10 އޯގަސްޓް 2025 - 00:07
ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުގެ ފުލުހުންގެ އަމުރަށް ތަބާނުވެ، އެންމެ ފަހުން ފުލުހުންގެ ސައިކަލްގައި ޖައްސައި ވައްޓާލައިފި އެވެ.
މި މައްސަލާގައި އެ ކާރު ދުއްވި ފިރިހެންމީހާ އާއި އަންހެންމީހާ ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ،
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން އެ އަށް އިޖާބަ ނުދީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ދުއްވި ކަމަށެވެ. އަދި އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލްގައި ކާރުން ޖައްސައި ވައްޓާލި ކަމަށް ބުންޏެވެ.
"ސައިކަލްގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާ ވެގެން ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އެ ކާރު ހުއްޓުވީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީރާ
10 August 2025
ކާރު ފަހަތުން ދުއްވަމުން ދިޔަ ސައިކަލެއްގައި ކާރުން ޖައްސާނީ ކިހިނެއް؟ ފަހަތުން އައި މީހާ ދޯ ޖައްސާނީ
ބައިރަހާ
10 August 2025
ސަރީރާ. ކާރަކީ ފަހަތަށްވެސް ދުއްވޭ އެއްޗެއްކަންވެސް ނޭނގެނީތަ؟
ލައިސަންސު
10 August 2025
މިކާރު ދުއްވި މީހާގެ ލައިސަންސު ހަމަ ކެންސަލް ކޮށްލަންވީ
އަންދަލޫސިޔާ
10 August 2025
ކޮބާތޯ ފޮޓޯ؟ ކޮބާތޯ ނަމާއި އެޑްރެސް؟ މި ކާރު ޓޯޔާޑަށް ގެންގޮސް ނައްތާލާ!
ލައިޓް
10 August 2025
ކީއްކުރާ ސްޕީޑް ކެމެރާއެއް ؟
ސަނީސައިޑްބޮންޑް
10 August 2025
ތިފަދަނުރައްކާތެރިކޮށް ދުއްވާ ވެހިކަލްތަށް ޓޯޔާޑަށްގެންގޮސް ފިއްތާލާ
މުލޭ
10 August 2025
ތިމީހުންނަކަށް ދެވޭނެ އަދަބެއް ގާނޫނަކުވެސް ގަވާއިދަކު ވެސް ލިޔެފައި ނެތް. އަދަބެއް ނުލިބޭނެކަން އެނގޭތީ އެމީހުން ބޭނުން ގޮތަކަށް ތެޅިބާލަނީ. އަދަބު ނުދެވޭނެކަމަކުގެ ހެއްކަކީ ތިމީހުންކީ ކޮންބައެއްކަން ހާމަލޮށްލަން ވެސް ނުކެރުން.
ކުނޫޒުގޯޅި
10 August 2025
ތިގޮތަށް މާފަންނު ކުނޫޒު ގޯޅިގަ ފުލުހުން ބައިތިއްބައިގެން ޑުރަގު ހުސް ކޮށްދީބަލަ ރައްޔިތުން ހަނާވަނީ
ޝައިހާނު
10 August 2025
ކޮބާހޭ ތިމީހާގެ ފޮޓޯ. ތިއީ ހަގީގަތުގައި ނުރައްކާތެރި މީހުންނަކީ. ތިމީހާގެ ފޮޓޯ އާންމު ކޮށްބަލަ. ކޮން ބިރެއް ގަންނާކަށް.
މިއައު
10 August 2025
މިވާނެތަ ޓެރަރިޒަމަށް؟ މީހަކު މަރަން އުޅުނު ކަމަށް؟ ގޭންގު ސޮރެއްތަ؟
ދުމްމ
10 August 2025
އެންމެ ކުޑަމިނުން ކާރު ދުއްވަން އިނީ ލައިސަންސް އޮތް މީހެއްތޯ ބުނެލިނަމަ ވެސް ކުޑައިކޮށް ވާނުވާ އެނގުނީސް...