ރޮނާލްޑޯ ޔުނައިޓެޑްގެ ޖޯޒީގައި: އޭނާ ގެންދަން ރެއާލް މެޑްރިޑުން މަސައްކަތް ނުކުރާކަމަށް ބުނެފި --- ފައިލް ފޮޓޯ: އޭއެފްޕީ
21 ޖުލައި 2022 - 13:38
މެޑްރިޑް (ޖުލައި 21) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ގެންދަން ރެއާލް މެޑްރިޑުން މަސައްކަތް ނުކުރާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ޕޯޗުގަލްގެ ފޯވާޑް އަންނަނީ އާ ކްލަބެއް ހޯދަމުންނެވެ. އެއީ އޭނާ މިހާރު ކުޅޭ ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައިނުވާތީވެ އެވެ. އޭނާ ބޭނުންވަނީ އެ މުބާރާތުގައި ކުޅޭށެވެ.
ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް އަންނަނީ އޭނާ އަށް ކްލަބެއް ހޯދަން ބުރަކޮށް މަސައްކަތްކުރަމުންނެވެ. މެންޑެސް ވަނީ ޗެލްސީ އާއި ބަޔާން މިޔުނިކަށް ވެސް ރޮނާލްޑޯގެ ޓްރާންސްފާ ޕެކޭޖް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ ކްލަބުން ވެސް އޭނާ އަށް ޝައުގުވެރިނުވެ އެވެ.
އެންމެ ފަހުން މީޑިއާތަކުން ރިޕޯޓްކުރީ ރޮނާލްޑޯގެ އޭޖެންޓް ރެއާލާ އެކު ބައްދަލުވުންތައް ބޭއްވި ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ބައްދަލުވުމެއް ކުރިއަށް ނުގެންދާ ކަމަށް ރެއާލުގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިންގެ ކުޅިވަރު ނޫސްތަކުން ވަނީ ބުނެފަ އެވެ.
ބެލެވޭ ގޮތުގައި މި ގޮތަށް ވާހަކަ ފެތުރުނީ ރޮނާލްޑޯ ހޫނު މޫސުމުގެ ޗުއްޓީ އަށް ފަހު މެޑްރިޑުގައި ދުވަސްތަކެއް ހޭދަކުރުމުންނެވެ.
ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ދާދި ފަހުން ބުނެފައި ވަނީ އަންނަ ސީޒަނަށް ރަނގަޅު ޓީމެއް އެކުލަވާލެވިއްޖެ ކަމަށާއި އިތުރު ކުޅުންތެރިޔަކު ސޮއި ކުރުވުމުގެ ބޭނުމެއް މިވަގުތު ނެތް ކަމަށެވެ.
ރޮނާލްޑޯ ގެންދަން ސައުދީ އަރަބިއާގެ ކްލަބަކުން ބޮޑު އަގެއް ހުށަހެޅި އެވެ. އެކަމަކު އޭނާ މަތީ ފެންވަރުގައި ކުޅެން ބޭނުންވާތީ އެ ހުށަހެޅުން ދޫކޮށްލީ އެވެ.
ކްލަބެއް ނުލިބިއްޖެ ނަމަ ރޮނާލްޑޯ އަށް ޔުނައިޓެޑުގައި މަޑުކުރަން މަޖުބޫރުވާނެ އެވެ. ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް ބުނެފައި ވަނީ ރޮނާލްޑޯ ޔުނައިޓެޑްގައި ބަހައްޓަން އޭނާ ބޭނުންވާ ކަމަށެވެ.
ރޮނާލްޑޯ ގެންދަން ބޮޑު ކްލަބަކުން ބޭނުންނުވަނީ އޭނާ އަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްކަޑޭ
21 July 2022
ފޮށާބެ އަންނަންވީނު ހެންވޭރު ދަރަނިބޯ ސްޕޯޓްސް ކްލަބަށް. އެމީހުންނަކީ މި ދުނިޔޭގަ އޮތް އެއްމެ ގަވާއިދުން މުސާރަ ދޭ މީހުން
ޕައްކަޑޭގެ ބަފާ
21 July 2022
މާފަންނު ދަރަނި ކުލަ ކްލަބް ރަނގަޅުވާނެ.
އަބުދުލ ޤާދިރު
21 July 2022
ނިއު ކުޅެން ފެށުމުން ވަރަށް ކަދަވެއްޖެ ދޯ
މުލޭ
21 July 2022
ކަލޯ ހަޖަމްކުރޭ. ހަޖަމޯލާ ބޮއިގެން ނަމަވެސް ރަނގަޅުކުރަން ބޭނުން ތިބަލި.
ޕައްކަޑޭ
21 July 2022
އަނހަ ދަރަނިބޯތައް ނުކުމެއްޖެ ހޮހަޅައިން. ދެވަނަ ޑިވިޝަންގަ ވާނުވާ ނޭނގޭ. އަހަރުމެންގެ ލީގަކީ ފަސްޓް.
ޕައްކަޑޭ މަހާނަ
21 July 2022
ހެހެ ހަމަ އަސަރެއް ކުރާނީ ލެއްގި..
ދޮންމޫ
22 July 2022
މާފަންނު ވީޑިއޯ ކުލަބު 3 ވަނަ ޑިވިޝަނުންގަވެސް ދެން ހިޔެއްނުވޭ ފިފަހައްޓާލެވެނެ ހެނެއް