ޚަބަރު / އާދަމް އާޒިމް (މާލޭގެ މޭޔަރު)

އާޒިމްގެ އުދާސްތައް ސިޓީ ކައުންސިލަށް: ތި ވެސް ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބައެއް!

މާލޭގައި މި މަހުގެ ތެރޭގައި މިނީ ބަހުގެ ހިދުމަތް ދޭން ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ވިދާޅުވެ، އޭގެ ހިތްހަމަނުޖެހުންތައް، އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު/ ސީއީއޯ އާދަމް އާޒިމް ރޭ ފާޅުކުރައްވައިފި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް، ސަރުކާރުގެ ފަޅިން މުޅިންހެން ވަނީ ނިންމައިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރޭ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވަރަށް ގިނަ ފަހަރެއްގެ މަތިން ތަކުރާރުކޮށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް އިން އެއްވެސް އެހީތެރިކަމެއް ނުދޭ ކަމަށެވެ. އަދި އޭގެ އެންމެ މުހިންމު އެއް މަސައްކަތް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުއްވާ ބަސްތައް މާލެ ގެނައިއިރު ވެސް އެ ބަސްތައް ހުއްޓާނެ ތަންތަން މާލޭ ސިޓީ ކައުންސިލަކަށް ނުދެއްކޭ،" އޭނާ ވިދާޅުވި އެވެ.

"އެއީ ދެން ބޮޑުވަރު. ރައްޔިތުންގެ ފައިސާ އިން މުސާރަ ދީފައި އެތިބީ އެއީ ވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ޖެހޭ ބައެއް."

އެމްޓީސީސީން ގެނައި މިނީ ބަސް.-- ފޮޓޯ: އެމްޓީސީސީ

އާޒިމް ވިދާޅުވި ގޮތުގައި ރައީސް އޮފީހާއި ޓްރާންސްޕޯޓާއި އެމްޓީސީސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު އޮތީ ކޮށް ނިންމައިފަ އެވެ. ދެން ކުރަން އޮތްހާ ވެސް ކަމަކީ، އެ ބަސްތައް ދަތުރުކުރާ ރޫޓުތައް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަސްތައް ހުއްޓާނެ ތަންތަން ކަނޑައެޅޭނީ ހުއްޓަންވީ ތަންތަން މާލޭ ސިޓީ ކައުންސިލުން ދެއްކީމަ. މިކަމުގައި ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ އެ ބޭފުޅުން އެކަން ކުރެއްވީމަ،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހިރީ ބަސްތައް މާލޭގައި ބަހައްޓާނެ ތަންތަން ކަނޑައަޅައި ނިންމައި، ޑްރައިވަރުން ތަމްރީނުކޮށް ނިންމައި، އެ މަރާމާތުކޮށް ބަލަހައްޓާނެ ގޮތް ވެސް ނިންމައިފައި. ހުރިހާ ކަމެއް ވެސް މިހިރީ ނިމިފައި."

ބަސް ދަތުރުތައް ފެށުމާ ބެހޭ ގޮތުން އެމްޓީސީސީން ސިޓީ ކައުންސިލަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ތިހެން ނުހައްދަވާށޭ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ލުއި ފަސޭހައަކަށް ކޮށްދޭ ކަމެއް. މިނީ ބަސް ފެށުމަކީ ވަރަށް ގިނަ ބަޔަކަށް ހަރަދު ކުޑަކުރެވި ފަސޭހަ ވެގެންދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ބަސް ސްޓޮޕްތައް ދެއްކުމުން، އެ ތަންތަން އެމްޓީސީސީގެ ހަރަދުގައި ހަދާ ގޮތަށް ވެސް ތައްޔާރު ކަމަށް ކައުންސިލްގައި ބުނެފައިވާނެ ކަމަށެވެ.

މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފަ އެވެ. މާލޭގައި ހިދުމަތް ދޭނީ 12 ބަހެވެ. އެއީ ކޮންމެ 10 މިނެޓަކުން ހިނގާލާފައި ދެވޭ ސަރަހައްދެއްގައި ބަސް ސްޓޮޕް ހުންނަ ގޮތަށެވެ. އަދި އެ ބަސް ސްޓޮޕުން ކޮންމެ 10 މިނެޓަކުން ދަތުރެއް ކުރާ ގޮތަށް އެމްޓީސީސީން ވަނީ ރާވައިފަ އެވެ. އެތެރޭގެ ދަތުރުތަކަށް އެމްޓީސީސީން ގެނެސްފައި ވަނީ 20-22 ސީޓްގެ ބަސްތަކެކެވެ.

"އައްޑޫ ސިޓީ ކައުންސިލުން ވެސް، ފުވައްމުލަކު ކައުންސިލުން ވެސް އަދި ހައްދުންމަތީގެ ހުރިހާ ކައުންސިލަކުން ވެސް މިކަމަށް އެބަ އެއްބާރުލުން ދޭ. މާލޭ ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.

