މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަންނަވަނީ--
19 ޖުލައި 2022 - 15:08
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދިފައި ވަނީ ބޮޑެތި މަގުތަކުގައި ޕާކުނުކުރެވޭނެ ގޮތް ހަދައިދޭން ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިމަހުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން މަސައްކަތްކުރަމުން އަންނައިރު އެކަމަށް ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން އެދިފައި ވަނީ މާލޭގެ ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭ ގޮތް ހަދައިދިނުމަށް ކަމަށެވެ. އެކަމަކު ޕާކިންގެ މައްސަލަ މިހާ ބޮޑުވެފައިވަނިކޮށް ޕާކުކުރާނެ ޖާގަ ނުދައްކާ ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭނެ ގޮތް ހަދައިފި ނަމަ، އެކަމާ ގުޅިގެން އާންމުންގެ ނުރުހުން ކައުންސިލަށް އަމާޒުވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެހެންވިޔަސް، ކައުންސިލުން މަސައްކަތްކުރަނީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށާއި އެކަމާ ގުޅިގެން ކުރެވިދާނެ ކަންކަން ހޯދަމުން އަންނަ ކަމަށް ކައުންސިލުން ބުނެ އެވެ.
"އަޅުގަނޑުމެން ވާނީ ޕާކިން މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ވެސް މަޝްވަރާކޮށްފައި. ޕާކިން މައްސަލަ މާލޭގައި މިހާ ބޮޑުއިރު ބޮޑެތި މަގުތަކެއްގައި ޕާކުނުކުރެވޭ ގޮތް ހަދައިފި ނަމަ ރައްޔިތުންނަށް ވަރަށް އުނދަގޫވާނެ. އެހެންވެ ކުރެވިދާނެ ކަންކަން ހޯދުމުގެ މަސައްކަތް އެބަ ކުރަން،" ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރު ފަޅިން ވާން ޖެހޭ ތައްޔާރީތައް މުޅިންހެން ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވެ އެވެ. ރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭތީ އޭގެ އެންމެ މުހިއްމު އެއް މަސައްކަތް ހުއްޓިފައި އޮތް ކަމަށެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް މާލެ ގެނައި އިރު ވެސް ބަސް ހުއްޓާނެ ތަންތަން ކައުންސިލަށް ދެއްކިފައި ނުވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އޭނާ ނުރުހުން ފާޅުކުރެއްވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ބަސްތައް މާލޭގައި ބަހައްޓާނެ ތަންތަން ކަނޑައަޅައި ނިންމައި، ޑްރައިވަރުން ތަމްރީނުކޮށް ވެސް ނިންމައިފި އެވެ. އަދި މަރާމާތުކުރާނެ ގޮތްތައް ވެސް އޮތީ ރާވައިފަ އެވެ.
އެ ހުރިހާ ތައްޔާރީތައްވެ ބަސް ބަސް ދަތުރުތައް ފެށުމާ ބެހޭ ގޮތުން އެމްޓީސީސީން ސިޓީ ކައުންސިލަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިމަހުގެ 17 ގައި ސަރުކާރުން މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭއްވި ގިނަ މަޝްވަރާތަކެއްގައި ވެސް ކައުންސިލުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓަކީ ކައުންސިލުން ވެސް ވަރަށް ތާއީދުކުރާ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރު ކުންފުންޏަކުން ކުރިޔަސް އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި އެ ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގާއި އޯކިޑް މަގުގައި އެއްގޮތަކަށް ވެސް ޕާކުނުކުރެވޭނެ ގޮތަށް ހަދައިދޭން އެދިފަ އެވެ.
