ޚަބަރު / ރާއްޖެ-އިންޑިއާ

ރައީސް ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ރައީސް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ --- ފޮޓޯ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރަސްމީ ދަތުރުފުޅެއްގައި ރައީސް އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ. އަދި ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ވެސް އިންޑިއާއަށެވެ. އޭގެފަހުން މޯދީ ވެސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް ވެސް ވަރަށް ބޮޑަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

15 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަ ކަތީބު

29 July 2022

އެންމެ އަވައްޓެރި އެންމެ ބާރުގަދަ ގައުމާ އަބަދުވެސް ގުޅުން އޮންނަން ޖެހޭނެ، މީހަކު ވައްކަން ކުރަން ވެގެން މުޅި ދުނިޔެއާއި ގުޅުން ކަނޑާލައިގެން އުޅުނީމަ ބަޔަކަށް ހީވަނީ ލައްކައެކޭ

The name is already taken The name is available. Register?

ަސދސސސ

29 July 2022

މިފަހަރު ކޮނތަނެއް ބާ ޑީލް ނިންމާލާނީ

The name is already taken The name is available. Register?

ދިވެހި މީހާ ގެ ބާރު

29 July 2022

އަޅިދާސް ކަމަށް ދިވެހިން ނުރުހޭ އިބޫގެ ވެރިކަމުގެ ފަހު އަހަރު ގުނަމުން ދަނީ އަލަކުންބނުހޮވޭނެ

The name is already taken The name is available. Register?

ބަރުބާދު

29 July 2022

ރައީސް އިންޑިޔާއައް ދަނީތޯ ނޫނީ ގެންދަނީތޯ؟.

The name is already taken The name is available. Register?

Happy 123

29 July 2022

ޢާލަމްގިރި މައްސަލާގައި?

The name is already taken The name is available. Register?

48343

28 July 2022

އަނެއްކާ؟

The name is already taken The name is available. Register?

ޕާޓު

28 July 2022

މޯދީއަށް މަގޭ ސަލާން ވައްޓާއްޗޭ ބްރޯ..

The name is already taken The name is available. Register?

ރަތްލާޖެހި އެމްޑީޕީއެއް އެކަމަކު 2023ގެ ވޯޓު އިދިކޮޅަށް

28 July 2022

ރާއްޖޭގައި ޔޯގާ ނުޖެއްސިގެން ޔޯގާ ޖައްސަން އިންޑިޔާއަށް

The name is already taken The name is available. Register?

އިންސައިޑްނިއުސް

28 July 2022

މިފަހަރު ނިންމާނެ އަންނި ތޯ އިބްރާހިމްތޯ. އަންނި އޮތީ ގޮތް ދޫ ނުކުރާނެކަމަށް ބުނެފަ. އަދި ބޯޅަވެސް ޖަހާފައި އޮތީ ބޮޑުބޭބެ ކާރި މިހާރު މިހިނގާ ގިރީގެ މައްސަލައާއި ޔޯގާ މައްސަލައިގައި. އިބްރާހިމް އޮތީ އިއުލާންކޮށްފައި. ނަމަވެސް މާބޮޑު ތާއީދެއް ނެތްކަން ބޮޑުބޭބޭއަށް ވެސް އެބަފެނޭ މަންޒަރުތަކުން. އެހެންވީމާ މިފަހަރު ނިންމާނެ މީނަގެ ކަންތައް

The name is already taken The name is available. Register?

ޔޯގޭ

28 July 2022

ސައިޒު ކޮއްފަ މިފަހަރު ފޮނުވާލާނީ. އަންނަގޮތަށް އިމްރާނު ލާނީ އިސްލާމިކް މިނިސްޓްރީއަށް

The name is already taken The name is available. Register?

ރަށުގައި ބޮޑު ހިއްކި ބިމެއް އޮވެ އަމިއްލަ ރަށުގައި ކުލި ދައްކައިގެން ދިރިއުޅޭ މީހެއް

28 July 2022

އޭނާ އިންޑިޔާއަށް އެދަނީ ޔާމިނު ސަރުކާރުގައި ރައްރަށުގައި ހިއްކާފަ ހުރި ބިންތަކުގައި ފުލެޓުއަޅަން ފެލެޓުބަލާ. އެފުލެޓުތަށްކައި ރޯހައުސްތަށް އޭނާ އެދާފުލައިޓުގަ ގެންނާނެ ކަމަށް ލަފާކުތެވޭ އޭރުން 2023ގެ ކުރިން އަމިއްލަ ބޯހިޔާވަހިކަން ނެތް އެކަކުވެސް މިރާއްޖެއަކު ނުހުންނާނެ. މަނިކުފާނު ކޮބާތަ ކަލޭގެ ލަދުހަޔާތް ކަލޯމެން ވެރުކަމަށް ގެންނަން ހާދަ ގުރުބާނީއެއް އަހަރުމެންވީމޭ. ދެން އެކަމަކު ދެން ދެފައިބުޑަށް ވެއްޓި އާދޭސް ކުރިޔަސް ދޭނެ ވޯޓެއް ނޯންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454