ހުޅުމާލޭގައި އެޅި ސްޕީޑް ބްރޭކަރުތައް ނެގުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: އެޗްޑީސީ
23 ޑިސެމްބަރ 2025 - 14:43
ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރަން ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ބަމްޕަރުތައް އާއްމުންގެ ޝަކުވާތަކާ ހެދި ނެގުމުގެ ކުރިން އެކްސިޑެންޓުތައް މަދުވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓްތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ބަމްޕަރުތަކުގެ ސަބަބުން ދުއްވަން އުނދަގޫ ކަމަށާއި އޭގެ މައްޗަށް އެރުމުން އުނަގަނޑުގައި ރިއްސާކަމަށް ބުނެ ޝަކުވާ ކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އެއް ބަޔަކު އެދުނީ ހުޅުމާލޭގެ ބަމްޕަރުތައް ނަގައިދިނުމަށެވެ. އެހެންވެ، އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެ ބަމްޕަރުތައް ނަގައިފަ އެވެ.
މާލެ އޭރިއާގެ ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފަސީހު ވިދާޅުވީ އެ ފަދަ ބަމްޕަރު ތަކަކީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެއީ އަލަށް ބޭނުންކުރަން ފެށި ބަމްޕަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެ އެޅިފައި ހުރި ގޮތުން އާންމުކޮށް މީހުން ބޭނުންކުރާ ބަމްޕަރުތައް ހުންނަ ގޮތަކަށް ނޫން އެ ހުރީ. ބޮޑު މަގެއްގައި ބޭނުންކުރާ ގޮތަށް ހުރުމުން ކަންނޭނގެ އާންމުން އެ ޝަކުވާ ކުރީ. ނަމަވެސް ބަމްޕަރު ގޯހީކީ ނޫން. ދުއްވާ މީހުންގެ އަމަލުތައް ހުންނަ ގޮތުން، ސްޕީޑް މަޑުކުރަން ޖެހޭ ވަރަށް މަޑު ކުރުމާއި އެފަދަ ކަންކަން،" އޭނާ ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ ބަމްޕަރުތަކުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް ނަގަން ޖެހުނީ ރައްޔިތުންގެ ޝަކުވާއާ ހެދި ކަމަށެވެ.
މަގުމަތީގެ އެކްސިޑެންޓުތައް ގިނަވުމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރެފިކް އެންމެ ބޮޑު ހިސާބުތަކުގައި ރައުންޑްއެބައުޓު ބެހެއްޓުމާއި ބައެއް މަގުތައް އެއް ފަޅިން ދުއްވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕިންމޯޑް
25 December 2025
ބަންޕަރު ހަރުކުރަންވީހަމަ، ހަރުކުރި ބަންޕަރުތައް ކަމުނުދަނީ، ހީވަނީ ބަޔަކު ހަލާކުކުރަން އަޅާފަހުރި އެއްޗެއްހެން. އެއްޗަކަށް އެއްޗެއް ހަރުކުރިޔަކަސް ކަމަކު ނުދާނެ. އެއްވެސް މީހަކު ހިޔެއް ނުވޭ ބަންޕަރު ހަރުކޮށްގެން އެކަމާ ދެކޮޅަށް އުޅޭހެނެއް، ޝަކުވާއަކީ ހަރުކުރި ބަންޕަރުގެ ފުޅާމިން ކުޑަވުމުގެ ސަބަބުން ކުއްލިޔަކަށް މީހާ ނަގާ ޖަހާތީ، ދެން އޮތް އަނެއް އުނދަގުލަކީ ޒިބްރާކޮރޮސް އާދަޔާޙިލާފަށް ގިނަވުން މިވަރަށް ޒިބްރާކްރޮސް އޮތް ސިޓީއެއްނެތް ދުނިޔޭގަވެސް
ރިހިރޭ
25 December 2025
ރައީސްކައިރީގަ ބުނޭ އޭރުން އަނެއްކާ އަރުކުރާނެ. އެކަމަކު ވޯޓު ނިމުނީމަ. ދެން އަނެއްކާ ރިޔާސީ އިންތިޚާބަށް ނަގާނީ. ބަޔަކު ބުނާހާގޮތކަށް ކަންކުރަންވެއްޖެ ނަމަ ހުރިހާކަމެއް ދާނީ ބޮއްސުން ލައިގެން. ޖޫރިމަނާ މާފުކުރާށޭބުނީމާ މާފު، ގަރާޖެއް ނެތި މަގުމައްޗަށް ރަޖިސްޓްރީ ކުރަން ބުނީމާ އެކަންވެެއްޖެ. ނުވާ ހަމައެކަނި ކަމަކީ ކަންކަނ އިސްލާޙު. އެކަމެއް ނުވޭ އެއްވެސް ވެރިޔަކަށް، މައްސަލައަކީ ވެރިކަން ލިބުނީމާ ދެން ވެރިކަން ކުރަނީ ދެވަނަ ދައުރު ހޯދަން.
އިސްމާލި
24 December 2025
ޑިއަރ ޕޮލިސް: ބަމްޕަރުތައް ގޯހެއް ނޫނޭ. ބަމްޕަރުތއް އެޅި މީހުންގެ ބޯ ޅަކަމުން އެޅި ތަން ގޯހީ. އެހޮވަރުވަރަކަށް ދުއްވާ މަގެއް ގަ އަޅާ އެއްޗެއް ނޫން. އެއީ. އެއީ އެއްކޮށް ހުއްޓަންޖެހޭ ތަންތަނުގައ، މިސާލަކަށް މަގަކަށް ނުކުންނަ އިރު ނުވަތަ ޕާކިން އަކުން ނުކުންނަ އިރު ފަދަ ތަންތަނަށް ހުރި އެއްޗެއް. މަގަކަށް ބޭނުންވާނީ އެއްކޮށް ހުއްޓަން ނުޖެހޭ އެކަމު ސްޕީޑު ދައްކުރަން ޖެހޭ ކަހަލަ ބަމްޕަރު.
