ފިހާރައަކުން މީހަކު ސިނގިރޭޓް ގަންނަނީ: ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފިހާރަތަކާއި ކެފޭތައް އަހުލުވެރިކުރަން އިންސްޕެކްޝަނެއް އެޗްޕީއޭ އިން ވަނީ ފަށާފައި. މިހާރު ފައިލް ފޮޓޯ
19 ޖުލައި 2022 - 10:59
ކެފޭތަކާއި ފިހާރަތައް ހިންގާ ފަރާތްތައް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އަހުލުވެރިކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މިއަދު ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގައި ކެފޭތަކާއި ފިހާރަތައް ހިންގާ މީހުން ދުންފަތުގެ ގާނޫނަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ އެ އިންސްޕެކްޝަނުގައި ކަމާ ގުޅޭ ދައުލަތުގެ އެހެން އިދާރާތައް ވެސް ބައިވެރިވާނެ ކަމަށެވެ.
އެ އިންސްޕެކްޝަނުގެ ބޭނުމަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ދެނެގަނެ، އެކަމުގެ މައުލޫމާތުދީ އިސްލާހުކުރުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް، ކެފޭ ތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް މިއަދު (19 ޖުލައި 2022) އިން ފެށިގެން ކުރިއަށް ގެންދެވޭނެ.
— Health Protection Agency (@HPA_MV) July 19, 2022
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނެއް ވުޖޫދުވިތާ 12 އަހަރުވިޔަސް އެކަށީގެންވާ ގޮތެއްގައި ގާނޫނު ތަންފީޒުކުރަމުން ނުދެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ވަނީ ދުންފަތުގެ އިންތިއުމާލުކުރުން މަނާ ތަންތަން ކަނޑައަޅައި ޖޫރިމަނާއެއް ވެސް ކަނޑައަޅައިފަ އެވެ. ކެފޭ/ރެސްޓޯރެންޓާއި އާއްމު ތަންތަނުގައި އެއްވެސް ހަމައެއްލަމައެއް ނެތި ދުންފަތުގެ އިސްތިއުމާލުކުރަމުން ދަނީ އިންޒާރުގެ ބޯޑުތައް ހަރުކޮށްފައި ހުއްޓަ އެވެެ. އެކަމަކު ގާނޫނު ތަންފީޒު ނުކުރެވޭތީ ގާނޫނަށް ބެލުމެއް ނެތި ދުންފަތުގެ އިސްތިއުމާލުކުރުން އާންމެވެ.
އެ ގަވާއިދުގައި ހިމެނޭ އަނެއް ކަމަކީ ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފައި އޮތް އޮތުމެވެ. އެ ގަވާއިދަށް 2019 އިން ފެށިގެން އަމަލުކުރަން ފެށިތާ ކައިރީގައި ވަކިވަކި ސިނގިރޭޓް ވިއްކުމަށް ފިހާރަތަކުން ދެކޮޅު ހެދިޔަސް މިހާރު ސިނގިރޭޓް ވިއްކަނީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެވެ.
ކެފޭ/ ރެސްޓޯރަންޓްތަކުގައި ވެސް ބަންދުކޮށްފައި އޮންނަ ތަންތަނުގައި ވެސް ސީޝާ ބުއިން އާންމު ކަމަށް ބަދަލުވެފައިވާއިރު ގާނޫނުގައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުއްދަ ދެވޭނީ އޭސީ ނެތް ހާމައަށް އޮންނަ ތަންތަނުގަ އެވެ. އެކަމަކު ގާނޫނީ ފިޔަވަޅު ނޭޅި އެ މައްސަލަ އޮތީ ބޮއްސުންލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާވޭ
20 July 2022
ސާވޭ ނުހެދިޔަސް އެނގޭނޭ މާލޭގަ ސިނގިރޭޓް ނުބޯ ކެފޭ އެއް ހޮޓަލެއް ނުހުންނާނެ. ހުރިހާތާކުވެސް ނޯ ސްމޯކިން ބޯޑު ހުރޭ
އަންދާ ގާނޫނު
20 July 2022
އިންސްޕެކްޓް ކޮށްފަ ތިހިރަ ބަންގާޅީން ހިންގާ ފިހާރަތަކުގަ ފުލުހުން ބޮޑުތަޅު އަޅުވަބަލަ. ފިހާރަތަކުގެ ވަތްތަގނޑުގައި ސިނގިރޭޓްފޮށްޓެއް ނެތް ފިހާރައެއް މަދުވާނެ. ހަމަ މީހުންގެ ލޯ ކުރިމަތީގަ މިހާރު ވަކިން ސިގިރެޓް ވިއްކަނީ. ކެފޭތަކުގަވެސް ވިއްކާ. ކުރެވޭ އެއްކަމެއް ނެތް. ވިލިނގިލި ފެރީ ޓަރމިނަލް، އޭޑީކޭ ބޭރު ފާރުކައިރި، މިތަނމްތާގަ ޖަހާފަ ހުންނަ ބޯޑަށް ދުންއަރުވަމުން ސިގިރެޓް ބޯން އެތަންތާ މީހުން އެ ތިބެނީ. ފުލުހަކަށް ހަމަ ނުފެނނާނެތަ އެކަން ކުރާތީ.
