ޕީއެސްޖީގެ ފޯވާޑް ނޭމާ: އޭނާ ބުނީ އޭނާގެ ކުރިމަގާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭކަމަށް --- ފޮޓޯ: އޭއެފްޕީ
24 ޖުލައި 2022 - 10:57
ޓޯކިޔޯ (ޖުލައި 24) - އޭނާގެ ކުރިމަގާ މެދު ޕީއެސްޖީގެ ޕްލޭންތައް ހުރި ގޮތް ނޭނގޭކަމަށް އެ ޓީމުގެ ފޯވާޑް ނޭމާ ބުނެފި އެވެ.
ނޭމާ ދޫކޮށްލަން ޕީއެސްޖީން މަސައްކަތް ކުރާ ކަމަށް މިދިޔަ މަހު ފަހު ކޮޅު މީޑީއާތަކުން ރިޕޯޓް ކުރި އެވެ.
ޖަޕާންގައި މިހާރު ކުރިއަށްދާ ޕްރީ ސީޒަން ޓްރޭނިންގައި އެ ގައުމުގެ އުރަވާ ރެޑް ޑައިމަންޑްސް އާ ދެކޮޅަށް ޕީއެސްޖީ ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ނޭމާ ކުޅުނެވެ. މެޗަށް ފަހު އޭނާ ބުނީ ޕީއެސްޖީގައި ހުންނަން އޭނާ ބޭނުންވާ ކަމަށެވެ.
"އަދި މިހާތަނަށް ކްލަބުން އަހަންނަށް ވަކި އެއްޗެއް ނާންގާ. އެހެންވީމަ އަހަންނަކަށް ނޭނގޭ ކްލަބްގެ ޕްލޭންތައް އަހަންނާ މެދު ހުރީ ކިހިނެއް ކަމެއް،" ނޭމާ، 30، ބުންޏެވެ.
ޕީއެސްޖީގެ ދެ ފޯވާޑުން ކަމަށްވާ ނޭމާ އާއި މެސީ: ނޭމާގެ ކުރިމަގާ ބެހެގޭޮތުން ވަނީ ސުވާލު އުފެދިފަ --- ފޮޓޯ: އޭއެފްޕީ
އޭގެ ފަހުން، މެޗުގެ ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޕީއެސްޖީގެ އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ބްރެޒިލްގެ ފޯވާޑް ޓީމުގައި ހުންނާނެ ކަމާ މެދު ޔަގީންކޮށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
އެކަމަކު ޕްރީ ސީޒަން ޓްރޭނިން ފެށި ފަހުން ވެސް ނޭމާ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަލްޓިއޭ ބުންޏެވެ.
"އޭނަ ވެސް ހުރީ އަހަންނާ މެދު ހިތްހަމަ ޖެހިފަ. އަދި އޭނާ ހުރީ ވަރަށް ފިޓްކޮށް،" ގަލްޓިއޭ ބުންޏެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތެއް ނޭނގެ. ޓްރާންސްފާ ޕީރިއަޑް ނިމުމުގެ ކުރިން ވެސް ވާނެ ގޮތެއް ނޭނގޭ. އެކަމާ އެއް ވެސް ވަރަކަށް އަހަރެން އޭނާ އާ ވާހަކައެއް ނުދައްކަން."
އިނގިރޭސި ޗެމްޕިއަން، މެންޗެސްޓާ ސިޓީން ނޭމާ ގެންދަން މަސައްކަތް ކުރާ ކަމަށް ކުރިން މީޑިއާ ތަކުން ރިޕޯޓް ކުރި އެވެ. އެކަމަކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
24 July 2022
ރަދީފް އެބުނިހެން އަވަހަށް އާސެނަލްއަށް ނައްޓާލާ! އޭރުން ފަހަރެއްގަ ރަދީފް އުފަންވުމުގެ ކުރިން ލިބުނު ޕްރިމިއަރލީގް އަލުން އާސެނަލްއަށް ލިބިދާނެ. ރަދީފް މީހަކާ އިންނައުމުރު ޖެހުނުއިރުވެސް އެއުޅެނީ އާސެނަލްއަށް ލީގުލިބުމުގެ ހުވަފެން ހަގީގަތަކަށް ނުވެގެން.
ރަދީފްއޮފިޝަލް
24 July 2022
ބްރޯ ބާސާ ދޫކޮށް އެހެން ކްލަބަކަށް ދިޔައީ ހިޔަނިން ނެއްޓެން ކަމަށް ބުނެ.މިއަދު ބެންޗުގަ އިންނަން ޖެހެނީ.އެހެންވީމަ އަވަހަށް ކޮންމެވެސް ކްލަބަކަށް ނައްޓާލާ.އަހަރުމެން އަބަދުވެސް އެދެނީ ނޭމާއަށް ކާމިޔާބީ ލިބުމަށް .
ނައީމާ
24 July 2022
ޝުކުރިއްޔާ