ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަނެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ޓެކްސީ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާންކޮށްފި އެވެ.


ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ޓެކްސީ ޚިދުމަތް ދިނުމަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރުކުރާނެ ބަޔަކު ބޭނުންވާނެ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 އަދި 30 ވަނަ ދުވަހު އެ އޮތޯރިޓީން މައުލޫމާތު ސާފު ކުރުމަށް ފަހު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ.

ޓެކްސީ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، ސަރުކާރުން ކުރިން އޮތީ ޓެކްސީގެ ޚިދުމަތަށް އަގު ކަނޑައެޅުމަށް މީޓަރުގެ ގޮތުގައި އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށާނެ ކަން އިއުލާންކޮށްފަ އެވެ.

އެ އެޕްލިކޭޝަނާ އެކު، ދަތުރުގެ ދިގުމިނަށް ބަލައި މީޓަރުގެ އަގުތައް ހުންނާނީ އާންމުންނާއި ޑްރައިވަރުންނަށް ވެސް އެކަށީގެންވާ އަދަދެއްގައި ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.