އެންޓިރޭޝަލްހޭޓް
26 July 2022
އެއްކަލަ. ނަސްލީ އިމްތިޔާޒު. ދިވެހިން ނުކުރާ ކަމެއްގެ ވާހަކަދޯ.
ދުންފަތް
20 July 2022
ދުންފަތުގެ ގާނޫނެއް ގަވާއިދެއް ނޭގޭ. ހުޅުމާލޭގެ ހުރިހާ ހިސާބެއްގައި ޕޭމަންޓް މަތީގައްޔާއި ޕޭމަންޓާ ޖެހިގެން ގޮނޑި މޭޒު ޖަހައިގެން ހުއްޓާނުލާ ސިގިރޭޓް ބޯއިރު ޕޭމަންޓް ބޭނުންކުރާ މީހުންގެ ހައްގެއް އޮތް ކަމަކަށް ނުވޭ. މިކަން ކަން ބަލަން ތިބޭ މީހުންގެ ލޯތަކާއި ކަންފަތްތަކަށް ވެފައި ހުންނަނީ ކިހިނެއްކަމެއް ބުނާކަށް ނުކެރޭނެ.
ތަންފީޒެއްނުކުރޭ
20 July 2022
ހުޅުމާލޭގައި ހީއެއްނުވޭ ފުލުހުން ތިބޭހެނެއް. ދުންފަތުގެ އެކިއެކި އެއްޗެހި ވިއްކުމާ ބޭނުންކުރުން އެއްވެސް ބެލުމެއްނެތި ހިތައް އެރިތާކު ހިތައް އެރިގޮތަކަށް. ކެފޭ އަކަށް ހޮޓަލަކަށް ވަނުމަކީ ސިނގިރޭޓު ގެ ނުވަތަ ވޭޕްގެ ނުވަތަ ޝީޝާ ގެ ދުމުން މީހާ ކޮށި އަރުވާލާނެކަމެއް. ޤާނޫނުގައި އޮންނަ ޙައްޤުތައް އަމިއްލައަށް ހޯދަން މިޖެހެނީ
ޢަބްދުލްސް
20 July 2022
ބަލަން ފަށާނެކަން އަދި ބޮޑަށް އިއުލާން ކުރަން ފެނޭ! އޭރުންތާ ގަވާއިދާ ހިލާފަށް އެކަން ކުރާ ފަރާތްތަކަށް އެކަން ނުކުރަން ފުރުސަތު ލިބޭނީ. އިންސްޕެކްޓްކުރުން ހުއްޓާލާއިރަށް ގަވާއިދުން ބޭރުވާނެ..
އިސްދޫލޯމާފާނު
20 July 2022
ދުންފަތް ކޮންޓްރޯލް ކުރަނީ ކިއްކުރަން ހެއްޔެވެ؟ ދުންފަތުން ދައުލަތަށް އެވަރު ބޮޑު އާމްދަނީއެއް ވަންނައިރު އެއީ ކުރުން ހެޔޮވާވަރު ކަމެއް ނޫނެވެ؟ ހެޔޮ ނިޔަތެއްގަ ތިކަން ކުރަންއުޅޭނަމަ ދުންފަތުގެ ބާވަތްތައް އެތެރެކުރުން މަނާ ނުކުރަނީ ކީއްވެ ހެއްޔެވެ؟ ނަގާ ޑިއުޓީ ބޮޑުކުރުމުން ދުންފަތުގެ އިސްތިއުމާލްކުރުން މަދުވި ހެއްޔެވެ؟ މިހާރު ތިއުޅެނީ ތަންތަން ޖޫރިމަނާކޮށްގެން އަދިވެސް އިތުރަށް ލާރި ހޯދަންހެއްޔެވެ؟ މީ ހައްތަހާވެސް އުފެދޭ ސުވާލު.
