ތިލަމާލެ ބްރިޖުގެ ސާވޭއަށް ވިލިނގިއްޔާ މާލެ އާ ދެމެދު ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތް ކުރަނީ. --. ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޖުލައި 2022 - 11:11
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު، ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ބްރިޖުގެ ބިންގާ ރަސްމީކޮށް ރައީސް އަޅުއްވައިދެއްވާ ގޮތަށް އޮތީ މާދަމާ އިންޑިއާއަށް ވަޑައިގެން ދެ ގައުމުގެ ދެމެދު ބާއްވާ ރަސްމީ ބައްދަލުވުންތަކުގެ ތެރޭގަ އެވެ. މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ ސާވޭ ނިންމައި، އިންޑިއާގެ އެފްކޮންސް އިން އަންނަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ ތައްޔާރީތައް ވަމުންނެވެ.
މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދު ތެރެއަށް މާލެ އާއި ވިލިމާލެ ގުޅާލުމެވެ.
މާލެ ސަރަހައްދު ގުޅާލާ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު މި ޕްރޮޖެކްޓަށް ދީފައިވެ އެވެ.
މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.
ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސްގެ މަގާމަށް މި ފަހުން ހުވާކުރެއްވި ޑްރޮޕަޑި މުރްމު އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރްއާ ރައީސް ބައްދަލުކުރައްވާނެ އެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސް މީގެ ކުރިން ވެސް އިންޑިއާއަށް ވަޑައިގެންފައިވެ އެވެ.
މި ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ވުރެން ބަދަހިވެ، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި 2019ގައި ރާއްޖެ ވަޑައިގެންފައިވެ އެވެ. އިންޑިއާ އިން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އެހީ ފޯރުކޮށްދެމުން އަންނަ އިރު، އެ ގައުމާ އެކު އޮތް ގުޅުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ބިރެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ދަނީ އެކަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރަމުންނެވެ.
ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން އެފްކޮންސް އިން ބުނެފައިވާ ގޮތުގައި، މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފަށާނެ އެވެ.
ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލަން ނިންމާފައިވާ އިރު އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމާރުލްގައުމު
01 August 2022
މިއަންނަ އަހަރު ހުޅުވަޔޯ. ޕަކާސް. އިންޑިއާގެ ހުރެ ޓީވީން ހުޅުވާލާ ބްރިޖް ދައްކާ ފިލްމެއްގަ. އެއީ ކަލޭގެ ފެންވަރަކީ. ޔާމީނުއާ ވާދައެއް ނުކުރެވޭނެ. ސައިޒެއް ނޫން
އިންޑިޔާބު
01 August 2022
އެއްބަޔަކު އަންޑިޔާއިން ބުރިޖު އަނެކަކު ޗައިނާއިން. މަ ބޭނުމީ ސައޫދީއިން.
ހޮޓްކިންގ
01 August 2022
މާތްކަލާކޯ ތިބުރިޖަށް އަރަން ދާންވީ ދަތުރު ނަގައިގެން އިންޑިއާއަށް؟
ފެސްކޮ
31 July 2022
މިވީ ކޯއްޗަކަށްހެވެ އިބުރާހީމް ފުޅު ވރިއަކަށް ލާންވެގެން އުޅުނު އިރު ދެއްކި އެއް ވާހަކަޔަކީ ޔާމީނު ރަށްރަށަށް ގޮސް ރަށު ކަޅުފަހަށް ނާރާ ވެލާ ބިސްއަޅާ ހިސާބުގަ ގޮނޑުދޮށުގަ ތަންތަން ހުޅުވާ ވާހަކައެވެ މިއަދު އެހެންކީ އެކަކު އިބުރާހީމް ފުޅު މި ފެންނަނީ ރާއްޖެއަށް ނާރާ އިންޑިޔާގަ ހުރެގެން ބިންގާއަޅާ ތަންތަން ހުޅުވާ ވާހަކައެވެ
ތައުފީޤް
31 July 2022
ތިޔަ ބުރިޖްގެ މަސައްކަތް ތިޔަ ފަށަނީ ތިންވަނަ ފަހަރަށް. މިފަހަރު ތިޔަފަށަނީ އިންޑިޔާައިން ފެށިގެން މާލެއާ ގުޅާލާ ގޮތަށް ކަމަށްވާނަމަ ދެން އިންޑިޔާ ކަނޑުގަ ބޯޓުފަހަރު ނުދުއްވޭނަތާ. =ތައުފީޤް=
ކޮރަލް
31 July 2022
ދިވެހީންނަށް އަދި ނޫސްވެރީންނަށް މި ވާނުވާ އެއް ނޭނގުނެވެ. ހުރިހާ މައުލޫމާތެއް މިދެނީ އިނޑިޔާ އިންނެވެ. ހުރިހާ މަސައްކަތެއް ކުރަނީ ރާއްޖޭގަ އެވެ.
ބޮޑުމީހާ
31 July 2022
މިވަރުގެ ވެރިން ލައިގެން ކެއްކޭނީރިހަ. ގައުމުގެ އިސްތިގުލާލާ ކަރާމަތް ނަގާލައިފި. ކޮން ގައުމަކުންތަ އެގައުމުގަ ހިންގާ ޕްރޮޖެކްޓެއްގެ ބިންގަ އެޅުމުގެ ރަސްމިއްޔާތު އެހެން ގައުމެއްގަ ބާއްވަނީ!!!! ތިބުރިޖް ދުވަހަކު ނޭޅިޔަސް އަހަރުމެން ދިވެހިންގެ އިއްޒަތް، ވަތަނީ ލޯބި، ކަރާމަތް ގައުމީވަންތަކަން މާ މުހިންމު.
އިބްރ
31 July 2022
އިންޑިއާގަ ބިންގާއަޅަނީ. އިންޑިއާގަ ބުރިޖުވެސްއަޅާ. ދިވެހި ރަންރީނދުލޭމެނަށް އޯކޭވާނެ.
ދިއްދޫމީހާ
31 July 2022
ގަންޖާ ކޯރުގައި އަޅާ ބުރިޖްތޯ؟
ގަދަހަސަނު
31 July 2022
އަނެއްކާ ވެރިކަން ނިމުނީމާ އިންޑިޔާއިން އެމީހުންރަށް މިބުރިޖު ނުގެންދާނެބާ؟