ދުނިޔެ / ސްރީ ލަންކާ

ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް

ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

20 ޖުލައި 2022 - 18:27

14 comments

އިގްތިސާދީ އަނދަވަޅެއްގެ ތެރެއަށް ގައުމު ވެއްޓި، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ހުސްވެފައި ވަނިކޮށް، ރައްޔިތުންގެ މަގުބޫލުކަމެއް ނެތް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ސްރީ ލަންކާގެ ރައީސްކަމުގެ މަގާމަށް އިންތިހާބުކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުންނަން ފަށައިފި އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ބޭއްވި އިންތިޚާބުގައި، ރައީސްކަމުގެ މަގާމަށް ރަނިލް ހޮވިވަޑައިގަތީ، މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިސްތިއުފާ ދެއްވި ރައީސް ގޯޓާބޭ ރާޖަޕަކްސަގެ ޕާޓީގެ ބޮޑު ތާއީދަކާ އެކުގަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 225 މެމްބަރުންގެ ތެރެއިން ރަނިލް އަށް ޖުމްލަ 134 މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ.

އިނތިޚާބުގެ ނަތީޖާ އިއުލާން ކުރުމުން، ގާނޫނު ހަދާ މަޖިލީހުގައި މިއަދު ދެއްކެވި ކުރު ވާހަކަކޮޅުގައި ރަނިލް ވިދާޅުވީ "ގައުމު މިހާރު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި" ކަމަށެވެ. އަދި "ކުރިއަށް ހުރީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް" ކަމަށާއި، ނަމަވެސް ގައުމަށް ހަމަޖެހުން ގެނެސްދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ރަނިލް ވިދާޅުވި އެވެ.

ޖުލައި 20، 2022: ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ހުންނަ ދިޔަވަންނަ ކުޅި ތެރޭގައި، ލަންކާގެ އަސްކަރީ އުޅަނދެއްގައި ސިފައިންގެ ބަޔަކު ހަތިޔާރާއެކު ދުއްވަނީ. --އޭއެފްޕީ

އޭގެ އިތުރުން، ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްދިނުމަށް، އިދިކޮޅު ޕާޓީތަކުގެ ވެރިންނަށް، ރަނިލް މިއަދު ގޮވައިލެއްވި އެވެ. ލަންކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ލަންކާގެ ރައީސްކަމުގެ މަގާމަށް ރަނިލް އިންތިޚާބުކުރުމުން، ސިޔާސީ ގޮތުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ އެވެ.

އޭގެ ސަބަބުން، ލަންކާ އަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު ރަސްމީ ގޮތުން ވާހަކަތައް ފެށުމުގެ މަގު ލަންކާ ސަރުކާރަށް ފަހިވެގެންދާނެ އެވެ. ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން، މިދިޔަ މަހުގެ ތެރޭގައިވެސް ރަނިލް ވަނީ އައިއެމްއެފްއާ އެކުގައި މަޝްވަރާތަކެއް ބާއްވައިފަ އެވެ.

ލަންކާގެ ވެރިކަން ކުރާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީން ބުނީ، ރަނިލް ވިކްރަމަސިންހަގެ އިގްތިސާދީ ތަޖުރިބާއަށް ބުރަވެ، އެ ޕާޓީގެ ވަރަށް ގިނަ މެމްބަރުން، މިއަދު އޮތް އިންތިޚާބުގައި ރަނިލް އަށް ވޯޓު ދިން ކަމަށެވެ.

ޖުލައި 20، 2022: ސްރީ ލަންކާގެ ރައީސްގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އިންތިޚާބުކުރުމާ ގުޅިގެން، އޭނާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރަނީ. --އޭއެފްޕީ

"އަހަރެމެންނަށް ގަބޫލުކުރެވެނީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގާބިލުކަން ލިބިގެންވާ، އަދި އެކަން ކުރާނެ ގޮތުގެ އާޖުފާޖު އެނގިވަޑައިގެން ހުންނެވި ހަމައެކަނި ތަޖުރިބާކާރަކީ ރަނިލް ވިކްރަމަސިންހަ ކަމަށް،" ރާޖަޕަކްސް އާއިލާގެ ނުފޫޒު ބޮޑު އެސްއެލްޕީޕީގެ ޖެނެރަލް ސެކްރެޓަރީ ސަގަރަ ކަރިޔަވަސަމް ވިދާޅުވި އެވެ.

