ރިޕޯޓް / ޓެކްސީ ހިދުމަތް

ޓެކްސީ ހިދުމަތަށް ބޮޑު ބަދަލުތަކެއް، ޝަކުވާތަކެއް ވެސް އެބަހުރި

މާލެ އަށް ބޯކޮށް ވާރޭ ވެހި މަގުމަތީގައި ފެންބޮޑުވެފައިވާ ދުވަހެއްގައި މީހަކު ޓެކްސީއަކަށް އަރަނީ: ޓެކްސީގެ ހިދުމަތާ މެދު އާއްމުންގެ ޝަކުވާ ބޮޑު.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާލޭގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިއީ އިއްޔެ ނުވަތަ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެތައް އަހަރެއް ވީ ބޮޑު މައްސަލައެކެވެ. މި ކަމަށް އެދެވޭ ހައްލެއް ނުހޯދި ދިޔައީ ބޮޑުވަމުންނެވެ.

ޓެކްސީގެ ހިދުމަތަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެކި ގައުމުތަކުގައި މި ހިދުމަތް ދޭ އުސޫލްތައް ތަފާތު ނަމަވެސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް އެ ޚިދުމަތް ފޯރުކޮށްދޭން ޓެކްސީ އޮޕަރޭޓަރުންނަށް ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.

ވެރިރަށް މާލޭގައި ޓެކްސީ ކުރަނީ ސެންޓަރުތައް މެދުވެރިކޮށް ނަމަވެސް އެއީ ގިނަ ފަހަރު ނަމެއްގައި އޮންނަ ކަމެކެވެ. ޓެކްސީގެ ހުރިހާ ބާރެއް އޮންނަނީ ޑްރައިވަރުގެ އަތްމަތީގަ އެވެ. އެކާރު ދުވާލަކު ދަތުރުކުރާނެ މިންވަރެއް އެނގެނީ ވެސް ޑްރައިވަރަށެވެ. ޓެކްސީ ސެންޓަރަކަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. މިހެންވުމުން ޓެކްސީތައް ނުލިބިގެން އާއްމުން ކޮޅުކޮޅަށް ދުވާއިރު ވެސް ޑްރައިވަރުންނަށް އެއީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ.

އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގަވައިދުގެ ދަށުން ކޮންމެ ޓެކްސީއެއް މޮނިޓާކުރެވޭނެ އުސޫލްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ކޮންމެ ކާރެއް ވެސް އޮޕަރޭޓްކުރަން ޖެހޭނީ ކޮންމެވެސް ސެންޓަރެއްގެ ބެލުމުގެ ދަށުންނެވެ. އަދި ކޮންމެ ޓެކްސީ ކާރެއް ދުވާލަކު މަދުވެގެން 20 ދަތުރުކުރަން ޖެހެ އެވެ.

ޓެކްސީ ބޯޑު އަމިއްލަ ފަރާތްތަކަށް ވިއްކުން ނިމުމަކަށް

‎އެ އޮތޯރިޓީން ނެރުނު ގަވައިދުގައި ބުނެފައިވާ ގޮތުން އަލަށް ޓެކްސީކުރަން ބޭނުންވާ މީހަކު 50،000ރ. ގެ ޓެކްސީ ލައިސަންސް ފީއެއް ދެއްކުމުން ބޯޑު ދޫކުރާނެ އެވެ. އަދި މާލެ އާއި އެހެން ސަރަހައްދެއް ވެސް އެކަމުގައި ތަފާތެއް ނެތެވެ. އެކަމަކު ރަށްރަށުގައި އެ ހިދުމަތް ދޭ މީހުންގެ ޝަކުވާތަކެއް އެބަ ހުއްޓެވެ.

ފުވައްމުލަކުގެ ޓެކްސީ ޑްރައިވަރަކު ބުނީ 50،000ރ. އަށް ޓެކްސީ ބޯޑު ގަނެގެން އެ ހިދުމަތް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރަށްރަށުގައި އެ ހިދުމަތް ދޭ މީހުންނަށް އެއަށް ވުރެ ކުޑަ އަގެއްގައި ބޯޑު ލިބެން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.

"މިހާރު މި ގަވައިދު ހެދިއިރު މާލެއެކޭ އަތޮޅުތެރެއެކޭ ތަފާތެއް ނެތް. މާލޭގައި ޓެކްސީއަށް އޮންނަ ޑިމާންޑެއް އެހެން ރަށެއްގައި ނެތް. އަތޮޅުތަކުގައި މިކަން ކުރާ މީހުންނަށް މި އަގަކީ ވަރަށް ބޮޑު އަގެއް. މިހެން ހެދުމުން އަނެއްކާވެސް ބަޔަކު ގަވައިދާ ހިލާފުވާން ޖާގަ ދެވެނީ،" އެ ޑްރައިވަރު ބުންޏެވެ.

