ޚަބަރު / މާލެ ސިޓީ ކައުންސިލް

ބޯހިޔާވެހިކަމާ ގުޅޭ ކަންކަމުގައި ސަރުކާރުން ކައުންސިލް ބައިވެރިއެއް ނުކުރޭ: މުއިއްޒު

މާލެ ސިޓީ ކައުންސިލުން މާލޭގެ މީހުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އެއްވެސް މަސައްކަތެއްގައި މި ސަރުކާރުން މާލެ ސިޓީ ކައުންސިލް ބައިވެރި ނުކުރާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނާއެކު ލޮނުޒިޔާރަތް ޕާކުގައި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އެ ކައުންސިލްގެ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި މާލޭގެ މީހުންނަށް ހައްގު ވަރަށް ގޯތި ހޯދައި ދިނުމަށް ވަރަށް ގިނަ ފަހަރަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާ އުސޫލުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން ހިލޭ ގޯތި ދިނުމަށް ސިޓީއަކުން ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭގެ ނަތީޖާ އުންމީދު ކުރެވެނީ ނުވަތަ ނޫސްތަކުން ފެންނަ ގޮތުން ނަމަ ހީވަނީ ގޯތި ހިލޭ ދޭން އުޅޭ ހެން. މިހެން މި ދަންނަވަން ޖެހެނީ އަޅުގަނޑުމެން ބައިވެރިއެއް ނުކުރޭ އެއްވެސް ކަމެއްގައި،" އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި ކައުންސިލް ބައިވެރި ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮތަސް ވަރަށް މަދު މިނިސްޓްރީއަކުން ނޫނީ ނުވަތަ އެހެން ކުންފުންޏަކުން ކުރާ އެއްވެސް މަޝްރޫއެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރިއެއް ނުކުރެ އެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ މީހުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒާއި ޑެޕިއުޓީ މޭޔަރު ނަރީޝް (ވ).---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހާއްސަކޮށް ގެދޮރުގެ މައްސަލަތަކުގައި ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށާއި މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގައި ވެސް ވަރަށް ބޮޑަށް އެ ކައުންސިލް ބައިވެރިވާން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"[ގޯތީގެ ކަންކަމުގައި] އެއްވެސް ވަރަކަށް އަޅުގަނޑުމެން ބައިވެރިއެއް ނުކުރޭ. ނޫސްތަކުން ތިބޭފުޅުންނާ އެއްވަރަށް ފެންނަ އެއްޗެއް އަޅުގަނޑުމެންނަށް މި އެނގެނީ. ވަރަށް ހިތާމަވެރިކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހުޅުވާލާފައިވާ ގޯތިތަކަށް އެޕްލައި ކުރަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވާތީ އެކަމުގައި ދަތިތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ހުށަހެޅި ކަމަށެވެ. އެކަމަކު، އެކަމަށް ވެސް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު، މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް ރޭ އިފްތިތާހު ކޮށްދެއްވާއިރު އަރިހުގައި ޑެޕިއުޓީ މޭޔަރު ނަރީޝް.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، ގެދޮރުވެރިކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ހެލްޕް ޑެސްކުތަކެއް ބަހައްޓަން ކައުންސިލުން ވަނީ ނިންމައިފަ އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ކައުންސިލްގެ މުވައްޒަފުން އަންނަ މަހުގެ ތިނަކުން ފެށިގެން އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ފުރުސަތު ނުދިނަސް އަޅުގަނޑުމެން ބައިވެރި ނުކުރިޔަސް އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާ އެކީގައި. އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ދެވެން ހުރި އެހީތެރިކަން ދޭން،" މުއިއްޒު ވިދާޅުވި އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުން 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ މީހުން ވަނީ އެ ކަމަށް އެދި ފޯމު ހުށަހަޅާފަ އެވެ.

28 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

20 July 2022

ބައިވެރިވާން އެއުޅެނީ ކަރަޕްޝަން ހިންގަން... ގަތްކުރާން ވެސް ނުވާނެ...

The name is already taken The name is available. Register?