އެ ދުވަހު ވެސް އޭނާ ވިދާޅުވީ ޕާކުކުރާނެ ޖާގަ ނުދައްކާ ޕާކިން ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފަ އެވެ. މާލޭގައި ހިދުމަތް ދޭން ބޭނުންކުރާނީ 20-22 ސީޓް ހުންނަ 12 ބަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާކިން
20 July 2022
މީުންގެ އަކިއްލަ ވެހިކަލް ޕާކް ކުރާނެ ގަރާއްޖ ވާހަކަ އެއް ނޫން. މީޔުން މަގަށް ޓެކްސް ދައކަންޔަމީހހން އަށް މަގުގައި ދުއްވާ އެ ހިދުމަތެއް ހޯދަން ދާ ހިސާބުގައި ޕާކް ކުރެވެނެ ޖާގަ ހުއްނަންބޖެހޭ. ޢެއީ ސައިކަލ ވިއަސް ބައިސްކަލް ވިއަސް އަދި އެހެން އެއްޗެްވިއަސް ޕާކކން އޭ ބުނާ އިރަށް ގަރައޛެ ކިޔާފަ ހަލޭއް ލެބިއަސް ކަމަކުނެދޭ
މިނީ ބަސް
20 July 2022
ޕާރކިންގ ބިލްޑިންގ އަޅާނެ ތަންތަން ފެންނާނެ ގޮސް ބެލީމަ.. ހެންވޭރު ހީނާމާގެ ޕާރކިން... ގަލޮޅުން ބޭނުން ނުކޮތް އޮތް ސިޓީ ޕާރކު... ބިންމާ މަގުން ނުކުމެ މަޖީދީމަގު ކަންމަތީ ހަދާފަ ތިއޮށް ތަރުކާރީ މާރުކޭޓު... މާފަންނުން ބޮނޑިބަތް ޕާރކު.. މިހެން އެބަހުރި ބައިވަރު ތަންތަން.. އެތަން ތަނުގަ ޕާރކިން ބިލްޑިންގ އަޅާ ބަލަ.. އެވަރު ސިކުނޑިއެއް ނެތް ގަމާރުން މި ތިބެނީ ކަންކަން ކުރަން ލާފަ.. ދެން ވީ ބަންޑާރަ މަގުން ވަކި މީހަކަށް ފައިދާ ވާނެހެން ލޮޓު ވިއްކަން...
ޑްރައިވަރ
20 July 2022
މަޖީދީމަގު ތަރުކާރީ މާރުކޭޓަކީ މީހެއްގެ އަމިއްލަ ބިމެއް. އެތާގަ ސަރުކާރަށް ޕާކިން ބިލްޑިން ހެދޭނެތަ؟ ގަމާރުން ތިބެނީ ކަންކަން ކުރަން ލާފަ އެކަނިއެއް ނޫން ދޯ އެހެންވީމަ.
ފައުޒާން
20 July 2022
ހުރިހާ މަގެއްގަ ރޮނގުދަމާފަ ލާރިއަށް މަގުތަށް ވިއްކާލައިގެން ދައްކާ ވާހަކަ ތާހިރެއް ނުން!؟
ކަކުނިބޯ
20 July 2022
މަގު ހުސްކޮށްފަ ޓެކްސީކުރަން މަގުދީފިއްޔާ ޓެކްސީގެދަތރުތަށްވެސް އަވަސްވާނެ، ޓެކްސީވެސް ލިބޭނެ، ޓެކްސީދުއްވަންފަސޭހަވެ މަރާމާތު ތަންކޮޅެއް ކުޑަވާނެ މިނީބަސްދުއްވާތީވެ ޕާކްކުރަންތަން ނުދައްކާ މިނީބަހޭ ކިޔާފަ އެމްބިޔުލަންސްވަރުގެ ބޮޑެތި ބަސްތަކެއްދުއްވަން މަގުހުސްކޮށްފަ ދެވިގެންނުވާނެ އަހަރެމެން ސައިކަލު ދުއްވަނީ މީރާއަށާ ވާނުވާނޭންގޭ ތަރޑްޕާރޓީ އިންސުރެންސްގެއިތުރުން ގަރާޖަކަށް ރޯޑްވަރދިނަސްއޭކިޔާއެއްޗެއްވެސް ހައްދާގެން
ކަކުނިފައި
20 July 2022
އަގު މިހާރަށްވުރެވެސް ބޮޑުވާނެ.
