ހުޅުމާލެ 1 ގެ މަގެއްގެ ކަފިހުރަހަކުން މީހަކު ހިނގާފައި ދަނީ: ކަފިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ވަނީ އަނިޔާވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 ޖުލައި 2025 - 15:50
ހުޅުމާލޭގައި ކަފިހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ 1 ގެ ބަގީޗާ ހިނގުމުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓުވީ މިއަދު މެންދުރުފަހު 2:00 ގެ ފަހުން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 59 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސައިކަލު ދުއްވީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
އެ މީހާ ދުއްވި ސައިކަލު ޓޯކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާން
13 July 2025
ދާދިފަހުން ހުޅުމާލޭ ޕޭވްމަންޓްމަތިން ހިގާފަދިޔަ ޓޫރިސްޓެއްގެ ގަޔަށް ބަންގާޅު ފިރިހެނަކު ބައިސިކަލް ޖައްސާ އިތިފުށަށް އެމީހާ ވައްޓާލި. ހިގަންއޮންނަ ޕޭވްމަންޓްމަތިން ބައިސިކަލާއި ސައިކަލްދުއްވުމަކީ މިހާރު އާދައިގެކަމެއް. އެޗްޑީސީއަކީ ހުޅުމާލޭގައިދިރިއުޅޭ ރައްޔިތުންގެ އެއްވެސްކަމަކަށް އަޅާލާ އަދި ގުޅުންހުރިބައެކޭވެސް އެތާތިބި ބަޔަކު ހިތަށްވެސްއަރާހެނެއް ހީއެއްނުވޭ.
މހއމ
13 July 2025
ހުޅުމާލޭގަ އެކަންޔެއް ނޫން. މާލޭގެ މިހިރަ ހަނި ޕޭމަންޓް މަތިންވެސް ދުއްވާފަ ދޭ ބޮޑަތި ސައިކަލާ އެއްޗެހި. އަދި ހިނގާ މީހަކު ހުރިއްޔާ ހީވޭ އޭނަ ގައިގަ ޖައްސާފަ ދާން އުޅޭހެންވެސް.
100% ދިވެއްސެއް
13 July 2025
ހިނގާ މީހުންނަށް ކަފިހި ހުރަސް ބޭނުންކުރާ ގޮތް ކިޔާ ދޭން އެބަ ޖެހޭ. ޓީވީ ތަކުން މިކަމާ ގުޅޭ ހޭލުންތެރިކަމުގެ ކްލިޕްސް ތަކެއް ހަދާ އަބަދު އެބަ ދައްކަން ޖެހޭ. ސައިކަލުގަ އަންނަ މީހާއަށް ބާރަށް ދުއްވާފަ އަންނަ އިރު ކުއްލިޔަކަށް ކަފިހި ހުރަހަށް އަރާ މީހާ ނުފެނޭ، އަދި ފެއްނަލެއް ލަސްވެސްޖެ ނަމަ ސައިކަލު ކުއްލިޔަކަށް ހުއްޓުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނީ. އަދި ކަފިހި ހުރަސް ގެއްލޭގޮތަށް ޕާކުކޮށްފަ ހުންނަ އެއްޗެހީގެ ނިވަލުން ނުކުންނަ މީހުން ނުފެންނާނެ.
މހއމ
13 July 2025
ސައިކަލުގަ ބާރަށް ދުއްވާފަ އަންނަ މީހާއަށް ޓީވީ ތަކުން ހޭލުންތެރިކަމުގެ ކްލިޕްސް ތަކެއް ހަދާ އަބަދު އެބަ ދައްކަން ޖެހޭ.
އިސްމާލި
13 July 2025
ކަފިހި ހުރަހެކޭ ބުނީމަ ކިޔާ މީހުން އޮޓޮމެޓިކުން އެއީ ސައިކަލު ދުއްވި މީހާގެ މައްސަލައަކަށް ހަދާނެ. ހަގީ ގަތަކީ މަގު ހުރަސްކުރަން ވީމަ ދުނިޔެ ޖެހޭ ހުއްޓެން. ޓްރެފިކަށް ބަ؛ާލުމެއް ނެތި، ހުރަސްކުރަން ވީމަ ކުރަނީ. ދެން މި ބުނަނީ ތިމަންނަ ހުރީ ކަފިހުރަސް މަތިއްޔޭ. ޓްރެފިކް ޕޮލިހުން ވެސް ތިބެެގެން ކުރާ ކަމަކީ ހުރަސްކުރަން މީހަކު އެތަނަށް އަރާ އިރަށް، ވަގުތުން ޓްރެފިކް ހުއްޓުވާ. މިއީއެއް ނޫން ދޯ މީހުން މަގު ހުރަސް ކުރާ ގޮތަކީ.
