އެމްޓީސީސީން އަލަށް ގެނަ މިނީ ބަސްތައް ---ފޮޓޯ: އެމްޓީސީސީ
20 ޖުލައި 2022 - 13:20
މާލެ އާއި އެކި ރަށްރަށުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ މިނީ ބަހުގެ ހިދުމަތް ދޭން ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަމާޒަކީ ވީހާ ވެސް އަވަހަކަށް މިނީ ބަހުގެ ހިދުމަތް ފެށުން ކަމަށެވެ. ނަމަވެސް، ހިދުމަތް ފަށާނެ ވަކި ތާރީހެއް ނުބުނެ އެވެ.
މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ލ. ގަން ، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި މިނީ ބަހުގެ ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލެ އާއި ރަށްރަށުގައި ދަތުރުކުރަން ހަމަޖެހިފައިވާ ބަހުގެ އަދަދާއި ރޫޓުތައް:
މާލެ - 12 ބަސް - ދެ ރޫޓް
އައްޑޫ (ފޭދޫ - ހިތަދޫ) - އަށް ބަސް - ހަތަރު ރޫޓް
އައްޑޫ (ހުޅުމީދޫ) - ހަތަރު ބަސް - ހަތަރު ރޫޓް
ފުވައްމުލައް - ފަސް ބަސް - ހަތަރު ރޫޓް
ލާމު މެއިންލޭންޑް (ގަން - ފޮނަދޫ) - ފަސް ބަސް - ހަތަރު ރޫޓް
ލާމު (އިސްދޫ - ކަލައިދޫ) - ދެ ބަސް - އެއް ރޫޓް
މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން މިދިޔަ އާދިއްތަ ދުވަހު ވަނީ 36 ބަސް ރާއްޖެ ގެނެސްފަ އެެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު ފަސް ބަސް ގެންނަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަލަށް ގެނަ އެ ބަސްތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
އެމްޓީސީސީން ދެމުންގެންދާ ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލަން ސަރުކާރުން ފަށާފައިވާ އާރްޓީއެލް މަޝްރޫއުގެ ދަށުން ހިމެނޭ ހިދުމަތެކެވެ. އެ ހިދުމަތުގެ ދަށުން ދެން ހިމެނެނީ އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތެވެ. މިހާރު ވެސް ވަނީ ރާއްޖޭގެ އުތުރުން ހއ. އަދި ހދ. ގެ ރަށްތަށް ހެޔޮއަގުގައި އާރްޓީއެލް ފެރީ ނިޒާމުން ގުޅާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިންސްމޯކް ސާންޖީ
21 July 2022
މިހާރު ބޭރު މަގުން އެކަނި އެކްސިޑެންޓުވަނީ.. އެހެންވީމަ ޓާގެޓަކީ މި ކުދި ބަސް ތައް ބޭނުންކޮށްގެން ކުދި މަގުތަކުން ދުއްވާފަ ދާ އެއްޗެހީގަވެސް ޖެއްސުން
ސޮފޫ
20 July 2022
މޓސސ ޓެކުސީ ހިދުމަތް ފަށާބާ އޭރުން މިއުޅޭ ޓެކުސީ ޑުރައިވަރުންނަށް ހިތުހުރި އަގެއް ނުކިޔޭޅޭ
ސވލ
21 July 2022
މިއުޅެނީ އެކަން އެހެންގޮތަކަށް ކުރެވޭތޯއެއްނު! ޓްކުސީ ދުއްވަންވެސް އުޅަނދުފަހަރު އެތެރެކުރެވިދާނެ. އެކަމަކު އެކަމެއްނުކުރެވޭނެ. ޓެކްސީ ސެންޓަރުތަކާއި ޑުރައިވަރުން އެއަށްވުރެ މާބާރުގަދަ. ސިޓީކައުންސިލުން ތިއިން އެއްކަމެއްވެސް ކުރިޔަދީފާނެބާ؟
ނާއީ
20 July 2022
އާރުޓީއެލް ގެ ފެރީ ލޯންޗްގެ ދަތުރު ތަޖުރިބާ ކޮށްލެވިއްޖެ މިއަދު..ހދ އަދި ހއ ގައި...ފެރީޓާމިންތައް އަދި މުޅިން ނުނިމޭ އެއްވެސް ރަށެއްގައި..ނަމަވެސް ފެރީގެ ދަތުރު ސަޅި، ޓިކެޓް އޮންލައިންކޮށް ގަނެވޭ / ވ ފަސޭހަ...ސީޓްތައް ވަރަށް ކޮންފަޓަބްލް / ފެރީތަށް މިހާ ކަނޑު ގަދައިރުވެސް ބަރާބަރު އޮން ޓައިމް އަށް ގަޑިއަށް ލަފާ ،ފުރާ...ޚިދުމަތް ވަރަށް ރަނގަޅުވެފަ ފަސޭހަ..
އެމްސް
20 July 2022
މާލޭގަ: 1 ބުރިއަށް 2 ބުރިއަށް ހުރި ގޭގެ؛ 5 ބުރިން، 7 ބުރިން، 10 ބުރިން، 12 ބުރިން، 14 ބުރިން، 18 ބުރިން، 25 ބުރިއަށް ނަގަން ހުއްދަ ދިން އިރު؛ މަގުގެ ޖާގަ އެވަރަކަށް ނެތް! މިއަދުވެސް މާލޭގަ ޢިމާރާތްކުރަނީ އިމުން، 2 ގެ ދޭތެރޭވެސް އެއްވެސް ހުސް ޖާގައެއް ނެތި، ނުވިތާކަށް މަގުމައްޗަށްވާ ފަޅިން އިމަށްވުރެ ބޭރަށްވެސް ޢިމާރާތް ނެރެނީ، އެކަށިގެންވާ ޕާރކިންގ ސްޕޭސްވެސް އެއްވެސް ޢިމާރާތަކު ނުހުރޭ! ދެން ހަމަ މިނީބަސްތަކެއް ގެނެއޭ ކިޔާފަ ކަންކަން ޙައްލުވޭތޯ؟
ށަވިޔަނި
20 July 2022
މުއިއްޒު ހުރަސް އެޅިއަސް ޚިދުމަތް ފަށާ.