ތޮޅެންދޫ: އެރަށް ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި
30 ޖުލައި 2022 - 18:37
ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސައިލަން ސިވިލް ކޯޓުން އަމުރުކުރީ ދަނޑުވެރިކަމަށް އެރަށް 21 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުމާ ދެކޮޮޅަށް ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ.
އެ މައްސަލަ ނިމެންދެން، ރަށް ކުއްޔަށް ދިނުން މަޑުޖައްސައިލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މި މަހުގެ ކުރީކޮޅު އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ތޮޅެންދުއަކީ 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށް ދަނޑުވެރިކަމަށް އެހެން ބަޔަކަށް ކުއްޔަށް ދިނުމުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް އެ ރަށުގެ ބޭނުން ހިފުން މަނާވާތީ އެކަމާ ދެކޮޅަށް އަތޮޅު ކައުންސިލުން ގަރާރެއް ވެސް ފާސްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާގެ ފުތާ
30 July 2022
ޜަށުގެ ނަމަށް ތޮޅެންދޫ ކިޔަންޏާ ތިރަށާމެދުގަ ތޮޅޭނެ ދޯ އަދިވެސް