07 ޖުލައި 2022 - 23:59
ބިރުވެރިކަން އުފެދޭ ގޮތަށް ވެހިކަލް ދުއްވުން ހުއްޓުވަން ފުލުހުން ހުޅުމާލޭގައި ވަކި ވަގުތުތަކެއްގައި ސްޕީޑް ގަން ބޭނުންކުރަން ފަށާނެ ކަމަށާއި ނުރައްކާތެރިކޮށް ދުއްވާ ވެހިކަލް ހުއްޓުވަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ބަހެއްގައި ޖެހި މީހަކު މަރުވި އެކްސިޑެންޓަށް ފަހު، ބާރަށް ދުއްވާ މީހުންނަށް ފުލުހުން ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ އަނެއްކާވެސް ބޮޑުވެފައި ވަނިކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި ހުޅުމާލެ ފޭސް 1 ގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް ވިދާޅުވީ ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވާ އުޅަނދުތައް ހުއްޓުވާނެ ކަމަށެވެ. އެގޮތަށް ނުހުއްޓުވޭ އުޅަނދުތައް ވެސް ވީޑިއޯ ބަލައިގެން ހޯދައި ފަހުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމުކޮށް ހިނގާ އެކްސިޑެންޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކަރީމް ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގެ ޖަންކްޝަންތަކުގައި އެކަކު އަނެކަކަށް ޖާގަ ނުދީ ގޯޅި އެޅުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް ގިނަ ކަމަށެވެ. އަދި ކުޑަ ކަމެއް ހައްލުކޮށްފި ނަމަ އެކްސިޑެންޓުތައް މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުއްވާއިރު އަސްލު ވަރަށް ކުޑަކުޑަ ކަމެއް ހައްލުކޮށް ސަމާލުކަން ދީފި ނަމަ ހިނގާ އެކްސިޑެންޓުތައް މަދުވާނެ. އޭގެ ތެރޭގައި އޯވަޓޭކްކުރުމާއި ޖާގަ ނުދީ ގޯޅި އެޅުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާފައި އެބަހުރި. މުޅި ހުޅުމާލެ މަގަކީ ތާރު އެޅި މަގުތަކަށް ވުމުން ހިނގާ ކިތަންމެ ކުޑަ އެކްސިޑެންޓެއްގައި ވެސް މީހާއަށް އަނިޔާތަކެއް ލިބޭ. ތާރު މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުގައި ލިބޭ އަނިޔާތައް ބޮޑުކަން ފާހަގަކުރެވޭ،" އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ކަރީމް ވިދާޅުވި އެވެ.
ހެޑް އޮފް މާލެ އޭރިޔާ 1، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވައިގެން، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 40 އަށް ވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެގޮތަށް ނަގާ ސައިކަލް ދެނީ 30 ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވައި ޖޫރިމަނާތައް ދެއްކުމުންނެވެ.
ސަމީރު ވިދާޅުވީ އެ ގޮތަށް ހިފަހައްޓާ މީހުންގެ ތެރޭގައި ލައިސެންސް ނެތި ދުއްވާ މީހުން ގިނަ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި. ލައިސެންސް ނެތި ސައިކަލް ދުއްވައިގެން 1،034 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ބްރިޖްގައި ގިނައިން އެކްސިޑެންޓް ހިނގަނީ ދުއްވަންޖެހޭ ވަރަށް ބާރަށް ނުވަތަ މާ މަޑުން ދުއްވުމުން ކަމަށެވެ. ބްރިޖްގައި އެންމެ މަޑުން ދުއްވަން ޖެހޭނީ 25 ކިލޯމީޓަރަށެވެ. އެންމެ ބާރަށް ދުއްވަން ހުއްދަ އޮންނަނީ 50 ކިލޯމީޓަރަށެވެ.
ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ދުއްވާއިރު އޯވަޓޭކް ކުރުމާއި ގޯޅިތަކުން މައި މަގަށް ނުކުންނައިރު ސަމާލުކަން ދީފިނަމަ އެކްސިޑެންޓުތައް މަދުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
މާލޭގައި މީހަކު މަރުވެ ބަޔަކު ވަރަށް ބޮޑަށް ޒަހަމްވި އެކްސިޑެންޓާ ގުޅިގެން، މަގުމަތީގައި ދުވާ މީހުންނަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކަރީމް ވިދާޅުވީ ވެހިކަލްތަކަށް ރިފްލެކްޓްވާ ގޮތަށް ހެދުން އެޅުމުން، ދުވާ މީހުންނާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.
