ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ރައީސް ހުޅުވައިދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
26 މެއި 2025 - 20:13
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އަލަށް ގާއިމްކުރި 14 އެނދުގެ އިމަޖެންސީ ރޫމް މިއަދު ހުޅުވައިފި އެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އިމަޖެންސީ ރޫމް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ހުޅުވި އީއާރުގައި ވަނީ ޒަމާނީ ވަސީލަތްތަކާ އެކު 14 އިމެޖަންސީ އެނދާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ރިސަސްއެއް ވަނީ ގާއިމްކޮށްފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީ އަދި ޖީއޯޕީޑީ ހިދުމަތް ހޯދި މީހުންގެ އަދަދު 250،000 އަށް ވުރެ މައްޗަށް އަރާފައިވީ ނަމަވެސް، މިހާތަނަށް އެ ހޮސްޕިޓަލުގައި ހިދުމަތް ދެމުން ގެންދިޔައީ ހަތް އެނދުގެ އީއާރެއްގަ އެވެ.
އާއީއާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކާއެކު ސިއްހީ ފަރުވާ ހޯދުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އައިޖީއެމްއެޗަށްދާ ވަރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ރައީސް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުން މިހާތަނަށް ވެސް އެ ކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިމަޖެންސީ ރޫމްގެ ޖާގައިގެ ދަތިކަން ކަމަށާއި މިއަދު ހުޅުވުނު އާ އީރް އާއެކު އެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދާނެ އެވެ.
"ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރަމުންގެންދާއިރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އީއާރުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދުވުން. ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން އީއާރް ބޮޑުކުރުމުގެ މަސައްކަތް ފަށައި މިއަދު ވަނީ ހިދުމަތްތައް މިވަނީ ގާއިމްކޮށްފައި،" ހަލީލް ވިދާޅުވި އެވެ.
އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން އަހަރެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދަ އެވެ.
އާ ހިދުމަތްތައް ތައާރަފްކޮށް، ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހިންގާ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މި ސަރުކާރުން ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އާ ބައެއް ވަސީލަތްތައް ގާއިމްކުރުމަށް ފަހު ޓާޝަރީ ހޮސްޕިޓަލަކަށް މިދިޔަ ނޮވެންބަރު މަހު އެ ތަން ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫމް ބޯއީ
27 May 2025
ރޫމްއެއް ރައީސެއް ހުޅޫވީ ؟
ތޯއިފާ މުހައްމަދު
27 May 2025
ވަރަށް ފުރިހަމަ ކަމެއް މި ނިންމާލީ. މިހާރު އިންނަތަން ޖާގައިގެ ދަތިކަން ހުރޭ. ދެން އެކަމަށް މި ލެބެނީ ހައްލު
ވައްލައްޕަން
27 May 2025
ތަންތަން މަރާމާތު ކޮށްފަ އަލުން ހުޅުވި ނަމުގައި ހެޑުލައިން ނުހަދާ ހިދުމަތް އަވަސްކުރަންވީ. މިއަދުވެސް ޑެންޓަލް އެޕޮއިޓްމަންޓަކަށް ނޯޓް ކޮއްލިއިރު ވެއިޓިންގ ލިސްޓްގެ 1030 ވަނައަށްވުރެ ފަހަތުން ލައްވާލީ.
އަލްސަންް
27 May 2025
ރައީސް މުއިއްޒުގެ މި ޒައާމަތުގައި ހުޅުމާލޭ ކެޕޭސިޓީއާ އެއްފެންވަރަށް ސިއްޚީ ހިދުމަތްތަށް ފުޅާވެގެންދާނެކަން ކަށަވަރު.
އަސްނާންް
27 May 2025
އިބޫގެ ފަސް އަހަރު ނިމިގެންދިޔައީ ހުޅުމާލޭގެ ސިއްޚީ ނިޒާމް ހަރުދަނާކުރަން އެއްކަމެއްވެސް ނުކުރޭ. ޝުކުރިއްޔާ ރައީސް މުއިއްޒު
ފަތުހުﷲ
27 May 2025
އަދިކިރާ މިކަން ކުރާނެ ސަރުކާރެއް މިއައީވެސް.
ޒީނަތް އައްބާސް
27 May 2025
މިދިޔަ އެއްވެސް ސަރުކާރަކުން މިކަންކަން ނުކޮށް އޮތުމަކީ ލެބުނު ގެއްލުމެއް. ހާދަ މުހިއްމު ތަނެކޭ މިހުޅުވީ.
ކުމާއު
27 May 2025
ތީ ކުރިން ނެތްތަނެއް ނޫނޭ. ދެން ތިވަރުތަނެއް ހުޅުވަން ރައީސް ދިޔައިމަ ލަދު ދޯ
މުމްތާސް
27 May 2025
މީ ކުރަން ލަސްވެފަ އޮތް ކަމެއް. ޝުކުރަން އަދުގެ ސަރުކާރަށް.
އުއްތަމަ އުސްތާޛް
27 May 2025
ތިއީވެސް މެގަ ޕްރޮޖެޓްޓެއް. ލަދުން ބޯހަލާކު
ނިޔާޒާާ
27 May 2025
ކޮން މެގަ ބެގައެއްތަ އޮންނާނީ. ކަލޭމެން 5 އަހަރުން ސިއްހީ ހިދުމަތަށް ކޮށްދެވުނީ ކޮންކަމެއް؟
އާދަމްބެއްޔާ
26 May 2025
ހުޅުމާލެ ހޮސްޕިޓަލަށް ކިތަންމެ ހިދުމަތް ގިނަކުރި ކަމުގައިވިޔަސް ބަލިމީހުން ބަލަން ޑޮކްޓަރުން ނުތިބޭނަމަ ހިދުމަތް ނުލިބޭނެ... އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދައްކަންވެސް ކިއުގައި 8 ގަޑިއިރު 10 ގަޑިއިރުވޭ... މިވަރު އާބާދީއެއްގައި ކެޝުއަލްޓީގަ ބަލަން ޑިއުޓީއަކު 1 ނުވަތަ 2 ރޫމުން
މެލޭސިޔާ ހުސޭނު
27 May 2025
100ގެ ވާހަކައެއް. ވާނީވެސް އެހެންތާ. ވެރިންނާ ސިޔާސީ މީހުން ނުޖެހޭނެ ކިޔު ޖެހޭކަށް، ނުވިތާކަށް އާސިޔާން ގައުމުތަކުން ސަރުކާރުގެ ޚަރަދުގައި ބޭސް ފަރުވާ ލިބޭނެ. ނިކަމެތި ރައްޔިތުން ޖެހޭނީ ގަނަތެޅެން.