ކްރައިމް ސީން ރިބަން: މިދިޔަ އަހަރު އިތުރުވީ ކުދި ކުށުގެ މައްސަލަތައް
01 ޖެނުއަރީ 2017 - 21:15
މިދިޔަ އަހަރު ހުށަހެޅުނު ސީރިއަސް ކުށްތަކުގެ އަދަދު މަދުވިޔަސް ކުދި ކުށްތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ސީރިއަސް ކުށުގެ މައްސަލަތައް ހުށަހެޅުނު މިންވަރު 2015 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު މަދެވެ. އެ ގޮތުން، ވައްކަމާއި މާރާމާރީ އާއި ޖިންސީ ގޯނާގެ މައްސަލަތަކާއި ހިޔާނާތާއި މުދަލަށް ގެއްލުން ދިނުމާއި ގެވެށި އަނިޔާގެ މައްސަލަތައް މަދުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެކަމަކު، ކުދި ކުށްތަކުގެ ގޮތުގައި ބަލާ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ ދެ ބާވަތުގެ އިތުރުން، ބައުންސް ޗެކުގެ މައްސަލަތަކާއި ވަގު ނޫޓާއި ސައްހަ ނޫން ލިޔުން އުފެއްދުމުގެ މައްސަލަތައް ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ޖުމްލަ އަދަދު ވެސް އޭގެ ކުރީ އަހަރަށް ވުރެ މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިފަތި 3 އަހަރު
02 January 2017
ސީރިއަސްގެ މާނަ ބުނެދީބަަލަ
އެސޮރު
02 January 2017
އެހެންވިޔާ ސީރިއަސްކުށް މަދުވެފައި ސީރިއަސް ނޫން ކުށްތާ ގިނައީ .
ފޮނިކަލޯ
02 January 2017
އިދުރީސް ބޭ ހަމަ ރަނގަޅު ވާހަކައެއް ތިޔަބުނީ.......! ހަމަ އާދައިގެ ސޮރަކަށް ތިޔަބުނާ ތާކުން ހަމަލާހިކެއްނޫ ކުރިއެރުމެއް ހޯދާކަށް ސޮރީ،ނުވަތަ ޤާނޫނު ކަޑައީ އެބޭ ފުޅުންނައް ވ.ސަލާމް
އިދުރީސް
02 January 2017
މާލޭ މަގުތަކުގަ މީހުންގެ އަތުން ފޯނުފޭރުން އިންތިހާއައް އިތުރުވެފަ ޕޮލިހައްދިޔައިމަ ފޯނުގެމައުލޫމާތުނަގަ އެކަމަކު ވަސީލަތްތަކާ ޓެކުނޮލޮޖީހުރެ އާންމުމީހަކުދިޔައިމަ އަޅައެއްނުލަ ފޭޜޭމީހުންނައް އިތުރު ހިތްވަރެއް!!!!!