ޚަބަރު / ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުގެ އިހުމާލުން ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލް: ހޮސްޕިޓަލްގެ އިހުމާލުން ބަނޑަށް ދަރިފުޅުގެ މަރުވި މައްސަލައެއް އާއިލާ އިން ފެންމަތިކޮށްފި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިހަން ގާތްވެފައިވާ އަންހެނެއްގެ ބަނޑަށް، ހުޅުމާލޭ ހޮސްޕިޓަލުގެ އިހުމާލުން ކުއްޖާ މަރުވި މައްސަލައެއް އާއިލާއިން ފެންމަތިކޮށްފި އެވެ.

އާއިލާ އިން ބުނާ ގޮތުގައި އަށް މަހުގައި އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބެލެވެނީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާ ގުޅިގެންނެވެ.

އެ އަންހެން މީހާ އަށް 14 އަހަރު ފަހުން ލިބުނު ދަރިފުޅު މިކަހަލަ ގޮތަކަށް މަރުވުމުގެ ސަބަބުން އަންހެން މީހާ އާއި އާއިލާ ވަރަށް ބޮޑަށް ނަފްސާނީވެ ހޮސްޕިޓަލަށް ޝަކުވާ ވެސް ވަނީ ހުށަހަޅައިފަ އެވެ.

އަންހެން މީހާގެ ފިރިމީހާގެ ބޮޑުދައިތަ، އައިމިނަތު ޝިރުމީނާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން ދިއުމުން ބީޕީ ޗެކްކުރިއިރު ހުރީ 180 ގަ އެވެ. އެހެންވެ އިމަޖަންސީ ރޫމްގައި އެޑްމިޓްކޮށް ޑޮކްޓަރުން މޮނިޓާކުރި އެވެ. އެކަމަކު 140 އަށް ބީޕީ ތިރިވުމުން ބޭސްތަކެއް ދިނުމަށް ފަހު ގެއަށް ދޫކޮށްލީ އެވެ.

ޝިރުމީނާ ބުނި ގޮތުގައި އެ ދުވަހު ވަނީ ބީޕީ މަތިވެއްޖެ ނަމަ ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ބީޕީ މަތިވުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުމެއް ހޮސްޕިޓަލުން ނުކިޔައިދެ އެވެ.

"އީއާރުން ދިނީ 12 ގަޑިއިރުން 12 ގަޑިއިރުން ބޭސް ކާން. އެ މީހުން ބުނީ ބީޕީ މަތިވެއްޖެއްޔާ ކުއްޖާ ސިޒޭރިއަން ހަދައިގެން ނޫނީ ވިއްސަން ވެސް ޖެހިދާނެއޭ. އެމީހުން ނުކިޔައިދޭ އޭގެ ސަބަބުން ކުއްޖާއަށް ވެދާނެ ގެއްލުމެއް،" އާއިލާއިން ބުންޏެވެ.

އޭގެ ފަހުން މި މަހުގެ ހަތް ވަނަ ދުވަހު، ހުޅުމާލޭ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ބީޕީ ޗެކްކުރުމަށް ދިޔުމުން އެ ދުވަހު ބީޕީ މަތީގައި ހުރުމުގެ ސަބަބުން މާބަނޑު މީހުންގެ ކްލިނިކަށް ގޮސް އިމަޖަންސީގައި ދެއްކުމަށް އެދުނެވެ. އެކަމަކު އެތަނުގެ ކައުންޓަރުން ބުނެފައި ވަނީ 18 އާ ހަމައަށް އެޕޮއިންޓްމަންޓް ފުލްވެފައިވާ ކަމަށެވެ. އަދި އީދަށް ވެސް ބަންދުވާނެ ކަމަށް ބުނެ އަންހެން މީހާ ގެއަށް ފޮނުވާލީ އަރާމުކުރުމަށް އެންގުމަށް ފަހު އެވެ.

"ހަތް ވަނަ ދުވަހު ޕަބްލިކް ހެލްތު ޔުނިޓަށް ދިޔައިމަ ބުނީ މާބަނޑު މީހުންގެ ޔުނިޓަށް ދާށޭ. ބީޕީ މަތިވީމައޭ މިއައީ ބުނާށޭ ބުނީ. އެކަމަކު ކައުންޓަރުގައި އިން ކުއްޖާ ބުނީ 18 އާ ހަމައަށް ޑޮކްޓަރުން ފުލްއޭ. އީދު ޗުއްޓީއަށް ބަންދުވާނެއޭ. ޕަބްލިކް ހެލްތު ޔުނިޓާއި އޯޕީޑީ އާއި މާބަނޑު މީހުންގެ ކްލިނިކް ބަންދު. ޑޮކްޓަރުން ތިބީ އޮން ކޯލްގައި،" އޭނާ ކިޔައިދިނެވެ.

