ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު ނިޝާން (ކ) އަދި ފަޒްލޫން: ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފައި
25 ޖުލައި 2022 - 14:02
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ޔޯގާ ހަރަކާތް ހިންގަނިކޮށް، އެ ތަނަށް ވަދެ ހިންގި ހަަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތަށް ހައްޔަރުކޮށް، ފަޒްލޫން ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި އޭނާ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވިޔަސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރިއިރު، ކުރިން އޭނާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ވެސް އޮތީ އިސްތިއުނާފްކޮށްފަ އެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކުރިއިރު، އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ޝައިހް ނިޝާން އާދަމް އަދިވެސް ހުރީ ބަންދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީރާޖާ
27 July 2022
މިކަހަލަ ހަރުކަށި ފިކުރުގެ ނަފުރަތު އުފައްދާ ތަޅާފޮޅުމަށް ހިތްވަރުދޭ މީހުން ތިބެންޖެހޭނީ ބަންދުކޮށްފައި
ޢިމުު
26 July 2022
ދީނީ އިލްމުވެރިއެއްކަމަކު ނުޖެހޭނެ ގަވައިދާ ޚިލާފަށް ކަންކަމުގެ ތެރެއަށް ވަންނާކަން އަހަރެމެންގެ ރަސޫލާވެސް ގަދަބާރުން ކަންތައްތަކެއް ނުކުރައްވާ އިލްމުވެރިންނަކީ ރައްޔިތުންނަން ރީތިނަމޫނާ ދައްކަން ތިބޭބައެއް ސިޔާސީ ކަންތައްތަކެއް ބަޔަކު ކުރިޔަސް ނުޖެހޭނެ ގޮސްގަވާއިދާ ޚިލާފަށް އަރާގަންނާކަން ދީނީޢިލްމުު ވެރިންނަކީ މަޑުމައިތިރި ބައެއް
ފަނާރު
26 July 2022
މިކަލަހަގެ އިލްމްވެރިންގެ ކިބައިން މިގައުމު ސަލާމަތްކޮށްދެއްވާށި! އިލްމްވެރިންނަކީ ގައުމު ބައިބައިކޮށް ޒަމާންވީ އާދަތައްނެތިކޮށް އަރަބިކަރައިގަ ނެތެމުންދާ ސަގާފަތްތައް މިރާއްޖޭގައި ގާއިމްކޮށް އެކަހެރި ގައުމަކަށް މި ގައުމު ވުމަށް އެދޭނެ ބައެއް ނޫނެވެ. އަރަބި ޖުއްބާއާ އިސްލާމް ދީނާ ގުޅުމެއްނެތެވެ. މިތަނުގަ ޖުއްބާލުމަށް ބާރު އެޅުމަކީ ޒަމާނުއްސުރެ ދިވެހިން އުޅެމުން އައިގޮތް ނެތިކޮށް ބައިބައި ކުރުމަށް ކޮށާ މަގެކެވެ.
ދޮންކަބިލި
26 July 2022
އެމީހުން ދެކޭގޮތުގައި ޖުއްބާ ނޫން އެހެންއެޗިހިލުމަކީ ހަރާމްކަމެއް. ތުބުޅި ބޭލުމަކީވެސް ހަރާމްކަމެއް!
ޢެޑްމުންޑޯ
25 July 2022
ލިވާތުކުރާ މީހުންނާއި ، ރޭޕްކުރާ މީހުންނާއި ، ޚިޔާނާތްތެރިން އަދި ޑްރަގުގެ މައްސަލަތަކުގައި ކޯޓުން ދޫކޮއްލީމާ އޯކޭ ، ފަހަތުން ނުދުވާ ، ޝެއިޚެއްގެ ފަހަތުން ނުނައްޓާގެން ،، ގްރޫޕް މިއުޅެނީ ކީއްވެގެންހޭ !!
އަލީލީ
25 July 2022
ޝައިހުން ހައްގު ބަޔާން ކުރުމުން މިނިސްޓްރީ އިން ދީފައިވާ ހުއްދަތަށް ބާތިލުކޮށް ގޮޅިޔަށް. ވެރިކަމުގެ ހާންދާނަށް ނިސްބަތްވާ މީހުން ލިވާތުކޮށް އެއްވެސް އަދަބެއް ނުލިބި ވަކީލުކަން ޕްރެކްޓިސްކޮށް ޔުނިވަރސިޓީގައި ކިޔަވައިދެމުން ދަނީ. ލިވާތުކުރުން މިގައުމުގެ ގާނޫނުލު އުގޫބާތުގައި ކުށަކަށް ނުވަނީތޯ މިހާރު.
ފެތުރި
25 July 2022
މިރާއްޖޭހައި ތާލިބާންގެ އުސޫލުތައް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ނުހުއްޓުވައިފިނަމަ މިރާއްޖޭގެ މުސްތަގުބަލު ވަރަށް ބޮޑަށް އަދިރިވެ ފުން ވަޅުގަޑަކަށް ވެއްޓިދާނެއެވެ. ދީނީ އިލްމްވެރިންނަކީ ހަމަނުޖެހުމާ ފިތުނައާ ފަސާދައަށް ގޮވާލާ މީސްތަކުންނާއި މުދަލަށް ގެއްލުންދިނުމަށް މަގު ކޮށާދޭނެ ބައެއްނޫނެވެ.
ހުޅުޅޭ ބޮޑުމީހާ
25 July 2022
މިރާއްޖޭގަ ހިންގަންވީ ރެއިންބޯ އުސޫލުތައްދޯ
ދެން
25 July 2022
ހާދަހާ އީމާންތެރިކަން ދެރައޭ
ރައްޔިތުސޮރު
25 July 2022
އެއްޖިންސުން ގުޅުންހިންގި މީހުންތެރޭގަ ނާޒިމު ހުރެގެން ދޯ ފރހނކޅނ ހައްޔަރުނުކުރެވިގެން ތިއުޅެނީ. އިބޫގެ ރިމޯޓު އޮންނަނީ މާލޭގެ އިއްޒަތްތެރިންގެ އަތުގަ! ބައްލަވާ ރައީސް މިހާރު ތީ މިޤަޢުމުގެ ވަލިއްޔުލް އަމުރޭ މިހާރަކު ނުޖެހޭނެ ވަކި ޚާންދާނަކަށް އަޅުދާސްތުވާކަށް ހަމަހަމަކަމާ އިންސާފު ޤާޢިމު ކުރައްވާ!
ޗެރީ
25 July 2022
މީހެއްގެ އަތުގަ ދީނީ ފާހެއް އޮތުން އެއީ އަދި އޭނާ ހުރިހާ ކުށްތަކުން އޮޓޯކޮށް އިމިއުން ވާންވީ ސަބަބެއްނޫން. މިކަމަށް އިބުރަތަކަށްފުދޭ އިބްލީސްގެ ވާހަކަ. އޭނާއަކީ ހުރިހާވައްތަރެއްގެ އިލްމުހުރި އެތައްޒަމާނެއްވަންދެން އަޅުކަމުގަ އުޅުނު މީހެއް އެކަމަކު އާޚިރުގައި އޭނާއެއޮތީ އެންމެއުހުން އެންމެދަށަށް ވެއްޓިފަ.
1828
25 July 2022
އިންޑިއާގެ ނުފޫޒު މިފެންނަނީ
ސެލެފީ
25 July 2022
ތިކަހަލަ ނުރައްކާތެރި މީހުން ބައިތިއްބަންވީ ފައިގަ ޓެގު އަޅުވާފަ. އޭރުން އުޅޭނޫޅޭގޮތްބެލޭނެ.