ހުޅުމާލެ ހޮސްޕިޓަލްގެ އިމާރާތް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 ޖުލައި 2022 - 11:16
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރެއަށް މީހަކު ވިހަން ޖެހުނީ އެ ތަނުގެ ފަރުވާކުޑަވެގެން ކަމަށް ތުހުމަތު ކުރާ މައްސަލަ ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ކަމެއް އޮތް ނަމަ ރަނގަޅުކުރާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ތަނުގެ ލިފްޓަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މީހަކު ވިހެއި މައްސަލަ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު، 'ޕޭޝަންޓް ކެއާ' ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން ރަނގަޅުކުރަން ހޮސްޕިޓަލުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ފަސް ނުޖެހޭނެ ކަމަށް ބުންޏެވެ.
އެ މީހާ އަށް 14 އަހަރު ފަހުން ލިބުނު ދަރިފުޅު ލިފްޓަށް ވިހެއިރު އޮތީ މަރުވެފަ އެވެ.
އެ މައްސަލައިގައި އާއިލާއިން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން ދިއުމުން ލޭގެ ޕްރެޝަރު ޗެކްކުރިއިރު ހުރީ 180 ގައި ކަމަށެވެ. އެހެންވެ، އިމަޖަންސީ ރޫމްގައި އެޑްމިޓްކޮށް ޑޮކްޓަރުން މޮނިޓާކުރި އެވެ. އެކަމަކު 140 އަށް ޕްރެޝަރު ތިރިވުމުން ބޭސްތަކެއް ދިނުމަށް ފަހު ގެއަށް ދޫކޮށްލީ އެވެ.
އެ ދުވަހު ޕްރެޝަރު މަތިވެއްޖެ ނަމަ ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ހޮސްޕިޓަލުން ބުންޏަސް ބީޕީ މަތިވުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުމެއް އެ ތަނުން ކިޔައި ނުދޭ ކަމަށް، އަންހެން މީހާގެ ފިރިމީހާގެ ބޮޑުދައިތަ އައިމިނަތު ޝިރުމީނާ ބުންޏެވެ.
އޭގެ ފަހުން މި މަހުގެ ހަތް ވަނަ ދުވަހު، ހުޅުމާލޭ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ބީޕީ ޗެކްކުރުމަށް ދިއުމުން އެ ދުވަހު ބީޕީ މަތީގައި ހުރުމުގެ ސަބަބުން މާބަނޑު މީހުންގެ ކްލިނިކަށް ގޮސް އިމަޖެންސީގައި ދެއްކުމަށް އެދުނެވެ. އެކަމަކު އެ ތަނުގެ ކައުންޓަރުން ބުނެފައި ވަނީ މި މަހުގެ 18 އާ ހަމައަށް އެޕޮއިންޓްމަންޓް ފުލްވެފައިވާ ކަމަށެވެ. އަދި މިދިޔަ ބޮޑު އީދަށް ވެސް ބަންދުވާނެ ކަމަށް ބުނެ އަންހެން މީހާ ގެއަށް ފޮނުވާލީ އަރާމުކުރުމަށް އެންގުމަށް ފަހު އެވެ.
އެގޮތަށް ކޮންމެ ދުވަހަކު ބަލަމުން ގޮސް މި މަހުގެ 16 ވަނަ ދުވަހު ބީޕީ ޗެކްކުރަން ދިޔައިރު ބަނޑުގައި ރިހުމެއް ހުރި ވާހަކަ ނަރުހުން ގާތު ބުނުމުން ވެސް އެ ކަމަށް މާ ބޮޑަށް އަޅާނުލާ ކަމަށާއި ގެއަށް ގޮސް އަރާމް ކޮށްލަން އެދުނު ކަމަށް ޝިރުމީނާ ބުންޏެވެ.
އެކަމަކު، އެ ރޭ ދަންވަރު އަންހެން މީހާ ފާހަނާ އަށް ދިޔައިރު ލޭގެ އަސަރު ހުރުމުން އިމަޖެންސީ ރޫމަށް ގޮސް ދެއްކިއިރު ކުއްޖާގެ ހިތުގެ ވިންދު ނެތް ކަމަށް ބުންޏެވެ.
"ހާޓް ބީޓެއް ނެތް އޭރުގައި. އެހެންވެ އެ މީހުން ލޭބާ ރޫމަށް ގެންދަން ލިފްޓަށް އެރުވިތަނާހެން ބުނެފި އެއްޗެއް އަންނަހެން އެބަ ހީވެޔޭ. ބުނީމާ ނަރުހުން މި ބުނަނީ ފައިކަރިކޮށްލާށޭ ތަންކޮޅެއް. އެކަމަކު އަނެއްކާ ވެސް އެެއްޗެއް ނުކުމެއްޖެހެން އެބަ ހީވެޔޭ އޭނާ މި ކިޔަނީ. އެ ވަރުން ވެސް އެ މީހުން ބެޑްޝީޓް ހިއްލާފައި ބަލާ ނުލާ،" ޝިރުމީނާ ބުންޏެވެ.