އުމުރުން 73 އަހަރުގެ ރަނިލް ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާތާ 43 އަހަރު ވެފައިވާ އިރު، މިހާތަނަށް ހަ ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވައިފި އެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ދައުރު ފުރިހަމަ ކުރެއްވޭ ގޮތެއް ނުވެ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮޅުނބުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނު ހަދާ މަޖިލިސް ހުންނަ ސަރަހައްދުގައި އިއްޔެ އިން ފެށިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސިފައިންނާއި ފުލުހުން ގެންދަނީ ހަތިޔާރާއެކު ފޯރި މަރަމުންނެވެ. ރައީސްކަމުގެ މަގާމަށް ރަނިލް އިންތިޚާބުކުރުމާ ގުޅިގެން އިދިކޮޅު ރައްޔިތުން ވަނީ ގޯލް ފޭސް ގްރީން ސަރަހައްދަށް އެއްވެ، ރަނިލްގެ އިސްތިއުފާ އަށް ގޮވަން ފަށައިފަ އެވެ.

ޖުލައި 19، 2022: ސްރީ ލަންކާގެ ރައީސްގެ މަގާމަށް ރަނިލް އިންތިޚާބުކުރާ ކަމުގެ އަޑުތައް ފެތުރުމާ ގުޅިގެން، އާންމުންގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ. --އޭއެފްޕީ

އިދިކޮޅު މުޒާހަރާތަކުގައި އިސްކޮށް އުޅޭ މީހުން ބުނާ ގޮތުގައި ރަނިލްއަކީ ގައުމުގެ މައްސަލަތައް ހައްލުކުރެވޭ ވަރުގެ ބޭފުޅެއް ނޫނެވެ. އަދި މިއީ އާންމު ރައްޔިތުން ބޭނުންވި ބަދަލެއް ނޫން ކަމަށާއި، ރަނިލްއަކީ ވެސް، ރާޖަޕަކްސަ އާއިލާގެ ވެރިކަން ދަމަހައްޓަން ވާގިވެރިވާ ބޭފުޅެއް ކަމަށް އެމީހުން ބުނެ އެވެ.

"އަހަރެމެން ވަރަށް ރަނގަޅަށް ދަންނަން ރަނިލްއަކީ ގޯޓާބޭ ފަދަ މީހެއް ނޫންކަން. އެއަށް ވުރެ މާ ހީލަތްތެރި މީހެއް އެއީ. މުޒާހަރާތައް ރޫޅައިލުމަށް އޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ. އަދި މުޒަހަރާ ކުރާ މީހުން ފައްސައިލުމަށް، އޭނާވަނީ އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ފޮނުވާފައި. އެކަމަކު އެފަދަ އަމަލުތަކުން ރައްޔިތުން މިހާރު ފަހަތަށް ޖެހޭނެ ކަމަކަށް ނުބެލެވޭ. ލަންކާ ރައްޔިތުން ބޭނުންވަނީ ރައްޔިތުންނާ މެދު އަޅައިލާ ވެރިއެއް. ހަމައެކަނި އެމީހެއްގެ ސިޔާސީ ކުރިމަގާމެދު ވިސްނާ ލީޑަރެއް ނޫން،" ސިޔާސީ މުޒާހަރާތަކުގައި އިސްވެ އުޅޭ މެލާނީ ގުނަތިލަކަ ބުންޏެވެ.

އިގްތިސާދު އަޑިއަޅާލައި ގައުމު ބަނގުރޫޓުވުމާ ގުޅިގެން، އާންމު ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާތާ މިހާރު ހަތަރު މަސްވަނީ އެވެ. ރައްޔިތުންގެ މުޒާހަރާތަކާ ގުޅިގެން، ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވީ މެއި 9، 2022ގަ އެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތުމާ އެކު، އެ މަގާމަށް ރަނިލް އައްޔަންކުރެއްވީ މެއި 12، 2022ގަ އެވެ.