"މަގުމަތީގައި ދުވާ ފަރާތްތަކުން ދުވާއިރު ވެސް ވިޒިބްލް ހައި، ކުލަގަދަ ޒާތުގެ ޓީޝާޓް ނުވަތަ އެ ވައްތަރުގެ އެއްޗެހި ބޭނުންކުރުމަކީ މުހިއްމު ކަމެއް. އެއީ ރޭގަނޑު އަބަދު ދުވާއިރު ދުއްވާ ފަރާތްތަކަށް، ވެހިކަލްތަކަށް އެ މީހުންގެ ރިފްލެކްޓްވާ ގޮތަށް ޑްރެސް ކޯޑު ބޭނުންކުރުމަކީ ދުވާ ފަރާތްތައް ވެސް އަދި އެހެން ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމެއް،" ކަރީމް ވިދާޅުވި އެވެ.
މާލޭ އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް، ބަހެއްގައި ޖެހިގެން މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވެ، ހަތަރު މީހަކަށް ސީރިއަސް ޒަހަމްތައް ލިބި އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
އެ އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ބަހުގެ ކުރީކޮޅުގައި ޖެހިގެންނެވެ. އެ ވަގުތު ކަސްރަތަށް ބަޔަކު ދުވެފައި ދާތަން، ސީސީޓީވީ ފުޓޭޖުން ފެންނާތީ އެއްބަޔަކު ބުނަނީ އެކްސިޑެންޓް ހިނގީ ދުވާ މީހުންގެ ގައިން ކާރު ނައްޓަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ މީހުންނާ ހަމަޔަށް ކާރު އައުމުގެ މާ ކުރިން ވެސް ސީސީޓީވީން ފެންނަ ގޮތުގައި ކާރު އޮންނަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުލްސް
09 July 2022
ޑްރަގް ވިޔަފާރިތަކާއި ގޭންގުތައް ނުހުއްޓުވޭ، މަސްތުވާތަކެއްޗާއި އެކީ މަސްތުގެ ހާލުގައި ހައްޔަރުކުރެވުނަސް ސާބިތެއް ނުވޭ. ދެން ސްޕީޑްގަން ބޭނުންކޮށްގެން ތިމަޅިގަ ޖެހޭނީ ހަމަ “އާދައިގެ ރައްޔިތުން” އެކަނި. އެންމެ ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ވަރަށް ފަސޭޔައިން “ބެޗޭނެ”ކަން ޔަގީން.
ކިޔު
09 July 2022
މަގުތަށް ބެލެހެއްޓުން ވ މުހިންމު. ނަމަވެސް އެކަން ކުރާތަނެއް ނުފެނޭ. ކަންމަތިތަކުގައި ޕާކުކުރުން މަނާ. ހެންވޭރު ކޮޅު ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަނާ. އެކަމަކު ބަލާބަލަ އުޅަނދުތަކުން ފުރިފަ.
ޚޮރަކަލި
08 July 2022
ގަން ހިންގިޔަސް ގަވައިދާ ހިލާފު ވާ މީހުނަށް ފިޔަވަޅު ނޭޅެނިއްޔާ ކީއް ކުރާނީ؟
ހިތަދޫ 2
08 July 2022
ސްޕީޑް ގަން ބޭނުމެއްނުވާނެ، ސިންކްރޮނިއިސް ސީސީޓީވީ ގެ ޒަރިއްޔާއިން އާޓިފިސަލް އިންޓެލިޖެންސް ބޭނުން ކޮއްގެން ދަނެގަނެވޭނެ މަގުމަތީ ރިއަލްޓައިމް ބާރަށް ދުއްވާ ވެހިކަލް، ވަގުތުން އެލާޓް ފޮނުވާ ޖުރިމަނާކުރެވޭނެ. އަދިވެސް ހާދަ ފަހަތަކު މިއުޅެނީ މިގައުމު؟ ދެން މިހެން ބުނީމަ އިނޑިޔާބަޔަކަށް ދޭނީކީ ނޫން މިކަން ކުރަން، ކޮންސަލްޓިންގް ނަގައިގެން މީހުން ދިވެހިން ލައްވާ މިކަންވޭތޯ ބަލާ ވަޒީފާދީގެން. ތިކުރާ ބޭކާރު ހަރަދު މަދުވެސްވާނެ!