ބޯގަންވިލާ
20 July 2022
ތީ ދެން ވަރައް ދެރަކަމެއް މާލޭ ގަ ޓެކްސީ ކުރާ މީހުންނައް ދޭ ބޮޑު އަނިޔާ އެއް
މިސްޓަރ ޓިނޭ
20 July 2022
ޓެކްސީ ކުރާމީހުން ، ރައްޔިތުންނަށް ތިދޭ އަނިޔާއޯ.
ވޮލް
19 July 2022
ކައުންސިލް ދެކެ ރުޅި އައިސްދާނެތީއޭ ކިޔާ ސަރުކާރުން ހަދާ ބަސް ނެޓްވޯކަށް ބޭނުންވާ ޖާގަ ހަމަ މުޖަސައިދިނުމަކީ ވަރަށއ ފީކަޅާ ވަހަކައެއް.
ޡުވާނާ
19 July 2022
ދެން ސައިކަލް ނުގަންނާނަން . ބަހުގަ ގޮއްސަ ގޭ ކުރިމައްޗަށްcc ަ
ނަމެއްނެތި
19 July 2022
ސަރުކަރުން ވެއްޖެއެއްނު ޢާންމުންގެ ވެހިކަލް ޕާކުކުރާނެ ތަންތަން ދައްކަން. ސަރުކާރުގެ ދޯދިޔާކަން މިއުޅެނީ އެހެން ބައެއްގެ ބޮލަށް ކަނޑާލާފަ ރެކެން.
ވޯލް
19 July 2022
މާލެ އޮތްހާ ވެހިކަލް ޕާކްކުރާނެ ޖަގަ ދައުލަތުން ދައްކާކަށް ނުޖެހޭނެ.
ބޮބީ
20 July 2022
ދައުލަތުން ކީއްވެތަ މާލެއަށް ނުކަތާވަރަށް ދުއްވާ އެއްޗެހި ދުއްވަން ހުއްދަ ދެނީ... ދައުލަތުން ޕާކުކުރާނެ ތަނެއް ނެތްކަން އިނގޭއިރު ވެސް ހުއްދަދޭނަމަ ޕާކު ކުރާނެ ތަންތަން ހަދަން ޖެހޭނެ. ހިތުން ސިންގަޕޫރޯ އެވަރަށް ރައްޔިތުން އަތުން ޓެކްސް ނަގާއިރު ވެސް ޕާކިންގް ގަރާޖެއް ސަރުކާރުން އަޅައިދޭން ނުޖެހޭ
މަބުނާނެ ވާހަކައަކީ
20 July 2022
އެއްވެސްސަރުކާރަކުން ނުޖެހޭ އަމިއްލަ ވެހިކަލް ޕާކު ކުރާނެތަން ދައްކާކަށް. ޕާކު ކުރާނެ ތަން. ނެތް މީހުން ވެހިކަލް ނުވެންގުޅޭނީ.
ހިޔަޅު ކާ ފަނި
19 July 2022
އެބޭޅުން އެގޮތައް އެދުނިއްޔާ ދެން މަނިކުފާނު ދެއްވި ހިޔަޅު ޖަވާބަކީ ކޮބާތޯ؟
ޢަލި ދީ
19 July 2022
މުޅި މާލޭގަ މުށި ޖަހާފަ، ގަސް އިންދާފަ، އެންމެން ފެމިލީއާއި އެކު ހިނގާލާފައި އުޅެން އޮތް ކުޑަ ޕާކެއް މި މާލެ އަކީ، ހިނގާ ހުރިހާ ވެހިކަލެއް ނައްތާލަމާ.