ޓެކްސީކުރަން ‎ލައިސަންސް ހޯދުމަށް ހުށަހަޅާއިރު، ރަޖިސްޓްރީ ވެފައިވާ ޓެކްސީ ސެންޓަރުގެ ލިޔުމަކާއި ވެހިކަލްގެ ރަޖިސްޓްރީގެ އަސްލާއި އަހަަރީ ފީ ދެއްކި ކަމުގެ ލިޔުމާއި އިންޝުއަ ކުރި ކަމުގެ ލިޔުން އަދި 100ރ. ގެ ރެވެނިއު ސްޓޭމްޕެއް ހުށަހަޅަން ޖެހެ އެވެ. ލައިސަންސް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ފަސް އަހަރު ފަހުން ލައިސަންސް އާކޮށްދެނީ 5،000ރ. ގެ ފީއެއް ނެގުމަށް ފަހު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ޓެކްސީކުރުމުގެ ގަވައިދު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް ޓެކްސީ ބޯޑުތައް ބޮޑު އަގުގައި ވިއްކުން ހުއްޓުވުމާއި ޓެކްސީ ކުރުން ލިމިޓެއް ނެތި ހުޅުވާލުމެވެ. އޭގެ ސަބަބުން ޓެކްސީ ނުލިބިގެން އާއްމުންނަށް ދިމާވާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިހާތަނަށް އަމަލުކުރަމުން އައި ގޮތުން ޓެކްސީ ބޯޑުތައް ކުރިން ހޯދި މީހުން އެކަން ކުރަން ބޭނުން ނުވުމުން ކޮންމެވެސް މީހަކަށް ބޮޑު އަގުގައި ވިއްކާލަނީ. އަދި އެ ގޮތަށް އޮތުމުން ޓެކްސީކުރަން ބޭނުންވާ ފަރާތްތަކަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވޭ. މިހާރު މި ގެނައި އިސްލާހުގެ ދަށުން ކުރީގެ ބޯޑު ވިއްކައެއް ނުލެވޭނެ އަދި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ މީހަކަށް މިއޮތީ އެ ފުރުސަތު ހުޅުވާލެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ ބޭނުމަކީ ކޮބާ؟

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ޓެކްސީ ހިދުމަތަށް ޗާޖުކުރަނީ މީޓަރު ބޭނުންކޮށްގެންނެވެ. އެގޮތުން ދަތުރު ފަށަން ވަކި މިންވަރެއް ޗާޖުކުރުމަށް ފަހު ދެން ޗާޖުކުރަނީ ދަތުރުކުރާ ދިގު މިނަށް ބަލައިގެންނެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިހާތަނަށް ކުރަނީ ކިތަންމެ ކުރަސް އަދި ދިގަސް ދަތުރެއް 25ރ. އަށެވެ.

‎އާ ގަވައިދުގައި ވަނީ، ޓެކްސީ ކުރާ އުޅަނދުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ކޮށްފައިވާ ޓެކްސީ ފެއާ އެނގޭނެ މީޓަރެއް ފަސިންޖަރުންނަށް ފެންނަ ގޮތަށް އެ އޮތޯރިޓީން ކަނޑައަޅާ ތަނެއްގައި ހަރުކޮށްފައި ހުންނަން ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކޮށްފައިވާ ކޭޝް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ވެސް ގާއިމުކޮށްފައި ހުންނަން ވާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.

‎ޓެކްސީތަކުން މީޓަރަށް ދަތުރުކުރާއިރު ނަގާނެ ފީ އަކީ ކޮބައި ކަމެއް އެ ގަވައިދުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މީޓަރަށް ދަތުރުކުރާއިރު، ޗާޖުކުރަނީ ކިލޯމީޓަރަކަށް ވަކި މިންވަރެކެވެ.

"މާލެއަކަށް މުހިންމެ ނޫން މީޓަރަކަށް ދަތުރުކުރާކަށް. އެއީ މާލޭގައި އެންމެ ދިގު ދަތުރެއް ކުރާއިރު ވެސް ތިން ކިލޯ މީޓަރެއް ހަމައެއްނުވާނެ. އެކަމަކު އައްޑޫ ކަހަލަ ތަންތަނަށް މިއީ ވަރަށް މުހިންމު ކަމެއް. މާލެ ހުޅުލެ ބްރިޖް އަންނައިރު މާލެ އިން ހުޅުމާލެއަށް މުހިންމުވާނެ މީޓަރަށް ދަތުރުކުރަން،" ޓެކްސީ ހިދުމަތް ދޭ ސެންޓަރަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

"ޓެކްސީތަކުން އަމިއްލަ އަގު ކަނޑައަޅައިފި ނަމަ އާއްމުންގެ ފަރާތުން ވަރަށް ބޮޑު ޝަކުވާ އަންނާނެ."