އެކަމަކު އޭގެ ފަހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު ދިޔައީ ބީޕީ ޗެކްކުރަމުން ކަމަށް އޭނާ ބުންޏެވެ.

"ބީޕީ ޗެކްކުރަމުން ދިޔައީ ކޮންމެ ދުވަހަކު ވެސް ދެ ފަހަރު. ހެނދުނު ރަނގަޅަށް ހުރިއްޔާ ރޭގަނޑު މަތިވާނެ. ރޭގަނޑު ރަނގަޅަށް ހުރިއްޔާ ހެނދުނު ބީޕީ އެބަ މަތިވޭ. އެކަހަލަ ގޮތަކަށް ދިޔައީ."

އޭނާ ބުނީ ބީޕީ ކޮންޓްރޯލްކުރުމަށް ދިން ބޭސްތައް ކޮންމެ ދުވަހަކު ވެސް އޭނާ އައީ ކަމުން ކަމަށެވެ. އޭގެ ސަބަބުން މީހާ ވަރުބަލިވެ އަބަދުވެސް އޮންނަނީ ނިދިފައި ކަމަށާއި ކުއްޖާ ކިކްކުރާ ކަމެއް ރަނގަޅަށް އޭނާއަށް ނޭނގޭ ކަމަށެވެ.

"500 މިލިގްރާމް ހުރީ ކާންދީފައި ކޮންމެ ގަޑިއަކު. އެ ބޭސް ކޭމަ ހަމަ ނިދި އަންނަނީ. ކާން ވެސް ގޮވަންޖެހެނީ. ކެވެނީ ވެސް ފެން ބަތާއި ތަރުކާރީ. އަޅުގަނޑުމެން ހީކުރީ ޕްރެގްނެންސީގެ ސަބަބުން ވާ ގޮތެއް ކަމަށް. މާބަނޑު މީހާގެ ހަށިގަނޑަށް ގެއްލުންވާނެ ކަމެއް ނޭނގޭ. ޑޮކްޓަރުންނަށް އިތުބާރުކޮށްފައި އަޅުގަނޑުމެން ނުބަލަން ދެން އިތުރަކަށް."

އެގޮތަށް ކޮންމެ ދުވަހަކު ބަލަމުން ގޮސް މިމަހުގެ 16 ވަނަ ދުވަހު ބީޕީ ޗެކްކުރަން ދިޔައިރު ރިހުމެއް ވެސް ބަނޑުގައި ހުރި ކަމަަށް އޭނާ ބުންޏެވެެ. އެކަމަކު އެ ވާހަކަ ނަރުހުން ގާތު ބުނުމުން ވެސް މާބޮޑަށް އަޅާނުލާ ކަމަށާއި އެމީހުން އެންގީ ގެއަށް ގޮސް ރެސްޓްކުރުމަށް ކަމަށް އޭނާ ކިޔައިދިނެވެ.

އެކަމަކު އެ ރޭ ދަންވަރު އަންހެން މީހާ ފާހާނާ ކުރަން ހޭލިއިރު ލޭގެ އަސަރު ފެންނަން ހުރުމުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލުގެ ޓްރައޭޖް ކިއު އިން އިމަޖަންސީ ރޫމަށް ގޮސް ދެއްކުމުން އެނގުނީ ކުއްޖާ ހިތުގެ ވިންދު ނެތް ކަމެވެ.