122 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 25%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނބޫ

21 July 2022

"ބަސްތައް ހުއްޓާނެ ތަންތަން ކަނޑައެޅޭނީ ހުއްޓަންވީ ތަންތަން މާލޭ ސިޓީ ކައުންސިލުން ދެއްކީމަ. މިކަމުގައި ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ އެ ބޭފުޅުން އެކަން ކުރެއްވީމަ،" އަމީނީ މަގޭ ކިޔާފަ 84 މިލިއަން ރުފިޔާ ކާލި ގޮތަށް މިކަމުގަ ލާރިގަނޑެއް ކެވެން ނެތީ؟ ކަން ނުކުރެވުނީމަ ކޮން ސިޓީބިޓީއެކޭ ކިޔާކަށްތަ!

The name is already taken The name is available. Register?

ވިންދު

21 July 2022

ބަސްތައް ހުއްޓާނޭ ތަންތަން ކަނޑައަޅަންޖެހޭ އުޞޫލުގެ މަތިން ކަނޑަނާޅާ އަދި އެހުއްދަނުލިބެނީސް ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެން ބަސްތައް ގެނައުމަކީ ކޮރަޕްޝަންގެ ޢަމަލެއް. މިކަމުގައި އާޒިމް ޒިންމާވާންޖެހޭނެ.

The name is already taken The name is available. Register?

ބިންދު

21 July 2022

ބަސް ގެންނަން ހުއްދަ ދެނީ އަސުރުމާ ކުޑަދޮރުންތަ؟

The name is already taken The name is available. Register?

??

21 July 2022

ބަސް ގެންނަން ހުއްދަ ދެނީ އަލަމްގިރި ކޮޓަރު ކުޑަދޮރުން ނޫންތަ؟

The name is already taken The name is available. Register?

ޚިޔާލު

21 July 2022

ކޮންމެވެރިއަކުވެސް އާކަމެއްކޮއްލަންޖެހޭނެ އަމީންދީދި މާލެއާރާއްޖެތެރޭމަގުހަދާދިނުން,ނާސިރު,މަސްވެރިކަންރިޔަލުންއިންޖީނައްްބަދަލުކޮއްލުން,މައުމޫނު ރައްރަށުގާބަނދަރުހެދުމާފަޅުކޮނުން,ޔާމީންބުރިޖުއެޅުން އިބޫގެފާހަގަކުރެވޭކަހަލަވަކިކަމެއްނެތެވެ.ނަމަވެސްވަރައްގިނަޚިދުމަތްކޮއްދީފި.2023ގައަންނަވެރިއަކައްއޮތީމާލޭގެބޮޑަތިމަގުތަކުގަސީޓުއަޅާދިނުންއެއިރުން މަތިންހުރިހާވައްތަރެއްގެވެހިކަލްތިރިންހިނގުން,އަޅުގަޑުފާހަގަކޮއްފައެވަނީކޮންމެބޭފުޅެއްގެޚިދުމަތުގެތެރެއިން އެއްކަންތަކެވެ.!!

The name is already taken The name is available. Register?

އެޑަމް

21 July 2022

އާޒިމައް ސަލާމް ރައްޔިތުންނައް ތިކޮއްދެއްވާޚިދުމަތާ ފަރުދުންގެޖީބުތަކައްތިދެއްވާލުއިފަސޭހަޔައްމަރުހަބާ,ތަކެތީގެއަގުއިންތިހާއައްބޮޑުވަމުންދާދުވަސްވަރެއްގަޚިދުމަތަކީތިޔައެވެ.އެކަމަކު ބަސްތައްތަންކޮޅެއްބޮޑަތިނޫންބާއޭ އަޅުގަޑުހިތައްއަރާ-15ވަރަކައްސީޓުނަމަ މާލޭގެމަގުތަކައްވަރައްފިޓުވާނެކަމައް އަޅުގަޑައްހީވޭ!!

The name is already taken The name is available. Register?

ދިވެހިދަރިއެއް

21 July 2022

މުޢިއްޒުތިޔަމަޤާމުގާ ހުރެގެންރައްޔިތުންގެމަންފާތަކައްް ހުރަސްނާޅާށެވެ.މުޢިއްޒަކައްނުފެނޭހެއްޔެވެ ޢާޒިމުގެވިސްނުމުގެދަށުންއުފެއްދި"އާރުޓީއެލް"ލޯންޗުތަކުގެސަބަބުންރާއްޖޭގެރައްޔިތުންއެތިބީއުފަލުންފޮޅިފައެވެ.އިއްޔެތިންހަތަރުހާސްްރުފިޔާއިންކުރި ދަތުރުތައްމިަދުއެކުރަނީ ތިންހަތަރުސަތޭކަރުފިޔާއިންނެވެ ތިޔަބަސްދަތުރުންވެސްމިހާރުދުއިސައްތަތިންސަތޭކައިންކުރެވޭދަތުރު ދިހަބާރަރުފިޔާއިންކުރެވޭނެވީމާމިކަންކަމައް މުޢިއްޒުހުރަސްއަޅަނަމަމުޢިޒުގެމަސއަލަކޯޓައްހުށަހަޅައިގެންމަޤާދުރުކުރުވާށެވެ.