ޖުލައި 20، 2022: ސްރީ ލަންކާގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ހުންނަ ސަރަހައްދުގައި ސިފައިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ރަނިލް، ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް، ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަސާސީ ކާބޯތަކެއްޗާއި ކައްކާ ގޭހާއި ޕެޓްރޯލާއި ޑީސަލް ނުލިބޭ މައްސަލަ އަށް ހައްލެއް ނުހޯއްދެވުމުން، ރައްޔިތުންގެ އުތުރިއެރުން މައިތިރިނުވެ މުޒާހަރާތައް އިތުރަށް ދިޔައީ ވަރުގަދަ ވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، އާންމު ރައްޔިތުން ރައީސް ގޯޓާބޭގެ ރަސްމީ ގެކޮޅަށް ވަދެގަނެ އެ ގެ ހިސޯރުކޮށް، ސަރުކާރުގެ ބައެއް އިމާރާތްތައް ހިފައި އެ ތަންތަނަށް ގެއްލުން ދޭން ފެށުމާ ގުޅިގެން، ގޯޓާބޭ ގައުމު ދޫކުރައްވައި ފިއްލަވައިގެން، މި މަހުގެ 13 ވަނަ ދުވަހު ދިވެހިރާއްޖެ އަށް ވަޑައިގެންނެވި އެވެ.

ރާއްޖޭގައި ދެ ދުވަހު ހުންނެވުމަށް ފަހު، ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގައި ހުންނަވައި، ޖުލައި 16 ވަނަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވެވި އީމެއިލްއަކުން، ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.

14 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

21 July 2022

ރަނިލްވެސް ތީ ކަމުދާ މީހެއްނޫން. ރަނިލްވެސް ގޯ ހޯމް. އަހަރެމެން ހުއްޓާލާނީ މިފަހަރު ލަންކާގެ ރައީސްކަމަށް ޕުޓިން ގެނަސް ލާފަ. އޭރުން ފާޑުފާޑެއް ނުކުރެވޭނެ.ވ ވެދުން

The name is already taken The name is available. Register?

ބައި

20 July 2022

އެގޭގައި އުޅޭ ހަސަނާއި މިގޭގައި އުޅޭ އައްޔައާއި އެއްވުންތައް ލީޑްކުރަން ހުންނަ ފެނާންޑޯ އަކަށްވެސް މިވަގުތު ވެރިކަމަށް ނާދެވޭނެ. އޭގެ މީހަކަށް ވެރިކަމަށް އައުމުގެ ފުރުސަތު އޮންނާނީ ޢާންމު އިންތިޚާބެއްގައި ވާދަކޮށްގެން. މިވަގުތު ރައީސަކު ހޮވުން ގާނޫނު މަތިކޮށްފައި އޮތީ ޕާލަމެންޓަށް. އެހެންވީމާ ޕާލަމެންޓުން ވެރިކަމަށް ހޮވާނީ އެމީހުންނަށް ފެންނަ މީހަކު. އެހެންވީމަ ރައްޔަތުންނަށް ރަނގަޅު ގޮތަކީ އަނބުރައި ގެޔަށް ގޮސް އާރައީސަށް ފުރުސަތު ދިނުން.

The name is already taken The name is available. Register?

ދޮންބެއަލީ

20 July 2022

ބަރުލަމާނުގެ ހިތިކަން ރައްޔިތުން ރެޔާދުވާލު ތެޅިމަރުވެގެން މިވެރިން ބޭރުކުރީމަވެސް މަޖްލީހުން އަނެއްކާ މިހޮވަނީ ފޭލިވި ގުރޫޕް..ރައްޔިތުންގެ ބަހެއް ވެރިކަމަށް ނުހިގާ ..ދިވެހިރާއްޖެއަށްވެސް ރަގަޅު ފިލާވަޅެއް ..ބޭރުކުރާއިރަށް 4 މީހަކުވެގެން މިހޮވަނީ އެއްކަލަ ލެއްކި ކަތީބު...

The name is already taken The name is available. Register?

20000

22 July 2022

ދޮންބެއްޔާ ކަތީބުންނާ ތިޔަ ބެހެނީ. މަގައުމުގައި އެއްވެސް ފަދައެއް ނެތް އިރު ރައްޔިތުން ބެލެހެއްޓީ ގަބުޅި ކަތީބުން

The name is already taken The name is available. Register?