ހިތަދޫ 32
09 July 2022
ފުލުހުންގެ އެ ގާބިލުކަން އެބަހުރި، ކެމެރާވެސް އެންޕީއާރު ސިސްޓަމްވެސް. ނަމްބަރ ޕްލޭޓު ނޮންރިފްލެކްޓްކޮށް، އެމްބޮސްކޮސް ފޮންޓްސްޓޭންޑައިޒް ކުރަން ޓްރާންސްޕޯޓާ ހަވާލުކުރީމަ ކޮރަަޕްޝަން ހިންގައިގެން ހުއްޓިފަ.
އަހަމަދުފުތާފޭދޫ
08 July 2022
ސައިލަންސަރު ފަޅައިގެން އަޑުގަދަ ކޮއްގެން ސައިކަލުގަ ދާއިރު މީހުންގެ ލަދަރިން ބިރުން ފިއްކަނޑައިގެން ދާއިރު ކަމެއް ކުރެވޭތޯ؟ ގިނަ ފަހަރު ފުލުހުންވެސް ދިމާ ކޮއްލަނީ ގަވައިދުން އުޅޭ ނިކަމެތި މީހާޔައް. ހަނދާން ނެތިގެން އިސްޓިކާޔެއް މުއްދަތު ހަމަވެފަ އިނދެއްޖެއްޔާ.
ބްލަޑް
08 July 2022
ސްޕީޑް ގަން މިހާރުވެސް ބޭނުން ކުރަމުން ދާތަން ފެނޭ، ނަމަވެސް ޤަވާއިދު ތަކެއް ހެދިފަ ނެތީމަ ބާރަށް ދުއްވާ މީހުންނަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް.
އެމްސް
08 July 2022
ޤަވާޢިދެއް ހެދިފަ ނެތިތޯ ޤަވާޢިދުން ދުއްވަން ލައިސަންސެއް އެދެނީ؟
ހަސަނު
08 July 2022
އެތައް ހާސް ފުލުހުންނެއް ތިބޭ.. އެ ވެރިންނަށް މުސާރައާ އިނާޔަތް ތަކާ ސިއްހީބފަރުވަ ހިލޭ މުޅި އާއިލާއާ ގާތްތިމާގެ މީހުންނަށް ވެސް ދެވެ.. އެކަަމަކު އިސްޕީޑު ގަން މި އޮންނަނީ ފޮރުވާފަ.. ދަމަކުން ބަޑިއެއް ޖަހާހެން ނެރެނީ ނޫހުގެ ސުރުހީއަށް...
އެމްސް
08 July 2022
ސްޕީޑް ގަން ބޭނުންކޮށްގެންތޯ ޢާއްމުންނަށް ނުޤަވާޢިދުން ދުއްވާ މަންޒަރު ފެންނަނީ؟
އެމްސް
08 July 2022
މަތީން ތިކިޔަނީ ޤަވާޢިދުގެ ބައިތަކެއް، ޚުދު މަތީނު ހުންނަ ވެހިކަލްވެސް ތިކަންކަމަށް ފައްތާނެ ބަޔަކު ނެތިގެން މިއުޅެނީ!
ގަމާރު މީހާ
08 July 2022
ރައްޔިތުން ހަމަ ގަމާރީ!
އެމްސް
08 July 2022
ފުލުހުން ސްމާރޓީއެއް ނޫން، ކޮޅު ކޮޅު މައްޗަށް ޖިޕް ދުއްވާލާފަ، ފިނިކޮޓަރީގަ ތިބެފަ މުސާރަ ނަގާލަނީ؟
ހަސަނު
08 July 2022
މަ ހިތަށް އަރަނީ އިސްޕީޑު ގަން ބޮޑު އަގުދީފަ ގަނެފަ ފޮރުވާފަ ބަހައްޓަނީ ބާވައޭ.. މިހެން ދޭތެރެއަކުން ނެރޭ އެއްޗެއް ބާވައޭ. ބުރިޖު ގަ ބައިވަރު ކެމެރާ ހަރުކުރި، އޭރު ކިޔާއަޑުއިވެ ބާރަށް ދުއްވާ މީހުން އެގެނެއޭ....
އެމްްސް
08 July 2022
އިންސާނާގެ ލޮލަށްވެސް އެވަރު އެނގޭނތިތާ އަބަދުއަބަދު އެޝަކުވާ މިކުރެވެނީ، މިއުޅެނީ ޓްރެފިކް ފުލުސްމީހާ މުސާރަ ނަގައިގެން ގޮސް ފިނިކޮޓަރީގަ އާއި ޖިޕް ދުއްވުމުގަ ހުރިހާ ވަގުތެއްހެން ދުއްވާލާތީ ނޫންތޯ!