ފަރަންޖީ
13 July 2025
އެއީ މީހުން އެހެން ގައުމުތަކުގައިވެސް މަގުހިރަސް ކުރާ ގޮތަކީ.. އެއީ ގަވާއިދަކީ. ތިއުޅެނީ ގަވާއިދު އޮޅިގެން. ކަފިހި ހުރަސް މައްޗަށް މީހަކު އެރީމައި ޓްރެފިކް ޖެހޭނީ ހުއްޓަން. އެހެން ނޫނީ ލައިޓް ޖހަރުކުރުން ފިޔަވައި މިކަމަކަށް ހައްލެއް ނޯންނާންނެ.
ަސަަސަަސ
13 July 2025
ޓެލެޕޯޓް ތަ ވާންވީ އެނެއް ފަރާތަށް؟؟
ބާވަންނަ
13 July 2025
ކަފިހުރަހެއްނޫން. ކަފިހިހުރަސް.
ކުއްލިއަކަށް
13 July 2025
ބައެއްފަހަރަށް ކުއްލިޔަކަށްވެސް ކަފިހި ހުރަހަށް ނުކުމޭ. ދުއްވާ މީހާއާއި ހިނގާމީހާވެސް ބަލއިގެން އުޅުނީމަ އެކްސިޑެންޓްތައް މަދުވާނީ
ސޮބީހާ
13 July 2025
ކަފިހިހުރަސް، ބަސް ސްޓޮޕް ލޮކޭޝަން ތައް ހަމަޖައްސާ ބޭފުޅުންނަށޤ ޥެދުން ސަލާމް، ފޭސް 1 އިން 2 އައް އަރަންއިންނަ ބުރިޖުން ފައިބައިގެން ވާތްފަރާތުން ފުރަތަމައިންނަ ބަސްޓޮޕްގައި ބަސްއޮންނައިރު ބަހުގެކުރިމަތިން ޖެހިގެން އޮންނަނީ ކަފިހިހުރަސް ،ދުއްވާފައި ދާއިރު ބަސްކުރިމަތިން ނުކުންނަ މީހާ ފެންނާނީ ކުއްލިއަކަށް، މީހަކަށް ބޮޑު އަނިޔާއެއް ނުވަނީސް މިކަންރަނގަޅުކުރުމަށް ދަންނަވަނ،ް،
ކޮކާ
13 July 2025
ކޮންމެ ހުރަހެމަތީ ބްރިޖެއަޅަންވީ
ހައްޖަ.
12 July 2025
މީ މިހާރު ބޮޑުވެއްޖެ ކަމެއް ހުރސް ކުރާއިރުވެސް އެއްޗިހި މަޑުނުކުރޭ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ މިއުޅންޖެހެނީ.މަގުމަތި ވަރަށް ނުރއްކާ.
ރޭސިސްޓް
12 July 2025
ބިދޭސީއެއްވީމަ ސައިކަލު ޓޯ ކުރި ވާހަކަ ފެނިއްޖެ. ތިނަދޫގައި ހިނގި އެކްސިޑެންޓްގަ އޮތީ ދުއްވި މީހާ އާ ސުވާލުކޮށްލައިފީމޭ
ލަތީފާ
12 July 2025
ދަރިން 16 ނޫނީ 17 ނުވަނީސް ލައިސެންސް ނެތި ދުއްވާއިރު “ދަރިފުޅު” ޅަކޮށްގެން ރަނގަޅު ނަސޭހަތެއް ދޭ މީހާއަށް ހިތުހުރި އެއްޗިހި ކިޔާ ދަރިންގެ މުސްތަގުބަލު ނަގާލާ ބެލެނެވެރިން ގިނަވީމަ މިކަހަލަ ކަންކަން ހިނގާނެ! ދެން ޕާޓޭ އަދި ގޭންގު ކުދީން ސިޔާސީ މީހުންގެ ހިމާޔަތުގައި މަގުމަތީގަ ފުލުހުންގެ ފުރިހަމަ ހިމާޔަތުގަ ގިނަވީމަވެސް މިކަހަލަކަންކަން ގިނަވާނެ!
އަބޫބެ
13 July 2025
ބަންގާޅިއަކު ދުއްވި ސައިކަލެއް އެއީ ކަލޭނޭ