ކުޑަކަތީބު

20 July 2022

މުޒާހަރާއަށް އަންނަން ކާބޯތަކެއްޗާއި ތެޔޮ ހުރޭ، ތަންތާ ހުޅު ޖަހަންވީމާ އަލިފާން ލިބޭ، ލަންކާއަށް ލާރި ތަޅާ ބުރުވާ ދިވެހިން ބުނާ ގޮތުން އެމީހުންނަށް ކަމެއްވާހެންވެސް ހީ ނުވޭ، ރާއްޖޭގެ ކުދި ނޫސްތަކުން ފާޑުފާޑުގެ ހެޑިން ހަދަނީ ލަންކާގަ އުޅޭ ވަހީދު އާ އުމަރުމެން ކަހަލަ މީހުންގެ ވާހަކަ އަޑުއަހާފަ

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

20 July 2022

ކޮންމެ މީހަކު ވެރިކަމަށް އެރިޔަސް މަތިން ޑޮލަރެއްވެސް ތެލެއްވެސް ނުވެހޭނެ. ގައުމު ތިއަހާލަތަށް ދިއައީމަ ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން ގައުމުގެ ކޮޅަށް ޖެހޭނީ. ގައުމުގައި އަމަން އަމާންކަން ނެތީވިއްޔާ ގެސްޓަކުވެސް ޒިޔާރަތް ނުކުރާނެ.. ދުނިޔޭގެ ގައުމުތަކަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާތަކުން ސަލާމަތްވެފައިވަނީ މަސްދުވަހަކުން ނޫން. އެތަށް އަހަރެއްގެ ބުރަ މަސައްކަތުން.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

20 July 2022

ލަންކާގެ ގައްދާރީންނާ އެގައްދާރީންނަށް ވާގިވެރިވާ ދިވެހިންނަކީ ކޮންބައެއްކަން ދިވެހިންނަށް އަދި ލަންކާމީހުންނަށް ވަރަށް ސާފްކޮށް އެނގޭ. ލަންކާރައްޔިތުންގެ އިހްސާސްތައް އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ. ލަންކާރައްޔިތުންގެ ރުޅީގާ ދިވެހިރައްޔިތުން އޭގެ އެންމެފުރިހަމަ މާނައިގާ ބައިވެރިވާކަން އެގައުމުގެ ރައްޔިތުންނަށް މިގައުމުގެ ރައްޔިތުން އަންގާ އިއުލާނުކުރަން.

The name is already taken The name is available. Register?

ގޯޓާ މަހައްތިޔާ

20 July 2022

ލަންކާ ގަ ވެސް މިހާރު އެއޮތީ މަގުމަތީ ސަރުކާރު ފެށިފަ. ދެން ހަމަ ހިލާ ރަނގަޅު ވެރިޔަކު ލިބުނު ކަމަކަށް ނަހަދާނެ. އެންމެ ފަހުންގޮސް ބަނޑަށްޖެހުނީމަ ގޮޓަބަޔާ އަށް އާދޭސް ކޮށްގެން ހުރިތާކުން ލަންކާ އަށް ގެންގޮސް އަލުން ވެރިކަންދޭނެތޯއްޗެ!

The name is already taken The name is available. Register?

ބިލް ކުލިންޓަން

20 July 2022

ރައްޔިތުން ރުޅިމަޑު. މީ އެމެރިކާނަމަހީ މިހާރު މަގުތަކުގާ ރައްޔިތުން ތިބޭނީ ބޮމާ ބަޑިހިފައިގެން.

The name is already taken The name is available. Register?

ކެނެރީގޭ ބެއްޔާ

20 July 2022

ސަލީމްބެއާ ވައްތަރުމީހާ ވެރިކަމަށް ގެނައިނަމަ ތިހެނެއްނުވީސް. ލަންކާރައްޔިތުން ބޭނުންވަނީ ސަލީމްބޭ ވައްތަރަށްހުންނަ މީހާ.

The name is already taken The name is available. Register?

ދގދސެފ×

20 July 2022

މުޅިލަންކާ އެއްކޮށް މިއޮތީ ބޯގޮވާފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454