއް ވާންވީ؟

The name is already taken The name is available. Register?

ޝަފީރު

05 July 2022

އަނިޔާ ލިބުނު މީހާއަށް ލިބުނީ ކޮން އިންސާފެއް. ޅައިސަންސް ނެތީމާ އިންސާފު ލިބުނު ޤަވާއިދާ ޚިލާފަށް މަގުހުރަސްކުރީމާ އިންސާފު ލިބިއްޖެ. އެކްސިޑެންޓްވީމާ އިންސާފު ލިބިއްޖެ. 18 އަހަރުގެ އަދަބެއް ލިބުނު މީހާގެ އަދަބު ލުއިކޮށް ޖުރިމާނާ ކުރީމާ ސަރުކާރަށް ފައިސާލިބި އިންސާފު.؟؟؟؟؟ އަނިޔާލިބުނު މީހާއަށް ލިބެނީ ތޮޔޮ ކަރުދޙެއްވެސް ނުލިބުނު.

The name is already taken The name is available. Register?

ރޯޒަސް

05 July 2022

އަދި އެއްފަހަރު ޚަބަރު ކިޔާލާ.

The name is already taken The name is available. Register?

ާމަރީތް

05 July 2022

ސަރުކާރަށް ލާރި ގަނޑެެއް ހޯދީ. ލޮލުގެ ފެނުން ގެއްލުނު މީހާއަށް ލިބުނީ ކޮން އިންސާފެއް

The name is already taken The name is available. Register?

1828

05 July 2022

ލޮލުގެ ފެނުން ގެއްލުނު މީހާއަށް ލިބުނީ ސަދޫމްގައި ލިބޭ ކަހަލަ 'ބޭ' އިންސާފެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454