ހުޅުދަންތުރަ
24 December 2025
މަގުތަކުގައި ދަންތުރަތަކެއް ހަރުކޮށފީއްޔާ އެކްސިޑެންޓުތައް އެއްގޮތަކަށްވެސް ނުވާނެ. ދަންތުރައިގަ ޖެހި ދުއްވާމީހުން ފާނާވެ ހުސްވެދާނެ.
އަހުމަދުބިންސުލައިމާން
24 December 2025
އަޅުގަޑަކީ ބުރަކަށީގެ ބަދައެއްގައި މައްސަލަ ޖެހިފައި ހުރިމީހެއް، އެކަން ދަނަގެން ތިބަންޕަރ މަތިން ދިޔާމަ ގައިމު ބުރަކައްޓަކައް ތަދެއް ނުވޭ.
ދޮންބޭބޭ
24 December 2025
އަހަރެން މީ ސައިކަލުގަ އަބަދު އުޅޭ މީހެއް، އަދި މައިބަދަ މައްސަލަވެސް ހުރޭ، ނަމަވެސް ބަންޕަރުތައް އޭގެ ޒާތުގަ ރަނގަޅު، ވަރަށް ބޮޑަށް ކަފިހިހުރަސް ކުރިމަތިން އަދި ގޯޅިތައް ކައިރިން ސްޕީޑް މަޑުކޮށް މީހުން ހުރަސް ކުރަން ޖާގަދެވޭ، އެ ބަންޕަރުތަކުގެ ޑިޒައިނަށް ކުޑަކޮށް ބަދަލު ގެނައުން ރަނގަޅު. މިހާރު ގޯޅިއަކުން ނިރޮޅުމަގަށް ނިކުންނަން ބިރުގަނޭ. ދިވެހިންވީ މަޑުން ދުއްވަން ދަސްކުރަން އަދި ވެރިންވީ މީހަކު ބުނިހާ ގޮތަކަށް ކަންކަން ކުރުން ހުއްޓާލަން،
ފޫހި
24 December 2025
ބަމްޕަރު ޖަހަންޖެހޭ. ހުޅުމާލެ ފޭސް 1 ގެ މީހުންނަށް ތިޔަ ނިރޮޅުމަގާއި ރީތިގަސް މަގުން ހުރަސްކުރުމީ ބޮޑު ބިރުވެރިކަމެއް. ފޭސް ދެއަކަށް ދާ މީހުންނަށް ހީވަނީ ފޭސް އެކެއްވެސް އެއީ ހައިވޭއޭ. ހާދަ ބާރަށޭ ދުއްވަނީ. ދުވެލި މަޑެއް ނުކުރޭ. ދެން ބަމްބަރު ތައް ނަގަންޏާ ފޭސް 2 އަކަށް ދާން ހުޅުމާލެ މެރިންޑްރައިވުން އައު މަގެއް ހަދައިދީ. މީހުން ދިރިއުޅޭ ސަރަހައްދު އަމާން ވާންޖެހޭ.
އަލީ މައުސޫމް
24 December 2025
ބަންޕަރު ބެހެއްޓުމެއް ނޫން ގޯހީކީ. ކޮންމެވެސް ވަރަކަސް ފޭސް ތަކަކަށް ބަހާލައިގެން ތިކަން ކުރި ނަމަވެސް އާއްމު ޝަކުވާ މަދުވީސް. ހަރުކޮށްލާއިރު އެއްދުވަހެއްގަ އެއް މަގެއްގައި އެތައްބައިވަރެއް. ވެރިންނަށްވެސް ލާންވީ ތަންކޮޅެއް ބޮޑަށް ހޭލުންތެރި މީހުން. މިއުޅެނީ އަދަބެއް ދޭކަށް ނޫނެންނު.
އަބޫ
24 December 2025
ބަންޕަރުތައް ނެގުމަކީ ފަހަތަށްއެޅުނު ފިޔަވަޅެއް
ބަޑިތަކުރު
24 December 2025
ރަނގަޅުވާހަކައެއް. އެއަށްވުރެ ވެސްމަދުވާނެ ކައިވަތަކުން ކައިވަތަކުން އޭތި ހަރުކުރީމަ. އޭރަކުން ހަމަޔަގީނުންވެސް ބާރަކަށް ނުދުއްވޭނެތާ. އެކަމަކު އެއިން މީހުންގެ މައިބަދައަށް ކުރިއަސަރު އެއްވެސް ފަރާތަކުން ދިރާސާކޮށްލިނަމަ އެއީ ބަހައްޓަން ހެޔޮވާވަރުގެ އެއްޗެއްކަމަކަށް ނުވީސް. ގަވާއިދާ ޚިލާފަށް ޕާކްކުރާ ވެހިކަލަކަށްވުރެ ބޮޑެތި ގެއްލުންލިބެނީ އާދަޔާ ޚިލާފަށް ބާރަށްދުއްވާމީހުންގެ ކިބައިންވީމާ އެތަކެތި ވަގުތުން ޓޯކޮށްފައި މަހެއްހާ ދުވަހު ހިފަހައްޓާލަބަ