މާލޭގެ އިމާރާތްތައް: ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ސިޓީ ކައުންސިލުން އެހީތެރިވެދޭން ވަނީ ނިންމާފައި. -- މިހާރު ފައިލް ފޮޓޯ
27 ޖުލައި 2022 - 11:01
މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދޭ ފޯމު ފުރުމުގައި ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދެން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މީހުންނަށް އެހީތެރިވުމަށް މޭޒުތައް ބަހައްޓާފައި ހުންނާނީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި (ތައިސޭކޮށި) އަދި ކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށް އިއުލާނުގައިވެ އެވެ.
ކައުންސިލުން ބުނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ފޯމު ފުރުމުގައި އެހީތެރިކަން ލިބޭނެ ކަމަށެވެ.
ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 26ގެ ނިޔަލަށް އޮތްއިރު ކައުންސިލުން ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފޯމު ފުރުމާއި ހުށަހެޅުމުގައި އެހީތެރިވާނެ ކަމަށެވެ.
ކައުންސިލުން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު އެމްޑީޕީން ވެސް ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އާންމުންނަށް ޝެޝަންތަކެއް ބާއްވަން ފަށައިފަ އެވެ.
އެ ސެޝަންތައް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގަ އެވެ.
ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅު ހިއްކާ ސަރަހައްދުން 2000 ގޯތި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް މި ސަރުކާރުން ހުޅުވާލީ މިދިޔަ މަހުގެ 29 ގަ އެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނި ވެސް 4000 އަށް ވުރެ ގިނަ މީހުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލި އެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވާލިއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނުބެ
27 July 2022
މީ ވަރަށް ބޭއިންސާފުން ހަދާފައިވާ ގަވާއިދުތަކަކަށް ދޫކުރަން އުޅޭ ގޯތިތަކެއް. 1. ރާއްޖެތެރެ ބައްޕައަކަށް ލިބިފައިވާ ދަރިން ކުރިން ރަށުރަޖިސްޓްރީގައި ޖެހިފައިވީތީ ކުރިމަތިނުލެވޭ 2. ހިޔާފްލެޓުން ފްލެޓްލިބުނު އެންމެންއަތުން ބޮޑުކުލިނަގާފަ ނުނިންމާފްލެޓްތަކެއް ހަވާލުކުރިއިރު ބިންތައް މިދެނީ މުޅިން ހިލޭ. 3. ދަފްތަރުގައި އެތައް އަހަރެންވަންދެން ތިބި އެތައްބަޔަކު މާލެ ދާއިރާތަކަށް ވޯޓުލާއިރު އެމީހުންނަށްވެސް މިފުރުސަތުގެއްލޭ. ޕޕމ މިކަމާ ކައިރިނުވޭ.
ކަރުސަތުނާމާ.
27 July 2022
އެމްޑީޕީގައި ތިބި މާލޭ މީހުން ރާވައިގެން ކުރާ ކަންކަން. އެމީހުން ބޭނުން ވަނީ ދައުލަތުން ހިއްކާފައި އޮތް މާލޭގެ ބިމާއި ދައުލަތުން އިމާރާތް ލުރާ ފުލެޓް ތައް މާލޭ މީހުން އާމްދަނީ ހޯދުމަށްޓަކާ ދޭ ހަދިޔާ އެއްގެ ގޮތުން ކ.އަތޮޅު މާލޭ މީހުނަށް މިތަންތަން ދޭން. ދަފުތަރަކީ ޤާނޫނީ ގޮތުން ކ.އަތޮޅު މާލޭގެ ރަށްވެހިން ކަމުގައި ވިޔަސް އެކަން މާލޭ ސަރުކާރަށް ޤަބޫލު ނުކުރެވިގެން އުޅެނީ މިހެންވެ.
64 ހެކްޓަރު ބިން ހިއްކާފަ އޮންނަތާ 10 އަހަރުވެފައިވާ ހަވަރު ތިނަދޫގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް އުމުރުން 54 އަހަރު ވެފައިވާ ހަތަރު ކަށިމަތި ހަވަރު ތިނަދޫ މީހެއް
27 July 2022
މާލޭ މީހުންނަށް މާލެއިން ގޯތި ދޭގޮތަށް ހަވަރު ތިނަދޫ ކައުންސިލުން ތިނަދޫ ރައްޔިތުންނަށް ތިނަދޫއިން ގޯތިނުދޭން އުޅޭ ސަބަބެއް މަށަކަށް ނުވިސްނުނު. ފަހަރުގައި ވެދާނެ ތިނަދުއަަށް ސިޓީގެ ދަރަޖަ ހޯދައިގެން މޭޔަރުގެ ލަގަބާއި މޭޔަރުގެ މުސާރައިގެ ދަހިވެތިކަމުގައި ކުރާކަމަކަށްވެސް. ނޫނީ 2024ގައި ސައުދު އަލީ މަޖުލިސް އިންތިހާބަށް ކުރިމަތިލާއިރު ކެންޕެއިނަށް ގޯތި ދޫކުރަން ބަހައްޓާފަހުރީކަމަށްވެސް
ޕަލޭނިން މިނިސްޓްރީ
27 July 2022
ތިއުޅެނީ ރަށު ރައްޔިތުންނާއި ކައުންސިލްގެ ރައީސް މީހާއާއި ދޭތެރޭގަ އޮތް ޒާތީކަމެކެވެ. ތި ރަށު ރައީސްއަކީ އެއްވެސް އަހްލާގެއް ހުރި މީހެއަނޫން އަދި މީނުންނަށް އޯގާތެރިވެ ހަމްދަރުދީވާމީހެއް ވެސް ނޫންކަން އަހަރުމެންވެސް ވަރަށް ކައިރުން ބަލައިފިން. އަމިއްލަ އެދުމުން ފޯވެފައި ހުރު ރައީސްއެއް އުޅޭރަށެއްތި ތިނަދޫއަކީ
މަކަރު
27 July 2022
ނަމުގާ ސިޓީކައުންސިލް ކަމުގާ ޕޕމ މީ ކޮންފަދަ އޮޅުވާލުމެއްބާ އަޑީގަ އޮންނާނެ ނުލަފާ ހީލަތްތެރި ރޭވުމެއް
އިގުބާލް އެންޑް އިސްޙާޤް
27 July 2022
ބަލަ މިއުޅެނީ ފޯމުނުފުރިގެންނެއްނޫން. މިއުޅެނީ ޚިޔާލީދުނިޔެއިން އަސްލުދުނިޔެއަށް ފުލެޓުތަކާ ގޯތިތައް ނައިސްގެން.