"ހާޓް ބީޓެއް ނެތް އޭރުގައި. އެހެންވެ އެމީހުން ލޭބާ ރޫމަށް ގެންދަން ވެސް ލިފްޓަށް އެރުވިތަނާހެން ބުނެފި އެއްޗެއް އަންނަހެން އެބަ ހީވެޔޭ. ބުނީމަ ނަރުހުން މި ބުނަނީ ފައިކަރިކޮށްލާށޭ ތަންކޮޅެއް. އެކަމަކު އަނެއްކާ ވެސް އެެއްޗެއް ނިކުމެއްޖެހެން އެބަ ހީވެޔޭ އޭނާ މިކިޔަނީ. އެވަރުން ވެސް އެމީހުން ބެޑްޝީޓް ހިއްލާފައި ބަލާ ނުލާ،"

ޝިރުމީނާ ބުނީ ލޭބާ ރޫމަށް ވެއްދުމަށް ފަހު ބެޑްޝީޓް ނެގިއިރު ކުއްޖާ އޮތީ ވިހާފައި ކަމަށެވެ. އެކަމަކު ހުރިހާ ގުނަވަގެން ފުރިހަމައަށް އޮތް އެ ކުއްޖާ އޮތީ އޭރު މަރުވެފަ އެވެ.

"ޑޮކްޓަރުން ބުނީ 24 ގަޑިއިރު ވެދާނެއޭ ބަނޑަށް މަރުވި ފަހުން. އެކަމަކު އެމީހުން ކައިރީގައި އެވަރަށް ރިއްސާ ވާހަކަ އާއި ހުރިހާ ވާހަކައެއް ބުނީމަ ވެސް އެމީހުން ނުބެލުމަކީ ވެސް މައްސަލައެއް. އެހާ ދުވަސް ފަހުން ވިހާއިރު އެއީ އަލަށް ވިހާ މީހަކަށް މައުލޫމާތު ދޭން ޖެހޭ ވަރަށް މައުލޫމާތު ދޭން ޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ވެސް އެބަ އެއްބަސްވޭ. އެކަމަކު އެ މައުލޫމާތެއް ނުދެޔޭ." އޭނާ ނުރުހުން ފާޅުކުރި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އިހުމާލުން މަރުވި ކަމަށް ބުނާ ތުއްތު ކުއްޖާގެ ޖަނާޒާ.

ޝިރުމީނާ ބުނީ ފެން ބަތް ކައިގެން އަށް މަސް ވަންދެން އެ މީހުން އުޅުނީ ޑޮކްޓަރުން ބުނިހާ ގޮތެއް ހަދައިގެން ކަމަށެވެ. އެކަމަކު އެކަހަލަ ހަބަރެއް އަޑުއަހަން އާއިލާ އޮތީ ތައްޔާރަށް ނޫން ކަމަށާއި އޭގެ ސަބަބުން ކުއްޖާގެ މަންމަ އާއި މުޅި އާއިލާ ނަފްސާނީގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކުއްޖާގެ މަންމައަށް ނިދާފައި އޮތަސް ސިއްސައިގެން ގޮސް ހޭލެވި، އަބަދު ކުދިން ރޯ އަޑު އިވެނީ އެވެ. ހޮސްޕިޓަލުގެ ތެރެއިން ކުޑަ ކުއްޖަކު ފެނުނަސް އުރަން ބޭނުންވެ އެވެ.

"އެތައް އަހަރެއް ފަހުން ކުއްޖަކު ލިބޭތީ ވަރަށް އުއްމީދުތައް ކުރާނެތާ، ކުއްޖާއަށް ބޭނުންވާ ސާމާނުތައް ގަނެ އެތައް ހަރަދެއް ކޮށްގެން އަޅުގަނޑުމެން ތިބީ. އެކަމަކު ހޮސްޕިޓަލުން މައުލޫމާތު ނުދީ އަދި ދެންވެސް އެ އަމަލުކުރި ގޮތުގެ ސަބަބުން ކުއްޖާ މަރުވީ،"

އާއިލާ އިން އެ ވާހަކަތައް ކިޔައިދިނީ އަޅާ ނުލާ ދޫކޮށްލައިފި ނަމަ، އިތުރު ބަޔަކަށް އެކަހަލަ ހާދިސާއެއް ދިމާވެދާނެތީ އެވެ. އެ އާއިލާއަށް އިންސާފު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ބެހޭ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން އެއްވެސް ޖަވާބެއް އަދި ނުދެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ މައްސަލަ ހެލްތު މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.

