ރާއްޖެއިން ބަޔަކު ފުރަން އިމިގްރޭޝަން ކައުންޓަރު ކައިރީގައި: އަނބިމީހާއަށް އޮޅުވާލުމަށްފަހު ރާއްޖެއަށް ކުރި ދަތުރު ފޮރުވަން އުޅުނު މީހަކު އިންޑިއާއިން ވަނީ ހައްޔަރު ކޮށްފައި
11 ޖުލައި 2022 - 12:57
އިންޑިއާ މީހަކު އޭނާގެ އަނބިމީހާއަށް ވަގަށް ރާއްޖެއަށް ދަތުރުކުރިކަން ފޮރުވުމަށްޓަކައި ޕާސްޕޯޓްގެ ބައެއް ގަނޑުތައް ވީދާލުމުން އެ ގައުމުގެ އެއާޕޯޓުން އެ މީހާ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން 32 އަހަރުގެ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީ އެއާޕޯޓުން ހައްޔަރުކުރީ އޭނާގެ ޕާސްޕޯޓްގެ ބައެއް ގަނޑުތައް ނެތުމުންނެވެ. އެކަން އޭނާ ކުރީ އޭނާގެ އަނބިމީހާއަށް ވަގަށް ލޯބިވެރިޔާއާ އެކު ރާއްޖެއަށް ދަތުރުކުރިކަން ސިއްރު ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.
ނޫސްތަކުގައިވާ ގޮތުން ލޯބިވެރިޔާއާ އެކު އޭނާ ރާއްޖެ އައީ ވަޒީފާގެ ކަމެއްގައި އިންޑިއާގެ ތަނަކަށް ދަނީ ކަމަށް ބުނެ އަނބިމީހާއަށް ދޮގު ހެދުމަށްފަހު އެވެ.
އޭނާ ދިޔަފަހުން އޭނާގެ ފޯނު ނުގުޅޭތީ އަނބިމީހާއަށް ޝައްކުވެ، އަދި ވަޓްސްއެޕް މެދުވެރިކޮށް ގުޅަން ފެށުމުން އޭނާ ދަތުރުކޮށްލާފައި އެނބުރި އިންޑިއާއަށް ދިޔައީ ކަމަށް ވެސް އިމިގްރޭޝަންގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫސްތަކުގައިވެ އެވެ.
ޕާސްޕޯޓުން އޭނާ ވީދާލާފައި ހުރީ ރާއްޖޭގެ އިމިގްރޭޝަނުން ތަތްގަނޑު ޖަހާފައި ހުރި ގަނޑުތަކެވެ. ޕާސްޕޯޓަށް ގެއްލުން ދިނުމަކީ އިންޑިއާގައި ކުށަކަށް ވާތީ އެ މީހާ ވަގުތުން ހައްޔަރުކޮށް، މިހާރު ހުރީ ބަންދުގަ އެވެ. އޭނާގެ މައްޗަށް ކުރަނީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމުގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
14 July 2022
ކޮސް މީހެއް. ޕާސްޕޯޓު ގެއްލުނުނަމަ އެކަން އެ ނިމުނީނުން؟ އަލުން ޕާސްޕޯޓު ހައްދާކަށް މާ ގިނަދުވަހެއް ނުނަގާނެ ދޯ؟. ނޭގެ، އިންޑިޔާގަވީމަ ދިހަ އަހަރުވެސް ވެދާނެ. މިހާރު ޖަލުގަ އޭނަ އަނދަގޮޑިޖަހާފަ، އެންގަލަށް އަރުވާފަ ލަޓިން ނުތަޅާނެ ކަމެއްވެސް ނޭގެ.
މުރާދުބޭ
11 July 2022
ތިވާނީ އިމިގްރޭޝަންގައި އޭނަގެ އަންހެނުން އިނީމަ އޭނައަށް ނުދައކަން ގަނޑު ކަނޑާލީ ކަމަށް
ޛުގާނު
11 July 2022
މިވެސް ހަބަރެއްތަ
ޚުމާރު
11 July 2022
ލަންކާއަށް ދިޔަނަމަ ތިހެން ނުވީހެއްނު..
މޯދީގެ ބަފާގެ ބޭބެ
11 July 2022
ކަނޑުކޮހެއް ދޯ!!! އެއާޕޯޓުން ނިކުމެ ޓެކްސީއަށް އަރާފަ ޕާސްޕޯޓުން ގަނޑެއް ކަނޑާލިނަމަ ގައިމު ހައްޔަރެއް ނުކުރެވޭނެ.ބޯ ބޭނުންކޮށްބަލަ.
މާބޮޑައް ފިނިވީ
12 July 2022
ދިވެހިންހާ މޮޅެއްނޫން މަކަރު ހަދާކައް ދިވެހިން ޕޮރޯ ވާނެ ކަޓުޖެއްސުމުގަ އަންހެވެސް ފިރިހެންވެސް.
ކެނެޑީ
12 July 2022
ބުރޯ ކަނޑުކޮހީކީ ނޫން. މީހާ ހުރީ އަނބިމީހާދެކެ ބިރުންގޮސް ނަފްސާނީވެ ދުވާލާރޭގަނޑަކާ ވަކިނުވާހާހިސާބުގަ އެވަރުންވެސް ވަގުބިޓުން ގެންގުޅެންޖެޔޭވިއްޔާ އެވެސް އިންޓަނޭޝަނަލް ވަގުބިޓެއް ބައްދަލުވެވެނީ ބޯޑަރުހުރަސްކޮށްފަގޮސް :ޕ
ނޫސްކިޔާމީހެއް
11 July 2022
އިންކްރެޑިބްލާ ޔިންޑިޔާ.
ށަވިޔަނި
11 July 2022
ތިއީ ބޮޑު މޮޔައެއްނޫން. ޕާސްޕޯޓުގެ ގަނޑުތައް އިންޑިއާއަށް އެތެރެވެ ގެއަށް ދިއުމުގެ ކުރިން ވީދާލެވިދާނެއެވެ. އަދި ޕާސްޕޯޓް ފޮރުވާފަ އާޕާސްޕޯޓެއް ހެއްދިވެސް ދާނެއެވެ.
ސާބަހޭ ކަލޯ
11 July 2022
ށަވިޔަނި ވ ތަޖުރިބާހުރި ވައްތަރު ޖަހާއެބަ މިކަމުގެ.