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މީޓަރަށް އަގު ނަގާ ނަމަ ފަށަން ހަމަޖެހިފައި ވަނީ ފުރަތަމަ ތިން ކިލޯ މީޓަރަށް 25ރ. ކަމަށް ބަލައިގެންނެވެ. އަދި އޭގެ ފަހުން ޗާޖުކުރާނީ ކިލޯ މީޓަރަކަށް ޖެހޭ މިންވަރަށް ބަލައިގެންނެވެ.

"މާލެ ތެރޭގައި އަޅުގަނޑުމެންނަށް ދަތުރުކުރެވޭނެ 25ރ.އަށް. އެކަމަކު ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް ދަތުރުކުރާ ކަމަށްވާ ނަމަ އަގު ބަދަލުވާން ޖެހޭނެ. އައްޑޫ ކަހަލަ ބިން ބޮޑު ތަންތަނުގައި ވެސް އޮންނަން ޖެހޭނީ އެ އުސޫލުން،" ޓެކްސީ ސެންޓަރުން ވާހަކަދެއްކި މީހާ ބުންޏެވެ.

ޓެކްސީ ހިދުމަތުގެ ގަވައިދަށް ގެނައި އިސްލާހުން އަންނާނެ ބަދަލެއް އަދި ނޭނގެ އެވެ. އެކަމަކު ޓެކްސީގެ ޚިދުމަތަށް ރަނގަޅު ގަވާއިދުތަކެއް ވެސް ބޭނުންވެ އެވެ. އެ ޚިދުމަތުގެ ފެންވަރު ވެސް ރަނގަޅުވާން ޖެހެ އެވެ.

48 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 6%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނާ

10 January 2017

ފެލުމުގެ ވައްތަރެއް!!

The name is already taken The name is available. Register?

އެމްސް

03 January 2017

ސަރުކާރުން މިހެން ހަދާ ޤަވާޢިދުތަކުން ގިނަފަހަރަށް ޚިދުމަތުގެ އަގު ވަނީ ބޮޑު!

The name is already taken The name is available. Register?

ނަސީރު

03 January 2017

އޯކޭ، ދެން ކޮންއިރަކުންތޯ ބޯޑު ދޫކުރަން ފަށަނީ ، އެއިރުން ނޫއްތޯ ކިތަންމެ އަގޮ ބޮޑަސް ބޯޑެއް ނަގަން ދެވެނީ. އަދި ، ދޫކުރާ ތަނެއްވެސް ބުނެލަ ދެއްވިއްޔާ ވަރައް ރަނގަޅު، ފަހަރުގަ ޓްރާންސް ޕޯޓް ނޫން ތަނަކުންވެސް ބޯޑު ދޫކުރާގޮތަކައްވެސް ހަމަ ޖެހިފަ އޮވެދާނެތާ އެހެންވެ ހަމަ އަހާލީ؟

The name is already taken The name is available. Register?

ނާމަގުއެދުރު

03 January 2017

ޓެކްސީ ތަކުގެ އިޝޫ އަކީ ވަރަށްބޮޑު އިޝޫ އެއް، ޓެކްސީ ޑްރައިވަރުން "ޑިސިޕްލިންގ"ކުރަންވެއްޖެ އުއްމީދުކުރަން މިސަރުކާރުން އެކަން ހަމަ މަގަށް އަޅުވާނެކަމަށް، ވަރަށްގިނަ ޓެކްސީ ތަކުގެ ފަހަތުހައި "ޑިކީ މަޑުން ލެއްޕުން އެދެން " މިހެން ޖަހާފައި އޮންނަތަން ފެނޭ ! ޓެކްސީ ޑްރައިވަރުންނަށް ބުނެލަން އޮތީ ޓެކްސީގެ " ޑިކީ "ހުޅުވާ ލެއްޕުމަކީ ޑްރައިވަރު ކުރަންޖެހޭ ކަމެކޭ،،ޓެކްސީ އަށް އަރާ ކަސްޓަމަރުންގެ "ލަގޭޖް" ނުވަތަ އެހެންވެސް ތަކެތި ޓެކްސީ އަށް އަރުވާ ބޭލުމަކީ ޑްރައިވަރު ކޮށްދޭންޖެހޭނެ ކަމެއް އެހުރިހާ ޙިދުމަތަކަށް ފައިސާ ދެނީ ، ވަރަށްގިނަފަހަރު ކުޑަކުދިން ގޮވައިގެން ފުރަންދާ އަންހެނުން އެއްއަތުން ދަރިފުޅު އުރައިގެން އަނެއްއަތުން ޓެކްސީގެ ޑިކީ ނުހުޅުވިގެން ނުވަތަ ފޮށި ނޭރުވިގެން އުޅޭއިރުވެސް ޑްރައިވަރުން ފޯނުގައި ތިބޭ މަންޒަރު ފެނޭ ، ދުނިޔޭގެ އެހެންތަންތަނުގައި ކަސްޓަމަރުންގެ ތަކެތި ޓެކްސީ އަށް އަރުވައި ބޭލުމަކީ ޑްރައިވަރު ކޮށްދޭ ކަމެއް ނަމަވެސް މާލޭގައި މިކަން އޮތީ ދިމާ އިދިކޮޅަށް މީ ސަރުކާރުން އެކުލަވާލާ އައު ގަވާޢިދުގައި ފާހަގަކުރުން މުހިއްމު ކަންކަން..