ފޮނިފޮނިޓައްޕު ކުމާރު
27 July 2022
ސިޓީކައުންސިލާ ސްޓެލްކޯ މިހާރު މާބޮޑަށް ފާޓުފުޅާވަނީ. ފާޓުފުޅާވާވަރަށް ބޮޑާވެސްހާކާނެ.
އޮނަރަބްލް އަފީފު ދީދީ
27 July 2022
މުޤައްދަސް ރަށްކޮޅުގެ ބިންވެރިންނަށް އެކަނިތޯ ޑިމޮކްރަޓިކް ރީދޫ ޕާޓީއާއި މުއިއްޒުގެ ކައުންސިލުން ފޯމް ފުރާދެނީ؟ ނުވަތަ ބައިކުޅަބައި ރަށް ވެހިން ނޫންނަމަ ކުރީ ޒަމާނުގައި ނަމަ އޮސްޓްރޭލިއާގައި އުޅުނު Aboriginal ދަރިފަސްކޮޅުފަދަ މާލޭ ދަފުތަރު ގައި ޖެހިފައިވާ ކ.އަތޮޅު މާލޭގެ ރަށްވެހިން (ދެވަނަ ދަރަޖައިގެ ރަށްވެހިން) ނަށްވެސް މައުލޫމާތު ދިނުމާއި ފޯމް ފުރާދިނުންވެސް ހަމަޖެހިފައިވޭތޯ؟'
ޙހޖޖޖ
27 July 2022
ދިވެހި ހުރިހާ ރައްޔިތުންގެ ބޯހިމަނައިގެން ނެގި ބޮޑުލޯނަކުން ހެދި އަގުބޮޑު ރަށެއް ތިހެން ވަކި ބަޔަކަށް ހިލޭ ދޫކޮށް ނުލާ!!! ދައުލައް އެތައް ބިލިޔަން ރުފިޔާ އަކުން ދަރަނި ވެރިކުރުވާނެ ނިންމުމެއް ތިއީ.
އޮނަރަބްލް އަފީފު ދީދީ
27 July 2022
ޤާނޫނުއަސާސީއާއި ޙިލާފަށް ސޯލިޙްގެ ސަރުކާރުން ކ.އަތޮޅު މާލޭގެ ޤާނޫނީ ރަށްވެހިންގެ މެދުގައި ތަފާތު ކުރުން އުފައްދާ އޭގެ ތެރެއިން ބައެއް ރައްޔިތުންނަކީ "ދެވަނަ ދަރަޖައިގެ ރަށްވެހިންނަށް ހަދާ" މިދެންނެވި ރައްޔިތުނަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަން ނިގުޅައިގެން ގޯތިހޯދުމަށް ކުރިމަތިނުލެވޭނެކަމަށް އަންގާފައިވާތީ މިކަމަށް ޤާނޫނީ ހައްލުހޯދުމަށް ލޯޔަރު ޝިހާދު އިބްރާހިމް ކުރައްވަވާ މަސައްކަތް އަވަސްކުރަންޖެހޭ.
ބަކުންބެ
27 July 2022
ތި ބިންތައް ހަތަރުކަށިމަތި މީހުންނަށޭ ކިޔާފައި ނުބަހާށޭ، ގޮދޮރުވެރިކުރެވެނީ ބިންދިނުމަކުން ނޫންވެ. ތިއުޅެނީ ބަޔަކު މުއްސަނދިކުރުމަށެވެ. އަދި ކުރިއަށް އޮތް އެތައް ޖެނަރޭޝަންގެ ދިވެހިން ކުލި މަޅީގަ ޖައްސާ ދިވެހިން ނިކަމެތިކޮށް އެމްޑީޕީ އާ ޕީޕީ މީހުން މުއްސަނިކޮށް ރައްޔިތުން ނިކަމެތިކުރުމަށެވެ.