ހަސަންބެ1

20 July 2022

މިކަލޭގެ މިނިސްޓަރު ކަމުގައި އޭރުގެ ސިޓީައުންސިލަށް ޖެއްސި ދުއްޕާނަށްވުރެ ބޮޑު ބަލާަވެރިކަން މޭޔަރުކަމުގައި މީނާއަށް ޖެއްސެވުން ހަމަ ރަނގަޅީ! ގައުމެއްގެ ވެރިއަކަމަށް ފައިވިއްދާ މީހަަކަށް އޭރުންދޯ ދެންވެސް ތިމާއަށް ބާރެއް ހަމަ ލިބޭއިރަށް އެހެންމީހުނަށް އަނިޔާވެރިވާން ނުވާނެކަން ވިސްނޭނީ!

The name is already taken The name is available. Register?

Happy 123

20 July 2022

ބައިވެރި ނުކުރީޔާ ރަގަޅުވާނީ…އޭރުން ހިޔާފްލެޓް ގޮތަށް ހުސް ޕޕއމ ކުދިންނަށް ބަހާލާނީ??

The name is already taken The name is available. Register?

ނޫނޭނޫނޭނޫނޭ

20 July 2022

މާލެ ސަރަހައްދުގެ ގެދޮރުގެ ކަންކަމުގައި ނުޖެހޭނެ މާލެ ސިޓީ ކައުންސިލް ބައިވެރިކުރަން މާލެ ސިޓީ ކައުންސިލަކީ އެއީ ދަފްތަރު ބަންދުކޮށްގެން ދަފްތަރު މީހުންނާއި މާލެ މީހުން ޖައްސަން އޮތް ތަނެކޭ ސަރުކާރުން މިހާރު ގެދޮރު މާލެ ސަރަހައްދުން ދޭން އުޅޭ ގޮތް މަމެންނަށް ވަރަށް ބޮޑަށް ކަމުދޭ އަދިވެސް ހުށައަޅަން ޖެހޭ ލިޔުންތައް ގިނައީއޭ އައިޑީ ކާރޑް ހުށައެޅުމުން މާލެ ސަރަހައްދުން ގޯތި ލިބެން ޖެހޭނެއޭ ރައްޔިތުން ޓެކްސް ދައްކަނީ ސަރުކާރުން ލިޔުން ހުށައަޅައިގެން

The name is already taken The name is available. Register?

މުއިއްޒުވުން

20 July 2022

ޓިބޭފުޅާ މިނިސްޓަރ ކަމުގައި ހުންނެވިއިރު ކަންކުރެއްވީ ތިގޮތައް. މިފަހަރު އަމިއްލައަށް ރަހަބައްލަވާ

The name is already taken The name is available. Register?

ސަދަބް

20 July 2022

މަކަރުވެރިކަމުން މިއަދު މި އުޅެނީ ތިމަންނަ ކުރި ކަމަކަށް ހަދަން މާލެ މީހުންނަށް ގޯތި ހޯދަދިނުމުގެ ކަންކަން. 7 އަހަރު ގަދަ ބާރުގަ ހައުސިން މިނިސްޓަރަކަށް ހުރެ ނުކޮށްދިން ކަމެއް މިއަދު ތިމަންނަ ކުރަނީއޭ ބުނީމަ ދެން ވަރަށް ޖޯކު!

The name is already taken The name is available. Register?

ސައިޚް

20 July 2022

ރައްޔިތަކައް ފައިދާހުރި އެއްވެސް ކަމެއްގަ މުއިއްޒު ކައިރިކުރަން ހެޔޮނުވާނެ، ހީލަތްތެރި، މަކަރުވެރިއެއް،

The name is already taken The name is available. Register?

އުމަރުބެ ބނޑދ

20 July 2022

ނުޖެހޭ ކުރާކައް ކޮއްފިނަމަ ވާނީ ކާރު ޕާކިން ސުލޮޓްތަކައްވީހެން އޮންނާނީ ޖީބުބަރުކުރުން ކަމަކައް

The name is already taken The name is available. Register?

ރަތީބާ

20 July 2022

ރައްޔިތުންނާ ގުޅުންހުރި ކަންކަމުގަ ސަރުކާރުން ކުރާ ކަންކަމަށް ކައުންސިލްގެ އެއްބާރުލުން ނުލިބޭނަމަ ކައުންސިލް ބައިވެރިކުރާނެކަމެއްނެތް. ޢަވަހަށް ކައުންސިލް އުވާލަންވީ.

The name is already taken The name is available. Register?

ށަވިޔަނި

20 July 2022

ފަނިހަދާމީހުން އެންމެން ދަނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454