The name is already taken The name is available. Register?

އަބްރަހާ

04 January 2017

ވަރަށް ފުރިހަމަ ކޮމެންޓް އެއް މާލޭގެ ޓެކްސީ ޑްރައިވަރުން ސައިޒް ކުރަންޖެހިފައި މިވަނީ " ގަޓް ހުރި " މިސަރުކާރުން އެކަން ހަމައަކަށް އަޅުވާނެކަމަށް މިތިބީ

The name is already taken The name is available. Register?

އަލީ

03 January 2017

ވަރައް ދެރަވޭ މިއޮތް މާތް ދީނުގެ އަހުލު ވެރިން ގެ އަހްލާގް، އެންމެ ޖާހިލް ކަމައް ބުނާ ހުޅަނގު ގެ ގައުމަކައް ވުރެ. މިހާރު ހިތައް އަރާ، އަހަރުމެންނައް އޮޅުވާލާފަ ބާވެޔޭ މިއޮތީ!!

The name is already taken The name is available. Register?

ޑދ

03 January 2017

ސައިކަލުގައި ތިންމީހުންނާ އެކުވެސް ދުއްވޭގޮތް ހަދަންވީ އޭރުން ވެސް ބޮޑުހައްލެއްލިބޭނެ.

The name is already taken The name is available. Register?

އިބްރާހިމް ޢަލީ

02 January 2017

އެ އޮތޯރިޓީން ނެރުނު ގަވައިދުގައި ބުނެފައިވާ ގޮތުން އަލަށް ޓެކްސީކުރަން ބޭނުންވާ މީހަކު 50،000ރ. ގެ ޓެކްސީ ލައިސަންސް ފީއެއް ދެއްކުމުން ބޯޑު ދޫކުރާނެ އެވެ. ( ސުވާލަކީ މި ފީދެއްކުމުން ޓެކްސީ ބޯޑު އަމިއްލަވޭތޯ؟ ނޫނީ އަނެއްކަ 5 އަހަރު ފަހުން ޓެކްސީ ބޯޑު ގަންތޯ ޖެހެނީ. ނޫނީ ޓެކްސީ ދުއްވާ މީހާގެ ޓެކްސީ ލައިސެންސް ތޯ 5 އަހަރު ފަހުން އާކުރަން ޖެހެނީ.

The name is already taken The name is available. Register?

ޗިކުސް

02 January 2017

ތި ހަދާ ގާނޫނު ގިނަފަހަރަށް އޮންނާނީ އަތަށް ގޮވާފަ. ރައްޔިތުންގެ ޖީބަށް ބަރުވާނީ ޑުރައިވަރުން ނަށް ހުރިހާ މޮޅެއް. ވ. ސަލާމް.

The name is already taken The name is available. Register?

އަލީ

02 January 2017

އޫބަރ ތައަރަފް ކުރަންވީ ރާއްޖޭގައި

The name is already taken The name is available. Register?

ހަިަސަން

02 January 2017

އޯކޭ މަގުތަށް ބާރުބޯދުވެ ކޭޝްކާދުން ލާރި ނުކެނޑި ޏެޓޮ ވޯރކު ނުލިބިގެން ޑޮރަިވަރާއި ކަސް ޓަމާަރާއި ދެމީހުން މަގު ބަންދު ކޮށްގެން ތިބެ ޕޮލިސް އަންނަންދެން އެއިރުން ކަސްޓަމަރު ޟީހާ އޮފީހަށް ގަޑި ޖެހިފ. މިހާރުވެސް ލާރި ކޮޅުގެ ބާކީދޭންވެސް މަދެއްނުކުރެވޭނެ ބަރުގޮނު އަޅާވަރުން ކާދު މެށިން ބަހަށްޓައިގެނެއް ތިކަމެއް ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454