39 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 91%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮލްޒ

24 July 2022

ވަރަށް ތާކުންތާކު ނުޖެހޭ ރަހުމެއް ކުލުނެއް ނެތް ބަޔަކު އުޅޭ ހޮސްޕިޓަލެއް ތީ. އަހަރެންގެ ބޭބޭ ހެނދުނެއްގެ 5:30 ހާއިރު، ވަރަށް ބޮޑަށް ބަލިވެގެން، މީހާހައަށް ކޮޅަށްވެސް ނުހުރެވޭވަރުވެގެން ތިތަނަށް ދިޔައީ. އިމަޖެންސީ ރޫމަކަށް ނުވެއްދި. ޖެނެރަލް ޑޮކްޓަރަކަށް ނުދެއްކުނު، ޑޮކްޓަރުން ބަލާގަޑި ނުފެށޭތީ. އޭނައަށް ކެއްނުވެގެން އެތާހުރި ސްޓެރެޗަރއެއްގަ އޮށޯތީމަ ބުނީ ތީ މަނާކަމެކޭ. ދެން ގޮސް ގޮނޑިބަރީގަ އޮށޯތީމަވެސް ބުނީ ތީ މަނާކަމެކޭ ބޭރަށް ދާށޭ.

The name is already taken The name is available. Register?

އަހައްމަދަ

23 July 2022

ވަރަށް ގިނަ ތާކުންތާކު ނުޖެހޭ ޔުނިވާސިޓީތަކުން ކިޔަވައިގެންއުޅޭ ބޭރުމީހުން ރާއްޖޭގައި ގިނަ. ކޮލެޖުތަކުން ސެޓްފިކެޓު ގަނެލަގެން އުލޭ ދިވެހިންވެސް މަދުމަދުން އުޅޭ. މެޑިކަލް ބޯޑް އެގްޒާމްތަށް ވަރުގަދަކުރޭ. ބޭރުމީހުން ނުގެނެސް، ދިވެހިން ގިނަކުރޭ. ހެލްތް ކިޔަވައިގެން ތިބި މީހުން ހޮސްޕިޓާތަކުގަ ބޮޑުންނަށް ބޭތިއްބުން މުހިންމު. އޭރުން ނުބައިވެކްސިން ނުޖެހޭނެ. ނުބައި ބޭސްތަކެއް ނުދެވޭނެ. ފަރުވާކުޑަ ޑޮކްޓަރުން މަދުވާނެ. ޑޮކްޓަރުންނަށްވެސް ގަވާއިދު އޮވޭ.

The name is already taken The name is available. Register?

ހާލަތުކާރިންދުށިން

23 July 2022

ހަމަ ތެދެއްދޮގެއް ނުބަލާ ހަބަރު ލިޔުނަކަސް ކަމަކުނުދާނެ. އެތައްފަހަރަކު އެޑުމިވާން އެދުނީމަ އެކަމާދެކޮޅު ހަދާފަ ކުއްޖާމަރުވީމަ ހޮސްޕިޓަލާ ޑޮކްޓަރުންނާ އެތަންކުނިކަންހަންހުރިމީހާ ކުއްވެރިކުރިޔަކަސް ކަމަކުނުދާނެ. ދެރަކަމަކީ މިވާހަކަ ހޮސްޕިޓަލައްވެސް ފާޅުގަބުނަންނުކެރޭތީ. ޑޮކްޓަރުންނަށްވުރެ ބަލިމީހުންބޭސްވެރިކަމަށް މޮޅުވީމަވާނީ މިހެން. އަދި އެއެއްމެނަށްވުރެ މޮޅުވާނެ ނޫސްވެރިންނާ ޓުވިޓަރުގުރޫޕާ.

The name is already taken The name is available. Register?

އިބްރ

22 July 2022

ކުރީ ސަރުކާރުގައިނަމަ ރ ޔާމީންގެ ބޮލަށް ކަނޑާލަނީ މިކަހަލަ ހުރިހައި ކަމެއް.

The name is already taken The name is available. Register?

ކެނެޑީ

22 July 2022

މިމައްސަލައިގެ ހުރިހާ ޖަވާބެއް 1 ޖުމްލައިން މުޅި ލިޔުމުން ފެންނަން އެބޮތް. އެއީ “ޑޮކްޓަރުންނަށް އިތުބާރުކޮށްފައި އަޅުގަނޑުމެން ނުބަލަން ދެން އިތުރަކަށް” އެހެންވެޔޭ އަޅުގަނޑުމެން އިތުރުގޮތްގޮތް ހޯދަންޖެހެނީ މިސާލަކަށް މޮބައިލްޓަވަރު ހުންނަ އިމާރާތުގަ ދިރިނޫޅުން. ހޯމޯން އިންޖެކްޓްކޮށްފަ ހުންނަ މީޓް ނުކެއުން. ވީހާވެސް ރެޑީމޭޑްދަޅުކާނާއިން ދުރުވުން. ޑޮކްޓަރަކަސް ޝޭހަކަސް މިދޫނިރާއްޖޭގަ އެމީހުންނަށް އެންމެމުހިންމުވާނީ އެމީހުންގެ ޖީބަށްވަންނަ އެއްޗެއް

The name is already taken The name is available. Register?

