13 ޖުލައި 2022 - 18:46
ހަކުރުބަލި ހުރިތޯ ބެލުމުގެ ޓެސްޓް ހެދުމުގެ ހާއްސަ ޕެކޭޖުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ،
ހުޅުމާލޭގައި ހިންގާ އެ ހޮސްޕިޓަލުން ބޭސިކް އަދި ކޮމްޕްރިހެންސިވް ޕެކޭޖެއް ތައާރަފު ކޮށްފައިވާއިރު، ބޭސިކް ޕެކޭޖުގައި ހިމެނެނީ އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކުމާއި ކެއުން ބައްޓަން ކުރަންވީ ގޮތް ކިޔައިދޭނެ ޑައިޓިޝަނަކަށް ދެއްކުމާއި ހަކުރުބަލި ހުންނަ މީހުން ހަދަން ޖެހޭ މުހިންމު ޓެސްޓުތަކެވެ.
ކޮމްޕްރިހެންސިވް ޕެކޭޖު ހާއްސަ ކޮށްފައި ވަނީ އާންމު ބަލިތަކާއި ލޮލުގެ ޑޮކްޓަރަކަށާއި ޑައިޓިޝަނަކަށް ދެއްކުމަށާއި ހަކުރުބަލި ހުންނަ މީހުން ހަދަން ޖެހޭ މުހިންމު ޓެސްޓުތަކުގެ އިތުރުން ރޭޑިއޮލޮޖީގެ ހިދުމަތްތަކުގެ ތެރެއިން އަލްޓްރާސައުންޑް އަދި އެކޯކާޑިއޮގްރަފީ ޓެސްޓު ހެދުމަށެވެ.
- ފުލް ބްލަޑް ކައުންޓް
- ފާސްޓިން ބްލަޑް ކައުންޓް
- ދެ ގަޑިއިރު ޕޯސްޓް-ޕްރަންޑިއަލް ބްލަޑް ޝުގާ
- އެޗްބީއޭ1.ސީ
- ލިޕިޑް ޕްރޮފައިލް
- ލިވާ ޕްރޮފައިލް
- ރީނަލް ޕްރޮފައިލް
- ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން
- އީސީޖީ
ހަކުރުބަލި ހުންނަ މީހުންނަށް ހާއްސަ އެ ޕެކޭޖުތައް ޑިޒައިން ކޮށްފައި ވަނީ ބަލި ހުރިތޯ ދެނެގަތުމަށާއި ބަލީގެ ނުރައްކާ ހުރި ވަރު ދެނެގަނެވޭ ގޮތަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ފަދަ ޕެކޭޖުތަކެއް ތައާރަފުކުރީ، ހަކުރުބަލި ރާއްޖޭގައި އާއްމުވެފައި ވުމާއެކު، އެއާ ގުޅިގެން ނުކުންނަ މައްސަލަތައް ކުރީކޮޅުގައި ދެނެގަތުމަށް އެހީތެރިވުމަށް ކަމަށެވެ. އަދި އުމުރުން 35 އަހަރުން މަތީގެ ކޮންމެ މީހަކީ ވެސް އެ ބައްޔަށް ޓެސްޓު ކުރަން ޖެހޭނެ މީހަކަށް ވާތީ، އެ ކަމަށް ލުޔެއް ހޯދައިދިނުމަކީ ވެސް ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކުރުމުގެ އެއް ބޭނުން ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.
އެ ޕެކޭޖުތަކާ ގުޅުން ހުރި އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޮޓްލައިން ނަމްބަރު 3351610 އިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންކީމޫނު
14 July 2022
ތިކައުންޓަރު ތަކުން ޙިދުމަތް ދިނުން އަވަސްކޮއްބަލަ ބޮލުގަ މާޖަހައިގެން ދެކޮޅަށް ޑަކެއްހެން ހިނގިޔަކަސް ނުވާނެ
ޕެކެޓުފުޑް
13 July 2022
ޕެކެޓް ކޮށްފަ ހުންނައެއްވެސް އެއްޗެއްނުކައި، ހަކުރުއަޅައިގެން އެއްވެސްއެއްޗެއް ނުބޮއެ، ބަތްކެއުން މަދުކޮށް އެއްމަސްދުވަސް ފަހުން ދޭބަލަ ޓެސްޓުހަދަން
ހެހޭ
14 July 2022
ތިބުނި އެއްވެސް އެއްޗެއް ނުކާތާ މަސް ކީއްކުރަން އަހަރުތަކެއްވެއްޖެ.
ހަބީކް
13 July 2022
ހަނދާންނެތި އެމީހުން އަގުތައް ނުބުނޭނު..ކީއްވެބާ؟
ފއރީ
14 July 2022
ފުރީ