އެ ކަންތައްތަކާ ހެދި އާއިލާ އިން ތުހުމަތުކުރަނީ އެ މީހާގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާ ގުޅިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
25 July 2022
މަޖުލީހުގައި އޮވޭ ސަރުކާރުގެ ތަންތަނުގެ މަސައްކަތުގެ މިންވަރު ބަލާ ކޮމިޓީއެއް. މާބަނޑުމީހަކަށް މިފަދަބޮޑުކަމެއްވެ ކުއްޖާ ބަނޑަށް މަރުވާއިރު އެމީހުން އެލާޓްވާ ހިސާބަށް ނުދިއުމަކީ މައްސަަލައެއް. މީ އެމައްސަަލަ ހިގައިދިއަ ހޮސްޕިޓަލު ހިންގަން ހުރިމީހާ ޓެކްސްޕޭޔަރުންނަށް ދެފުށް ފެންނަގޮތަށް ސުވާލުކުރެވެންޖެހޭވަގުތު. މިނޫން ލެވެއަކަށް މިކަން ނުގޮން ގައުމުގެ ބޮއްސުންލާފައިވާ ކަންކަން ހަމައަކަށް ނޭޅުވޭނެ
ގައުމެއްނެތް
25 July 2022
އަހަންނަށް ހީވަނީ ހެލްތު މިިނިސްޓަރަކަށް ނަސީމު އައިފަހުން ރާއްޖޭގެ ހެލްތުގެ ދާއިރާ ބޮޑުތަނުން ދަށަށް ޖެހިލައިފިހެން. އެހެންވެ ކަންނޭގޭ މިދިޔަ ދޮޅުއަހަރެއްތެރޭ އުފަންވާ ކުދިންގެ އަދަދު ދަށަށް ދިޔައީ، މިބުނީ އާބާދީ އިތުރުވާ ރޭޓް ދަށަށް ދިއައީ. މީހުން ބޭނުންނުވަނީކަންނޭގޭ އިތުބާރު ގެއްލިފައިވާ ސަރުކާރު ހޮސްޕިޓަލަކަށް ވިހުން ފަދަ ނާޒުކު ކަމަކު ބަރޯސާވާން
ފުއްކިބަ
25 July 2022
2. ކުޑަމިސާލެއް ދަންނަވާލަފާނަން: މާބަނޑުމީހާ ޑޮކްޓަރަށް ދެއްކީމަ ދޭ ޓެސްޓް ހަދަން ދާންޖެހެނީ އެހެން ތަނަކަށް، ބޭސް ހުސްވެފަ، ސްކޭން ހަދަން ޕްރައިވެޓް ކުލިނިކަކަށް. މިއިން ކޮންމެތަނަކަށް ދައްކަން މަސްދުވަސްނަގާ. އެހެން ގައުމުތަކުގަ އެއްގަޑިއިރުތެރޭ ޓެސްޓްތަށްހަދާ. ސްކޭން ކޮށް އަދި ހުރިހާބޭހެއް ލިބޭ.
ފުއްކިބަ
25 July 2022
1. ތި ކަހަލަ ކަންތައްތައް ދިމާވާނީ ހެންދުނު 9 އަކުން ހަވީރު 5 ކަށް މަސައްކަތް ކުރާ އާންމު ރައިޔަތުންންނަށް، ކިރިޔާވެސް ފުދޭ މީހާ ފުރައިގެން ދާނީ އިންޑިއާ، ބެންކޮކް ފަދަ ތަންތަނަށް. މަތިފަޑީގައާއި އެތެރެ ކޮއިލުގަ އުޅެބޭބޭފުޅުންނަށް ތިކަހަލަކަންތައްތަށް އިނގިލައްވާނީ ނޫސްތަކުގެ ސުރުހީތަކުން.
މަހޭބެ
25 July 2022
ތިކަން ބަލަނީ ކޮންބަޔެއްބާ ސުވާލުކުރަންޖެހޭ ހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ދިމާވާ މައްސަލަ ހޮސްޕިޓަލުން ބަލަންވެއްޖެއްޔާ ދުވަހުކުވެސް ތިކަންކަން ރަގަޅެއް ނުވާނެ
ރޮބަޓުން
25 July 2022
ނަސީމޫ މޫ ......! މިއީ ދިވެހިރާއްޖެއޭ ، މިތަނުގެ ހޮސްޕިޓަލުގައި ތިބެންޖެހެނީ ޑޮކްޓަރުން/ނަރުހުން/ލެބޯޓްރީ ސްޓާފުން އަދި އިދާރީ މީހުނަށްވެސް ރޮބަޓުން ނެވެ. އަދި ފެންނަގޮތުން ރޮބަޓުން ބައްޔެއް ނުވެއެވެ. މައެއް ދަރިއެއް ފިރިއެއް އަނބެއް ނުތިބެއެވެ. ....
