މޯލްޑިވިއަން ގެ ފްލައިޓެއް: ބޮޑު އީދަށް މޯލްޑިވިއަންގެ އިތުރު 40 ފްލައިޓް -- ފޮޓޯ: މިހާރު
09 ޖުލައި 2022 - 15:00
މިއަހަރުގެ އަލްހާ އީދާ ދިމާކޮށް މޯލްޑިވިއަން އިން ގާތްގަނޑަކަށް 40 ފްލައިޓް އިތުރުކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އިއްޔެ ވިދާޅުވީ އީދު ބަންދާ ދިމާކޮށް ކުރިމަތިވި ޑިމާންޑާ އެއްގޮތަށް، ފްލައިޓް އިތުރުކޮށްފައިވާ ކަމަށެވެ. ފްލައިޓްތައް އިތުރުކުރި ގޮތުގެ ތަފުސީލު ވެސް އޭނާ އިއްޔެ ކުރި ޓްވީޓެއްގައި ވެ އެވެ،
@MaldivianAero operates Daily
— Aishath Jennifer ⚖️ (@JenniferAishath) July 8, 2022
7 flights to KDM &GKK
6 flights to KDO,IFU,NMF,HAQ
5 flights to GAN
2 flights to RUL /FVM
1 flight to HDK
To HRF 3 weekly , TMF 2 weekly
In addition to these we have operated about 40 additional flights .
Eid Mubaarik everyone 🙏🏽 https://t.co/b09GlJjZ6L
މޯލްޑިވިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް، އިތުރު ކުރި ފްލައިޓްތަކާ އެކު ޖުމްލަ 42000 ގާތްކުރާ އަދަދަކަށް ޕަސެންޖަރުން ދަތުރުކުރާނެ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި މާލެއިން ދަތުރުކުރާ ފްލައިޓް އިތުރުކޮށްފައި ވާނީ ފްލައިޓްތައް މަދުން ދަތުރުކުރާ އެއޕޯޓްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރުން ހޯރަފުއްޓަށް އިތުރު ހަތް ދަތުރު އަޅާފައިވާއިރު، އާންމުކޮށް ދުވާލަކު އެއް ދަތުރު ކުރާ ކުޅުދުއްފުއްޓަށް، އަށް ދަތުރު އިތުރު ކުރި ކަމަށް މުޝްއިލް ވިދާޅުވި އެވެ. އަދި ށ. ފުނަދު އަށް ފަސް ފްލައިޓް ވަނީ އިތުރުކޮށްފަ އެވެ.
"ދަރަވަންދު އަށް ވެސް އިތުރު ދެ ފްލައިޓެއް ދަތުރު ކުރި. އެއީ އާންމުކޮށް މޯލްޑިވިއަން އިން ދަތުރުކުރާ ތަނެއް ނޫން. އެކަމަކު އެ ރަށުގައި ރަސްްމީކޮށް އީދު ފާހަގަކުރާތީ ފްލައިޓްތައް ބޭއްވީ،" މުޝްއިލް ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުން ތިމަރަފުށްޓަށް އިތުރު ފަސް ފްލައިޓް އީދު ބަންދާ ދިމާކޮށް ވަނީ ބާއްވައިފަ އެެވެ. އަދި ފުވައްމުލަކަށް ތިން ފްލައިޓް އިތުރު ކުރި އެވެ. މޯލްޑިވިއަންގެ ބޮޑު ބޯޓު، އެއާބަސް ދަތުރު ކުރާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ދަތުރުތައް ވަނީ ގިނަކޮށްފަ އެވެ.
މުޝްއިލް ވިދާޅުވި ގޮތުގައި، ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލާ މި ހަފްތާގެ ދަތުރުތައް އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޝާމް އަލީ
11 July 2022
ދެވޭނެ ގޮތެއްވެސް ހަދަން ޖެހޭނެ ދޯ ؟ ފްލައިޓުން އިތުރުކޮއްދެންވެސް ޖެހެން ވާނެ ، ނުދެވިފަ މިހުރީ ޖާގަ ނުލިބިގެން ތިމަރަފުށިން.. އަދި ރާއްޖެގެ އެކި ރައްތަކު ކިހާމީހުން ތިބޭނެބާ؟؟
އަރުމީލު.
10 July 2022
ގަމަށް ބޮޑު ފުލައިޓް އޮޕަރޭޓް ކުރާނަމަ މިތަނުގައި ހުރި ކުދިފުލައިޓް ތައް ބޭނުން ކޮށްގެން ފަސޭހަކަމާއި އެކު ރާއްޖޭގެ ޑޮމެސްޓިކް ހުރިހާ އެއަރޕޯޓް ތަކަށް ގަނޑިއަށް ދަތުރު ކުރެވޭނެ. އެކަމަކު ކީއްކުރާނީ މިތަނުގައި ތިބި ރޯނު އެދުރުން ބޭނުންގޮތަކަށް ކަންކަން ކުރަނީ.