ކަކުނިބޯ

22 July 2022

މިއޮތީ ސިއްހީހިދުމަތުގެ އޮޅުނީ ވިޔަފާރީގެ ރަންޒަމާންފެށިފައި އަޅުގަނޑަޑްފެންނަނީ މިކަން ހައްލުކުރުމަށް ރިސްކް އެލަވަންސްއެއްދޭން ރަނގަޅުއަދަދަކުން މި ކަމުގެ ވިޔަފާރިވެރިންނަށް އޭރުން މިރާއްޖޭގަ ދުވަސްކޮޅަކުން ފިރިހެނުންވެސް މާބަނޑުވާން ފަށާފާނެ. ޢެގިލައްވާތޯ މިރާއްޖޭގައި ފޫޅުމައިން ލިބޭނެ ފައިސާއަކަށްނުބަލާ ނިދިނަގާލާފަ އަޅުގަނޑުމެން އުފަންކުރަން ކުރި މަސައްކަތް ލަދު ކޮބާ ހިދުމަތްތެރިންނޯ

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

22 July 2022

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ދަންނަވަން. ސިއްހީދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ނަށް ވަކި ގަވާއިދެއް ސިވިލްސާރވިސް ކޮމިޝަނުން ހެދުމަކީ ވަރަށް މުހިއްމު ކަމެއް. 24 ގަޑިއިރު މެދުނުކެނޑި މަސައްކަތް ކުރާ ތަންތާގެ ސަލާމް ބުނުމުގެ އުޞޫލު މިއީ އެއްމެ ބޮޑު ބޮލުގެ ރިހުން. ދަންވަރު ޑިއުޓީ އަށް ސަލާމް ބުނީމަ ބަދަލުގައި އަންނާނެ ލީހަކު ނުވެގެން ބަލިމީހުންނަށް ޚިދުމަތް ދިނުން ދަތިވަނީ މަދެއް ކޮށެއް ނޫން. ސަރުކާރު ބަންދުވިޔަސް މީހުން ބަލި ވާނެ. ހަމަ އަސްލުވެސް އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭކަމަށް ގަބޫލު ކުރަނީ.

The name is already taken The name is available. Register?

ރާވެރިބޭ

22 July 2022

ފަރުވާކުޑަކަމުގެ އިންތިހާ ! ހޮސްޕިޓަލަށްވުރެ ބެލެނިވެރިން

The name is already taken The name is available. Register?

ޓަކެނޭ

22 July 2022

ސިއްހީ ހިދުމަތަކަށް އެއްވެސް ޕަބްލިކް ހޮލިޑޭއެއް އެޒާތުގެ ކަމެއް އޮވެގެން ނުވާނެ. މުޅިން ގޯސް ނިންމުމެއް..ކޮންމެ ފަހަރަކެވެސް ބަންދު ތަކާ ދިމާކޮށް މިކަހަލަ ހަބަރު އަޑުއިވޭ. އަދި ކިޔެެތްތަ މިމީހުން މުސާރަ ބޮޑުކުރަން ގޮވާއިރު ކިޔަނީވެސް ޕަބްލިކް ހޮލިޑޭ ލިބޭ ބައެއް ނޫނޭ އަބަދުވެސް އޮން ކޯލްއޭ.. ނަމަވެސް ކަން މިހިނގަނީ އެހެނަކުން ނޫނެވެ

The name is already taken The name is available. Register?

މޯރީ

22 July 2022

ހުޅުމާލެ ހޮސްޕިޓަލުން ކަންތައް ކުރިލެއް ގޯސް އަދި އެމީހުން އިހުމާލުވެސްވެފަ ތިއޮތީ އެކަމަކު ޕޭޝަންޓު އަދި އާއިލާއިން ވެސް ޖެހޭނެދޯ އެހެން ހޮސްޕިޓަލަކށ ްދައްކާލަން އެހާ ކްރިޓިކަލް ޕޭޝަންޓެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454