ރޮބަޓްކާފަ
25 July 2022
ރޮބަޓަށްވެސް މިވާނުވާ ވިސްނޭނީ ރޮބަޓްގެ ދަރިއަކަށް ކަމެއްވިނަމަ. ބަލި ޗުއްޓީގަ މާބަނޑުމީހާ ނުވިހާ އިންނާނެތަ؟ ހޮސްޕިޓަލްތައް ބަންދެއް ނުކުރެވޭނެ. ޢެންމެން އެއްފަހަރާ ޗުއްޓިއަކަށްވެސް ނުދެވޭނެ. ވަޒީފާއަށް ވަންނަންޖެހޭނީ އެވަރު ދަނެގެން.
ޕެންޑަމިކް
25 July 2022
ހުޅުމާލެ ފޭސް 1 ފޭސް 2 ގައި ދިރި އުޅޭ 1 ލައްކަ އަށްވުރެ ބޮޑު އާބާދީއަށް ޞިއްޙީ ޚިދުމަތް ދޭން ހުރި ސަރުކާރު ހޮސްޕިޓަލް. ތިވަރަށް އެއްޗެހި ނުކިޔަބަލަ ކުދިންނޭ.
އަސްލު
25 July 2022
މި މީހުން ކަންކަން ރަނގަޅުކުރަން އުޅެނީ މީހަކަށް ބޮޑު ގެއްލުމެއް ލިބުނީމަ, އޭގެފަހުން. ސަރުކާރުގެ ބަންދެއް އަންނަޏާ ހޮސްޕިޓަލަށް ދެއްކޭކަށް ނޯވެ ހުރިހާ ތަނެއް ބަންދާއެކު ބަންދުކުރާނެ. ޑޮކްޓަރަށް ދެއްކޭ ގޮތެއް ނުވާނެ. މީ ދެން ބޮޑުވަރު. މީހެއްގެ ފުރާނައަށް ގެއްލުންވާއިރުވެސް ބަންދެއް އައިއްޔާ ހުރިހާތަނެއް ބަންދުކޮށްލާފައި އެންމެން ޗުއްޓީގައި. ބަންދާ ދިމާކޮށްފައި އެކަމަކާ ގުޅޭ ޑޮކްޓަރަކުވެސް ހުންނަނީކީނޫން. ބަންދު ނިންމާފައި ޑޮކްޓަރުން އަންނައިރު ބަލިމީހާއަށް ވާނެއެއްޗެއް ވެފައި މިއޮންނަނީ.
ސައި
25 July 2022
ހުޅުމާލެ ހޮސްޕިޓަލްގައި އޮތް ނުކުޅެދޭ މީހެއްގެ ނެޕީބަދަލުކޮއްލަން އެދުމުން އެވަގުތު އެތާޑިއުޓީގަތިބިނަރުހުންބުނީ އެހީތެރިޔާކައިރީއަމިއްލައަށް ބަދަލުކުރާށޭ ފެނާއި ކަފަދޭނަމޭ މިހާފަރުވާކުޑަތަނެތް އެއީ
ނަރުސް
25 July 2022
ބަލިމީހުންނަށް ގަޑިންގަޑިއަށް ދޭންޖެހޭ ބޭސް އަދި އިންޖެކްޝަން ނުދީ، ހަދަންޖެހޭ ޓެސްޓުތަކަށް ލޭނުނަގާވެސްވީ ހުރިހާކަމެއް ހުއްޓާލާފަ ތިނެޕީ ބަދަލުކުރަންތަ؟ނަރުހުން ނެޕީ ބަދަލުކުރުމަށްވުރެ މާ އާރޖަންޓް ކަންތައްތައް ކުރަން ހޭބޯނާރައިގެން އުޅޭއިރު އެއްޗެހި ދިނުމުން އަމިއްލައަށް އަމިއްލަމީހާގެ ނެޕީ ބަދަލުކޮއްލަންޖެހުނީމާ އެކަން މައްސަލައަކަށް ހެދީމާ ފަރުވާކުޑައީ ކާކުބާ؟
ބަންގާޅި
25 July 2022
ޢެތަނުގެ ފާހަނައިން މަތިން ބަންގާޅިން ބަލާ މައއސަލަވެސް ވަރަށް ބޮޑު. ޢެއްފާހާންއިން މިހާރު ފިލާ ހަރުކޮށްފަ ހުންނަނީ އެކަމް އަނެއްތަނުން ބަލާ. މިހަަރުން މިކަމަށްވެސް ރިޕޯޓެއް ލިޔެބަލަ