ސާދާސީދާ
20 July 2022
ހުރިހާ ފުލުހުންނާ ހޯމް މިނިސްޓަރު ލޮލުގެ ސްކްރީނިންގ ހަދަންވީ. ހުރިހާ މެޑިކަލް ކަންތައް އަނބިދަރިންނަށާ މައިންބަފައިންނަށް ހިލޭ ލިބޭ ނޫންތޯ!
ތިމާވެށި
20 July 2022
ކެފޭ ކަހަލަ ތަންތަނުގަ ސިނގިރެޓް ބޯ ނަމަ ޖޫރިމަނާ ކުރަނީ 500 ރުފިޔާ އިންނެވެ. ފުލުހުންނަށް ގުޅައިގެން ފުލުހުން އަންނަ އިރު އޮންނަނީ ސިނގިރެޓް ބޮއި ނިމިފަ އެވެ. ސިނގިރޭޓް ގަވާއިދާ ހިލާފައް ބޯނަމަ އަދަބު ނޮޑު ކުރަން ވީ އެވެ. ބިދޭސީ ދެތިން ދުވަހު ބަންދުގަ ބަހައްޓަން ވީ އެވެ.
މިއަދު
20 July 2022
ޖޫރިމަނާކޮށްގެން ފައިސާކޮޅެއް ހޯދާލަން މަސައްކަތްފެށީ
ޖޫރިމަނާނުކުރެއޭ
20 July 2022
ޖޫރިމަނާ ކުރާ ވާހަކައެއް ނުބުނޭ. ޤާނޫނާ ޤަވާޢިދަށް އަހުލުވެރިކުރުވާ ވާހަކަ އޮތީ ޓްވީޓްކޮށްފަ. މަޢުލޫމާތު ލިބޭގޮތުގަ އެއްވެސް ތަނެއް މިފަހަރު ޖޫރިމަނާ ނުކުރޭ. ހަމައެކަނި ކަންކަން ކުރަންވާގޮތް އޮޅުންފިލުވަދެނީ. ޤާނޫނާ ޤަވާޢިދާ އެއްގޮތަށް އުޅުނީމަ ޖޫރިމަނާ ކުރަން ނުޖެހޭ. ޚިލާފުވީމަ ޖޫރިމަނާ ކުރަންޖެހޭނެ. އެހެންނޫނީ މިއީ އެބަޔަކު ބޭނުން ކޮންމެގޮތަކަށް އުޅެވޭ ޤައުމަކަށްވާނީ
އަހުމިއްޓޭ
20 July 2022
ޓީބަރގަ ފުލުހުން ތިބެގެން ސިގިރޭޓުބޮނީ. ކައިރިން ހިނގާފަދާ އާއްމު މީހުންނާއި ކުޑަކުދިންގެ މޫނަށް ހުރިހާދުމެއް. ތަނުގެވެރިން ތިބެނީ ގަނެވިފަ. ކަމެއް ރަނގަޅުކުރަން އުޅޭބައެއް ނޫން.
އަހައްމަދޫ
20 July 2022
ކޮންކަމެއް ބޮއްސުން ނުލަނީ. ގާނޫނު ހަދާ މީހުނަށް ގާނޫނު ހެދުނީމާ ނިމުނީ. ތަންފީޒުކުރެވޭތޯ ބެލުމެއްނެތް. ތަންފީޒުކުރަންތިބި މީހުނވެސް އެއް ހާލެއްގައި. އެންމެން ފިނިކޮޓަރީގައި ޖަލްސާ ބާއްވައިފައި ކޮފީބޯން
ޤާނޫނަށްބޯލަނބާ
20 July 2022
ރާއްޖޭގަ އބަދުވެސް މިއޮންނަ ވިސްނުމަކީ ޤާނޫނާ ޤަވާޢިދު ތަންފީޒުކުރަން ބަޔަކު ޖޫރިމަނާ ސްލިޕް ހިފައިގެން ނުވަތަ މުގުރުބުރި ހިފައިގެން އަހަރެމެންފަހާ ދުވަންޖެހޭނޭ. އަހަރެމެންނަކީ ސަލާމތަްބުއްދީގަ ތިބި ބައެއް. އެހެންވީމާ، ބަޔަކު އައިސް ތަންފީޒު ނުކުރިއަސް، ޤަވާޢިދާ އެއްގޮތަށް އުޅެންވީނުން. މިތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނައޭ ލިޔެފަ އޮތީމަ، އެވަރުން އިނގެންވާނެ އެކަން އެތާ ނުކުރަން. ވަކވަކިން ސިނގިރޭޓް ނުވިއްކާށޭ ބުނީމަ ނުވިއްކަންވީނުން