The name is already taken The name is available. Register?

ނޫންތަ؟

21 July 2022

މުއިއްޒަކީ ސލލހ މަގާމު ދިން ބޭފުޅެއް ނޫން. އަހަރުމެން މާލޭ ރައްޔިތުން ދިން މަގާމެއްގަ އެހުންނެވީ. ރާއްޖެތެރޭ meehun ނުބެހޭ ކަމެއް ނެތޭ.

The name is already taken The name is available. Register?

ރައްޔިތެއް

20 July 2022

މުޢިއްޒަކީވެސް ވަރައްސަރުކާރައް ޖެއްސުންކުރާމީހެއް އެކަމަކުމިކަހަލަޖެއްސުންއެއީ ސަރުކާރައްކުރާޖެއްސުމެއްނޫން އެއީރައްޔިތުންނައްކުރާޖެ އްސުންވީމާ ރައްޔިތުންނައްމަންްފާކުރަންއޮންނަކަމަކައްހުރަސްއަޅާނަމަ ޙައްލަކއެމީހަކާމެދުފިޔަވަޅުއަޅާވަކިކުރުމެވެ.ރައްޔިތުންހޮވާފަހުރިމީހަކު ރައްޔިތުންނައްވަކިކުރެ ވޭނެގޮތްތައްހުންނާނެ

The name is already taken The name is available. Register?

ދޮންނޭ

21 July 2022

ހިޔާ ފްލެޓް ލިބުނު މީހުންނަށް މިސަރުކާރުން ކުރާ ދުއްތުރާލާ ގާތްވެސް ނުވޭ.

The name is already taken The name is available. Register?

ދދދދދ

21 July 2022

ރައްޔިތުންގެ ހުރިހާ އުޅަނދު ގެންގޮސް ކަނޑަށް އަޅާފަ އާޒިމަށް މަގުތައް ދީ. އޭރުން ރައްޔިތުންނަށް ޚިދުމަތް ދެވިފަ ހުންނާނީ.

The name is already taken The name is available. Register?

މަޖީދު

20 July 2022

މުއިއްޒަކީ މާލޭ ރައްޔިތުންނަށް ވަރަށް ޖެއްސުންކުރާ ނުވިސްނޭ އިންސާނެއް. ޜައީސް ސޯލިހަކަށް ،އާޒިމަކަށް ވާނެ ގެއްލުމެއްނެތް. ތިޔަ ޖެއްސުންކުރަނީ ހަމަ އަހަރެމެން ކަހަލަ ރައްޔިތުންނަށް. ޣިޔާމަތް ދުވަހު މުއިއްޒު ކަލެއާ ސުވާލު ވެވޭނެކސން ހަނދާންކުރޭ.

The name is already taken The name is available. Register?

އަބްދޫ

20 July 2022

ދުއްވާނެ ތަންހަމަނުޖައްސާ ބަސްގެނައުމަކީ އާޒިމް ގާބިލް ވުމެއްނޫން. ހުރިހާ ކުދިމަގު ހުރީފުރިފަ.ދެން ބޮޑެތި ހުރިހާމަގެއް ހުސްކުރިމާ އެމަގުތަކުގަ ހުރި އުލަނދުތައ ތޯ ތިޔަ އުލުއްވަނީ ބަހުގަ އުފުލަން.

The name is already taken The name is available. Register?

ޓެންސީ ސެންޓަރު

20 July 2022

މިނީބަސް ދުއްވުމާ ދެކޮޅަށް ޑްރައިވަރުން ކޮމެންޓްކުރުން މަނާ.

The name is already taken The name is available. Register?

ބަސްމަގު

20 July 2022

މީހުން ރަތަށްއެރުން މިއީ ދިވެހި ބަހެއްތަ. ނޫސްވެރިން ބޭނުންކުރާ ބަހުރުވައެއް މީ. ހީއެއްނުވޭ މީ ރަނަގަޅުބަހެއް ހެނެއް. ރުޅިއާިސް ރަތްވެއްޖެއޭ ބުނޭ އެކަމަކު

The name is already taken The name is available. Register?

އަލަމްގިރި

22 July 2022

ބަސްބަހަކީ ތަރައްްގީވާ އެއްޗެއް، ބަހުގެތެރެޔަށް އިތުރުވާ ބަސްތައް މީހުން ބަލައިގަތީމަ އެވަނީ އާއްމު ބަހަކަށް. ރުޅިއައިސް ރަތްވެއްޖެ އޭ ބުނަކީވެސް އެގޮތަށް ކުރިން ވާހަކަދެއްކި ގޮތުގެ ތެރެޔަށް "ރަތްވެއްޖެ" އިތުރު ކޮއްގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454